25 ނޮވެމްބަރ

November 25, 2017 1
ބޭލްގެ ދިފާއުގައި ޒިދާން ވާހަކަ ދައްކައިފި

މެޑްރިޑް (ނޮވެމްބަރު 25) - އަނިޔާގެ ސަބަބުން ފޯމު ގެއްލިފައިވާ ކަމަށް ބުނެ ރެއާލް މެޑްރިޑަށް ކުޅޭ ވޭލްސްގެ ތަރި ގަރެތު ބޭލް އަށް މީޑިއާގައި ކުރިމަތިކުރުވަމުންދާ ފާޑުކިޔުންތަކަށް ރެއާލުގެ ކޯޗު ޒިނެދިން ޒިދާން ރައްދުދީފި އެވެ.

19 ނޮވެމްބަރ

November 19, 2017 5
ބާސެލޯނާ މޮޅުވިއިރު، މެޑްރިޑް ޑާބީ އެއްވަރު

ބާސެލޯނާ (ނޮވެމްބަރު 19) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން 3-0 އިން ލެގަނޭސް ބަލިކުރިއިރު، ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

06 ނޮވެމްބަރ

November 06, 2017 4
ލަސް ޕަލްމާސް ބަލިކޮށް ރެއާލަށް ހަމަޖެހުމެއް

މެޑްރިޑް (ނޮވެމްބަރު 6) - ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ލަސް ޕަލްމާސް އަތުން 3-0 އިން މޮޅުވެ ރެއާލް މެޑްރިޑް ހަމަޖެހުމެއް ހޯދައިފި އެވެ.

05 ނޮވެމްބަރ

November 05, 2017 7
ސެވިއްޔާ ބަލިކޮށް ބާސެލޯނާ ލީޑު ދަމަހައްޓައިފި

ބާސެލޯނާ (ނޮވެމްބަރު 5) - ފްރާންސިސްކޯ އަލްކަސެރުގެ ދެ ލަނޑުން 2-1 އިން ސެވިއްޔާ ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ކުރީގައި ލީޑު ދަމަހައްޓައިފި އެވެ.

30 އޮކްޓޯބަރ

October 30, 2017 14
ބާސެލޯނާ ފަހަތަށް ޖައްސާލެވިދާނެ: ޒިދާން

މެޑްރިޑް (އޮކްޓޯބަރު 30) – ސްޕެނިޝް ލީގުގައި ރޭ ޖިރޯނާ އަތުން 2-1 އިން ބަލިވެ އެއް ވަނައިގައި އޮތް ބާސެލޯނާއާ އަށް ޕޮއިންޓް ފަހަތަށް ދިޔަ ނަމަވެސް ރެއާލް މެޑްރިޑަށް އަދިވެސް ލީގު...

October 30, 2017 37
ޖިރޯނާ އަތުން ބަލިވެ މެޑްރިޑަށް ލަދުވެތި ނަތީޖާއެއް

ޖިރޯނާ (އޮކްޓޯބަރު 30) – ސްޕެނިޝް ލީގުގައި މުޅިން އަލަށް ވާދަކުރާ ޖިރޯނާ އަތުން 2-1 އިން ބަލިވެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލަދުވެތި ނަތީޖާއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

29 އޮކްޓޯބަރ

October 29, 2017 14
ބާސާ އަށް ހުއްޓުމެއް ނެތް

ބިލްބާއޯ (އޮކްޓޯބަރު 29) – ރަށުން ބޭރުގައި އެތުލެޓިކް ބިލްބާއޯ 2-0 އިން ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގުގައި ބަލިނުވެ ދަމަހައްޓަމުން އަންނަ ސިލްސިލާ އަށް ބޮޅެއް އިތުރުކޮށްފި އެވެ.

24 އޮކްޓޯބަރ

October 24, 2017 11
ފިފްޕްރޯ ޓީމުގައި ސްޕެނިޝް ލީގުގެ ނުފޫޒް

ލަންޑަން (އޮކްޓޯބަރު 24) - ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގައި ހޮވި ފިފްޕްރޯ ދުނިޔޭގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ޓީމު ސްޕެނިޝް ލީގުން މި ފަހަރު ވެސް ޑޮމިނޭޓްކޮށްފި އެވެ.

23 އޮކްޓޯބަރ

October 23, 2017 9
ފަސޭހަ މޮޅަކާ އެކު މެޑްރިޑް ތިން ވަނަ އަށް

މެޑްރިޑް (އޮކްޓޯބަރު 23) – އެއިބާ އަތުން 3-0 އިން ހޯދި ފަސޭހަ މޮޅާ އެކު ސްޕެނިޝް ލީގުގެ ތިން ވަނަ މަގާމަށް ޗެމްޕިއަން ރެއާލް މެޑްރިޑް ރޭ އަރައިފި އެވެ.

22 އޮކްޓޯބަރ

October 22, 2017 14
މައްސަލަ ބޮޑުވި ގޯލަކާ އެކު ބާސެލޯނާ މޮޅުވެއްޖެ

ބާސެލޯނާ (އޮކްޓޯބަރު 22) - ސްޕެނިޝް ލީގުގައި ރޭ މަލާގާ އަތުން 2-0 އިން ބާސެލޯނާ މޮޅުވިއިރު މި މެޗުގައި ބާސެލޯނާގެ ޖެރާޑް ޑެލޮފޭއު ޖެހި ގޯލަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

15 އޮކްޓޯބަރ

October 15, 2017 17
ބާސާ އާއި އެތުލެޓިކޯ އެއްވަރުވެ ރެއާލަށް ހިތްހަމަޖެހުން

މެޑްރިޑް (އޮކްޓޯބަރު 15) – ސްޕެނިޝް ލީގުގައި ފުރަތަމަ ހަތް މެޗުން މޮޅުވެފައިވާ ބާސެލޯނާ ރޭ އެތުލެޓިކޯ މެޑްރިޑާ 1-1 އިން އެއްވަރުވުމާ އެކު ވާދަވެރި ރެއާލް މެޑްރިޑަށް ހިތްހަމަޖެހުމެއް ލިބިއްޖެ އެވެ.

14 އޮކްޓޯބަރ

October 14, 2017 1
"ބާސެލޯނާ ކުޅޭ މެޗުތައް ސިޔާސީ ނުކުރޭ"

މެޑްރިޑް (އޮކްޓޯބަރު 14) - ސްޕެނިޝް ލީގުގައި މިރޭ ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗު ސިޔާސީ ނުކުރުމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ އެދިއްޖެ އެވެ.

02 އޮކްޓޯބަރ

October 02, 2017 18
ސިޔާސީ ހޫނުގައި، ހުސް ދަނޑެއްގައި ކުޅެ ބާސާ މޮޅުވެއްޖެ

ބާސެލޯނާ (އޮކްޓޯބަރު 2) – ސްޕެނިޝް ލީގުގައި ރޭ ސަޕޯޓަރުން ނުވައްދާ ހުސް ދަނޑެއްގައި ކުޅުނު މެޗުން ލިއޮނަލް މެސީގެ ދެ ލަނޑާ އެކު ލަސް ޕަލްމަސް އަތުން 3-0 އިން މޮޅުވެ ބާސެލޯނާ އިން ލީގުގައި ކުޅުނު ފުރަތަމަ ހަތް މެޗުން ހަތް ވަނަ މޮޅު ހޯދައިފި އެވެ.

01 އޮކްޓޯބަރ

October 01, 2017 1
ކެޓަލޯނިއާ މައްސަލައިގައި ބާސެލޯނާ އަށް ގެއްލުމެއް ނެތް

ބާސެލޯނާ (އޮކްޓޫބަރު 1) - ސްޕެއިނުން ވަކިވެ ކެޓަލޯނިއާ ވަކި ދައުލަތަކަށް ހެދުމަށް މިއަދު ނަގާ ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް ބާސެލޯނާގެ ފުޓްބޯޅަ ޓީމަށް އަށް އެއްވެސް ގެއްލުމެއް ކުރިމަތިނުވާނެ ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

25 ސެޕްޓެމްބަރ

September 25, 2017 4
"ބާސެލޯނާ ކުރީގައި އޮތުމަކީ މެޑްރިޑަށް ޕްރެޝަރެއް"

ބާސެލޯނާ (ސެޕްޓެމްބަރު 25) - ސްޕެނިޝް ލީގުގެ އެއް ވަނައިގައި ބާސެލޯނާ އޮތުމަކީ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް އޮތް ޕްރެޝަރެއް ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

24 ސެޕްޓެމްބަރ

September 24, 2017 5
ބާސެލޯނާ އިން ފޯމް ދަމަހައްޓައިފި

ޖިރޯނާ (ސެޕްޓެމްބަރު 24) – ސްޕެނިޝް ލީގުގައި ރޭ ޖިރޯނާ އަތުން ރަށުން ބޭރުގައި 3-0 އިން މޮޅުވެ ބާސެލޯނާ އިން އެ ޓީމުގެ ފޯމް ދަމަހައްޓައިފި އެވެ.

21 ސެޕްޓެމްބަރ

September 21, 2017 8
ރޮނާލްޑޯ އެނބުރި އައި މެޗުން ރެއާލް ބަލިވެއްޖެ

މެޑްރިޑް (ސެޕްޓެމްބަރު 21) - ކްރިސްޓިއާނޯ ރޮނާލްޑޯ ސަސްޕެންޝަނަށް ފަހު އެނބުރި އައި މެޗުން ރެއާލް މެޑްރިޑް އަމިއްލަ ދަނޑުގައި ރެއާލް ބެޓިސް އަތުން 1-0 އިން ބަލިވެ އިތުރު އުނދަގޫތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

20 ސެޕްޓެމްބަރ

September 20, 2017 12
ބާސާ އާއި މެސީ އަށް ހުއްޓުމެއް ނެތް

ބާސެލޯނާ (ސެޕްޓެމްބަރު 20) – ލިއޮނަލް މެސީގެ ހަތަރު ގޯލާ އެކު ސްޕެނިޝް ލީގުގައި ރޭ އެއިބާ އަތުން 6-1 އިން މޮޅުވެ ބާސެލޯނާ އިން ލީގުގައި ކުޅުނު ފަސް ވަނަ މެޗުން ފަސް ވަނަ މޮޅު ހަމަކޮށްފި އެވެ.

18 ސެޕްޓެމްބަރ

September 18, 2017 1
ބޭލްގެ ލަނޑާ އެކު މޮޅުވެ ރެއާލަށް ހަމަޖެހުމެއް

މެޑްރިޑް (ސެޕްޓެމްބަރު 18) - ގަރެތު ބޭލްގެ ލަނޑާ އެކު 3-1 އިން ރެއާލް ސޮސިއެޑާޑް އަތުން މޮޅުވެ ރެއާލް މެޑްރިޑަށް ހަމަޖެހުމެއް ލިބިއްޖެ އެވެ.

17 ސެޕްޓެމްބަރ

September 17, 2017 6
ބާސާ އަށް ހަތަރު މެޗުން ހަތަރު މޮޅު

ބާސެލޯނާ (ސެޕްޓެމްބަރު 17) – ބްރެޒިލް މިޑްފީލްޑަރު ޕައުލީނިއޯ ޖެހި ލަނޑާ އެކު ސްޕެނިޝް ލީގުގައި ރޭ ގެޓަފޭ އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެ ބާސެލޯނާ އިން ސައްތައިން ސައްތަ ރެކޯޑް ދަމަހައްޓައިފި އެވެ.

10 ސެޕްޓެމްބަރ

September 10, 2017 8
މެސީގެ ހެޓްރިކުން ބާސެލޯނާ ތާވަލުގެ ކުރިއަށް

ބާސެލޯނާ (ސެޕްޓެމްބަރު 10) – ލިއޮނަލް މެސީގެ ހެޓްރިކާ އެކު އެސްޕަންޔޯލް އަތުން 5-0 އިން މޮޅުވެ ސްޕެނިޝް ލީގުގެ އެއް ވަނަ އަށް ބާސެލޯނާ އަރައިފި އެވެ.