ކުޅިވަރު / ޚިޔާލު

ޖަޒީރާ ލީގު، މޮޅު ގައުމީ ޓީމެއްގެ ފެށުން

ދާދި ފަހުން ޔޫތު މިނިސްޓްރީން ލ. ގަމުގައި ހެދި ޒޯން ސްޓޭޑިއަމް.

ހާމިދު އަބްދުލްޣަފޫރު

18 ނޮވެމްބަރ 2021 - 06:27

20 comments

އުތުރުން ދެކުނަށް ޒޯނުތަކަށް ބަހާލައި، ކޮންމެ ޒޯނަކަށް ލީގުން ޖާގައެއް ދީ، ޒޯނު ޗެމްޕިއަނުންގެ މެދުގައި ހޯމްއެންޑް އަވޭ އުސޫލުން ކުޅޭ ޖަޒީރާ ލީގު ވާނީ މުޅި ރާއްޖެ ތަމްސީލް ކޮށްދޭ ފުރަތަމަ ގައުމީ މުބާރާތަށެވެ. މާލެ އަށް ހަނިވެފައި މި އޮޮތް ދިވެހި ލީގު، އެހެން ރަށްރަށުގައި ދިރިއުޅޭ ތިންބައިކުޅަ ދެބައި އާބާދީގެ ފޯރާފަށަށް ގެންގޮސް ދިނުމަކީ، ދިވެހި ފުޓުބޯޅައިގެ ފަންވަރާއި ފެންވަރު އެތައް ދަރަޖައަކަށް އުފުލިގެންދާނެ ކަމެކެވެ. އަޅުގަނޑުގެ ބޭނުމަކީ އެފަދަ ނިޒާމެއް މަންޒަރު ކޮށްދިނުމެވެ.

މަގްސަދަކީ ރާއްޖޭގެ ހަމަ ކޮންމެ ރަށެއްގައި ދިރިއުޅޭ ކުއްޖަކަށް ވެސް ފުޓުބޯޅަ ތަރިއަކަށް ވުމުގެ ހުވަފެން އަތްފޯރާފަށަށް ގެނެސްދިނުމެވެ! ކުޅިވަރު ތަރިންނަކީ ހުވަފެނީ އުއްމީދަކުން ވިހާ ބައެއް ކަމީ އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކު ފެންނަ ހަގީގަތެކެވެ. ކުޅިވަރަކީ އުއްމީދެވެ. މޮޅުވާ ދުވަހާއި ދެރަވާ ދުވަސްތައް ތަޖުރިބާ ކުރަން ޖެހެ އެވެ. އަބަދުވެސް...ހޯޕް،ހޯޕް...އެވެ!

ޖަޒީރާ ލީގު

ގައުމީ ފެންވަރުގައި ލީގެއް އުފެއްދުމަށް ކުރަންޖެހޭ ފުރަތަމަ ކަމަކީ ކޮންމެ ޒޯނަކަށް ލީގު ސްލޮޓެއް ދިނުމެވެ. ލީގު ލާމަރުކަޒު ކުރުމެވެ. މިއީ ވާދަވެރި ލީގެއްގެ ފުރަތަމަ އުންސުރެވެ. މާލެ އަށް ހަނިވެފައިވާ ދިވެހި ލީގު، މުޅި ރާއްޖެ އަށް އެއްހަމައަކުން ހުޅުވައިލުމެވެ. ރާއްޖޭގެ ހަމަ ކޮންމެ ރަށެއްގައި ދިރިއުޅޭ ކުއްޖަކަށް ވެސް ފުޓުބޯޅަ ތަރިއަކަށް ވުމުގެ އުއްމީދީ ހުވަފެން ހަގީގަތަކަށް ހަދައިދޭނެ ވަސީލަތަކަށް ޖަޒީރާ ލީގު ވާން ޖެހޭނެ އެވެ. ކުޅިވަރުގައި ވެސް އިޖުތިމާއީ އިންސާފު ގާއިމު ކުރެވެން ޖެހޭނެ އެވެ.

މި ހިސާބަށް އައި ގޮތް ބަލާލަމާތޯ އެވެ! މާލޭގައި ފެށި އެއްވަނަ ޑިވިޝަންގެ ލީގު 13 އަހަރު ފަހުން އަށް ޓީމަށް އިތުރުކުރި ނަމަވެސް މުބާރާތް އަދިވެސް ހަނިވެފައި އޮންނަނީ މާލޭގެ ކްލަބްތަކުގެ މައްޗަށެވެ. މެޗުތައް ކުޅެނީ ސެންޓަރަލައިޒްޑް ކޮށް މާލޭގަ އެވެ. ޒޯނުތަކުން ކޮލިފައިވާ "ރާއްޖެތެރޭ ޓީމު" މުޅި ސީޒަން ނިންމައިލަން ޖެހެނީ "އަވޭ" މެޗު ކުޅެން މާލޭގަ އެެވެ! މިއީ ހަރަދު ބޮޑު ކަމެކެވެ. ހަމަހަމަ އުސޫލަކުން ވާދަކުރެވޭނެ ގޮތެއް ނޫނެވެ. އިންސާފުވެރި ގޮތެއް ވެސް ނޫނެވެ. ވާދަކުރެވޭނެ މާހައުލެއް ވެސް ނޫނެވެ. ރާއްޖެތެރެ އަށް ފުޓުބޯޅަ ކުޅޭނެ އެކަށީގެންވާ އޮނިގަނޑެއް ފޯރުކޮށްދެވިފައެއް ނުވެ އެވެ.

ނަމަވެސް ޖަޒީރާ ލީގެއް އުފެދުމުން، ވާދަކުރުމުގެ ގައުމީ އޮނިގަނޑެއް އުފަންވީ އެވެެ! ޖަޒީރާ ލީގުގައި، "ރާއްޖެތެރެ" އެއް ނޯންނާނެ އެވެ. އޮންނާނީ ފުޓުބޯޅަ އެސޯސިއޭޝަނުން ކަނޑައަޅާ ސަރަހައްދުތަކެކެވެ. ނަން ދެވިފައި އޮންނަ ޒޯނުތަކެކެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އެއްހަމައަކުން ފުޓުބޯޅައިގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވަލެވޭނެ އެވެ. އިޖުތިމާއީ އިންސާފު ގާއިމު ކުރެވޭނެ އެވެ.

ހޯމް އެންޑް އަވޭ އުސޫލު

ވާދަވެރި ޖަޒީރާ ލީގެއް އުފެއްދުމަށް ގެންނަން ޖެހޭ ދެވަނަ ބަދަލަކީ މެޗުތައް ތަރުތީބު ކުރާ ގޮތަށް ގެންނަންޖެހޭ ބަދަލެކެވެ. އެއީ، މިހާރު ގެންގުޅޭ "ސެންޓަރަލައިޒްޑް" އުސޫލު ދޫކޮށްލައި، "ހޯމް އެންޑް އަވޭ" އުސޫލަށް މެޗު ތަރުތީބު ބަދަލުކުރުމެވެ.

މިސާލަކަށް، ޖަޒީރާ ލީގުގެ މާލޭ ޒޯން ޗެމްޕިއަން މާޒިއާ އާއި މަތި އުތުރު ޒޯން ޗެމްޕިއަން މަގްލަސް ކްލަބް ބައްދަލުކުރާ ފުރަތަމަ މެޗް މަގްލަސް ކްލަބްގެ ހޯމް ސްޓޭޑިއަމް، ކުޅުދުއްފުށީގައި ކުޅޭ ނަމަ، ދެ ވަނަ މެޗު ކުޅެން ޖެހޭނީ މާޒިއާގެ ހޯމްސްޓޭޑިއަމް ގަލޮޅު ދަނޑުގަ އެވެ. މިއީ ދުރާލާ ތާވަލްކޮށް، އިސްތިހާރު ކުރެވިފައިވާ ފިކްސްޗަރައަކަށް ވާން ވާނެ އެވެ. ސަޕޯޓަރުންގެ ދަތުރު ބުކިންސްތަކެއް މަދެއް ނުވާނެ އެވެ. ދަނޑުފުރައިލާނެ އެވެ. ހޯމް އެންޑް އަވޭ އުސޫލަކީ މިއީ އެވެ.

ޖަޒީރާ ލީގަށް ކޮލިފައިވުން

ޖަޒީރާ ލީގަށް ކޮލިފައި ވެވޭނީ، ޒޯނުން ކޮލިފައި ވެގެންނެވެ. ވީމާ ކޮންމެ ސީޒަނެއް ފެށޭނީ ޒޯން ކޮލިފައިން ބުރަކުންނެވެ. ނަތީޖާއަކަށް ވާނީ ސަރަހައްދީ ލީގުތަކެއް އުފެދުމެވެ.

ޒޯނެއްގެ އެއްވަނަ ޑިވިޝަން ހިޔާލަށް ގެންނަވާށެވެ. މިސާލަކަށް މެދުރާއްޖެ ސަރަހައްދުގެ (މ،ފ،ދ) އެއްވަނަ ޑިވިޝަނަށް އެސޯސިއޭޝަނުން ހަ ޖާގަ ހުޅުވައިލާނެ އެވެ. އެއީ، މި ތިން އަތޮޅުގެެ އެންމެ މޮޅު ކްލަބްތަކަށް ހުޅުވައިލާ ޖަޒީރާ ލީގްގެ ކޮލިފައިންގް މުބާރާތެވެ. ބައިވެރިވުމަށް ފުރިހަމަ ކުރަންޖެހޭ ޝަރުތުތަކެއް ހުންނާނެ އެވެ. ކޮންމެ ކްލަބެއްގެ އަމިއްލަ ދަނޑު (ކައުންސިލް ދަނޑު) އޮންނަން ވާނެ އެވެ. އަދި ހަފުތާ ބަންދުގައި އެ ކްލަބުން ހޯސްޓް ކުރަންޖެހޭ ފިކްސްޗާ ހުކުރުދުވަހު ހަވީރު 4.00 ގައި ރަށު ދަނޑުގައި ހޯސްޓްކޮށް، މެހުމާންދާރީ އަދާކޮށް، ސެކިއުރިޓީ ބެލެހެއްޓެންވާނެ އެވެ. ދަނޑު ފުރައިލާނެ އެވެ. އެ ރަށެއްގެ ކައުންސިލުގެ އެހީތެރިކަން ލިބެން ވާނެ އެވެ.

ކޮންމެ ޒޯނެއްގައި ވާދަކުރާނެ ޝަރުތު ހަމަވާ މިފަދަ ހަ ކްލަބް ވެއްޖެ ނަމަ، އެއީ އަށް ޒޯނުން 48 ކްލަބެވެ. އެއްހާސް ފަންސާސް ހަ ކުޅުންތެރިންނެވެ. ކޮލިފައިން ބުރުގައި ކޮންމެ ހަފުތާ ބަންދެއްގެ ހުކުރުދުވަހު ހަވީރު 4.00 ގައި 16 ރަށުގައި އެއްވަގުތެއްގައި ކޮލިފައިން މެޗުތައް ކިކްއޯފް ކުރާނެ އެވެ. ކޮލިފައިން ބުރަށް ބޭނުންވާނީ ހަ ހަފުތާ ބަންދެވެ. ނުވަދިހަ ހަ މެޗު ކުޅޭނެ އެވެ. ކުޅުންތެރިއަކަށް 10 މެޗު ލިބޭނެ އެވެ. ނަގާނީ ދޮޅު މަސް ދުވަހެވެ. ރެފްރީން ހަމަޖައްސާނީ އެސޯސިއޭޝަނުންނެވެ. ދުއިސައްތައެއްހާ ރެފްރީން ބޭނުންވާނެ އެވެ.

ރެފްރީ ހަމަނުޖެހިގެން، ނުވަތަ ރިސޯޓެއްގައި ހުރި ކުޅުންތެރިއަކަށް ނާދެވިގެން މެޗު ނުކުޅެވި ގޮސްގެން ނުވާނެ އެވެ. ކުޅޭނީ ރަށުގައި ދިރިއުޅޭ ކުޅުންތެރިންނާއި ރަށުގެ ފޯރާފަށުގައި ވަޒީފާ އަދާކުރާ ކުޅުންތެރިންނެވެެ. މުސާރަ އަށް ކުޅޭ ކުޅުންތެރިން ވެސް އުފެދޭނެ އެވެ.

މިހާރު ހުރި ސަރަހައްދީ ސްޓޭޑިއަމްތައް

ބޭނުންވާ އަށް ސްޓޭޑިއަމްގެ ތެރެއިން ފަސް ސްޓޭޑިއަމް މިހާރު ހުރީ ތައްޔާރަށެވެ. މަތި އުތުރު ސަރަހައްދުގައި (ހއ،ހދ،ށ) ކުޅުދުއްފުށީ ސްޓޭޑިއަމް އެބަހުއްޓެވެ. އެހެން ނަމަވެސް އުތުރުގައި (ނ،ރ،ބ،ޅ) އުނގޫފާރު ސްޓޭޑިއަމް އަދި ނުހެދެ އެވެ. މެދުއުތުރާއި (ކ،ވ،އއ،އދ) މެދު ރާއްޖެ އަށް (މ.ފ،ދ) ސްޓޭޑިއަމް ބޭނުންވެ އެވެ. މެދު ދެކުނު (ތ،ލ) ގައި ގަން ސްޓޭޑިއަމް ދާދި ފަހުން ހުޅުވިއްޖެ އެވެ. މަތި ދެކުނުގައި (ގއ،ގދ) ތިނަދޫ ސްޓޭޑިއަމް އެބަހުއްޓެވެ. ދެކުނު ސަރަހައްދުގައި ހިތަދޫ ސްޓޭޑިއަމް ހުރިއިރު، މާލޭގައި ސްޓޭޑިއަމް އެބަހުއްޓެވެ. މި ވަގުތު މަދުވަނީ ތިން ސްޓޭޑިއަމެވެ.

އެންމެ މޮޅު އަށް ކްލަބް

ޖަޒީރާ ލީގަށް ކޮލިފައި ވާނީ ރާއްޖޭގެ އެންމެ މޮޅު އަށް ކްލަބެވެ. ހަ ހަފުތާގެ ކޮލިފައިން ބުރު ނިމުމުން އެސޯސިއޭޝަނުން މިޑް ސީޒަން ޓްރާންސްފާ ވިންޑޯ ހުޅުވައިލާނެ އެވެ. މި ވަގުތަކީީ ޒޯން ލީގްތަކުން ވިދާލި ކުޅުންތެރިން ޖަޒީރާ ލީގުގެ ކްލަބްތަކަ ބަދަލުވާ ވަގުތެވެ. ރާއްޖޭގެ އެންމެ މޮޅު 200 އެއްހާ ކުޅުންތެރިން އަށް ކްލަބަށް ބެހިގެންދާ ވަގުތެވެ.

ފައިނަލް ބުރުގައި ވާދަކުރާ ރާއްޖޭގެ އެންމެ މޮޅު އަށް ކްލަބްގެ މެދުގައި ހޯމްއެންޑްއަވޭ 56 މެޗު ކުޅޭއިރު، ކުޅޭނީ ރާއްޖޭގައި އެ ވަގުތު ތިބި އެންމެ ހުނަރުވެރި 176 ކުޅުންތރިންނެވެ. ހަފުތާ ބަންދުގެ ހުކުރުދުވަހު ހަވީރު 4.00 ގައި ރާއްޖޭގެ ހަތަރު ސަރަހައްދީ ސްޓޭޑިއަމްގައި އެއްވަގުތެއްގައި މެޗްުތައް ކިކްއޯފް ކުރާނެ އެވެ. ދަނަޑުފުރއަިލާނެ އެވެ. ޖަޒީރާ ލީގުގެ މެޗުތަކަށް ނަގާނީ 14 ހަފުތާ ބަންދެވެ. ތިން މަސް ދުވަހެވެ.

މޮޅު ގައުމީ ޓީމު

އަހަރެއްގައި 52 ހަފުތާ އޮންނައިރު، ރާއްޖޭގެ ސީޒަނަށް ނަގާނީ ގިނަވެގެން 25 ހަފުތާ ނުވަތަ ހަ މަސް ދުވަހެވެ. މި މޮޑެލްއަކީ އަހަރެއްގެ އިންޓަނޭޝަނަލް ކަލަންޑަރަށް، ގައުމީ ޓީމާއި ކްލަބް އިންޓާނޭޝަނަލް ފިކްސްޗާތަކަށް ޖާގަ ދީގެން، ދަތިކަމަކާ ނުލައި މެޗުތައް އަތުރާލެވިދާނެ ގޮތެއް ކަމަށް ފެނެ އެވެ. ޖަޒީރާ ލީގުގެ ކޮންމެ ކުޅުންތެރިއަކަށް، ކޮލިފައިން ބުރާއެކު ވާދަވެރި 24 މެޗު ހަ މަސް ދުވަސް ތެރޭގައި ކުޅެން ލިބޭނެ އެވެ. އިންޓަނޭޝަނަލް މެޗްތަކާއެކު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިންނަށް 30 އަށް ވުރެ ގިނަ މެޗު ލިބޭނެ އެވެ. ގައުމީ ޓީމަށް ކުޅުުންތެރިން ތިބޭނީ އަބަދުވެސް ތައްޔާރަށެވެ. މޮޅުވާނެ އެވެ. ފިިޓްވާނެ އެވެ.

އެޑިޓަރުގެ ނޯޓް:

ހާމިދު އަބްދުލްޣަފޫރަކީ ސްޕޯޓްސްގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި، އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ކުޅިވަރުގެ އެކި ދާއިރާތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފަ އެވެ. ހާމިދަކީ ސްޕޯޓްސް މިނިސްޓްރީގެ ސްޕޯޓްސް ޑައިރެކްޓަރު ކަމާއި އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ކައުންސިލްގައި މިހާރު ވެސް ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އޭނާ ގެންދަވަނީ ތަމްސީލު ކުރައްވަމުންނެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޓްނަސް ކްލަބެއް ހިންގަވަން ފެއްޓެވި ބޭފުޅަކީ ވެސް އެއީ އެވެ. މާލޭ ފިޓްނަސް ކްލަބްގެ ނަމުގައި ހާމިދު ޖިމެއް ހިންގަވާތާ މިހާރު 30 ވަރަކަށް އަހަރު ވެއްޖެ އެވެ.

20 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 46%
icon sad icon sad 0%
icon angry icon angry 31%
icon wow icon wow 8%
icon inlove icon inlove 15%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގަޓުބެ

22 November 2021

ޖަޒީރާ ލީގު ނިމޭއިރު ހީވަނީ ސާކް ސަރަހައްދުގެ އެންމެ ބަލި ޓީމު ވެސް ރާއްޖޭގެ ކޮޅަށް 10 12 ލަނޑު ޖަހާނެހެން. ބޫޓާން ބަލިކުރިތާ 40 އަހަރުފަހުން އެޓީމް އަތުންވެސް އެންމެފަހުން ވީ ބަލި! އަނެއްކާ ބަންގާޅު އަތުން ބަލިނުވާތާ 18 އަހަރުފަހުން އެކަންވެސް ވެއްޖެ!

The name is already taken The name is available. Register?

މާލީ ހާލަތު

20 November 2021

އަދި ހުރިހާ ހިސާބެއްގަވެސް މާލީ ހާލަތު ހުރިގޮތުން ތިގޮތައް މުބާރާތް ކުރިއައްގެންދިއުން ވަރައް ދަތިވާނެހެން ހީވަނީ. މާލޭގެ ޓީމަކައްވާގޮތައް ފައިސާ ހަމަޖައްސާ ރަނގަޅައް ހިގައިގަންނަން ރާއްޖޭގެ އެހެންހިސާބު ތަކުގެ ޓީމުތަކައްވެސް ދުވަސްތަކެއްނަގާނެ އެހާ ހިސާބުން އެއްސީޒަންނިންމާ ދެންއޮންނަ ސީޒަނައް އެމީހުން ކޮލިފައި ނުވެއްޖެނަމަ އަނެއްކާ ހުރިހާ ކަމެއް ސުމަކުން ފަށަންޖެހޭނީ. ކުރިއައް ޔަގީންކަމެއްނެތި ވަރުގަދަ ޓީމެއް ދަމަހައްޓަންދަތިވާނެ.

The name is already taken The name is available. Register?

ސަކީނާ

19 November 2021

ޓިީމްތައް ސްޕޮންސަަާ ކުރުން ރިސޯޓްތަކާ ބޮޑެތި ކުންފުނިތަކާ ހަވަާލު ކުރެވިއްޖެނަމަ ވަރަށްވެސް ވަަާދަވެރިކޮށް ލީގު ކުރިއަށް ގެނދެވިދާނެ ކަމަށް ބެލެވޭ

The name is already taken The name is available. Register?

2000

19 November 2021

ރާއްޖޭގެ ގިނަ ޒުވާނުން މަސައްކަތް ކުރަނީ ރިސޯޓްތަކުގައި،. ، ރިސޯޓްތަކުގައި މަސައްކަތް ކުރާ ކުދިންގެ ތެރޭގައި އެބަތިބި ހުނަރު ވެރިންވެސް. ރިސޯޓްތަކުގެ މުބާރާތެއް އިންތިޒާމުކޮށްފިނަމަ، އެއީ ޒުވާން ކުދިންނަށް ލިބިގެން ދާނެ ފުރުޞަތެެއް. ކިތަންމެ ދަގަނޑޭ އެއް ފެނިގެން ދާނެ. އަދި ރިސޯޓް އޯނަރުން މުބާރަތަށް ޚަރަދު ވެސް ކުރާނެ. ޒުވާނުން މަސައްކަތް ނިންމާފައި އަންހެނުން ކައިރިއަށް ފޮނުވުން ކަހަލަ ނުފުދޭ ވައުދަށްވުރެ ފުއްދޭ ވައުދު ހިންގުން މާރަގަޅު

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

18 November 2021

ޙާމިދުގެ ވިސްނުމަށް ތާއީދު. ނަމަވެސް އިދާރީ ޙަރަދާއި ހިންގުން ހަރުދަނާކުރުމަށްޓަކާ 8 ޒޯނުގެ ބަދަލުގައި 3 ޒޯނު ރަނގަޅުކަމަށް ދެކެން. މިގޮތުން ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަންކަމުގައި ކަޑައަޅާ. # ރީޖަނަލް ސްޓޭޑިއަމް ތަކަކީ މާލެ، ހަނިމާދޫ، އައްޑޫ ސްޓޭޑިއަމްކަމަށްހަދާ އޭއެފްސީ އަދި ސާފްގޭމްސް ބޭއްވޭފެންވަރަށް 3 ރީޖަނުގެ ސްޓޭޑިއަމް ތަރައްޤީކޮށް ހޯމްއަވޭ ބޭއްވިދާނެ.

The name is already taken The name is available. Register?

ހަސަްނ

18 November 2021

"ދަނަޑުފުރައަިލާނެ އެވެ" މި ބަސް 10 ފަހަރު ގެނަޔަސް އެހެން އެކަން ނުވާނެކަން އިނގެންވާނެއެވެ.

The name is already taken The name is available. Register?

120687

18 November 2021

ޖަޒީރާ ނުކިޔައި އަތޮޅު ލީގު، ކިޔަނީ ވިއްޔާ، ކިޔަމާ އަލީގު. މަހަލް ލީގު ކިޔަނީވިއްޔާ މަލީގު، ދިވެހި ލީގު ކިޔަނީ ވިއްޔާ ދިލީގު، މޯލްޑިވްސް ލީގު ކިޔަނީ ވިއްޔާ މޯލީގު،

The name is already taken The name is available. Register?

120687

18 November 2021

ޖަޒީރާ ލީގު.. .ކުރުކޮށްލާ ... ޖަލީގު..

The name is already taken The name is available. Register?

ކޯޗު ވާނުވާ

18 November 2021

ތި ވޯކެއް ނުކުރާނެ ޖަޒީރާ ތައް މި އޮންނަ ގޮތުން. ދަތުރުފަތުރު ނުލާހިކު އަގުބޮޑު. މިފަހުން ނޫހުން ފެނުނު ނިއުރޭޑިއަންޓުން ގެސްޓް ހައުސް އަކަށް ދަރާ އޮއް ވާހަކަ. މި ދައްކަނީ އެއް ދަތުރުން ޓީމު ދެރި ވަރުގެ އެއް ކޭސްގެ ވާހަކަ. ދެން ވިސްނާލާ ބޮޑު ލީގެއް ކުޅެން ވީމަ ވާނެ ގޮތް.

The name is already taken The name is available. Register?

އެޓޮލްލީގް

18 November 2021

ރާއްޖޭގައި އޮންނަންވި އަތޮޅުލީގު ކޮންމެ އަތޮޅެއްގައި ރަނގަޅު ދަނޑެހެދި ކުލަބެއް އުފައްދައިގެން ވާދާކުރަނީ މިސާލަކަށް އ.ދ އަތޮޅު ޓީމަށް އަރި ސިޓީ އެގޮތަށް.ފުރަތަމަ ޒޯން ތަކަށް ބަހައިގެން ކުޅުމަށް ފަހު އަތޮޅުތަކުންނާއި މާލޭގެ އެންމެގަދަ 10 ޓީމު ފުރަތަމަ ޑިވިޝަން އަށް ހޯވާފަ ބާކީ ތިބި ޓީމުތައް ދެވަނަ ޑިވިޝަނަސް ހޮވަނީ.އޭރުން އޮންނާނީ އެއްކޮށް އެއްވަނަ ޑިވިޝަން އާ ދެވެނަ ޑިވިޝަން.މިގޮތަށް ހެދީމަ ބޭރުގެ ލީގުތަކާ ވައްތަރުވާނީ.

The name is already taken The name is available. Register?

އަހައްމަދު.

18 November 2021

އާ ކަލޭމެން މާލޭ ބޭފުޅުންނަށް ރަނގަޅު ގޮތަށް ހުރިހާ ކަމެއްވެސް އޮންނާން ވާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454