ކުޅިވަރު / މޯލްޑިވްސް ސާފިން ޓްރޮފީ

ސީސްޕޯޓްސް ރަންނަމާރި ޗެލެންޖް 2021: ޖޫނިއާ ހީޓްތައް ފަށައިފި

ގައުމީ ރާޅާއެޅުމުގެ މުބާރާތުގެ ޖޫނިއާ ޑިވިޝަނުގައި ދެ ސާފަރަކު ހީޓަށް ތައްޔާރުވަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މާލޭ ރާޅުގަނޑު ސަރަހައްދުގައި ކުރިޔަށްދާ ސީސްޕޯޓްސް ރަންނަމާރި ޗެލެންޖުޖައި 18 އަހަރުން ދަށުގެ ފިރިހެން ޖޫނިއާ ޝޯޓްބޯޑް ޑިވިޝަނުގެ ހީޓުތައް މިއަދު ފަށައިފި އެވެ.

މި ޑިވިޝަނުގެ ގަދަ ހަތަރު އެތުލީޓުން 2022 ވަނަ އަހަރުގެ ރާއްޖޭގެ ޖޫނިއާ ސާފިން ގައުމީ ޓީމަށް ހޮވަން ހަމަޖެހިފައިވާކަން މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ވަނީ ހާމަކޮށްފަ އެވެ.

ތޭރަ ވަނަ ގައުމީ ރާޅާއެޅުމުގެ މުބާރާތުގެ މިއަދުގެ ހީޓުތައް ފެށުނުއިރު ފުރަތަމަ ކުރިޔަށް ގެންދިޔައީ ފިރިހެން އޯޕަން ޝޯޓްބޯޑް ޑިވިޝަނުގެ ހީޓުތަކެވެ. މި ޑިވިޝަނުގެ ހަތަރުވަނަ ބުރުގެ ހީޓުތައް ނިންމައި، ޖޫނިއާ ޑިވިޝަން ފެށީ މެންދުރު އެވެ.

ޖޫނިއާ ޑިވިޝަނުގައި މި އަހަރު، 18 އަހަރުން ދަށުގެ 26 އެތުލީޓުން ވާދަކުރި އެވެ. މި އެތުލީޓުންގެ ތެރެއިން ގަދަ ހަތަރު އެތުލީޓުން އަންނަ އަހަރުގެ 18 އަހަރުން ދަށުގެ ޖޫނިއާ ޓީމަށް ހޮވާގޮތަށް އެމްއެސްއޭއިން ވަނީ ހަމަޖައްސައިފަ އެވެ. ނަމަވެސް، ހޮވާނީ އެ އެތުލީޓަކީ 2022 ވަނަ އަހަރު 18 އަހަރު ފުރި، 19 އަހަރު ނުފުރޭ (2004 ގެ ޖެނުއަރީ 1 ގެ ފަހުން އުފަންވެފައިވާ) ނަމަ އެވެ.

ގައުމީ ރާޅާއެޅުމުގެ މުބާރާތުގެ ޖޫނިއާ ޑިވިޝަނުގެ ހީޓެއްގައި ރާޅާއަޅަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މި ޑިވިޝަނުގެ ފުރަތަމަ ބުރުގެ ހީޓުތައް ނިމުނުއިރު، ނުވަ ހީޓެއް ކުރިޔަށް ދިޔަ އެވެ. ފުރަތަމަ ބުރުގެ ހީޓުތަކުން އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ތިންވަނަ ބުރުން ޖާގަ ހޯދީ 2019 ވަނަ އަހަރު ހަތަރު ވަނައަށް ދިޔަ އަހުމަދު އަމީރެވެ. އޭނާ ވަނީ އަޔާން ނޫރައްދީނާއި ޔޫސުފް ކަޔާން ހަމްދާން ޒަކީއާ ވާދަކޮށް 11.46 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނަ ހޯދައިގެން އަޔާން ވެސް ތިންވަނަ ބުރުން ޖާގަ ހޯދިއިރު ތިންވަނައަށް ދިޔަ ކަޔާން ޒަކީ ވާދަކުރާނީ ދެވަނަ ބުރުގަ އެވެ.

ދެވަނަ ބުރަކީ ރެޕޯ ޗާޖް ބުރެކެވެ. ފުރަތަމަ ބުރުގެ ހީޓުތަކުން ތިންވަނައަށް ދިޔަ ސާފަރުންނަށް ތިންވަނަ ބުރުން ޖާގަ ލިބޭނީ ދެވަނަ ބުރުގެ ހީޓްތައް ނަގައިގެންނެވެ.

ފުރަތަމަ ބުރުގައި ރާޅަކަށް އެންމެ ގިނަ ޕޮއިންޓް ހޯދީ ކަޔާން އަބްދުﷲ އަރީފެވެ. ކަޔާން ވަނީ އޭނާގެ ހަތަރުވަނަ ރައިޑުގައި (ރާޅުގައި) 6.83 ޕޮއިންޓު ހޯދައިފަ އެވެ. މުހައްމަދު ޒަޔާން (ޗޮއްޕު) އާއި ހުސެއިން އައިހަމް އާއި އިސްމާއިލް މާދު އަހުމަދު އަދި ކ. ގުރައިދުއަށް ނިސްބަތްވާ 13 އަހަރުގެ މުހައްމަދު އިނާން އަބްދުލް ހަންނާނު ވަނީ މިއަދުގެ ހީޓްތައް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އަބްދުﷲ ފަހުދާއި އަހުމަދު ލުޒޭން އާއި 11 އަހަރުގެ ޔަސީން އަހުމަދު ނާޝިދު ވެސް މިއަދުގެ ހީޓްތައް ކާމިޔާބު ކުރިއެވެ.

މި އަހަރުގެ ރަންނަމާރި ޗެލެންޖުގެ ޓައިޓަލް އަދި މެއިން ސްޕޮންސަރަކީ ސީ ސްޕޯޓްސް އެވެ. ކޯ ސްޕޮންސަރުންނަކީ އެސްޓީއޯ އާއި ޔޫރޯ ސްޓޯރު، އެޓޯލް އެޑްވެންޗާސް ޕްރައިވެޓް ލިމިޓެޑް އަދި ރާއްޖޭގެ ސާފް ގައިޑް އެސޯސިއޭޝަނެވެ. މީގެ އިތުރުން ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ހަމަޖައްސާފައިވާއިރު، ސެޓަޕް ޕާޓްނަރަކީ އިވެންޓް މޯލްޑިވްސް އެވެ. ބްރޯޑްކާސްޓިން ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސާފައިވާއިރު އޮންލައިން މީޑިއާ ޕާޓްނަރަކީ "މިހާރު" އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454