ބަންގްލަދޭޝްއާ ދެކޮޅަށް ގައުމީ އަންހެން ޓެނިސް ޓީމު ކުޅުނު ޑަބަލްސް ގޭމަށް ފަހު ދެ ޓީމުގެ ޑަބަލްސް ޕެއާ އާއި މެޗު އޮފިޝަލް ފޮޓޯއަކަށް ހުއްޓިލައިގެން
15 ޖޫން 2022 - 16:20
ނާޕޭލްގައި މިހާރު ކުރިއަށްދާ، އައިޓީއެފް ދެކުނު އޭޝިއާ 12 އަހަރާއި 12 އަހަރުން ދަށުގެ ކޮލިފައިން މުބާރާތުގައި ބަންގްލަދޭޝްގެ މައްޗަށް ކާމިޔާބުަ ހޯދައި، މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު ގައުމީ އަންހެން ޓީމުން ދަމަހައްޓައިފި އެވެ.
މިއަދު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެއިން ކާމިޔާބު ކުރީ ސީދާ ގޭމުންނެވެ. މިިދޔަ ހޯމަ ދުވަހު ފެށި މުބާރާތުގައި އަންހެން ޓީމު ކުޅުނު މެޗުގައި ނޭޕާލްގެ މައްޗަށް ކުރި ހޯދީ 3-1 ގޭމުންނެވެ. އެކަމަކު އިއްޔެ އިންޑިއާ އަތުން ބަލިވިޔަސް މިއަދު ބަންގްލަދޭޝްގެ މައްޗަށް ކާމިޔާބު ހޯދުމުން ރާއްޖެ އަށް އަނެއްކާ ވެސް ވަނީ އުންމީދެއް ލިބިފަ އެވެ.
އައިޓީއެފް އޭޝިއާ މުބާރާތައް، ދެކުނު އޭޝިއާ ޒޯނުން ކޮލިފައި ވަނީ ފައިނަލަށް ދާ ދެޓީމެވެ.
ބންގްލަދޭޝްއާ ދެކޮލަށްރާއްޖެ ކުޅުނު މެޗުގެ ފުރަތަމަ ގޭމްގައި، ދިވެހި ޓީމުގެ މަންހާ (ކ) އާއި ބަންގްލަދޭޝް ކުޅުންތެރިޔާ (ވ) އާއި މެޗު އޮފިޝަލް
ބަންގްލަދޭޝްއާ ދެކޮޅަށް މިއަދު ކުޅުނު މެޗުގެ ސިންގަލްސް ފުރަތަމަ މެޗަށް ދިވެހި ޓީމުން ނުކުތީ މަންހާ މުހައްމަދު އަލީ އެވެ. 2-1 ސެޓުން އޭނާ ގޭމް ކާމިޔާބު ކުރި އެވެ. އޭނާ އަތުން ގެއްލުނީ ދެވަނަ ސެޓެވެ. ސެޓްތައް ނިމިގެން ދިޔައީ 6-4, 6-7 އަދި 6-1 ންނެވެ.
ސިންގަލްސް ދެވަނަ މެޗުގައި ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ ނަބާ ނިޝާން ނުކުމެ ސީދާ ތިން ސެޓުން ގޭމް ކާމިޔާބު ކުރި އެވެ. އޭނާ ސެޓްތައް ގެންދިޔައި 6-0، 6-0 ންނެވެ. ޑަބަލްސް ގޭމްގައި ނަބާ އަދި އިމާނީ މޫސާ ކަލީމްގެ ޕެއާ ކުޅެން ނުކުމެ ބަންގްލަދޭޝް އަތުން މޮޅުވީ ސީދާ ދެސެޓުން 6-0، 6-0 ންނެވެ.
ރާއްޖޭގެ ފިރިހެން ޓީމު މިއަދު އިންޑިއާ އަތުން ބަލިވީ ސީދާ ތިން ގޭމުންނެވެ. އިއްޔެ ބޫޓާންގެ މައްޗަށް ފިރިހެން ޓީމު ހޯދި މޮޅަކީ، ރާއްޖޭގެ ޓެނިހުގެ ތާރިހުގައި 12 އާއި 12 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިިހެން ޓީމަކުން ހޯދި ފުރަތަމަ މޮޅެވެ.
އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމު މާދަމާ ނުކުންނާނީ ލަންކާ އާ ދެކޮޅަށެވެ. ފިރިހެން ޓީމު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާއި
15 June 2022
ބަންގާޅު ކުދިންނަށް ނުކުޅެވުނީ ޖާރޒީ ތަންކޮޅެއް ބޮޑުވީމަހެން ހީވަނީ
ބާޔޯ
15 June 2022
ހަމަ ތިހެން ލިޔަން އުޅެނިކޮށް ކޮމެންޓް ފެނުނީ. ސޯޓުއަދި މާދިގީ، މޮޅުވާން ބޭނުމިއްޔާ ހުންނަން ޖެހޭނީ ގަޔަށް އަރުވާފަހުންނަ އުރައެއްހެން އެއްވެސް ވަރަކަށް ވައިނާޅާނެހެން ލައިގެންހުންނަ އެއްވެސް އެއްޗެއްގަ.
ދގދސެފ×
16 June 2022
ބަންގާޅު ބަލިވީމާ ބަންގާޅީންތައް ހާދަހާ ދެރަވީ!
ބުރުގާ
15 June 2022
އަވަހައް ސަރުކާރުން މޮޅުވި ކޮންމެ ކުއްޖަކައް ދެތިން ލައްކަ ރުފިޔާ އިނާމަކައް ދީފަ، އެކުދިންގެ މުސްތަގުބަލް ހަލާކުކޮއްލާ