އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުޅުންތެރިޔެއއްގެ ކަރުގައި މެޑަލް އަޅުވައި ދެނީ: ފުޓްބޯޅައިގެ އާ ސިޒަން ފަށާނެ ދުވަހެއް ނޭނގެ --- ފޮޓޯ: އެފްއޭއެމް
25 ޖެނުއަރީ 2023 - 09:38
ކްލަބް ފުޓްބޯޅައިގައި އެންމެ ފަހުން މެޗެއް ކުޅުނީ މިދިޔަ އަހަރު އޯގަސްޓް މަހު އެވެ. އޭގެ ފަހުން ކްލަބް ފުޓްބޯޅައިގެ ހަރަކާތްތައް ދަނޑުބޭރުގައި ފެންމަތިވީ ކުޅުންތެރިންގެ މުސާރަތަކުގެ މައްސަލައިގަ އެވެ. ކުރިއަށް އޮތް ސީޒަން ބާއްވާނެ ތާރީހެއް މިހާތަނަށް އިއުލާނެއް ނުކުރެ އެވެ.
މާޗު މަހު ފަހުކޮޅު ސީޒަން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް "މިހާރު" އާ ވާހަކަ ދެއްކި ކްލަބްތަކުގެ ބައެއް އޮފިޝަލުން ބުންޏެވެ. އެކަމަކު އެފްއޭއެމުން ރަސްމީ އެއްވެސް ސިފައެއްގައި އާ ސީޒަންގެ އެއްވެސް ވާހަކައެއް ހާމައެއް ނުކުރެ އެވެ.
ކުރިން ރާއްޖޭގައި މަސައްކުރި ބޭރުގެ ތަޖުރިބާކާރަކު ބުނި ގޮތުގައި ކްލަބް ފުޓްބޯޅަ ނެތުމަކީ ގައުމީ ޓީމަށް އޭގެ އަސަރު ކުރާނެ ކަމެކެވެ. ފުޓްބޯޅަ ސީޒަން ފެށޭނެ ތާރީހެއް ނޭނގުނަސް މި އަހަރަކީ ގައުމީ ޓީމަށް ގިނަ މުބާރާތްތަކެއް އޮތް އަހަރެކެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަން މި އަހަރު ފަށާނެ އެވެ. ސާފް ޗެމްއިންޝިޕް ވެސް އަހަރުގެ މެދުތެރޭގައި ބާއްވަން ސާފް އިން ވަނީ އިއުލާންކޮށްފަ އެވެ. އޯގަސްޓް މަހު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އޮންނާނެ އެވެ. އޭޝިއަން ގޭމްސް އިން ވެސް ފިރިހެން ފުޓްބޯޅަ ޓީމަށް ފުރުސަތު ދޭނަމަ، އެ ވެސް މި އަހަރުގެ މުހިންމު މުބާރާއްތެއްގެ ގޮތުގައި ބަލަން ޖެހެ އެވެ.
ގައުމީ ޓީމުގެ ހަރަކާތްތައް ގިނަ އަހަރެއްގައި އެފްއޭއެމް، ފެންނަނަނީ އަތް އުރާލައިގެން ތިބިތަނެވެ. ކަރަންޓް ބިލް ވެސް ދެއްކޭނެ ފަދަ ނެތް ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަންނުން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދަރާފައިވާ ދަރަންޏެއް ވެސް އެބަ އޮތެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މުސާ (އުއްޗު) މެދުވެރިކޮށް އޮކްޓޯބަރު 2021 ގައި ގައުމީ ޓީމަށް ހަދިޔާ ކުރި 1.2 މިލިއަން ރުފިޔާ އެފްއެމުން ކުޅުންތެރިންނަށް އަދި ނުބަހަ އެވެ.
ރާއްޖޭގެ މަސައްކަތް ކުރި ބިދޭސީ ކޯޗުންނަށް ދޭން ޖެހޭ މުސާރައާ ގުޅޭ މައްސަލައަކަށް ފަހު މައްސަލެއް ފީފާ އަށް ވައްދަމުން ދެ އެވެ. މާލީ މައްސަލަތަކުގައި އެފްއޭއެމް އޮތީ ދަށް ހާލަތަކަށް ވެއްޓިފަ އެވެ. އެ އިދާރާގައި މަސައްކަތް ކުރާ މުއައްޒިފުންނަށް ގަވާއިދުން މުސާރައެއް ނުދެވެ އެވެ.
މިދިޔަ ސީޒަންގެ މެޗެއްގެ ތެރެއިން
ކްލަބެއްގައި މަސައްކަތް ކުރާ އޮފިޝަލަކު ބުނީ ސީޒަން ފެށުން ލަސް ވަނީ ވެސް މާލީ ގޮތުން ކަންކަން ހަމަނުޖެހޭތީ އެވެ.
"ބައްތު [އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް] ބުނި ކަންކަން ފަށަންވާއިރަށް ހަމަޖެހެނޭ. އެ އުއްމީދުގައި ގިނަ ކްލަބުތަކުން ތިބީ،" އޭނާ ބުންޏެވެ.
އެކަމަކު ބައެއް ކްލަބްތަކުގެ ހާލަތު ދަށެވެ. ކްލަބް ގްރީން ސްޓްރީޓްސް އަށް ފީފާއިން ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެ ޓީމަށް ކުޅުނު ސްޕެއިންގެ ފޯވާޑް އެންހަލް މުނޯޒް އަށް ދޭން ޖެހޭ މުސާރަތައް އަދާ ކުރުމުން ނޫނީ އާ ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ ފުރުސަތެއް ނެތެވެ.
މިދިޔަ ސިޒަންގައި އުނދަގޫ ހާލަތެއްގައި ވެސް ޕްރެޒިޑެންޓްސް ކަޕް ހޯދި، ކްލަބް ވެލެންސިއާގެ ހާލަތު ވެސް ގޯހެވެ. އެ ކްލަބަށް ކުޅުނު ސީނިއާ ކުޅުންތެރިންގެ ކޮންޓްރެކްޓް ހަމަވުމުން ކްލަބް ދޫކޮށް އެހެން ކްލަބްތަކަށް ބަދަލުވެއްޖެ އެވެ. ޔުނައިޓެޑް ވިކްޓަރީގެ ބިދޭސީ ދެ ކުޅުންތެރިންނަށް ޕެންޑިންގައި ހުރި މުސާރަތައް ދިނީ އެ ދެ ކުޅުންތެރިން ބަނޑުހައި ހޫނުކަމުގެ ހަޅުތާލަކަށް ނުކުތުމުންނެވެ.
ކުރިން ވާހަކަ ދެއްކި ބިދޭސީ ތަޖުރިބާކާރު ބުނީ ގޮތުގައި އޮފް ސީޒަންގައި މިހާ ދިގު މުއްދަތެއް ހޭދަ ކުރުމަކީ ފުޓްބޯޅަ އާ މެދު އެފްއޭއެމުން ސީރިއަސް ތޯ ސުވާލު އުފެދޭ ކަމެކެވެ.
އެކުވެރިކަމުގެ މެޗުގައި ރާއްޖެ އާ ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން، މި މެޗު 2-0 ލަނޑުން ރާއްޖެ ވަނީ ބްންގްލަދޭޝް ބަލިކޮއްފަ-- ފަިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"އެއް ސީޒަން ނިމި އަނެއް ސީޒަނާ ދެމެދު މިހާ ދިގު ބްރޭކެއް ނުނަގާނެ. މި ނޫނިއްޔާ އަހަރެން ނާހަން އެއް ސީޒަންގައި މިހާ ދިގު މުއްދަތެއް ހޭދަ ކުރި ވާހަކައެއް ވެސް،" އޭނާ ބުންޏެވެ.
"އޮފް ސީޒަންގައި ދެ މަހުގެ މުއްދަތެއް ހޭދަ ކުރުން ރަނގަޅު. އެކަމަކު މިވީ މިހާރު މާ ދިގު މުއްދަތެއް. ފުޓްބޯޅަ އާ މެދު ސީރިއަސް ވަންޏާ މިހެނެއް ނޫން މިކަން އޮންނަން ވާނީކީއެއް."
ގައުމީ ޓީމަށް ވެސް އެންމެ ރަނގަޅު ގޮތަކީ ކްލަބް ފުޓްބޯޅަ ގިނަ ދުވަސްތަކަކަށް މެދު ކަނޑާނުލައި ކުރިއަށް ގެންދިއުންކަން ރާއްޖޭގެ ތަޖުރިބާކާރު ކޯޗުން މީގެ ކުރިން ވަނީ ވާހަކަ ދައްކައިފަ އެވެ.
ގައުމީ ޓީމު މުބާރާތްތަކަށް ތައްޔާރުވާން ކްލަބް ފުޓްބޯޅަ ދިގު މުއްދަތަކަށް މެދުކަނޑާލާތީ މީގެ ކުރިން ވެސް ކޯޗުން ކަންބޮޑުވުން ފާޅުކުރި އެވެ.
ގައުމީ ޓީމަށް މުހިންމު އަހަރަކަށް ވިޔަސް ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އޮތީ ދަށް ހާލަތަކަށް ވެއްޓިފަ އެވެ. އެފްއޭއެމް އަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުގެ އަސަރު ގިނަ ކްލަބްތަކަކަށް ވަނީ ކުރިމަތިވެފަ އެވެ. ކްލަބްތަކުގެ މައްސަލަތައް ހައްލު ކުރެވޭނީ ވެސް ފައިސާ ލިބިގެންނެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިންގާ
27 January 2023
ބައްސާމު ކުލަބު ފުޓުބޯޅަޔާ ހިފަން ބަހައްޓާފަ، އޮފީސް ލީގެއް ތައާރަފް ކުރެވިދާނެބާ؟ އަތޮޅު ކައުންސިލުތަކަށާއި ކުންފުނި ތަކަށްވެސް ބައިވެރިވެވޭ ގޮތަށް. އޭރުން ބަލަން ދާނެ މީހިންވެސް ވާނެ އަދި ގެއްލިފަހުރި ހުނަރުވެރި ކުޅުންތެރިންވެސް ފެންނާނެ. މިހާރު އަސްލު އޯލްޓަނޭޓިވް އަކަށް ދާން ވެއްޖެ. ބައްސާމު ތިތަނުން ބޭރުކުރެވޭތޯ ބަޔަކު އަހަރުތަކެއް ވަންދެން މަސައްކަތްކޮށްވެސް ވީ ނާކާމިޔާބު.
ލިޔާ ކުއްޖާ
25 January 2023
ތި ފުރަތަމަ ޑިވިޝަނުން މީހުން ނެގުމަށްވުރެން މާރަނގަޅުވާނެ މިހާރުވެސް އަތޮޅޮޅުތަކުގަ ކުޅޭކުދިން ނަގައިގެން ގައުމީ ޓީމެއް އެކުލަވާލައިފިއްޔާ
ބަލަ
25 January 2023
އެފް.އޭ.އެމް ގެ ބައްސާމަށް ބޮޑުމުސާރަ ލިބެއެއްނު، އެހެންވީމާ އެނިމުނީ. މިކަމުގައި މަށައްހީވަނީ ބަޔަކު ނިކުމެ އެފް.އޭ.އެމް ނުބައްސާ އަމިއްލަޔަށް ބޮޑު މުބާރާތެއް ބާއްވަންވީހެން. މިސާލަކަށް 1ވަނަޑިވިޝަނުގެ ހުރިހާޓީމުތަކާ ވިކްޓަރީ އަދި ނިއުވެސް ލައިގެން މުބާރާއް ބާއްވަނިކޮށް ފޯރި ހިފާފާނެ. އެފް.އޭ.އެމްގެ މެނޭގްމަންޓް ބަދަލުވެގެން ނޫންގޮތަކަށް ރާއްޖޭގެ ފުޓުބޯޅަ ކުރިއަށް ގެންދެވިދާނެހެނެއް ހިޔެއްނުވޭ
ހާމިދު ޝާހިދު
25 January 2023
ތިއީ ބައްސާމު ވީމަ ވެގެން އުޅޭ ގޮތެއްނޫން! ފުޓްބޯޅައަށް ކާމިޔާބު ހޯއްދަވާ ދެއްވި ރައީސް އެއްގެ ވެރިކަން ބަދަލުވެ ދެން ހަވާލުވި މިއޮތް އިބްރާހިމް ސޯލިހުގެ ސަރުކާރުގެ ނާގާބިލުކަމުން ވެގެން އުޅޭ ގޮތެކެވެ. އެފްއޭއެމް ވެސް ހަމައަކަށް އަޅުވާކަށް ނޭންގުނެވެ. ފުޓުބޯޅަ ކުޅުނު މީހަކު ސްޕޯޓްސް މިނިސްޓަރަކަށް ލައިގެން އޭނާ ހުރެގެންވެސް ރާއްޖޭގެ ފުޓްބޯޅަ ޓީމުތައް އިނދަޖެހި، ކުޅުންތެރިންނަށް މުސާރަ ނުދެވިގެން މިއުޅެނީ! ރައީސް ޔާމީންނަމަ މިކަން ހައްލުކުރީސް!
ބަލަ
25 January 2023
ރައީސް ޔާމީހު ހުރެގެން ކޮންކަމެއް ރާއްޖޭގެ ފުޓުބޯޅައަށް ކުރެވުނީ. އަސްލު ހަގީގަތުގައި ބުނަނީނަމަ ރައީސް މައުމޫނު ހުންނެވިއިރު ރާއްޖޭގެ ފުޓުބޯޅަ ކުރިއަށްދިޔައީ. ޕޮމިސްކަޕްބޭއްވި، އެކި އުމުރުފުރައިގެ ފުޓުބޯޅަ ބޭއްވި، ސްކޫލްތަކުގެ މެދުގައި ފުޓުބޯޅަ މުބާރާތް ބޭއްވި އަދި އިންޓަރ ސްކޫލް މުާރާތްތަށް އޮތް. ސްކޫލުތަކުން ގިނަކުދިން ފުޓުބޯޅައަށް ނުކުތް. ވީމާ މިކަމުގައި ޕޮލިޓިކްސް ނުގެނޭ. އަސްލު ބައްސާމު ރާއްޖޭގެ ފުޓުބޯޅަ ހަލާކުކުރިމީހަކީ މިއީ ހަގީގަތަކީ
މިނޭޓޭ ރެސްޓޯރަންޓް
25 January 2023
މިނޫޓޭ ރެސްޓޯރަންޓްއެކަމު ވަރަށް ރަނގަޅށްހިނގާ. އެންމެނަށް މުސާރަދެވޭ. ކަރަންޓް ބިލް ދެއްކޭ.
އަފްރާސިޔާބު
25 January 2023
އެފްއޭއެމުގެ ފުޓުބޯޅައިގެ ވާހަކައަށްވުރެ އަހަރުމެންނަށް ކޮންމެވެސް ފައިސާ ގަނޑެއްގައި އުޅޭވާހަކަ؟ ނޫސްވެރިޔާ ބަލާލަންވީނޫންތޯ އެއީ ކޮންފައިސާ ގަނޑެއްގެ ވާހަކަތޯ؟ ކިހާވަރެއް މީސްމީހުންގެ ޖީބަށް ވަދެފައިވޭތޯ؟
ބާބޫ
25 January 2023
ބައްސާމަކީ ރާއްޖޭގެ ފުޓްބޯޅައިގެ ހަލާކު. އުޑެއްބުޑެއް ނޭންގޭ ކުޑަކުއްޖަކު ގެ ބޮލަށް ވަދެގެން ބަޔަކު ހޭވި ހަޑިއެއް ބަޑިއެއްހެން ފަޅައިގެން ގޮސް ދިވެހި ފުޓްބޯޅަ ހަނާވެ ހުލިވެ އަވަދިވަނީއެވެ.
ހަލީފާ
25 January 2023
ތިޔަކަށް ކުރެވޭނެ އެއް ކަމެއްވެސް ނެތް. ފީފާގެ ރައީސް އިންފަންޓީނޯ ރައީސްކަމަށް ހޮވުނީ ރާއްޖޭގެ އެފް.އޭ.އެމް އިން ދިން ވޯޓުން. އެހެންވީމާ ފީފާ އިން ތިކަމަކާ އަޅައެެއް ނުލާނެ.
އަލިބޭބެ
25 January 2023
އެފް.އޭމް.އެމް ގެ ރައީސްކަމުގެ ބޭނުމުގައި ގޭންގްތަކުގެ ނަމުގައި ފުޓުބޯޅަ ޓީމްތައް ނެެރި އެޓީމްތައް ފަންޑުކޮށް ވޯޓު ގަތީ ކާކުބާ؟ އެހިސާބުން ރާއްޖޭގައި ހިންގަމުން އައި ދުވަސްވީ ފުޓުބޯޅަ ޓީމްތައް ހަލަކުވެ، ބާރުވެރިވި މީހުންނަށް ފައިސާ ލިބިގެން ފެށީ ފުޓުބޯޅަ ކުރިއަރުވާކަށް ނޫން. އެ ގޭންގްތަކުގެ ބާރު ފުޅާކޮށް ބޮޑުކުރުމަށް. ދަނޑުމަތިން ރެފްރީ އިންނަށް ހަމާލާދޭނެ ފަހަތުންވެސް ދުވާނެ. މީފުޓުބޯޅަ ހަލާކުވި ގޮތް. ދެން ނުކުންނާނީ މަސްއޮޑި އެއްވަނަ ޑިވިޝަނަށް
ޖާނޭ
25 January 2023
ކުލަބު ތަކުގެ ވެރިނަްނަށް ބަރާބަރަށް މުސާރަދޭ..ދެން ފުޓުބޯޅަ ނުކުޅުނަސް ކާކަށް ކީއް؟
އާދޭއާދޭ
25 January 2023
އާ އަހަރެމެން ދުބާއީއަށް ގޮސްލާ ވޯލްޑްކަޕް ބަލާލާ ސައުދީގަ ގޯޓް ކްލެސިކޯ ބަލާލާފަ ވ އަރާމުގަ