ވެޓެރަންސް ކަޕް: މާޒިޔާ ދެ ވަނަ ބުރަށް، ޔުނައިޓެޑް ވިކްޓަރީ ޕްލޭ އޮފަށް

ވެޓެރަންސް ކަޕްގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 1-0 އިން ކުރި ހޯދައި މާޒިޔާ ދެ ވަނަ ބުުރުން ޖާގަ ހޯދައިފި އެވެ.


މިއަދުގެ މެޗަށް ފަހު ދެ ވަނަ ބުރުގެ ހުރިހާ ޖާގައެއް ވަނީ ކަށަވަރުވެފަ އެވެ. ގްރޫޕް އޭ އިން ދެ ވަނަ ބުރަށް ދިޔައީ ވެލެންސިއާ، ނިއު ރޭޑިއަންޓް އަދި ބީޖީ ސްޕޯޓްސް އެވެ. ގްރޫޕް ބީ އިން މާޒިޔާ އާއި ދިވެހި ސިފައިންގެ ކްލަބެވެ.

ދެ ވަނަ ބުރުގެ ފަހު ޖާގަ ލިބޭނީ ހޯމަ ދުވަހު ހަވީރު، ގްރޫޕް އޭގެ ހަތަރު ވަނަ ވިކްޓަރީ އާއި ގްރޫޕް ބީގެ ތިން ވަނަ ޔުނައިޓެޑް ވިކްޓަރީ ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.

ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާގެ ހަމައެކަނި ލަނޑު ޖެހިީ އަބްދުލް ވައްހާބު އެވެ. މެޗުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކީ ޔުނައިޓެޑް ވިކްޓަރީގެ އަބްދުﷲ ވަހީދު (ބިންމާ) އެވެ. މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ މާޒިޔާގެ އަހުމަދު ސުޒައިރަށެވެ.

ދެ ވަނަ ބުރުގެ ގްރޫޕް އޭ ގައި ހިމެނެނީ ވެލެންސިއާ އާއި ބީޖީ އަދި ސިފައިންނެވެ. އަދި ގްރޫޕް ބީގައި މާޒިޔާ އާއި ނިއު ރޭޑިއަންޓްގެ އިތުރުން ޕްލޭ އޮފް މެޗުން މޮޅުވާ ޓީމެކެވެ.

ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހު ހަވީރެވެ.