ވެޓެރަންސް ކަޕް: ސިފައިން ބަލިކޮށް ބީޖީ ސެމީ އަށް

ވެޓެރަންސް ކަޕްގައި މިއަދު ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް 1-0 އިން ކުރިހޯދައި ބީޖީ ސްޕޯޓްސް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.


މި މެޗާ އެކު ގްރޫޕް އޭގެ ހުރިހާ މެޗެއް ނިމުނުއިރު ވެލެންސިއާ އަށް އެއް ވަނަ ލިބުނީ ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ބީޖީ ދިޔައީ ތިން ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފުލުގައި އޮތް ސިފައިންނަށް ޕޮއިންޓެއް ނުލިބެ އެވެ.

ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވާދަވެރި ކުޅުމެއް ފެނުނެވެ. މޮޅުވާ ޓީމަކަށް ސެމީން ޖާގަ ލިބޭތީ ދެ ޓީމުން ވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފަ އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ބީޖީ އަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އަހުމަދު ފިރާޒް އެވެ.

މެޗުގެ 45 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިއަކީ ބީޖީގެ ޑިފެންޑަރު އިބްރާހިމް އާމިރު އެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ނިއު ރޭޑިއަންޓް ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީއާ އެވެ. މެޗު ފަށާނީ ހަވީރު 16:30 ގަ އެވެ.

ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު

3

ވިލިމާލެ ދާއިރާ