ލިވަޕޫލާއި ޔުނަައިޓެޑް މެޗަށް "އައިސްޕީއެލް" ތައްޔާރު

އިންޓަނޭޝަނަލް ބްރޭކަށް ފަހު އިނގިރޭސި ޕްރިމިއާ ލީގު ހޮނިހިރު ދުވަހު އަލުން ފަށާއިރު ރާއްޖޭގެ އައިސްޓީވީން ވެސް ފޯރިއާ އެކު އަނެއްކާ ވެސް "އައިސްޕީއެލް" ޕްރޮގްރާމްތައް ފަށާނެ އެވެ.


އައިސްޓީވީން ޕްރިމިއާ ލީގަށް ހާއްސަކޮށްގެން ގެނެސްދޭ "އައިސްޕީއެލް" ޕްރޮގްރާމުގައި މެޗުތައް ދައްކައި ހާއްސަ ޕްރިވިއު ޝޯތައް ގެނެސްދެ އެވެ. މި ޝޯތަކަށް ރާއްޖޭގެ ކޯޗުންނާއި ނޫސްވެރިން އަދި ބައެއް ސެލެބްރިޓީން މެހެމާނުންގެ ގޮތުގައި އަރަ އެވެ. މި ޝޯތަކުގައި މެޗުތަކާ ބެހޭގޮތުން ޝައުގުވެރި މައުލޫމާތުތަކާއި ތަފާސްހިސާބުތައް ގެނެސްދެ އެވެ.

އިންޓަނޭޝަނަލް ބްރޭކަށް ފަހު ޕްރިމިއާ ލީގު ފަށާ މެޗަކީ ހޮނިހިރު ދުވަހު ހަވީރު 4:30 ގައި އޮންނަ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލުގެ މެޗެވެ. މިއީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ވާދަވެރި އެއް މެޗެވެ. މިދިޔަ ތިން ސީޒަނުގައި ޕްރިމިއާ ލީގުގައި އެންމެ ގިނަ ބަޔަކު ބެލި މެޗު ވެސް މެ އެވެ.

އައިސްޓީވީން ޕްރިމިއާ ލީގުގެ ހުރިހާ މެޗެއް ވެސް ދައްކާއިރު، އެއް ވަގުތެއްގައި ވަރުގަދަ ދެ މެޗެއް އޮވެއްޖެ ނަމަ ދައްކާ މެޗެއް ކަނޑައަޅާނީ ޓްވިޓާ މެދުވެރިކޮށް ނަގާ ވޯޓަކުންނެވެ. މި ވޯޓުގައި ކުރި ހޯދުމަށް ދެ ޓީމުގެ ދިވެހި ސަޕޯޓަރުން ވަރަށް ފޯރީގައި މަސައްކަތްކުރެ އެވެ.

އައިސްޕީއެލްގައި ތަފާތު އެކި ޗެލެންޖްތައް ވެސް ހުރެ އެވެ. އެގޮތުން 2000 އަށް ވުރެ ގިނަ ކުޅުންތެރިން ހިމެނޭ އައިސް ފެންޓަސީ ޕްރިމިއާ ލީގާއި ސްކޯ ދިމާކޮށްގެން އިނާމް ލިބޭ ފުރުސަތުތައް ހިމެނެ އެވެ.

މީޑިއާނެޓުގެ މި ޗެނަލް ސްޓެލްކޯގައި ބޮޑުތަކުރުފާނު މަގާ ދިމާލުން ބަހައްޓާފައިވާ "މާޓީވީ" އިން ވެސް ފެންނާނެ އެވެ.