ފްރެންޗް ލީގު ކަޕުން ޕީއެސްޖީ ކަޓައިފި

ޕެރިސް (ޖެނުއަރީ 10) – ފްރާންސް ލީގުގެ ފުލުގައި އޮތް ގުއިންގޭމްޕް އަތުން 2-1 އިން ބަލިވެ ފްރެންޗް ލީގު ކަޕުގެ ކުއާޓާ ފައިނަލުން ޗެމްޕިއަން ޕީއެސްޖީ ކަޓައިފި އެވެ.


މިއީ ފްރާންސް ލީގުގައި ބަލިނުވެ އޮތް ޕީއެސްޖީ އަށް ކުރިމަތިވި ވެއްޓުމެކެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 63 ވަނަ މިނެޓުގައި ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާ ވަނީ ޕީއެސްޖީ އަށް ކުރި ހޯދައިދީފަ އެވެ. އެކަމަކު 83 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޔެނީ އަޓީޓޯ އެންބަކޯޓޯ ޕެނަލްޓީއަކުން ލަނޑު ޖަހައި އެއްވަރުކުރި އެވެ. ގުއިންގޭމްޕް މޮޅުވީ އިތުރު ވަގުތުގެ ތެރޭ މާކަސް ތުރާމް ޕެނަލްޓީން ޖެހި ގޯލުންނެވެ. އޭނާ އަކީ ފްރާންސާ އެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޑިފެންޑަރު ލިލިއަން ތުރާމްގެ ދަރިއެކެވެ.

ތުރާމާ އެކު ފްރާންސަށް ކުޅުނު ތިއެރީ އޮންރީ މިހާރު ކޯޗުކޮށްދޭ މޮނާކޯ އިން ވަނީ ޕެނަލްޓީ ޖަހައިގެން ރޭނިސް 8-7 އިން ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލަށް ރޭ ދަތުރުކޮށްފަ އެވެ. މިއީ ލީގުގެ ފުލުން ދެ ވަނައިގައި އޮތް ޓީމާ އެކު އޮންރީ އަށް ކާމިޔާބެއް ހޯދަން އެޅުނު މުހިއްމު ފިޔަވަޅެކެވެ. އެކަމަކު އޮންރީގެ އެންމެ މުހިއްމު މަސައްކަތަކީ މޮނާކޯ ރެލިގޭޝަނުން ސަލާމަތްކޮށްދިނުމެވެ.

އަބްދުﷲ ޖާބިރު

3

ކާށިދޫ ދާއިރާ