ކުޅިވަރު / ޔޫރޯ 2020

ޔޫރޯ 2020: ތައާރަފެއް

ޕެރިސް، ފްރާންސް: ޖުލައި 10، 2016: ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ފްރާންސް އާއި ޕޯޗުގަލް ބައްދަލުކުރި މެޗުން ޕޯޗުގަލް މޮޅުވެ، ޔޫރޯގެ ތަށި ޕޯޗުގަލް ޓީމުން އުފުލާލަނީ.-- ފޮޓޯ: އޭއެފްޕީ

މިއީ މިދިޔަ އަހަރުގެ ޖޫން 12 އިން ޖުލައި 12 އަށް ތާވަލްކުރި ޔޫރޯ މުބާރާތެވެ. ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ބާއްވާ މުބާރާތް ފަސްކުރަން ޖެހުނީ މުޅި ދުނިޔޭގައި އަދި ޚާއްސަކޮށް ޔޫރަޕުގައި ކޮވިޑް ބަލިމަޑުކަން ފެތުރުމުންނެވެ. ޔޫރަޕުގެ 16 ވަނަ މުބާރާތް އަލުން ޝެޑިއުލްކޮށްފައި ވަނީ މި އަހަރުގެ ޖޫން 11 އިން ޖުލައި 11 އަށެވެ.

ކޮވިޑުގެ ސަބަބުން ޔޫރަޕުގެ ގައުމުތަކުގެ ޕަބްލިކް ޚިދުމަތްތަކަށް ދަތިވުމުގެ އިތުރުން ސަސްޕެންޑްކުރަން ޖެހުނު ޑޮމެސްޓިކް ލީގުތައް ނިންމަން ޖެހުމަކީ ވެސް ޔޫރޯ 2020 ފަސްކުރަން ޖެހުނު ސަބަބެކެވެ. މުބާރާތް ފަސްކުރިކަން އިއުލާންކުރީ މާޗް 17، 2020 ގަ އެވެ. ޔޫރޯ މުބާރާތް އެއް އަހަރަށް ލަސްވުމާ ގުޅިގެން ފީފާ އިންޓަނޭޝަނަލް މެޗު ކަލަންޑަރަށް ބަދަލު އައިކަން ބިއުރޯ އޮފް ދަ ފީފާ ކައުންސިލުން އޭގެ އެއް ދުވަސް ފަހުން އެޕްރޫވްކުރި އެވެ. މި އަހަރުގެ ޖޫން އަދި ޖުލައިގައި ކުޅުމަށް ޝެޑިއުލްކޮށްފައިވާ ފީފާ ކްލަބް ވޯލްޑް ކަޕް ވަނީ ފަސްކޮށްފަ އެވެ. މި އަހަރު ކުޅުނު ނަމަވެސް މުބާރާތުގެ ނަމަކީ "ޔުއެފާ ޔޫރޯ 2020" އެވެ. ޔުއެފާ އިން އެ ގޮތަށް ނިންމާފައި ވަނީ އެޕްރީލް 23، 2020 ގަ އެވެ.

މި އަހަރުގެ މުބާރާތް 13 ސިޓީއެއްގައި ބާއްވަން ޝެޑިއުލްކުރި ނަމަވެސް ފަހުން ވަނީ ދެ ސިޓީ އުނިކޮށްފަ އެވެ. ބްރެސަލްސް ވަކިކުރަން ޖެހުނީ ސްޓޭޑިއަމްގެ މަސައްކަތް ލަސްވުމުންނެވެ. ޔުއެފާގެ އެގްޒެކެޓިވް ކޮމިޓީން އެ ނިންމުން ނިންމާފައި ވަނީ ޑިސެމްބަރު 7، 2017 ގަ އެވެ. ބްރެސަލްސްގައި ކުޅެން ހަމަޖެއްސި ހަތަރު މެޗު (ގްރޫޕް ސްޓޭޖުގެ ތިން މެޗާއި ދެ ވަނަ ބުރުގެ އެއް މެޗު) ވަނީ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމަށް ބަދަލުކޮށްފަ އެވެ. މި އަހަރުގެ އެޕްރީލް މަހު ޑަބްލިން ވަކިކުރީ ސަޕޯޓަރުން މެޗުތަކަށް ވައްދާނެކަމުގެ ގެރެންޓީ ނެތުމުންނެވެ. ޑަބްލިންގައި ކުޅެން ހަމަޖެއްސި ހަތަރު މެޗުގެ ތެރޭން ގްރޫޕް ސްޓޭޖުގެ ތިން މެޗު ބަދަލުކުރީ ސެއިންޓް ޕީޓާސްބާގުގެ ކްރެސްޓޯވްސްކީ ސްޓޭޑިއަމަށެވެ. ދެ ވަނަ ބުރުގެ މެޗު ކުޅޭނީ ވެމްބްލީގަ އެވެ. ސްޕޭނުން ވެސް ވަނީ ބިލްބާއޯގެ ބަދަލުގައި ސެވިއްޔާ އަށް މެޗުތައް ބަދަލުކޮށްފަ އެވެ. ގިނަ ސިޓީތަކެއްގައި މުބާރާތް ބޭއްވުމަކީ ޔުއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީގެ ޚިޔާލެކެވެ. ގިނަ ސިޓީތަކެއްގައި މުބާރާތް ބާއްވާނެކަން ޔުއެފާ އިން އިއުލާންކުރީ ޑިސެމްބަރު 6، 2012 ގަ އެވެ.

ފްރާންސްގެ ކޯޗު ޑިޑިއާ ޑިޝޯމްޕްސް (ކ) އާއި ޖަރުމަނުގެ ކޯޗު ޔަކީމް ލޯ (މ) އަދި ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ސަލާމްކުރަނީ. --ފޮޓޯ: އޭއެފްޕީ

ސްޓޭޑިއަމްތައް ފަޅަށް ބާއްވައިގެން ޔޫރޯގެ މެޗުތައް ނުކުޅެވޭނެކަމަށް ޔޫއެފާ އިން ވަނީމ ނިންމައިފަ އެވެ.

ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި މި އަހަރު ފުރަތަމަ ފަހަރަށް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރާނެ އެވެ.

މި އަހަރުގެ މުބާރާތުގައި ވާދަކުރާ 24 ޓީމުގެ ތެރޭން 19 ޓީމަކީ ޔޫރޯ 2016 ގައި ވެސް ވާދަކުރި ޓީމުތަކެވެ. އޭގެ ތެރޭގައި ކޮލިފައިން 10 މެޗުން މޮޅުވި އިޓަލީ އާއި ބެލްޖިއަމް އަދި އެންމެ ފަހުގެ ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލް އާއި ދުނިޔޭގެ ޗެމްޕިއަން ފްރާންސް ހިމެނެ އެވެ. ޖަރުމަނުން ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 13 ވަނަ ފަހަރަށް ޔޫރަޕުގެ މުބާރާތަށް ކޮލިފައިވެފަ އެވެ. ފިންލޭންޑާއި ނޯތު މެސެޑޯނިއާ މި އަހަރު ކޮލިފައި ވަނީ މުބާރާތަށް އަލަށެވެ.

ކޮވިޑް-19 އާ ގުޅިގެން ޚާއްސަ ގަވާއިދުތަކެއް

ކޮވިޑް-19 އާ ގުޅިގެން ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަވާއިދުތަކަށް ބައެއް ބަދަލު ޔުއެފާގެ އެގްޒެކެޓިވް ކޮމިޓީން މެއި 4، 2021 ގައި ގެނަ އެވެ. އޭގެ ތެރޭގައި:

* ކޮވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން ޓީމެއްގެ ކުޅުންތެރިންތަކެއް ކަރަންޓީންވާން ނުވަތަ އައިސޮލޭޓްވާން ނޭޝަނަލް ހެލްތު އޮފިޝަލުން އެންގި ނަމަވެސް 13 ކުޅުންތެރިން ހަމަވާނަމަ އެ މެޗެއް ކުޅޭނެ އެވެ. އޭގެ ތެރޭގައި މަދުވެގެން އެއް ގޯލްކީޕަރު ހިމަނަން ޖެހޭނެ އެވެ.

* ކޮވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން މެޗު ކުޅެން ބޭނުންވާ އަދަދަށް ކުޅުންތެެރިން ހަމަނުވެއްޖެ ނަމަ ކުރިއަށް އޮތް 48 ގަޑިއިރުތެރޭގައި އެ މެޗެއް ޔުއެފާ އިން އަލުން ރިޝެޑިއުލް ކުރާނެ އެވެ.

* އެ މެޗެއް ރިޝެޑިއުލް ނުކުރެވިއްޖެ ނަމަ މެޗަކާ މެދު ގޮތެއް ނިންމާނީ ޔުއެފާ ކޮންޓްރޯލް، އެތިކްސް އެންޑް ޑިސިޕްލިނަރީ ބޮޑީންނެވެ. އެ ޓީމެއްގެ ސަބަބުން މެޗު ކުޅެން ހުރަސް އެޅުނު ޓީމެއް 3-0 އިން ބަލިވީ ކަމަށް ނިންމާނެ އެވެ.

* ކޮވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން ރެފްރީންގެ ޓީމަށް ބަދަލު ގެންނަން ޖެހިއްޖެ ނަމަ، އެ ރެފްރީންގެ ޓީމު ނިސްބަތްވާ ގައުމުގެ ރެފްރީން ޔުއެފާ އިން ހަމަޖައްސާނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ޓީމުތަކުގެ ސްކޮޑުގެ ސައިޒަށް ވެސް ވަނީ މި ފަހަރު ބަދަލު ގެނެސްފަ އެވެ. ދެހާސް ހަތަރު ވަނަ އަހަރުގެ ފަހުން ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ވާދަކުރާ 23 ކުޅުންތެރިންގެ ސްކޮޑް މި ފަހަރު ވަނީ 26 އަށް އިތުރުކޮށްފަ އެވެ. އެކަމަކު ކޮންމެ މެޗެއްގެ ޝީޓްގައި ހިމެނޭނީ 23 ކުޅުންތެރިންނެވެ. ކޮންމެ ޓީމެއްގައި ވެސް ތިން ގޯލް ކީޕަރުން ހިމަނަން ޖެހޭނެ އެވެ. ޖޫން 1 ވަނަ ދުވަހު ލިސްޓް ހުށަހެޅި ނަމަވެސް ފުރަތަމަ މެޗުގެ ކުރިން ކުޅުންތެރިއަކަށް ނުކުޅެވޭ ވަރަށް އަނިޔާވެއްޖެ ނަމަ އެ ކުޅުންތެރިއެއްގެ ބަދަލުގައި އެހެން ކުޅުންތެރިއަކު އިތުރު ކުރެވޭނެ އެވެ. ނަމަވެސް ފުރަތަމަ މެޗަށް ފަހު ވެސް ގޯލްކީޕަރަކަށް އަނިޔާވެއްޖެ ނަމަ ބަދަލު ކުރެވޭނެ އެވެ.

މުބާރާތަށް ޔުއެފާ އިން ވަނީ ރެފްރީންގެ 19 ޓީމެއް ހަމަޖައްސައިފަ އެވެ. އޭގެ އިތުރުން ވަނީ 22 ވީޑިއޯ މެޗު އޮފިޝަލުންނާއި ސަޕޯޓް މެޗު އޮފިޝަލުންގެ ގޮތުގައި 12 ފަރާތެއް ހަމަޖައްސައިފަ އެވެ.

ޕެރިސް، ފްރާންސް: ޖުލައި 10، 2016: ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ފްރާންސް އާއި ޕޯޗުގަލް ބައްދަލުކުރި މެޗުން ޕޯޗުގަލް މޮޅުވެ، ޔޫރޯގެ ތަށި ޕޯޗުގަލް ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އުފުލާލަނީ.-- ފޮޓޯ: އޭއެފްޕީ

ފައިސާގެ އިނާމް

ޔޫރޯ 2020 ގެ ފައިސާގެ އިނާމު ކަނޑައަޅާފައި ވަނީ ފެބްރުއަރީ 2018 ގަ އެވެ. މުބާރާތުގައި ވާދަކުރާ 24 ޓީމުގެ ތެރޭން ކޮންމެ ޓީމަކަށް 9.25 މިލިއަން ޔޫރޯ ލިބޭނެ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 34 މިލިއަން ޔޫރޯގެ ފައިސާގެ އިނާމު ލިބޭނެ އެވެ. ގްރޫޕް ސްޓޭޖުގައި މޮޅުވާ ކޮންމެ މެޗަކަށް 1.5 މިލިއަން ޔޫރޯ އަދި އެއްވަރު ވެއްޖެ ނަމަ 750،000 ޔޫރޯ ލިބޭނެ އެވެ. ދެ ވަނަ ބުރުގައި ވާދަކުރާ ސޯޅަ ޓީމުގެ ތެރޭން ކޮންމެ ޓީމަކަށް ދެ މިލިއަން ޔޫރޯ އަދި ކުއާޓާ ފައިނަލަށް ދަތުރުކޮށްފި ނަމަ 3.25 މިލިއަން ޔޫރޯ ލިބޭނެ އެވެ. ސެމީ ފައިނަލަށް ހިނގައްޖެ ނަމަ ފަސް މިލިއަން ޔޫރޯ އަދި މުބާރާތުގެ ދެ ވަނަ ހޯދާ ޓީމަކަށް ހަތް މިލިއަން ޔޫރޯ ލިބޭނެ އެވެ. ޗެމްޕިއަން ޓީމަށް 10 މިލިއަން ޔޫރޯ ދޭން ވަނީ ހަމަޖައްސައިފަ އެވެ.

4 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 50%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝިއަލްްް

10 June 2021

ހަސަން އާމިރު މި ލިޔުމުގައި ޔުވެންޓަސްގެ ކަހަލަ ބޮޑެތި ކުލަބުތަކުން މިފަހަރުގެ މުބާރާތް ބޭއްވުމަށް ދިން އެއްބާރުލުން ފާހަނގަކޮށްލިނަމަ ވަރަށް ފުރިހަމަވީސް. ފަރުދާގެ ފުރަގަހުގައި ހިނގާ މިކަހަލަ ކަންކަން އެންމެންނަށް ނޭނގުނަސް ޖާނަލިސްޓުންނަށް އިނގެން ޖެހޭ. ވ.ވެދުން. #ފޯޒާޔުވޭ #ފޯޒާޔުވޭ

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

10 June 2021

ކަލޭ ވަގުނަން ބޭނުންކޮށްގެން ތިކުރާ ހިތްވަރަށް ސާބަސް ޓެއިލް ކާވް.

The name is already taken The name is available. Register?

ޕިރްލޯ

10 June 2021

އަމިއްލަ އަށް ކޮމެންޓު ކޮށްފަ ލައިކު ނުދިބުނީމަ ދެން ކޮން ބޭކާރު އަނގަ އެއް ތަޅާކަށް

The name is already taken The name is available. Register?

ނާގަބާޑި

11 June 2021

ކޮބާ މިތަނަނުން އަސްލު ރަދީފް އަކީ ،މަށަށް ހީވަނީ މި ދޭތިވެސް މި ފޭކްހެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454