ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

"ނޭނގިތިއްބައި" ރާއްޖެ އޭޝިއަން ކަޕް ކޮލިފައިންއަށް

ދެދ

އޭޝިއަން ކަޕުގެ ކޮލިފިކޭޝަންގެ ޕްލޭއޮފްގައި ވާދަކުރަން ޖެހޭނެ ކަމަށް ރާއްޖެއިން ނިންމައިގަން ތިއްބައި އޭޝިއަން ކަޕް ކޮލިފިކޭޝަންގައި، އޭއެފްސީން ރާއްޖެ ހިމަނައިފި އެވެ.

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަން ސިލްސިލާކޮށް ކުރިއަށްގެންދާ ކޮލިފައިންގެ ދެ ވަނަ ބުރުގެ ކޮލިފިކޭޝަން މަރުހަލާގައި ރާއްޖެ ކުޅެން ޖެހޭ މެޗުތައް ނިމުނު އިރު، އެފްއޭއެމް އިން ވެސް ހީކޮށްގެން ތިބީ ރާއްޖެ ކުޅެން ޖެހޭނީ ޕްލޭއޮފްގައި ކަމަށެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި 2019 ގައި ބޭއްވި އޭޝިއަން ކަޕްގެ ކޮލިފައިން އަށް ވެސް ރާއްޖެ ދިޔައީ ޕްލޭއޮފް މަރުހަލާއިން މޮޅުވެގެންނެވެ. އޭރު ރާއްޖެ ކޮލިފައިން ބުރުން ޖާގަ ހޯދީ ޕްލޭއޮފްގައި ލާއޯސް ބަލި ކުރުމަށް ފަހު އެވެ.

މިއަދު ހެނދުނު އޭއެފްސީން އިއުލާން ކޮށްފައި ވަނީ، އޭޝިއަން ކަޕްގެ ކޮލިފައިން ބުރުން ރާއްޖެއަށް ޖާގަ ލިބިފައިވާ ކަމަށެވެ. ރޭ ރާއްޖެއިން ކުޅެ ނިންމާލި ކޮލިފިޝަންގައި ރާއްޖެ އަށް ލިބުނީ ގްރޫޕްގެ ހަތަރު ވަނަ އެވެ. ތިން ވަނަ ހޯދި ފިލިޕީންސް ވެސް ވާދަކުރާނީ ސީދާ ކޮލިފިކޭޝަން ބުރުގަ އެވެ. އޭއެފްސީން މިއަދު ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު ޕްލޭއޮފް ބުރުގައި ވާދަކުރާނީ ގްރޫޕްތަކުގެ ފުލަށް ދިޔަ ޓީމުތަކެވެ. އެހެންވެ ރާއްޖެ ހިމެނުނު ގްރޫޕް އޭގެ ފުލަށް ދިޔަ ގުއާމް ވާދަކުރާނީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޕްލޭއޮފްގަ އެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި، ރާއްޖެ ވާދަކުރާނީ ކޮލިފިކޭޝަންގެ ތިން ވަނަ ބުރުގަ އެވެ. އޭޝިއަން ކަޕް ކޮލިފިކޭޝަން ނުވަތަ ކޮލިފައިންގެ ތިން ވަނަ ރައުންޑް ފެށުމަށް އޭއެފްސީން ތާވަލު ކޮށްފައި ވަނީ ސެޕްޓެމްބަރު މަހަށެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ، މާޓިން ކޫޕްމަން ހަވާލުވެ، ރާއްޖޭގެ ކުޅުމުގެ ސްޓައިލަށް ބަދަލު ގެނެސްފައިވާކަން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް އެނގެ އެވެ. ފިލިޕީންސްއާ ދެކޮޅަށް ރޭ ކުޅުނު މެޗަކީ ރާއްޖެ އިން ފިލިޕީންސް އަތުން ހޯދި ފުރަތަމަ ޕޮއިންޓްކަން ފާހަގަކުރަމުން ކޫޕްމަން ބުނީ ތައްޔާރުވާން ލިބުނު ވަގުތާއި ބަލާފައި ރާއްޖެ އިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ.

"ކޮވިޑުގެ މި އުނދަގޫ ހާލަތުގައި މިއީ ރާއްޖޭގެ ރައްޔިތުންނަށް އަހަރެމެންގެ ފަރާތުން ދެވުނު ރަނގަޅު ހަދިޔާއެއް ކަމަށް އަހަރެމެން ގަބޫލްކުރަން. މިއީ ފިލިޕީންސް އަތުން އަހަރެމެން ހޯދި ފުރަތަމަ ޕޮއިންޓް،" މެޗަށް ފަހު ކޫޕްމަން ބުންޏެވެ.

"އަހަންނަށް ހީވަނީ ކުޅުންތެރިންނަށް މި ނަތީޖާ ހައްގުހެން. އެ ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކޮށްފި. އަހަރެމެންނަށް ރަނގަޅަށް ތައްޔާރުވާން ފުރުސަތު ލިބުނު ނަމަ ފިލިޕީންސް ބަލި ކުރެވޭނެކަމަށް އަހަރެން ގަބޫލުކުރަނީ. އެކަމަކު މި އުނދަގޫ ހާލަތުގެ ތެރެއިން ވެސް ކުޅުންތެރިން ދެއްކި ކުޅުމާމެދު އަހަރެން ހިތްހަމަޖެހޭ. ހާއްސަކޮށް ރާއްޖެއިން ކުޅުނު ގޭމާ މެދު ހިތްހަމަޖެހޭ."

16 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 0%
icon angry icon angry 16%
icon wow icon wow 5%
icon inlove icon inlove 21%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނައިފަރޭ

17 June 2021

ތިޔަޓީމަށް އުމައިރު އަޝްފާގު އަ ދި އަކުރަމް ލައިގެން ކުލެގެނެއް ދުވަހަކުވެސް ތިޓީމް ދެން ރަނގަޅެއް ނުވާނެ،އިރަކު މޮޅަށްކުޅުނަސް މިހާރު އެމީހުންގެނެތް ގައުމީޓީމްގަ ކުޅޭފެންވަރެއް،މިކަން ގަބޫލްކުރަންޖެހޭ، އަހަރުމެން ދެކުނިން ތި 3މީހުން އެއްޓީމެއްގަ ނައިފަރުގަ 2019ގަ އޮތް މުބާރާތެއްގަ އެރަށު ކު ދިސޮރުން ތި މީހުންގާނާ ހޭ ހަ ދާލިގޮތް، އެމީހުން ކުޅުނުޓީމްވެސް ދިޔައީ ޗޮކުން

The name is already taken The name is available. Register?

ކުޑަ އަލީ

16 June 2021

މި ނޫނީ ކުރި ނޭރިކަމެއްނެތް އެހެން ކަމަކާ އުޅެބަލަ

The name is already taken The name is available. Register?

މަޒް

16 June 2021

ޕިލިޕީންސްވެސް ރަނގަޅަށް ތައްޔާރުނުވޭ

The name is already taken The name is available. Register?

ހާރުވެސްހާރުވެސް

16 June 2021

ރާއްޖޭގެ ކުޅުމުގެ ސްޓައިލަށް ބަދަލު ގެނެސްފައިވާކަން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް އެނގެ އެވެ...އެއްބަހެއް ނުވެވޭނެ... ލައިނުގަނެގެން ކުޅޭ ބޮޑުބޯޅަ ކުޅެނީ މިހާރުވެސް

The name is already taken The name is available. Register?

އިޙްސާސް

16 June 2021

ރޭގަ ގައުމީ ޓީމުގެ މެދުތެރެއިން ފާސްޓު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާ ބޭލިފަހުން ދެން އެދިޔައީ ޗޮކުން. ނަސީބެއް ބައިކޮޅަށް އިތުރު ގޯލެއް ނުވަދެ އެއްވަރުވިކަން. އުމައިރު ކަމަކު ނުދޭ މެދައްލައިގެން ކުޅޭކަށް.

The name is already taken The name is available. Register?

ޝޯމޭން

16 June 2021

ނޭނގި ތިއްބާވިޔަސް ތިކަން ވީމަ ރަނގަޅު. ކުޅުންތެރިންގެ ހިތްވަރަށް ސާބަސް. ބައްސާމު ތަންކޮޅެއް ސީރިއަސްކޮށް މިކަން އެބަ ނަގަންޖެހޭ. މަހެއްހާދުވަހުގެ ރަނގަޅު ޓްރެެއިނިންގް އެއް ޔޫރަޕްގެ ގައުމެއްގަ ކޭމްޕްކުރާކަހަލަ ގޮތަކަށް ނަމަވެސް ހޯދަބަލަ. މީކީ އާދައިގެ ކަމެއްނޫން. މޮޅުވެއްޖެއްޔާ މުޅިގައުމުގެ އެއްބައިވަންތަކަމަށް އިތުރު ހިތްވަރެއް. ބަލި ވެއްޖެއްޔާ އެލަދުވެސް މުޅި ގައުމަށް.

The name is already taken The name is available. Register?

ކަކުނިބޯ

17 June 2021

ތެދެއް އިންޑިޔާއިން ބިލިޔަނެއްހާ ޑޮލަރގެ ލޯނެއް ނޫނީ ސްވެޕް ފެސިލިޓީއެއްނަގާގެން ހިންގާލަބަލަ ދޯ

The name is already taken The name is available. Register?

ޒީރޯ ޓޮލަރަންސް ޕޮލިސީ

16 June 2021

ދެންވެސް ރަނގަޅަށް ތައްޔާރުވެގެން ދާތި. ކޮންމެ މަހަކު މަދުވެގެން 2 މެޗު ވަރު ހަމަޖެއްސޭތޯ އެފް.އޭ.އެމް އިން ބަލަންވީ.

The name is already taken The name is available. Register?

ޒިމްޒިމް

16 June 2021

ހާދަ ކަޑައޭ ނޭނގިތިއްބަ ޗެމްޕިއަންކަން ނުލިބުނީމަ

The name is already taken The name is available. Register?

ޖެރާ

16 June 2021

ދެން ތަށިވެސް ނޭނގިހުއްޓާ އަދި ލިބޭނެ..

The name is already taken The name is available. Register?

މުލޭ

16 June 2021

ދުވަހަކު ވެސް ތައްޔާރުވާން ވަގުތު ލިބުނުތަ އަހަރެމެންނަން. ކުރިއަަށް އޮތްތަނުގައި ވެސް ތިޔަ ވަގުތެއް ނުލިބޭނެ. ބަލިވަންޏާ ވަގުތު ނުލިބޭ ބޯޑު އަޅުވަނީ އަބަދު ވެސް. އޭޝިއަން ކަޕް ކޮލިފައިން ނިމުނީމަ ވެސް ބުނާނެ ވަގުތު ނުލިބުނު ވާހަކަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454