15 ސެޕްޓެމްބަރ

September 15, 2019 3
އިންތިޚާބަށް ޗައިނާ އިން އެހީއެއް ނުވޭ: ގޮތަބަޔާ

ކޮލަމްބޯ (ސެޕްޓެމްބަރު 15) - އިންތިޚާބަށް ޗައިނާ އިން އެހީވަމުން ނުދާ ކަމަށް ލަންކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވާ ކުރީގެ ބާރުގަދަ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ ރާޖަޕަކްސާގެ ޓީމުން ބުނެފި އެވެ.

02 ފެބުރުއަރީ

February 02, 2019 7
ލަންކާގެ ހައިވޭއަށް ޗައިނާ އިން އެއް ބިލިއަން ޑޮލަރު

ބެއިޖިން (ފެބްރުއަރީ 2) - ވެރިރަށް ކޮލަމްބޯ އާއި ކެންޑީއާ ދެމެދު ހަދާ ހައިވޭ މަޝްރޫއަށް ޗައިނާ އިން ދޭ އެއް ބިލިއަން ޑޮލަރުގެ ކޮންސެޝަނަލް ލޯނު އެއްބަސްވުމުގައި ދެ ގައުމުން ވަރަށް އަވަހަށް ސޮއި ކުރަން ތައްޔާރުވެއްޖެ އެވެ.

16 ޖެނުއަރީ

January 16, 2019 4
ޗައިނާ ބޭންކުން ލަންކާ އަށް 300 މިލިއަން ޑޮލަރު

ބެއިޖިން (ޖެނުއަރީ 16) - ބޭންކް އޮފް ޗައިނާ އިން ލަންކާ އަށް 300 މިލިއަން ޑޮލަރުގެ ލޯނެއް ދީފައިވާ ކަމަށް ރޮއިޓާސް އިން އިއްޔެ ބުނެފި އެވެ.

03 ޖެނުއަރީ

January 03, 2019 15
ޗައިނާ ބަހުގެ ބޯޑުތައް ލަންކާގައި ބަހައްޓާތީ ޝަކުވާ

ކޮލަމްބޯ (ޖެނުއަރީ 2) - ސްރީ ލަންކާގައި ޗައިނާ އިން ހިންގާ ޕްރޮޖެކްޓްތަކުގެ ސައިޓްތަކުގައި ލަންކާގެ ރަސްމީ ބަސްތައް ކަމަށްވާ ސިންހަޅަ އަދި ތަމަޅަ ބަހުގެ ބަދަލުގައި ޗަައިނާ ބަހުންނާއި އިނގިރޭސި ބަހުން ލިޔެފައި ހުންނަ ބޯޑުތައް ބަހައްޓާތީ ޝަކުވާ ބޮޑުވެއްޖެ އެވެ.

28 ނޮވެމްބަރ

November 28, 2018 3
ލޯނުތަކުން ލަންކާ އަށް ގެއްލުމެއް ނުލިބޭނެ: ޗައިނާ

ބެއިޖިން (ނޮވެމްބަރު 28) - ޗައިނާ އިން ސްރީ ލަންކާ އަށް ދޭ ލޯނުތަކަކީ ދަރަނީގެ ދަންތުރައެއް ނޫން ކަމަށާއި ޗައިނާ އަކީ ލަންކާ އަށް ސިޔާސީ އަދި އިގްތިސާދީ ހަމަޖެހުން ގެނެސްދޭ ގައުމެއް ކަމަށް ޗައިނާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

11 ނޮވެމްބަރ

November 11, 2018 7
ލަންކާގެ އިންގިލާބު: އިންޑިއާ އާއި ޗައިނާ ބަލަން

ކޮލަމްބޯ (ނޮވެމްބަރު 11) - ސްރީ ލަންކާގެ ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖެއްސުމާ ގުޅިގެން އެ ގައުމުގައި އުފެދުނު ސިޔާސީ މައްސަލަ ގަނޑަށް އެންމެ ބޮޑަށް ޝައުގުވެރިވި ދެ ގައުމަކީ އިންޑިއާ އާއި ޗައިނާ އެވެ.

31 އޮކްޓޯބަރ

October 31, 2018 5
މެންބަރުން ގަންނަން އެހީވާ ކަމަށް ޗައިނާ އަށް ތުހުމަތު

ކޮލަމްބޯ (އޮކްޓޯބަރު 31) - ލަންކާ ޕާލަމެންޓުގެ އަޣުލަބިއްޔަތު، ބޮޑު ވަޒީރު ކަމަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާ އަށް ހޯދައިދިނުމަށް މެންބަރުން ގަތުމަށް ޗައިނާ އިން ޚަރަދު ކުރާ ކަމަށް މަގާމުން ދުރުކުރި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ސަރުކާރުގެ ޑިޕިއުޓީ މިނިސްޓަރެއް ކަމަށްވާ ރަންޖަން ރަމަނަޔަކަ ތުހުމަތުކޮށްފި އެވެ.

19 އޮކްޓޯބަރ

October 19, 2018 4
ޗައިނާގެ ހައުސިން މަޝްރޫއު ލަންކާ އިން ހުއްޓާލައިފި

ނިއު ދިއްލީ (އޮކްޓޯބަރު 19) - ތިން ސަތޭކަ މިލިއަން ޑޮލަރުގެ ހައުސިން މަޝްރޫއު ޗައިނާ އަށް ދިނުމާ މެދު ސްރީ ލަންކާގެ ޚިޔާލު ބަދަލުވެ އެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާ ގުޅިގެން ކުރަން ނިންމައިފި އެވެ.

29 ސެޕްޓެމްބަރ

September 29, 2018 4
ލަންކާގެ ތަރައްގީ އަށް ޗައިނާ އިން އަދިވެސް އެހީވާނެ

ބެއިޖިން (ސެޕްޓެމްބަރު 29) - ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ސްރީ ލަންކާގެ ތަރައްގީ އަށް ޗައިނާ އިން އަދިވެސް އެހީވަމުން ގެންދާނެ ކަމަށް ޗައިނާގެ ޑިޕްލޮމެޓަކު ވިދާޅުވެއްޖެ އެވެ.

29 ޖުލައި

July 29, 2018 4
ޗައިނާގެ ސިލްކް ރޯޑުގައި ލަންކާ އަކީ މުހިންމު ގައުމެއް

ކޮލަމްބޯ (ޖުލައި 29) - ޗައިނާގެ މެރިޓައިމް ސިލްކް ރޯޑުގައި ސްރީ ލަންކާ އަކީ މުހިންމު ބައިވެރިއެއް ކަމަށް ޗައިނާ ސަފީރު ޗެން ޒުއެޔުއަން ވިދާޅުވެއްޖެ އެވެ.

23 ޖުލައި

July 23, 2018 5
ޗައިނާ އިން 295 މިލިއަން ޑޮލަރުގެ އެހީއެއް ލަންކާއަށް

ކޮލަމްބޯ (ޖުލައި 23) - ޗައިނާ އިން އެހީގެ ގޮތުގައި ދެ ބިލިއަން ޔުއާން (295 މިލިއަން ޑޮލަރު) ދޭން ނިންމާފައިވާކަން ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އިއުލާން ކުރައްވައިފި އެވެ.

08 ޖުލައި

July 08, 2018 1
ބަނދަރު ހަވާލު ކުރަން ޗައިނާ އިން ޕްރެޝަރެއް ނުކުރޭ

ކޮލަމްބޯ (ޖުލައި 8) - ހަމްބަންޓޯޓާ ބަނދަރު ހަވާލު ކުރަން ޗައިނާ އިން އެއްވެސް އިރެއްގައި ޕްރެޝަރު ނުކުރާ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

02 ޖުލައި

July 02, 2018 2
ކެމްޕޭނަށް ޗައިނާ އިން ޚަރަދެއް ނުކުރޭ: ރާޖަޕަކްސާ

ކޮލަމްބޯ (ޖުލައި 2) - ސްރީ ލަންކާގައި 2015 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ކެމްޕޭނަށް ޗައިނާ އިން ފައިސާ ޚަރަދުކޮށްފައިވާ ކަމަށް ނިއު ޔޯކް ޓައިމްސްގައި ޖެހި ރިޕޯޓް ރާޖަޕަކްސާ ދޮގު ކުރައްވައިފި އެވެ.

17 މެއި

May 17, 2018 3
ޗައިނާ އިން އެއް ބިލިއަން ޑޮލަރުގެ ލޯނެއް ލަންކާ އަށް

ބެއިޖިން (މެއި 17) - ކެންޑީ އާއި ވެރިރަށް ކޮލަމްބޯ ގުޅާލުމަށް އަލަށް ހަދާ އެކްސްޕްރެސްވޭ އަށް ޗައިނާ ސަރުކާރުން ސްރީ ލަންކާ އަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް ދީފި އެވެ.

26 އެޕްރީލް

April 26, 2018 1
ހަމްބަންޓޯޓާ ބަނދަރު އަސްކަރީ ކަމަކަށް ބޭނުމެއް ނުކުރާނެ

ކޮލަމްބޯ (އެޕްރީލް 26) - ސްރީ ލަންކާގެ ހަމްބަންޓޯޓާ ބަނދަރު އަސްކަރީ އެއްވެސް ކަމަކަށް ބޭނުން ނުކުރާނެ ކަމަށް ޗައިނާ އިން ބުނެފި އެވެ.

04 ފެބުރުއަރީ

February 04, 2018 6
ސްރީ ލަންކާގައި ޗައިނާގެ ޕްލޭނާމެދު އިންޑިއާ ކަންބޮޑުވޭ

ނިއު ދިއްލީ (ފެބްރުއަރީ 4) - ސްރީ ލަންކާގައި ހިންގާ ޗައިނާގެ ޕްލޭނާ މެދު ކަންބޮޑުވާ ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ނިރްމަލާ ސިތާރަން ވިދާޅުވެއްޖެ އެވެ.

17 ޖެނުއަރީ

January 17, 2018 6
ޗައިނާގެ އެހީގައި ލަންކާއިން 13 ހޮސްޕިޓަލެއް ތަރައްގީ ކުރަނީ

ކޮލަމްބޯ (ޖެނުއަރީ 17) - ޗައިނާ ސަރުކާރުގެ އެހީގައި ސްރީ ލަންކާގައި 13 ހޮސްޕިޓަލެއް ތަރައްގީ ކުރަން ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރު ރަޖިތާ ސެނަރަތުނަ ވިދާޅުވެއްޖެ އެވެ.

04 ޖެނުއަރީ

January 04, 2018 12
ޕޯޓް ސިޓީ ނިމުމުން ދުނިޔޭގެ ހަބަކަށް ލަންކާ ބަދަލުވާނެ

ކޮލަމްބޯ (ޖެނުއަރީ 4) - ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯ ބަނދަރާ ޖެހިގެން ކަނޑު ހިއްކައިގެން ހަދާ ކޮލަމްބޯ އިންޓަނޭޝަނަލް ފައިނޭންޝަލް ސިޓީ ނުވަތަ ކޮލަމްބޯ ޕޯޓް ސިޓީ ޕްރޮޖެކްޓް ނިމުމުން ދުނިޔޭގެ ފެންވަރުގެ ވިޔަފާރި ހަބަކަށް ލަންކާ ބަދަލުވާނެ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

03 ޖެނުއަރީ

January 03, 2018 21
ލަންކާގެ މެގަ ޕްރޮޖެކްޓަކަށް ޗައިނާ އިން އެއް ބިލިއަން ޑޮލަރު

ކޮލަމްބޯ (ޖެނުއަރީ 3) - ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ މައި ބަނދަރު ސަރަހައްދުގައި 60 ބުރިއަށް ހަދާ ތިން ޓަވަރަށް ޗައިނާ އިން އެއް ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމައިފި އެވެ.

10 ޑިސެމްބަރ

December 10, 2017 8
ހަމްބަންޓޯޓާ ބަނދަރު ރަސްމީކޮށް ޗައިނާއާ ހަވާލުކޮށްފި

ކޮލަމްބޯ (ޑިސެމްބަރު 10) - ހަމްބަންޓޯޓާ ބަނދަރުގެ ހިއްސާ ބަދަލު ކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއި ކުރުމަށް ފަހު އެ ބަނދަރު ރަސްމީކޮށް ޗައިނާއާ ހަވާލުކޮށްފި އެވެ.