12 ސެޕްޓެމްބަރ

September 12, 2019 14
އެމްބަސީ އަޅަން ލަންކާ އާއި ބަންގްލަދޭޝަށް ބިން ދީފި

ބޭރުގައުމުތަކުގެ އެމްބަސީތައް އެއް ތަނެއްގައި އަޅަން ހުޅުމާލޭގެ ދެވަނަަ ފިޔަވަހިން ކަނޑައެޅި "ޑިޕްލޮމެޓިކް އެންކްލޭވް" އިން ސްރީ ލަންކާ އާއި ބަންގްލަދޭޝް އަށް ބިން ދީފި އެވެ.

02 ސެޕްޓެމްބަރ

September 02, 2019 18
ދިވެހިންނަކީ ބިދޭސީންގެ ގޮތުގައި ލަންކާ މީހުން ނުދެކޭ

ދިވެހިންނަކީ ބިދޭސީންގެ ގޮތުގައި ސްރީ ލަންކާ މީހުން އެއް އިރަކު ވެސް ނުދެކޭ ކަމަށާއި ރާއްޖެ އާއި ލަންކާއާ ދެމެދު އޮންނަނީ އެހާ ވެސް ގާތް ގުޅުމެއް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު ވިދާޅުވެއްޖެ އެވެ.

01 ޖުލައި

July 01, 2019 50
ލުތުފީ އަށް ފާރަލި ކޮންމެ ފަހަރަކު ފިލީ: އުމަރު

"ޝަހީދުވެގެން ވެއްޓި ދިވެހިން ލެއިން ތަތްތެޅިފައި ތިއްބައި ދުށިން. ބައެއް ޝަހީދުންގެ ހަށިގަނޑުތައް އެ ތަންތަނުން ނެގިން."

30 ޖޫން

June 30, 2019 193
ލުތުފީ މައްސަލާގައި ކުރީ ދެ ސަރުކާރުން އަޅާނުލި:ޕޮލިސް

ފިލައިގެން އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމާ ގުޅޭ މާ ބޮޑު ތަފްސީލެއް ނުދީ، އޭނާ ފިލައިގެން އުޅޭކަން ކުރީ ދެ ސަރުކާރަށް އެނގި ތިބެ އަޅާނުލި މައްސަލަ ފުލުހުން ތަހުގީގު...

June 30, 2019 37
ލުތުފީ ގެންނަން ކުރާ މަސައްކަތް ކިޔައިދޭންޖެހޭ: ހަސަން

ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ޖަލު ހުކުމަށް ފިލައިގެން އުޅުނު ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެންނަން ފުލުހުން ކުރާ މަސައްކަތެއް އޮތިއްޔާ އެ ކަމެއް...

29 ޖޫން

June 29, 2019 172
ލުތުފީ އެމްބަސީގައި ހުރިކަން ލަންކާ ފުލުހުންނަށް ނޭނގޭ

ނުވަ އަހަރު ވަންދެން ފިލައިގެން އުޅުމަށް ފަހު، ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ގޮސް ހަވާލުވި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އެ އެމްބަސީގައި ހުރިކަން ލަންކާގެ ފުލުހުންނަށް ނޭނގޭ ކަމަށް އެ ގައުމުގެ ނޫހަކުން ބުނެފި އެވެ.

27 ޖޫން

June 27, 2019 46
ލުތުފީ ފޮރުވި މައްސަލައިގައި މާފަށް އެދެންޖެހޭ:ޕީއެންސީ

ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ޖަލު ހުކުމަށް ފިލައިގެން އުޅުނު ހާޖަރާގޭ އަބްދުﷲ ލުތުފީ، ސްރީ ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީގައި ފޮރުވައިގެން ގެންގުޅެ ސަރުކާރުން ހިންގާފައިވާ ޖަރީމާ އަށް ރައްޔިތުންގެ ކިބައިން މާފަށް އެދުމަށް ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ގޮވާލައިފި އެވެ.

26 ޖޫން

June 26, 2019 61
ލުތުފީ ނުގެންނަން ދައްކަނީ ބަހަނާ: އުމަރު

ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ޖަލު ހުކުމަށް ފިލައިގެން އުޅުނު ހާޖަރާގޭ އަބްދުﷲ ލުތުފީ އަމިއްލަ އަށް ފުލުހުންގެ ބެލުދަށަށް ދިއުމުން ވެސް ރާއްޖެ ގެނައުން...

June 26, 2019 95
ލުތުފީގެ މައްސަލައިގައި އެންމެ ފަހުން ބަޔާނެއް ނެރެފި

ފިލައިގެން އަށް އަހަރު އުޅެފައި ސްރީ ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީ އަށް ގޮސް ފުލުހުންގެ ބެލުމުގެ ދަށަށް ދިޔަ ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުން ލަސްވީ...

25 ޖޫން

June 25, 2019 131
ލުތުފީގެ މައްސަލަ، ސަރުކާރުން ސިއްރުކުރީ ކީއްވެ؟

ކުށެއް ނެތް އެތައް ދިވެއްސެއްގެ ލޭ އޮހޮރުވާލި ނޮވެމްބަރު 3 ގެ ހަމަލާގެ މޭސްތިރި ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން އުޅުމަށް ފަހު، ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އަމިއްލައަށް ދިޔަތާ ދެ މަހެއްހާ ދުވަސް ވީއިރު ވެސް އެކަން ސަރުކާރުން ސިއްރު ކުރި ސަބަބު ބުނާކަށް އެއްވެސް ފަރާތަކުން ބޭނުމެއް ނުވި އެވެ.

22 މެއި

May 22, 2019 38
ލަންކާގައި ވިސާނެތް ދިވެހިންގެ ތެރޭގައި ކުށްވެރިން ވެސް

ސްރީ ލަންކާގައި ވިސާ ނެތި ދިރިއުޅެމުންދާ ދިވެހިންގެ ތެރޭގައި، އެ ގައުމަށް ބޭހަށް ގޮސް ފިލައިގެން އުޅޭ ދިވެހިން ވެސް ހިމެނޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

21 މެއި

May 21, 2019 17
ލަންކާ އިން ހައްޔަރުކުރި ދެ ދިވެހިން ދޫކޮށްލައިފި

އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން ހުރި ފޮތެއް ސްރީ ލަންކާގެ ގެއެއްގެ ތެރެއިން ފެނުނު މައްސަލައެއްގައި އެ ގައުމުގެ ފުލުހުން ހައްޔަރުކުރި ދެ ދިވެހިން މިއަދު ދޫކޮށްލައިފި އެވެ.

May 21, 2019 17
ލަންކާގައި ވިސާ ނެތް ދިވެހިންނަށް އަދި ހައްލެއް ނުލިބޭ

ވިސާ ނެތި ސްރީ ލަންކާގައި އުޅޭ ދިވެހިންގެ މައްސަލާގައި ލަންކާ ސަރުކާރުން މިހާތަނަށް ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

19 މެއި

May 19, 2019 101
ސެނަނަޔަކަ ދެއްކެވި ވާހަކައިގެ ހަގީގަތް ސާފުވާން ޖެހޭ

ސީރިއާގައި ހިނގަމުންދާ ހަނގުރާމަ އަށް، ސްރީ ލަންކާގެ މަގުން ދިވެހިން ދާ ކަމަށް ލަންކާގެ އަސްކަރިއްޔާގެ ވެރިޔާ މަހޭޝް ސެނަނަޔަކަ ވިދާޅުވެފައިވާއިރު، އެ ވާހަކަތަކުގެ ހަގީގަތް ސާފުވާނެ ބަޔާނެއް ނެރުމަށް ރާއްޖެ އިން މިއަދު އެދިއްޖެ އެވެ.

10 މެއި

May 10, 2019 19
ލަންކާގަ ހައްޔަރުކުރި 2 ދިވެހިންގެ ބަންދު އިތުރުކޮށްފި

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފޮތެއް ގެންގުޅު މައްސަލައިގައި ހައްޔަރުކުރި ދެ ދިވެހިންގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްފި ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

08 މެއި

May 08, 2019 15
ރާއްޖޭގައި ތިބި ލަންކާގެ މަސްވެރިން ދޫކޮށްލަނީ

ރާއްޖޭގައި ބަންދުކޮށްފައި ތިބި ސްރީ ލަންކާގެ މަސްވެރިން ދޫކޮށްލަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.

May 08, 2019 13
މިނިސްޓަރު ޝާހިދު ލަންކާގެ ބޮޑު ވަޒީރާ ބައްދަލުކޮށްފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމްސިންހައާ މިއަދު ބައްދަލުކުރައްވައިފި އެވެ.

07 މެއި

May 07, 2019 26
ލަންކާގެ ރެސިޑެންސް ވިސާގެ އުސޫލު ހަރުކަށިކޮށްފި

ސްރީ ލަންކާ އަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ ވިސާގެ އުސޫލަށް ބަދަލުތަކެއް ގެނެސް ރެސިޑެންސް ވިސާ ނެގުން މިހާރަށް ވުރެ ހަރުކަށިކޮށްފި އެވެ.

May 07, 2019 10
ފޮރިން މިނިސްޓަރު ޝާހިދު ލަންކާ އަށް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ސްރީ ލަންކާ އަށް ފުރާވަޑައިގެންފި އެވެ.

05 މެއި

May 05, 2019 20
ސިނގިރޭޓް މަައްސަލާގައި ތިން ދިވެއްސަކު ހައްޔަރު!

ސްރީ ލަންކާ އަށް ގަވާއިދާ ހިލާފަށް އެތެރެކުރި ސިނގިރޭޓް ބޭނުންކޮށްގެން ތިން ދިވެއްސެއް އެ ގައުމުގެ ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.

02 މެއި

May 02, 2019 20
"ލަންކާގައި ގިނަ ދިވެހިންތަކެއް ވިސާ ނެތި އެބައުޅޭ"

ސްރީ ލަންކާގައި ގިނަ ދިވެހިންތަކެއް ވިސާ ނެތި ދިރިއުޅެމުންދާ ކަމަށް އެނގިވަޑައިގެންފައިވާ ކަމަށާއި އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

01 މެއި

May 01, 2019 32
ގިނަ ދިވެހިން ލަންކާ އިން ހައްޔަރު ކުރީ ވިސާ ހަމަވެގެން

ކްރިސްޓިއަނުންގެ ފައްޅިތަކަށާއި މަޝްހޫރު ހޮޓާތަކަށް ދިން ބޮމުގެ ވަރުގަދަ ހަމަލާތަކަށް ފަހު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ސްރީ ލަންކާ އިން ހައްޔަރު ކުރި ގިނަ ދިވެހިންނަކީ ވިސާގެ މުއްދަތު ހަމަވެގެން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ބައެއް ކަން އެނގިއްޖެ އެވެ.

27 އެޕްރީލް

April 27, 2019 23
ހައްޔަރުކުރި 4 ދިވެއްސަކު އުޅޭ ތަނުން ޑްރަގްސް ފެނުނު

ސްރީ ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ހަ ދިވެހިންގެ ތެރެއިން ހަތަރު މީހަކު ދިރިއުޅޭ ގެ ބަލައި ފާސް ކުރި އިރު، މަސްތުވާތަކެތި ވެސް ފެނުނު ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

26 އެޕްރީލް

April 26, 2019 67
ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި 6 ދިވެއްސެއް

ސްރީ ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހަ ދިވެއްސަކު އެބަތިބި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ. އެކަމަކު، އެކަމާ ގުޅޭ އިތުރު ތަފުސީލެއް ދިވެހި ސަރުކާރަކުން އަދި ހާމައެއް ނުކުރެ އެވެ.

21 އެޕްރީލް

April 21, 2019 10
ދިވެހިންގެ ހާލު ބެލުމަށް ރައީސްގެ މަންދޫބެއް ލަންކާއަށް

ސްރީ ލަންކާގެ އެކި ސަރަހައްދުތަކުގައި މިއަދު ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލު ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޚާއްސަ މަންދޫބަކު ލަންކާ އަށް ފޮނުއްވަން ނިންމަވައިފި އެވެ.