13 ޖޫން

June 13, 2019 4
ޒަހްރާންގެ އެކުވެރިއެއް އިންޑިއާ އިން ހައްޔަރުކޮށްފި

މިދިޔަ އޭޕްރީލް މަހު ސްރީ ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކުގައި، ގައިގައި ބޮން ހަަރުކޮށްގެން ހަަމަލާދިން ޒަހްރާން ހާޝިމީގެ އެކުވެރިއެއް އިންޑިއާގެ ޓެމިލްނާޑޫ އިން ހައްްޔަރުކޮށްފި އެވެ.

30 އެޕްރީލް

April 30, 2019 21
ދިވެހި ބައެއް އާއިލާތައް ލަންކާ އިން އެނބުރި އަންނަނީ

ސްރީ ލަންކާގައި އެކި ތަންތަނުގައި ބޮން ގޮއްވައި ދިން ހަމަލާތަކާ ގުޅިގެން އެ ގައުމަށް ކުރިމަތިވެފައި އޮތް ބިރުވެރި ހާލަތާ ހެދި ދިވެހި ބައެއް އާއިލާތައް އެނބުރި ރާއްޖެ އަންނަން ފަށައިފި އެވެ.

29 އެޕްރީލް

April 29, 2019 38
ދެހިވަލަ ހޮޓެލް ގޮއްވާލި މީހާގެ އަމާޒަކީ ތާޖު!

ކޮލަމްބޯގެ ދެހިވަލަ ޒޫ ކައިރީގައި ހުންނަ ކުޑަ ހޮޓަލްގައި މިދިއަ ހަފުތާގެ އާދިއްތަ ދުވަހު ބޮން ގޮއްވާލައި މުޅި ތަން ފުނޑުކޮށްލި މީހާގެ އަސްލު އަމާޒަކީ މަތީ ފެންވަރުގެ ހޮޓަލެއް ކަމަށްވާ ތާޖު ކަމަށް، ލަންކާގެ ރަސްމީ ފަރާތްތަކުން ބުނެފި އެވެ.

27 އެޕްރީލް

April 27, 2019 2
ހަފުތާ ބަންދުގައި ލަންކާ އެމްބަސީން ހިދުމަތް ލިބޭނެ

މިދިޔަ އާދިއްތަ ދުވަހު ސްރީ ލަންކާގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މި ހަފުތާ ބަންދުގައި ކޮންސިއުލާގެ ހިދުމަތްތައް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ލިބޭ ގޮތަށް...

April 27, 2019 9
ލަންކާގައި ހިނގި ކުރިމަތިލުމެއްގައި 15 މީހުން މަރު

ކޮލަމްބޯ (އެޕްރީލް 27) - ސްރީ ލަންކާގައި މިދިޔަ އާދީއްތަދުވަހު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ޝައްކުކުރެވޭ މީހުން ހޯދަން އެ ގައުމުގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަނގުރާމަވެރިން...

25 އެޕްރީލް

April 25, 2019 6
ލަންކާގައި އުޅޭއިރު ޕާސްޕޯޓް ހިފައިގެން އުޅެން އެދެފި

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިން ބޭރަށް ނުކުންނަ އިރު ޕާސްޕޯޓް ގެންގުޅެން އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީން ރޭ އިލްތިމާސްކޮށްފި އެވެ.

24 އެޕްރީލް

April 24, 2019 34
ލަންކާގައި ހަމަލާދިން ޒަހުރާން ހާޝިމް ރާއްޖެއަކަށް ނާދޭ

ސްރީ ލަންކާއަށް މިދިޔަ އާދިއްތަ ދުވަހު ދިން ހަމަލާތަކުގެ ފަހަތުގައިވާ ޒަހުރާން ހާޝިމް ވޭތުވެ ދިޔަ ފަސް އަހަރު އަދި އޭގެ ކުރިން ވެސް ރާއްޖެ އެތެރެވެފައި ނުވާ ކަމަށް އިމިގްރޭޝަނުން މިރޭ ބުނެފި އެވެ.

23 އެޕްރީލް

April 23, 2019 30
"ހަމަލާއަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް ދަނީ ބަލަމުން"

ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ރާއްޖޭގައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

April 23, 2019 7
ބޮމުގެ ހަމަލާތަކާ ގުޅިގެން ކެބިނެޓްގައި މަޝްވަރާކޮށްފި

ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކޮށްފި އެވެ.

April 23, 2019 32
ދިވެހިން ވެސް އުޅޭ އިމާރާތެއް ސިފައިންގެ ދަށުގައި!

ސްރީ ލަންކާގެ އެކި ތަންތަނުގައި ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދަން ހިންގާ އޮޕަރޭޝަނުގައި، ދިވެހިން ވެސް ދިރިއުޅެމުން އަންނަ އިމާރާތެއް އެ ގައުމުގެ ސިފައިންގެ...

22 އެޕްރީލް

April 22, 2019 28
ލަންކާގައި ދިވެހިން ދިރިއުޅޭ ގެތައް ވެސް ފާސްކުރަނީ

އަމިއްލަ އަށް މަރުވެގެން ސްރީ ލަންކާގައި އިއްޔެ ދިން ބޮމުގެ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދަން އެ ގައުމުގެ ސަލާމަތީބާރުތަކުން ހިންގާ އޮޕަރޭޝަނުގައި، ލަންކާގައި ދިވެހިން ދިރިއުޅޭ ބައެއް ގެތައް ވެސް ފާސްކުރަމުން އެބަދެ އެވެ.

21 އެޕްރީލް

April 21, 2019 17
ލަންކާ އަށް ދިން ހަމަލާ ބަލައެއް ނުގަންނަން: އެމްޑީޕީ

ސްރީ ލަންކާގެ އެކި ސަރަހައްދުތަކުގައި ދިން ޓެރަރިސްޓް ހަމަލަތަކަކީ އެމްޑީޕީން އެއްވެސް ހާލެއްގައި ބަލައިގަންނާނެ އަމަލެއް ނޫން ކަމަށާއި ލަންކާ އަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ވެވެން އޮތް އެހީތެރިކަމެއް ވާން ތައްޔާރަށް ތިބި ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.