15 ޖެނުއަރީ

January 15, 2018 13
ލަންކާގެ ރިޔާސީ ދައުރަކީ ފަސް އަހަރު: ސުޕްރީމް ކޯޓް

ކޮލަމްބޯ (ޖެނުއަރީ 15) - ސްރީ ލަންކާގެ ރިޔާސީ ދައުރުގެ މުއްދަތަކީ ފަސް އަހަރު ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

14 ޖެނުއަރީ

January 14, 2018 3
ކޮންމެ ވަގުތަކު ވެސް ވެރިކަން ދޫކޮށްލަން ތައްޔާރު: ސިރިސޭނާ

ކޮލަމްބޯ (ޖެނުއަރީ 14) - ވެރިކަމުގައި ތާއަބަދަށް ހުންނެވުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި ކޮންމެ ވަގުތަކު ވެސް ވެރިކަން ދޫކޮށްލަން ތައްޔާރަށް ހުންނެވި ކަމަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

13 ޖެނުއަރީ

January 13, 2018 1
ސިރިސޭނާގެ ހުށަހެޅުމުގެ އަޑުއެހުންތައް ނިންމާލައިފި

ކޮލަމްބޯ (ޖެނުއަރީ 13) - ވެރިކަމުގެ ފަސް އަހަރު ދައުރު ނިމުމުން އިތުރު އެއް އަހަރު، 2021 ވަނަ އަހަރާ ހަމައަށް މަގާމުގައި ހުންނެވިދާނެތޯ ބެލުމަށް ސުޕްރީމް ކޯޓުގެ ލަފައަކަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ހުށަހެޅުއްވި މައްސަލައިގެ އަޑު އެހުންތައް ނިންމާލައިފި އެވެ.

11 ޖެނުއަރީ

January 11, 2018 1
ހަގީގީ ވަގުންނަކީ ކޮބައިކަން ރައްޔިތުންނަށް އެނގޭނެ: ސިރިސޭނާ

ކޮލަމްބޯ (ޖެނުއަރީ 11) - ހަގީގީ ވަގުންނަކީ ކޮބައިކަން ސްރީ ލަންކާގެ ރައްޔިތުންނަށް އެނގޭނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

January 11, 2018 1
ސިރިސޭނާ ހުށަހެޅި މައްސަލަ ބަލަން ފަސް މެންބަރުންގެ ބެންޗެއް

ކޮލަމްބޯ (ޖެނުއަރީ 11) - ވެރިކަމުގެ ފަސް އަހަރު ދައުރު ނިމުމުން އިތުރު އެއް އަހަރު، 2021 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ހުންނެވިދާނެތޯ ބެލުމަށް ސުޕްރީމް ކޯޓުގެ ލަފައަކަށް ސްރީ...

10 ޖެނުއަރީ

January 10, 2018 11
ވެރިކަމުގައި އިތުރު އަހަރަކު ހުރުމުގެ ލަފައަކަށް އެދެފި

ކޮލަމްބޯ (ޖެނުއަރީ 10) - ވެރިކަމުގެ ފަސް އަހަރު ދައުރު ނިމުމުން އިތުރު އެއް އަހަރު، 2021 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ހުންނެވިދާނެތޯ ބެލުމަށް ސުޕްރީމް ކޯޓުގެ ލަފައަކަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އެދިވަޑައިގެންފި އެވެ.

08 ޖެނުއަރީ

January 08, 2018
ލަންކާގެ މަރުކަޒީބޭންކުގެ ބޮންޑުގެ މައްސަލަ ޕާލަމެންޓަށް

ކޮލަމްބޯ (ޖެނުއަރީ 8) - ސްރީ ލަންކާގެ މަރުކަޒީ ބޭންކުން ބޮންޑު ވިއްކި މައްސަލާގައި ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަ ޕާލަމެންޓަށް ހުށަހަޅާ ބަހުސް ކުރާނެ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

07 ޖެނުއަރީ

January 07, 2018 1
ބޮންޑުގެ މައްސަލާގައި ކަރުނަނަޔަކަ އަށް ދައުވާ ކުރަނީ

ކޮލަމްބޯ (ޖެނުއަރީ 7) - ސެންޓްރަލް ބޭންކުން ބޮންޑް ވިއްކުމުގައި ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލާގައި ލަންކާގެ ކުރީގެ މާލީ ވަޒީރު ރަވީ ކަރުނަނަޔަކަ އަށް ދައުވާ ކުރަން ޖެހޭނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

05 ޖެނުއަރީ

January 05, 2018 10
ސިފައިން އެހީތެރިވީ ލަންކާގެ މަސް ބޯޓަކަށް

ދިވެހި ސިފައިންގެ ކޯސްޓުގާޑުން ރޭ އެހީތެރިކަން ފޯރުކޮށްދިނީ، އިންޖީނު ހުއްޓިފައި އޮތް ސްރީ ލަންކާގެ މަސް ބޯޓަކަށް ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.

04 ޖެނުއަރީ

January 04, 2018 12
ޕޯޓް ސިޓީ ނިމުމުން ދުނިޔޭގެ ހަބަކަށް ލަންކާ ބަދަލުވާނެ

ކޮލަމްބޯ (ޖެނުއަރީ 4) - ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯ ބަނދަރާ ޖެހިގެން ކަނޑު ހިއްކައިގެން ހަދާ ކޮލަމްބޯ އިންޓަނޭޝަނަލް ފައިނޭންޝަލް ސިޓީ ނުވަތަ ކޮލަމްބޯ ޕޯޓް ސިޓީ ޕްރޮޖެކްޓް ނިމުމުން ދުނިޔޭގެ ފެންވަރުގެ ވިޔަފާރި ހަބަކަށް ލަންކާ ބަދަލުވާނެ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

03 ޖެނުއަރީ

January 03, 2018 21
ލަންކާގެ މެގަ ޕްރޮޖެކްޓަކަށް ޗައިނާ އިން އެއް ބިލިއަން ޑޮލަރު

ކޮލަމްބޯ (ޖެނުއަރީ 3) - ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ މައި ބަނދަރު ސަރަހައްދުގައި 60 ބުރިއަށް ހަދާ ތިން ޓަވަރަށް ޗައިނާ އިން އެއް ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމައިފި އެވެ.

28 ޑިސެމްބަރ

December 28, 2017 3
ރާއްޖޭގައި މަރުވި ލަންކާގެ މީހާގެ މައްސަލަ ބަލަނީ

ކ. ގުރައިދޫ ބޭރުގައި އަޅާފައި އޮތް ސަފާރީއަކުން ފީނަން ފައިބައިގެން އުޅެނިކޮ މަރުވި ސްރީ ލަންކާގެ ޓޫރިސްޓް މީހާގެ މައްސަލަ އެ ގައުމުގެ ފުލުހުން ބަލަން ފަށައިފި އެވެ.

23 ޑިސެމްބަރ

December 23, 2017 11
މަހްލޫފް ވެސް ނަމަލްއާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވެސް، ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު...

December 23, 2017 1
ގެއްލިގެން އުޅުނު ލަންކާގެ މަސްބޯޓު ހޯދައިފި

ގެއްލިގެން ހޯދަމުން ދިޔަ ސްރީ ލަންކާގެ މަސް ބޯޓު، ނ. މަނަދޫ ސަރަހައްދުން މިއަދު ހޯދައިފި އެވެ.

22 ޑިސެމްބަރ

December 22, 2017 78
ނަޝީދަށް ހަމަލާދީފާނެ ކަމަށް ބުނެ ބައްދަލުވުން ކެންސަލް

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބަޔަކު ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތުމުން، ނަޝީދު ލަންކާގައި ދިވެހިންނާ އެކު ބާއްވަން ހަމަޖެއްސި ބައްދަލުވުން ކެންސަލްކޮށްފި އެވެ.

20 ޑިސެމްބަރ

December 20, 2017
ސަފާރީއަކުން ފީނަން ފޭބި ލަންކާ މީހަކު މަރުވެއްޖެ

ކ. ގުރައިދޫ ބޭރުގައި އަޅާފައި އޮތް ސަފާރީއަކުން ފީނަން ފޭބި ލަންކާ ޓޫރިސްޓަކު މިއަދު މަރުވެއްޖެ އެވެ.

19 ޑިސެމްބަރ

December 19, 2017 3
ޔޫއެފްއެސް، ރާއްޖޭގެ ކާމިޔާބީއާ އެކު ލަންކާ އަށް

ރިސޯޓް ސަޕްލައިއަކީ ރާއްޖޭގަައި އެންމެ ކުރިއަރަމުން އަންނަ އެއް ވިޔަފާރި އެވެ. ފުރުސަތުތައް ގިނަވެފައި، ބޮޑު އާމްދަނީއެއް ލިބޭ ދާއިރާއެއް ކަމުން ބޭރުގެ ބޮޑެތި ކުންފުނިތަކުން ވެސް މިވަނީ ރާއްޖެ އައިސް މި ވިޔަފާރިއަށް ވަދެފަ އެވެ. ނަމަވެސް މިފަހަރު މިއޮތީ ތަފާތު ވާހަކަ އެކެވެ. ރިސޯޓް ސަޕްލައި ކުރުމުގައި ކާމިޔާބު ދިވެހި...

16 ޑިސެމްބަރ

December 16, 2017 9
ނަމަލް ރާޖަޕަކްސާއާ ޒަމީރު ބައްދަލުކުރައްވައިފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން އަދި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ނަމަލް ރާޖަޕަކްސާއާ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ބައްދަލުކުރައްވައިފި އެވެ.

15 ޑިސެމްބަރ

December 15, 2017 5
ޖެކްލީން ފެނާންޑިސްގެ ރެސްޓޯރަންޓެއް ލަންކާގައި

ޝިލްޕާ ޝެޓީ އާއި ގޯވިންދާ ފަދަ ތަރިން މިހާރު ވެސް ގެންދަނީ ރެސްޓޯރަންޓްތަކުގެ ވިޔަފާރިކުރަމުންނެވެ. މި ލިސްޓަށް އެންމެ ފަހުން އިތުރުވީ ޖެކްލީން ފެނާންޑިސް އެވެ.

13 ޑިސެމްބަރ

December 13, 2017 1
ކޮލަމްބޯ ޕްލޭން ކައުންސިލްގެ ރިޔާސަތަށް ރާއްޖެ

ކޮލޮމްބޯ ޕްލޭން ކައުންސިލްގެ ރިޔާސަތާ ރާއްޖެއިން އަނެއްކާވެސް ހަވާލުވެއްޖެ އެވެ.

11 ޑިސެމްބަރ

December 11, 2017 5
ގެއްލުނު ލަންކާގެ ބޯޓެއް އެމްއެންޑީއެފުން ހޯދައިފި

އިންޑިއާ އާއި ސްރީ ލަންކާ އަށް އެރި ތޫފާން "އޮކްޝީ" ގައި ގެއްލުނު ލަންކާގެ މަސް ބޯޓެއް، ދިވެހި ސިފައިން މިއަދު ހަވީރު ހޯދައިފި އެވެ.

10 ޑިސެމްބަރ

December 10, 2017 9
ގެއްލުނު މަސްވެރިން ހޯދަން އިންޑިއާ ސިފައިން ރާއްޖޭގައި

އިންޑިއާ އާއި ސްރީ ލަންކާ އަށް އެރި ތޫފާން "އޮކްޝީ" ގައި ގެއްލުނު އިންޑިއާގެ މަސްވެރިންނާއި މަސްބޯޓުތައް ހޯދުމަށް، އިންޑިއާ ކަނޑުގެ ސިފައިން ރާއްޖެ ސަރަހައްދުގައި ހަރަކާތްތެރިވާން...

December 10, 2017 8
ހަމްބަންޓޯޓާ ބަނދަރު ރަސްމީކޮށް ޗައިނާއާ ހަވާލުކޮށްފި

ކޮލަމްބޯ (ޑިސެމްބަރު 10) - ހަމްބަންޓޯޓާ ބަނދަރުގެ ހިއްސާ ބަދަލު ކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއި ކުރުމަށް ފަހު އެ ބަނދަރު ރަސްމީކޮށް ޗައިނާއާ ހަވާލުކޮށްފި އެވެ.