30 ނޮވެމްބަރ

November 30, 2016 14
ޓީއެމްއޭ އިން ލަންކާ އެއާލައިން ގަންނަން ހުށަހަޅައިފި

ރާއްޖޭގެ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި ސިންގަޕޫރުގެ ކުންފުންޏަކުން ގުޅިގެން ސްރީލަންކަން އެއާލައިންސްގެ ބޮޑު ބައެއް ގަނެ، ލަންކާގައި ފަސް ބިލިއަން ޑޮލަރު (77 ބިލިއަން ރުފިޔާ) އިންވެސްޓް ކުރަން ހުށަހަޅައިފި އެވެ.

27 ނޮވެމްބަރ

November 27, 2016 1
ތުހުމަތުން ސަލާމަތްވާން ޓްރަމްޕުގެ އެހީ ލަންކާ އިން ހޯދަނީ

ކޮލަމްބޯ (ނޮވެމްބަރު 27) - ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމުގެ ތުހުމަތުން ސްރީ ލަންކާ ސަލާމަތްކޮށް ދިނުމުގައި އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ޕްރެޝަރު ކޮށްދިނުމަށް އެދި އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

24 ނޮވެމްބަރ

November 24, 2016 6
ލަންކާގައި ދެ ދިވެހިން މަރުވިކަން އަދިވެސް ޔަގީން ނުވޭ

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހި ފިރިހެނަކާއި އޭނާގެ ތިން އަހަރުގެ އަންހެން ދަރިފުޅު އެކްސިޑެންޓުވެގެން މަރުވެފައިވާ ކަމަށް ބުނިތާ ދެ ހަފުތާ ވާން ގާތްވި އިރު ވެސް އެއީ ހިނގި ކަމެއްކަން ކަމާ ބެހޭ ރަސްމީ އިދާރާތަކަށް ކަށަވަރެއް ނުވެ އެވެ.

20 ނޮވެމްބަރ

November 20, 2016 5
ލަންކާގެ 32 މުސްލިމަކު ވަނީ އައިއެސްއާ ގުޅިފައި

ކޮލަމްބޯ (ނޮވެމްބަރު 20) - ރަނގަޅަށް ކިޔަވައިގެން ތިބި ސްރީ ލަންކާގެ 32 މުސްލިމަކު އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިގެން ސީރިއާގައި އުޅެމުންދާ ކަމަށް އެ ގައުމުގެ ޖަސްޓިސް މިނިސްޓަރު...

November 20, 2016
ލޯނު އެހީއާ އެކު ލަންކާގެ އިގްތިސާދު ހަމައަކަށް އެޅެނީ

ކޮލަމްބޯ (ނޮވެމްބަރު 20) - އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދޫކުރާ 1.5 ބިލިއަން ޑޮލަރުގެ ޕެކޭޖާ އެކު ސްރީ ލަންކާގެ އިގްތިސާދަށް ދިމާވި މައްސަލަތައް ހަމައަކަށް...

17 ނޮވެމްބަރ

November 17, 2016 22
ލަންކާގައި ދެ ދިވެހިން މަރުވިތޯ ސުވާލު އުފެދިއްޖެ

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހި ފިރިހެނަކާ އޭނާގެ ތިން އަހަރުގެ އަންހެން ދަރިފުޅު މިދިޔަ އާދިއްތަ ދުވަހު އެކްސިޑެންޓުވެގެން މަރުވި ކަމަށް ފެތުރުނު ހަބަރާ މެދު ޝައްކުތައް...

November 17, 2016 4
ރާއްޖެއަށް ހަށިވިއްކާ މީހުން ފޮނުވާ ނެޓުވޯކެއް ހޯދައިފި

ރާއްޖޭގައި ހަށިވިއްކުމަށް ސްރީ ލަންކާއިން އަންހެނުން ފޮނުވާ ބޮޑު ނެޓުވޯކެއް، އެ ގައުމުގެ ފޮރިން އެމްޕްލޯއިމަންޓް ބިއުރޯ (އެސްއެލްއެފްއީބީ) އިން އަތުލައިގެންފި އެވެ.

16 ނޮވެމްބަރ

November 16, 2016 14
ލަންކާގައި ދިވެއްސަކާއި އޭނާގެ ދަރިފުޅު މަރުވެއްޖެ

ސްރީލަންކާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކާއި އޭނާގެ ތިން އަހަރުގެ ދަރިފުޅު ނިޔާވެއްޖެ އެވެ.

15 ނޮވެމްބަރ

November 15, 2016 1
ސުނީތާ ވަރަށް އުފަލުން، ލަންކާގައި ޝޯއެއް ދެނީ

މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ) ތައާރަފްކޮށްދޭކަށް ނުޖެހޭނެ އެވެ. އޭނާ ޝޯއެއް ނުދޭ ރަށެއް ރާއްޖޭގައި މަދުވާނެ އެވެ. އެހެންވެ ސުނީގެ އެއް ހުވަފެނަކަށް ވެފައި އޮތީ ރާއްޖެއިން ބޭރުގައި ޕަފޯމް ކުރުމެވެ. އެކަން ހަގީގަތަކަށް ވަނީ އެވެ.

13 ނޮވެމްބަރ

November 13, 2016 6
ލަންކާ އިން ބޭރު މީހުންނަށް ބިން ގަނެވޭ ގޮތް ހަދައިފި

ކޮލަމްބޯ (ނޮވެމްބަރު 13) - ލަންކާ އިން ބޭރު މީހުންނަށް ބިން ވިއްކުން މަނާކޮށްފައި އޮތް އޮތުން އެ ގައުމުގެ ސަރުކާރުން ނިމުމަކަށް ގެނެސްފި އެވެ.

11 ނޮވެމްބަރ

November 11, 2016 10
މެގަ ލަންކާ އަށް: ހެޔޮ އަގެއް، ދިވެހި އެއާލައިނެއް

ވައިގެ މަގުން ދަތުރު ކުރާއިރު ވީހާ ވެސް ހިތްހަމަޖެހިލައިގެން ދަތުރުކޮށްލަން އެންމެން ވެސް ބޭނުންވެ އެވެ. ދަތުރަށް ފަށާ ހިސާބުން ދާން ބޭނުންވާ މަންޒިލާ ހިސާބަށް ދެވެންވެން އަރާމުގައި އިނދެލައިގެން، ނިޔާމަ ދަތުރެއް ނިންމާލުމަކީ ލިބޭނެ އެންމެ ބޮޑު އުފަލެވެ. އެހެންވެ، އެތައް ހާސް މޭލެއްގެ މަތިން ދަތުރުކުރަމުން ދާއިރު ފެންވަރު...

02 ނޮވެމްބަރ

November 02, 2016 2
އީޔޫގެ އިނާޔަތްތައް ލަންކާ އަށް ދޭން މަޝްވަރާ ކުރަނީ

ކޮލަމްބޯ (ނޮވެމްބަރު 2) - ޔޫރަޕިއަން ޔޫނިއަންގެ ވިޔަފާރިން ލިބޭ އިނާޔަތްތައް ހޯދުމަށް ސްރީ ލަންކާ އިން ސިޔާސީ އިސްލާހުތައް ގެނެސް ޓެރަރިޒަމާ ދެކޮޅަށް ކަމަށް ބުރެ ފާސްކޮށްފައިވާ ހަރުކަށި ގާނޫނުތައް ބަދަލު ކުރުމަށް އީޔޫގެ ޕާލަމެންޓެރޭނިއަނުން އެދިއްޖެ އެވެ.

22 އޮކްޓޯބަރ

October 22, 2016 19
ނުވަ މަސް ތެރޭގައި 63،890 ދިވެހިން ލަންކާއަށް!

މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި 63،890 ދިވެހިން ސްރީ ލަންކާއަށް ޒިޔާރަތްކޮށްފައިވާ ކަމަށް އެ ގައުމުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

20 އޮކްޓޯބަރ

October 20, 2016
ސަރުކާރުގެ ތެރޭގައި ހަމަޖެހުން އެބައޮތް: ސިރިސޭނާ

ކޮލަމްބޯ (އޮކްޓޯބަރު 20) - ސްރީ ލަންކާ ސަރުކާރުގެ ތެރޭގައި ހަމަޖެހުން އެބައޮތް ކަމަށާއި 2020 ވަނަ އަހަރާ ހަމައަށް ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް މައިތުރިޕާލާ ސިރިސޭނާ ދެއްވައިފި އެވެ.

19 އޮކްޓޯބަރ

October 19, 2016
ސްރީ ލަންކަންގެ ބޯޓުތަކަށް ނޯޓު 7 އެރުވުން މަނާކޮށްފި

ކޮލަމްބޯ (އޮކްޓޯބަރު 19) - ސްރީ ލަންކަން އެއާލައިންސްގެ މަތިންދާ ބޯޓުތަކުގައި ސެމްސަން ގެލެކްސީ ނޯޓު 7 ބޭނުން ކުރުން މަނާކޮށްފި އެވެ.

17 އޮކްޓޯބަރ

October 17, 2016
ލަންކާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ވެރިޔާ ވަކިވެއްޖެ

ކޮލަމްބޯ (އޮކްޓޯބަރު 17) - ސްރީ ލަންކާގައި ސިޔާސީ މައްސަލަތައް ބޮޑުވެފައިވާ ދުވަސްވަރެއްގައި އެ ގައުމުގެ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް ދިލްރުކްޝީ ވިކްރަމަސިންހާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

16 އޮކްޓޯބަރ

October 16, 2016
ސިރިސޭނާ އާއި ރަނިލް ކުއްލި ބައްދަލުވުމެއް ބާއްވައިފި

ކޮލަމްބޯ (އޮކްޓޯބަރު 16) - ސްރީ ލަންކާ ސަރުކާރުގެ ތެރޭގައި މައްސަލަތައް އުފެދިފައިވާކަން މީޑިއާ އަށް ތިލަވެފައި ވަނިކޮށް ސީނިއާ ވަޒީރުންނާ އެކު ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ބޮޑު...

October 16, 2016 1
ސިފައިންގެ މީހާގެ މަރު ލަންކާ ފުލުހުން ތަހުގީގު ކުރަނީ

ކޮލަމްބޯ (އޮކްޓޯބަރު 16) - ސިފައިންގެ ތެރޭން ރިޓަޔާކޮށްފައިވާ މީހަކު ދަންޖެހިގެން މަރުވި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

13 އޮކްޓޯބަރ

October 13, 2016 2
ސިރިސޭނާ އާއި ރަނިލްއާ ދެމެދު މައްސަލަ ޖެހެން ފަށައިފި

ކޮލަމްބޯ (އޮކްޓޯބަރު 13) - ލަންކާ ސިފައިންގެ ކުރީގެ ތިން ޖެނެރަލުންނާއި ކުރީގެ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ ރާޖަޕަކްސާ ހައްޔަރުކޮށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ދައުވާކޮށްފައި ވަނީ ސިޔާސީ ބޭނުމުގައި ކަމަށާއި މިނިވަން މުއައްސަސާތަކުގެ ބޭނުމަކީ އެއީ ނޫން ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވުމާ އެކު ސަރުކާރުގެ ތެރޭގައި...

12 އޮކްޓޯބަރ

October 12, 2016
ރާޖަޕަކްސާގެ ދަރިކަލުން ހައްޔަރުކުރުމުން ދައުވާކޮށްފި

ކޮލަމްބޯ (އޮކްޓޯބަރު 12) - ފުލުހުންގެ ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޝަން (އެފްސީއައިޑީ)އާ ދެކޮޅަށް ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ރާޖަޕަޖްސާ ދައުވާ ކޮށްފި އެވެ.

09 އޮކްޓޯބަރ

October 09, 2016 1
ރާއްޖޭގެ ވިޔަފާރީގެ މައުލޫމާތު ލަންކާގައި ދެނީ

ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު ވިޔަފާރީގެ ރޮނގުން ގުޅުން ބަދަހިކުރަން ލަންކާގައި ހާއްސަ ސެމިނާއެއްް ބާއްވަން ނިންމައިފި އެވެ.

04 އޮކްޓޯބަރ

October 04, 2016 8
ލަންކާ އިން ސާކް ސަމިޓް ބޮއިކޮޓްކުރީ އިންޑިއާ ރުއްސަން

ކޮލަމްބޯ (އޮކްޓޯބަރު 4) - އިސްލާމްއާބާދުގައި ބާއްވާ ސާކް ސަމިޓް ސްރީ ލަންކާ އިން ބޮއިކޮޓްކުރީ އަވަށްޓެރި އިންޑިއާގެ ނުފޫޒުގައި އެ ގައުމު ރުއްސަން ކަމަށް ޕާލަމެންޓުގައި ހިމެނޭ އިދިކޮޅު މެންބަރަކު ވިދާޅުވެއްޖެ އެވެ.

03 އޮކްޓޯބަރ

October 03, 2016 16
ލަންކާ ދަރަނިވެރިވެފައިވާ ވަރު ސަރުކާރަށް ވެސް ނޭނގޭ

ކޮލަމްބޯ (އޮކްޓޯބަރު 3) - ސްރީ ލަންކާގެ އިންފްރާސްޓްރަކްޗާ އަށް ލޯނު ނަގައިގެން ބޮޑު ހޭދައެއް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ގައުމުގެ ދަރަނި ބޮޑުވެފައިވާ މިންވަރު ސަރުކާރަށް ވެސް ނޭނގޭ ހިސާބަށް ހިނގައްޖެ އެވެ.