13 ޖޫން

June 13, 2016 4
މިހާރު 30: މައުސޫމު ނަފީސާ

އަމްސޫދާއަށް ލިބިފައިވަނީ ބަޔާންކުރަން ދަތި އުފަލެކެވެ. "އާތްއަވަރ" ފަށާ ގަޑި ޖެހުމުގެ ކުރިން ރެސްޓޯރަންޓުގެ ގިނަ ބޮކިތައް ނިއްވައިލިއެވެ. އެއީ، ކާނިވާ ސަރަޙައްދުގައި ހުރި ރެސްޓޯރަންޓެކެވެ. މުޅި ތަނުގައި ދިއްލައިފައި ހުރީ އުއްބައްތިއެވެ. ކަނޑުން އަރައިގެން މަޑު ރޯޅި ފުރަތަމަ ބީހިލަނީ ލަބީބުގެ އިސްތަށިގަނޑުގައެވެ. އެ ތަން ބަލަން...

12 ޖޫން

June 12, 2016 2
މިހާރު 30: ލޯބިވާ ވަރު ބުނަން ބޭނުންވިއޭ

އޮފީސް ނިމޭ ގަޑީގެ ދިހަ މިނެއްޓު ކުރިން އަހަރެން ނުކުތީމެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ގެއާ ދުރަށް ހިނގައިގަތީމެވެ. ވިއްސާރަ ދުވަސްވަރެކެވެ. މަގުގެ އެކި ތަންތަންކޮޅުގައި...

June 12, 2016 3
ދިހައެއް

ދިވެހި ބަހުގައި ބޭނުންކުރާ މަތީ ދަރަޖަތަކެއް މި ވާހަކާގައި ނުހިމެނޭނެ އެވެ. ވާހަކާގައި ސިފަކުރާ ޝަހުސިއްޔަތުތައް ކިތައްމެ މަތީ މަގާމެއް އަދާކުރިޔަސް ބޭނުންކުރާނީ އެންމެ އާދައިގެ...

11 ޖޫން

June 11, 2016 3
މިހާރު 30: ލިސްޓް

ހުދު ދޮންވެލިގަނޑު މަތީގައި ފަތުރާލައިފައިވަނީ ހަނދުވަރުގެ ރިހި ދޫލައެކެވެ. ތަނުގައި ހުންނަން އަހަރެން ބޭނުންވި އަލިކަމަކީ އެއީއެވެ. ވެލިގަނޑުގައި ސިއްރުސިއްރުން ބޮސްދީފައި ދާ ރާޅުގެ އަޑަކީ، އެ ޙަފުލާގައި ހުންނަން އަހަރެން ބޭނުންވި މިޔުޒިކެވެ. ކަނޑުން އަރައިގެން އައި ނަލަ ރޯޅިތައް، މެހުމާނުންނަށް މަރުޙަބާ ކިޔުމުގައި...

10 ޖޫން

June 10, 2016 2
މިހާރު 30: ލޯބީގެ ބަތާނަ

މަތި ނެތް ކާރު ބުރިޖުމަތީގައި ދުއްވައިފައި ދިޔަ ރެއަކީ، އަހަރެންގެ ހިތުން ފުހެވިގެން ނުދާނެ ފޮނި ހަނދާނެކެވެ. އަހަންނަށް ހީވީ އެއީ ހުވަފެނެއް ހެންނެވެ. ދެ ފަރާތުން ފެންނަން އޮތީ ކަނޑުގެ ރާޅުތަކެވެ. އުފުލުތިރިވާ ބާނިތަކެވެ. ހަނދުގެ ދަރުބާރުގައި ތަރިތައް އިޙުތިރާމުއަދާކޮށްގެން ތިއްބެވެ. ހުޅުދާންވެފައިވާ ތަނަވަސް ޖައްވުގައި...

09 ޖޫން

June 09, 2016 10
މިހާރު 30: ރޯސް

(އިއްޔެގެ ނޫހާ ގުޅޭ)

08 ޖޫން

June 08, 2016 4
މިހާރު 30: ރޯސް

(އިއްޔެގެ ނޫހާ ގުޅޭ)

07 ޖޫން

June 07, 2016 3
"މިހާރު" 30: ރޯސް

(އާދިއްތަ ދުވަހުގެ ނޫހާ ގުޅޭ)

06 ޖޫން

June 06, 2016 6
މިހާރު 30: ގަސްކޮޅު ހަންޑި

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ރާއްޖެއޮތީ ވަރަށް ނިކަމެތި ހާލެއްގައެވެ. ދިވެހިން ކެއީ ބިންބި އާއި ކުދިބަތާއި، ދޮނަޅަ އާއި ޒުވާރިއެވެ. ހިތިފުށާއި، ފީ ފުށާއި، ފަޑުއްކަ ހަނޑުލެވެ. ހިއްކި ކޭލާއި، ކަނޑުލެވެ. ކޮންމެކޮންމެ މީހަކަށް ބިންބި ފުށްޑިޔަފޮދެއް ވެސް ނުލިބެއެވެ. ހަނދާންވާ ގޮތުގައި އަހަރެންގެ އުމުރުން އޭރު ދިހަވަރަކަށް...

05 ޖޫން

June 05, 2016 9
ރޯސް

(ބުދަ ދުވަހުގެ ނޫހާ ގުޅޭ)

01 ޖޫން

June 01, 2016 9
ރޯސް

އަހަރެން އިނީ އޮފީހުގައެވެ. ކުރަން ހުރި މަސައްކަތްތައް ބައިވަރެވެ. އެއްވެސްކަމެއް ކުރާ ހިތެއް ނެތެވެ. ހެނދުނުގެ ވަގުތެވެ. ގޮނޑީގައި އިންނަތާ ދެ ގަޑިއިރު ވަނީއެވެ. ގެއިން ނުކުތީ ހިތްހަމަނުޖެހި ހުރެގެންނެވެ. އޮފީހަށް އައި މަގުމަތީގައި، އެއްކޮޅަށް ދުއްވާ މަގެއްގެ ނުބައިކޮޅުން ވަދެވިގެން ފުލުހަކާ ދެބަސްވާން ޖެހުނެވެ. އޮފީހަށް ވަން...

29 މެއި

May 29, 2016 5
އައީ ކާކު؟

އަހަންނަށް ލިބުނު ހަމައެކަނި ފިރިހެން ދަރިއަކީ އާމިރެވެ. ހަތަރު ދައްތަގެ ޒިންމާނަގަން ހުރީ އޭނައެވެ. އަހަރެންގެ މިލްކިއްޔާތުގައި ހުރި ހުރިހާ އެއްޗެއް، އަމާނާތްތެރިކަމާ އެކުގައި ޙައްޤުވެރިންނަށް ބެހުމުގައި އެންމެ އިސްކޮށް އުޅެންޖެހޭނީ ވެސް އޭނައެވެ. ފިރިހެންދަރިއަކަށް އެދި އަހަރެންގެ އަންހެނުން އަޒީޒާ ކިހާ ދުޢާއަކާއި...

25 މެއި

May 25, 2016 9
ހުވަނދުމަލުގެ ހަނދާން

ހަތްދިހައިގެ ފަހުގެ އަހަރުތަކުގެ ތެރެއިން އަހަރެކެވެ. ފުރަމާލޭގެ މަގުތައް ފަޅުވެފައި، އަމާނެވެ. ހިރަފުސްވެފައި އަޑިގުޑަން ގިނަމެއެވެ. ގެތަކުގައި ގަސް ގިނަވެފައި، ފެހިކަން ގަދައެވެ. ހިޔަނިތައް ދިގުކުރަމުން އޮއްސުމަށް އިރު ތައްޔާރުވިއެވެ. ޒާހިރު ހުރީ ވަޅުދޮށުގައެވެ. ދެބައި އުމުރަށް ވުރެ މައްޗަށް ގޮސްފައިވާ، އިސްކޮޅުން ކުރު...