22 އޮކްޓޯބަރ

October 22, 2019
މީމިސް މެދުވެރިކޮށް ރިޕޯޓު ފޮތް ދޭން ފަށަނީ

މިއަހަރުގެ ދެވަނަ ޓާމުން ފެށިގެން "މޯލްޑިވްސް އެޑިއުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމިސް) މެދުވެރިކޮށް ރިޕޯޓުފޮތް ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

20 އޮކްޓޯބަރ

October 20, 2019 11
ރިޕޯޓާ އެކު އަންނަ އަހަރުގެ ފޮތްތައް ވެސް ދެނީ

މި އަހަރުގެ ފަހު ޓާމްގެ ރިޕޯޓް ފޮތް ދޭ ދުވަހު އަންނަ އަހަރުގެ ފޮތް ބައި ވެސް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

17 އޮކްޓޯބަރ

October 17, 2019 8
ސީއެޗްއެސްއީގައި އާ އިމާރާތެއް އަޅަން އާރުސީސީ އަށް

ސީއެޗްއެސްއީގައި އަށް ބުރީގެ އިމާރާތެއް އަޅަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.

09 އޮކްޓޯބަރ

October 09, 2019 25
ދެ ސްކޫލަކުން ޖާގަހޯދަން އޮޅުވާލައިގެން ލިޔުން ހުށަހަޅާ

ޖަމާލުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލްގެ ގްރޭޭޑް އެކަކުން ޖާގަ ހޯދުމުގެ ބޭނުމުގައި އޮޅުވާލައިގެން ލިޔުން ހުށަހަޅާތީ، އެ ދެ ސްކޫލް ހުންނަ ސަރަހައްދުގައި ދިރިއުޅޭ ކުދިންނަށް ޖާގަ...

October 09, 2019 54
ޖާގަ ބަހާ ގޮތުން ބެލެނިވެރިން ރަތަށް!

މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި މާލޭގައި ރަށްވެހިވެފައިވާ ދަރިވަރުންނަށް އިސްކަންދޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާއެކު ގިނަ ބައެއްގެ ނުރުހުން އަމާޒުވެއްޖެ އެވެ.

08 އޮކްޓޯބަރ

October 08, 2019 102
މާލޭ ސްކޫލުތަކުގެ ޖާގައިގެ އިސްކަން މާލޭ ރަށްވެހިންނަށް

މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި އެންމެ އިސްކަންދޭނީ، އެ ސްކޫލް ސަރަހައްދުގައި ދިރިއުޅޭ މާލެ އަށް ރަށްވެހިވެފައިވާ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

06 އޮކްޓޯބަރ

October 06, 2019 7
ޓީޗަރުންނަށް ބެލެނިވެރިންގެ ޝުކުރު މާމެލާމެލިން

ޖަމާލުއްދީން ސްކޫލުގެ ގޭޓު ކުރިމައްޗަށް އެރުމުން ފެނުނީ ބޮޑު މާ ބަގީޗާއެކެވެ. ފިޔާތޮއްޓާއި އޮރެންޖާއި ނޫ ކުލައިގެ އެކި ވަރުގެ މާތަކުން މުޅި ސްކޫލް އޮތީ ޒީނަތްތެރިކޮށްފަ އެވެ. ގޭޓުން ވަދެގެންދާ އިރު، ޓީޗަރުންނަށް މަރުހަބާ ކިޔަން ދެ ފަރާތުގައި ބަހައްޓާފައި ހުރީ ތަފާތު މެސެޖްތައް ލިއެފައިވާ ބޯޑުތަކެވެ. އެ ބޯޑުތަކުގައި ބެލެނިވެރިން...

28 ސެޕްޓެމްބަރ

September 28, 2019 3
އޯ ލެވެލް އިމްތިހާން ފަށައިފި

މި އަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު، 7000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު މިއަދު ފަށައިފި އެވެ.

24 ސެޕްޓެމްބަރ

September 24, 2019 2
ހާލުގައި ޖެހުނު ކުދިންނަށް ހުދުމާ އިން ޔުނިފޯމް ދެނީ

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ގެއްލުންވި ސްކޫލް ދަރިވަރުންނަށް ބޭނުންވާ ޔުނީފޯމް ހިލޭ ދޭން ހުދުމާ ފިހާރަ އިން ފަށައިފި އެވެ.

19 ސެޕްޓެމްބަރ

September 19, 2019 75
ޓެބްލެޓް ބޭނުމެއް ނުކުރެވޭ! ބޮޑު އިސްރާފެއް!

ކުރީ ސަރުކާރުން ބޮޑު ހަރަދެއް ކޮށްގެން ގެނައި ޓެބްލެޓްތައް ބޭނުން ނުކުރެވި ބޮޑު އިސްރާފަކަށް ވެފައިވާ ކަމަށް ބައެއް ސްކޫލުތަކުން ބުނެފި އެވެ.

12 ސެޕްޓެމްބަރ

September 12, 2019 27
"ހެޔޮ ބަދަލެއް ގެންނަން މޮޅު ޓީޗަރުން އުފައްދަންޖެހޭ"

ތައުލީމީ ނިޒާމަށް ހެޔޮ ބަދަލެއް ގެންނަން ކުރަންވީ ކަމަކީ މޮޅެތި ޓީޗަރުން ތިބޭ ތަނަކަށް ހެދުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.

September 12, 2019 18
ކުރިއަށްދާނެ ދާއިރާއެއް މަޖުބޫރުކޮށްގެން ނުވާނެ: ރައީސް

ކުރިއަށްދާނެ ދާއިރާ އިހުތިޔާރުކުރުމުގައި މަޖުބޫރުނުކޮށް ދަރިވަރުން ޝައުގުވެރިކަން ހުރި ކަމަކުން ކުރިއަށްދިއުމަށް ހިތްވަރުދީ މަގުފަހިކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު...

05 އޯގަސްޓް

August 05, 2019 5
ސްކޫލު ފެއާތަކަށް ބާރުބޮޑު ހަފުތާއެއް!

ސްކޫލުތަކުގައި ފެއާތައް މައިގަނޑު ގޮތެއްގައި ބާއްވަނީ، އެ ސްކޫލަކުން ކުރަން ބޭނުންވާ ކަމަކަށް ނުވަތަ ކަންކަމަށް ފައިސާ ހޯދުމަށެވެ. ކެންޓީނާއި ތަފާތު އެކި ސްޓޯލްތައް ބަހައްޓައިގެން އެއްޗެހި ވިއްކައިގެން ފައިސާ ހޯދަ އެވެ. އެގޮތުން މި ދިޔައީ މާލޭގެ ސްކޫލުތަކަށް ބާރުބޮޑު ހަފުތާއެކެވެ. ފަސް ވަރަކަށް ސްކޫލުގައި ފެއާ ބާއްވާފައި ވެ...

29 ޖުލައި

July 29, 2019 2
ދަރިވަރުންނަށް ހާއްސަކޮށް ރޯޑް ސޭފްޓީ ކެމްޕޭނެއް

ދަރިވަރުންނަށް ހާއްސަކޮށްގެން މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ކެމްޕޭނެއް މިއަދު ފަށައިފި އެވެ.

16 ޖުލައި

July 16, 2019 16
ތުޅާދޫ ދަރިވަރުންނަށް ކައުންސެލިން ދެނީ

ބ. ތުޅާދޫ ސްކޫލުގެ ދަރިވަރުންގެ ތެރެއިން ސްކޫލު ތެރޭގައި ހޭނެތޭ ކުދިންނަށް ކައުންސެލިން ދެމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

14 ޖުލައި

July 14, 2019 52
ޣިޔާސުއްދީން ސްކޫލުގައި ބުލީކުރާ ވީޑިއޯއަކީ އަސްލެއް!

ބުލީކުރުމާ ދެކޮޅަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ވީޑިއޯތަކެއް ހަދަނިކޮށް، އެ ސްކޫލުގެ ދަރިވަރަކަށް ބުލީކުރާ އަސްލު ވީޑިއޯއެއް އާންމުވެއްޖެ އެވެ. އަދި އެއީ އެ ސްކޫލުން ބުލީ ކުރުމާ ދެކޮޅަށް ސްކޫލުން ހަދާފައިވާ ވީޑިއޯއެއް ނޫން ކަމަށާއި އެއީ ދަރިވަރުންތަކެއް ހިންގާފައިވާ އަމަލެއް ކަމަށް އެ ސްކޫލުން ބުނެ އެވެ.

20 ޖޫން

June 20, 2019 9
ޔޫކޭގައި ހުންނަ ރާއްޖޭގެ އެމްބަސީން ފޮތް ހަދިޔާކޮށްފި

ޔޫކޭގައި ހުންނަ ރާއްޖޭގެ އެމްބަސީން، އެޑިއުކޭޝަން މިނިސްޓްރީ އަށް މިއަދު ފޮތް ހަދިޔާކޮށްފި އެވެ.

16 ޖޫން

June 16, 2019 30
ދަރުމަވަންތަ ސްކޫލުގެ ކްލާސްރޫމުތައް އޭސީކޮށްފި

ދަރުމަވަންތަ ސްކޫލުގެ ހުރިހާ ކްލާސްރޫމެއް އެޑިއުކޭޝަން މިނިސްޓްރީން އޭސީކޮށްފި އެވެ.

12 ޖޫން

June 12, 2019 110
އެއް ދަންފަޅީގެ ސްކޫލްތައް ފަށާނީ 6 ޖަހާއިރު

އެއް ދަންފަޅި އަށް ކިޔަވައިދޭން އިއްޔެ ފެށި 22 ސްކޫލުގައި ދަރިވަރުން ސްކޫލަށް ފޮނުވަން ޖެހޭނީ ހެނދުނު 6 ޖަހާއިރު ކަމަށާއި ސެޝަން ފަށާނީ ކަސްރަތުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

11 ޖޫން

June 11, 2019 119
ނާސްތާ ތަޅުންގަނޑުމަތީ، މިނިސްޓްރީ ހިތްހަމަނުޖެހިިފައި!

ދަރިވަރުންނަށް ނާސްތާ ދޭ ޕްރޮގްރާމް، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދު ފެށިއިރު ސްކޫލެއްގައި ދަރިވަރުންތަކަށް ތަޅުންގަނޑުމަތީގައި ބައިތިއްބައިގެން، ގަނޑެއްގެ މަތީގައި ކާއެއްޗެހި އަތުރައިގެން ކާން ދީފި އެވެ. އެކަމާ އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ފިޔަވަޅު ވެސް އަޅައިފަ އެވެ.

30 މެއި

May 30, 2019
ފުރަތަމަ ޓާމު ނިމި ސްކޫލްތައް ބަންދުވެއްޖެ

މި އަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓު ފޮތާ އެކު ދަރިވަރުން 10 ދުވަހުގެ ޗުއްޓީއެއް މިއަދު ފަށައިފި އެވެ.

28 މެއި

May 28, 2019 3
10 ސްކޫލެއްގައި ރިޕޯޓު ފޮތް ޑިޖިޓަލް ކޮށްދެނީ

މި އަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓު ފޮތް، 10 ސްކޫލެއްގައި ޑިޖިޓަލް ކޮށްދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.