01 ފެބުރުއަރީ

February 01, 2018 19
ސްކޫލުތަކުން މިއަދު ފެނުނު ރީތި މަންޒަރު

މިއަދު ސޯޝަލް މީޑިއާގައި އެންމެ ގިނައިން ދައުރުވީ އެކި ސްކޫލުތަކުގެ ދަރިވަރުން ޔުނީފޯމުގައި ގުރުއާން ކިޔަވަން ތިބި ފޮޓޯތަކެވެ. ކްލާސްރޫމުގައި ބިންމަތީގައި އިށީނދެލައިގެން ކިޔަވަން ތިބިއިރު، ސްކޫލުގެ ގޯތި ތެރޭގައި ވެސް ގޮނޑި އަތުރާލައިގެން ބައިބަޔަށް ގުރުއާން ކިޔަވަން ތިބި މަންޒަރު ފެނުނެވެ. އަދި މިއަދު ފަތިހު ކޮންމެ ރަށެއްގެ...

31 ޖެނުއަރީ

January 31, 2018 5
އޯ ލެވެލްގެ ކާމިޔާބީ ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް

މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި ރާއްޖޭގެ ދަރިވަރުން ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މާދަމާ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހާއްސަ ހަރަކާތްތަކެއް ހިންގަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

28 ޖެނުއަރީ

January 28, 2018 20
ފަސް މާއްދާއިން ފާސްވި އަދަދު 77 ޕަސެންޓަށް

މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު 77 ޕަސެންޓަށް އަރާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

26 ޖެނުއަރީ

January 26, 2018 3
އެމްއެންޔޫގެ އޯޕަންޑޭއެއް މާދަމާ ހަވީރު ބާއްވަނީ

މިދިޔަ އަހަރުގެ އޯ ލެވެލް އާއި އޭ ލެވެލް ނިންމި ދަރިވަރުންނަށް ޚާއްސަ ކޮށްގެން މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)ގެ އޯޕަންޑޭއެއް މާދަމާ ހަވީރު ބާއްވަން ނިންމައިފި އެވެ.

25 ޖެނުއަރީ

January 25, 2018
ވިލާ ހައި ސްކޫލަށް ވަނުމުގެ މުއްދަތު އިތުރުކޮށްފި

ވިލާ އިންޓަނޭޝަަނަލް ހައި ސްކޫލުގައި ކިޔެވުމަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

January 25, 2018 4
އަޒުހަރުން ފޮނުވި ޓީޗަރުންނާ މިނިސްޓަރު ބައްދަލުކޮށްފި

އަލް އަޒުހަރު ޔުނިވަސިޓީން މި އަހަރު ރާއްޖެ ފޮނުވި 14 ޓީޗަރުންނާ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ބައްދަލުކުރައްވައިފި އެވެ.

January 25, 2018 2
އޭ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި އޭ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން މިއަދު ފަށައިފި އެވެ.

24 ޖެނުއަރީ

January 24, 2018 15
ދަރިވަރަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުނުކުރޭ

ދަރުމަވަންތަ ސްކޫލުގެ ދަރިވަރެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލިތާ ހަފުތާއެއްވީއިރު ވެސް އެ މައްސަލާގައި މީހަކު ހައްޔަރެއް ނުކުރެ އެވެ.

January 24, 2018 11
އޯލެވެލް ގަދަ10 ގެ އާ އުސޫލަށް އަމަލުކުރަން ފަށައިފި

އޯ ލެވެލް އިމްތިހާނުގެ އިސްލާމާއި ދިވެހިން އޭ ސްޓާ ދޭން ފެށުމާއެކު، މި އަހަރުން ފެށިގެން ގައުމީ ގަދަ 10 ހޮވާ އުސޫލަށް ބަދަލުތަކެއް އަތުވެއްޖެ އެވެ.

21 ޖެނުއަރީ

January 21, 2018 85
ސްކޫލް ފޮތުގަ ޖިންސީ ވާހަކަ، ބެލެނިވެރިން ރަތަށް

ހުޅުމާލޭގައި ހުންނަ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް ހަތެއްގެ ސައިންސް ފޮތުގައި ޖިންސީ ގުޅުން ހިންގާ ގޮތް ކިޔައިދީ އަންހެނުންގެ ދަރިމައިވުމުގެ ނިޒާމު ކުރެހުމުން...

January 21, 2018 8
ދަރިވަރުން މަދު ސްކޫލުތަކުގައި ވާޗުއަލްކޮށް ކިޔަވައިދެނީ

ދަރިވަރުންގެ އަދަދު 50 އަށް ވުރެ މަދު ސްކޫލުތަކުގައި އިންޓަނެޓްގެ ޒަރީއާ އިން ވީޑިއޯ މެދުވެރިކޮށް (ވާޗުއަލްކޮށް) ކިޔަވައިދިނުމުގެ މަޝްރޫއު މިއަދު ރަސްމީކޮށް ފަށައިފި އެވެ.

18 ޖެނުއަރީ

January 18, 2018 20
ދަރިވަރަށް ހަމަލާދިނީ ގޭންގަކަށް ނިސްބަތްވެއޭ ބުނެފައި!

ދަރުމަވަންތަ ސްކޫލުގެ ގުރޭޑް ނުވައެއްގައި ކިޔަވަމުން އަންނަ އެ ދަރިވަރު ހޯދަން އިއްޔެ ސްކޫލު ނިމުނު ގަޑީގައި ގުރޫޕަކުން ސްކޫލު ކައިރީގައި ތިއްބެވެ. އޭނާ ގެންދަންވެގެން ސްކޫލް ހޯލް ތެރެއަށް ވެސް އެ މީހުން ވަނެވެ. އެކަމަކު ގްރޫޕާ އެކު އޭނާ ދިޔަނުދީ ހުއްޓުވީ ކުލާސް ޓީޗަރެވެ.

17 ޖެނުއަރީ

January 17, 2018 19
މާލޭގެ ހާލަތު ރަނގަޅުކުރެވޭނީ އެންމެން ގުޅިގެން: ޝިފާ

މާލޭގެ ހާލަތު ވަރަށް ގޯސްވެފައިވާކަން ދެ ދަރިވަރަކަށް ދިން ހަމަލާއިން އެނގޭ ކަަމަށާއި އެކަން ހައްލުކުރަން ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކޮށްދިނުމަށް މާލެ ސިޓީ ކައުންސިލްގެ...

January 17, 2018 12
ސްކޫލްތައް ހިމެނޭ ސަރަހައްދަށް އިތުރު ފުލުހުން ނެރެފި

މާރާމާރީ ހިންގައި ދެ ދަރިވަރަކު ޒަހަމްކޮށްލުމާ ގުޅިގެން، ސްކޫލްތައް ހިމެނޭ ސަރަހައްދަށް އިތުރު ފުލުހުން ނެރެ ސަލާމަތީ ކަންކަން ވަރުގަދަކުރަން ފަށައިފި އެވެ.

16 ޖެނުއަރީ

January 16, 2018 42
ޓީއެސްގައި މާރާމާރީ ހިންގައި، ކުއްޖަކު ޒަޚަމްކޮށްލައިފި

ތާޖުއްދީން ސްކޫލް (ޓީއެސް) ގެ ތެރެއަށް ބަޔަކު މިއަދު ވަދެ މާރާމާރީއެއްގައި ހިންގައި ކުއްޖަކު ޒަޚަމްކޮށްލައިފި އެވެ.

14 ޖެނުއަރީ

January 14, 2018 4
ޒަމާނީ ވަސީލަތްތަކާއެކު ކިޔަވައިދިނުން، ބޮޑު އަމާޒަކަށް

ތައުލީމީ ދާއިރާގައި މި އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ޒަމާނީ ވަސީލަތްތަކާއެކު، ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށް ދިނުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

January 14, 2018 3
އާ އިމާރާތާ އެކު ގޮންޖެހުންތައް ފިލައިގެންދާނެ

ސްކޫލެއް އިމާރާތް ކުރަން ސަރުކާރުން މިހާތަނަށް ކުރި އެންމެ ބޮޑު ހަރަދަކީ މިއީ އެވެ. އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން 2015 ގައި އިމާރާތް ކުރަން ފެށި 54 ކްލާސް ރޫމުގެ އާ އިމާރާތާ...

January 14, 2018 6
81،000 ކުދިންނާއެކު ކިޔެވުން ފަށައިފި

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ.

13 ޖެނުއަރީ

January 13, 2018 46
ހިނގާފައި ސްކޫލަށް ދިއުމުގެ ކެމްޕެއިނެއް

ޓްރެކްގައި ވެސް މާލެ ވަށައިގެން ވެސް މީހުން ދުވަނީ އެވެ. އެކަމުގައި އުޅޭ މީހުން ހުސްވާ ވަގުތެއް ނާދެ އެވެ. މިކަން މިހާ ބޮޑު ކަމަކަށް ވެގެން މި އުޅެނީ މިފަދަ ދިރިއުޅުމަކަށް، ކުޑައިރުން ފެށިގެން އަހަރެމެން ތައްޔާރުވެފައި ނެތުމުންނެވެ. ދިރިއުޅުމުގެ ބަޔަކަށް އެކަން ވެފައި ނެތުމުންނެވެ.

12 ޖެނުއަރީ

January 12, 2018 36
މޭ 7 ގެ ފަހުން ކުދިން ކިޔަވާނީ ޓެބްލެޓްގައި

ސްކޫލުތައް ޑިޖިޓައިޒް ކުުރުމުން ދަރިވަރުންގެ ކިޔެވުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި މި އަހަރުގެ މޭ 7 ގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ޓެބްލެޓް ބޭނުންކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

10 ޖެނުއަރީ

January 10, 2018 16
ޓީޗަރުން ހަމަވާނެ، ދިރާސީ އަހަރަށް ސްކޫލުތައް ތައްޔާރު

އަންނަ އާދިއްތަ ދުވަހު، ރާއްޖޭގެ ސްކޫލުތައް ހުޅުވޭ އިރު ޓީޗަރުން ހަމަވާނެ ކަމަށާއި ދިރާސީ އާ އަހަރަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

07 ޖެނުއަރީ

January 07, 2018 7
400 ޓީޗަރުން ހޯދަނީ ގިނަ ދިވެހިންނަށް ފުރުސަތު ދޭން

ސްކޫލްތަކަށް 400 އެއްހާ ޓީޗަރުން ހޯދަން އިއުލާންކުރީ ވީހާވެސް ގިނަ ދިވެހިންނަށް ފުރުސަތު ދިނުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

January 07, 2018 29
70،000 އަށްވުރެ ގިނަ ޓެބްލެޓް ހޯދަން ހަވާލުކޮށްފި

ދަރިވަރުންނަށާއި ޓީޗަރުންނަށް ބޭނުންވާ 70،000 އަށް ވުރެ ގިނަ ޓެބްލެޓް ގަންނަން އެޑިއުކޭޝަން މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފި އެވެ.

04 ޖެނުއަރީ

January 04, 2018 40
އަހަރުތަކަކަށް ފަހު އަމީނިއްޔާ ހިތްގައިމު އާއިމާރާތަކަށް

އެންމެ ކުރިއްސުރެ އަމީނިއްޔާ ސްކޫލަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަމެވެ. ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ގިނަ ދަރިވަރުން ކިޔަވާ މި ސްކޫލުގެ އިމާރާތް ބާވެ، ސީލިންގްގެ ބައިތައް ދަރިވަރުންގެ ބޮލަށް ވެއްޓިފައި ވެސް އެބަހުއްޓެވެ. އެކަމަކު އެ މައްސަލަތަކަށް މިހާރު ނިމުން އައީ އެވެ.

12 ޑިސެމްބަރ

December 12, 2017 1
ސްކޫލު ގައިޑު: އިތުރު ހަރަކާތްތަކުގައި ވެސް ނަމޫނާއެއް

ބައެއް ދަރިވަރުންނާއި ބެލެނިވެރިން ގަބޫލުކުރާ ގޮތުގައި އެންމެ މޮޅީ، އިމްތިހާނުން އެންމެ މަތީ ނަތީޖާ ހޯދާ ކުއްޖާ އެވެ. އަދި އެ ނަތީޖާ ހޯދުމަށް ވީހާ ވެސް ގިނަ ވަގުތެއް ކިޔެވުމުގައި ހޭދަކުރަން ޖެހެ އެވެ. ސްކޫލުން ބާއްވާ އިތުރު ހަރަކާތްތަކުގައި މާ ބޮޑަށް ބައިވެރިވެ އުޅުމަކީ ކިޔަވަން ވަގުތު ހޯދަން ދަތިވާނެ ކަމެކެވެ. އެކަމަކު މިއީ...

10 ޑިސެމްބަރ

December 10, 2017 18
2050 ސްކޮލަޝިޕަށް ފުރުސަތު ހުޅުވާލަނީ

އަންނަ ހަފުތާގައި 2،050 ސްކޮލަޝިޕަށް ފުރުސަތު ހުޅުވާލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

December 10, 2017 5
އެޑިއުކޭޝަނުން 10 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށަނީ

ވޯލްޑް ބޭންކާއެކު އެޑިއުކޭޝަން މިނިސްޓްރީން 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ)ގެ ބޮޑު މަޝްރޫއެއް ފަށަން ނިންމައިފި އެވެ.

07 ޑިސެމްބަރ

December 07, 2017
ސައިރިކްސް ކޮލެޖްގެ އޯޕަންޑޭ ފަށައިފި

ސައިރިކްސް ކޮލެޖުން އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށަން ހަމަޖައްސާފައިވާ ކޯސްތަކަށް ވަނުމަށް ބޭނުންވާ ދަރިވަރުން ހޭލުންތެރި ކުރުމުގެ ގޮތުން ބާއްވާ އޯޕަންޑޭ އިއްޔެ ފަށައިފި އެވެ.

04 ޑިސެމްބަރ

December 04, 2017 6
ކިންޑަގާޓްން އަދި ޑޭކެއާ، ކެނެޑާގެ ތަޖުރިބާ އިން

އުމުރުން އެންމެ ދެ އަހަރާއި ބައިގައި، ނުވަތަ އެ ވަރު ވެސް ނުވަނީސް، ކުދިން ސްކޫލަށް ފޮނުވަން ފަށާ ގޮތަށް ރާއްޖޭގެ ތައުލީމީ ނިޒާމު ބައްޓަންވެގެން އައީ ކިހިނެއް ބާވަ އެވެ؟ މަންމައަކަށް ވީ ހިސާބުން ހިތުގައި އުފެދުނު މި ސުވާލާ މެދު އިތުރަށް ވިސްނެން ފެށީ ކެނެޑާ އަށް ބަދަލުވާން ޖެހުނީމަ އެވެ. މި ތަނުގައި އަޅުގަނޑުގެ ދަރިފުޅު ސްކޫލަށް...