10 މާޗް

March 10, 2020 18
ޖިންސީ ގޯނާގެ މައިގަނޑު ހެއްކަކީ ކުއްޖާގެ ބަސް: ކޯޓު

ކުޑަކުދިންނަށް ޖިިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ކުށް ސާބިތުވާން ބޭނުންވާ ހެކީގެ މިންގަނޑު ކުރިން ކޯޓުތަކުން ބަލަމުން އައީ ރަނގަޅަށް ނޫން ކަމަށާއި އެފަދަ މައްސަލަތަކުގައި ހެކީގެ މައިގަނޑު އަސާސަކީ ކުއްޖާގެ ހެކިބަސް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.

09 މާޗް

March 09, 2020 12
ދޮންދަރިއަކާ ބެހުނު މީހަކު ސުޕްރީމް ކޯޓުން ޖަލަށް

ދޮންދަރިއަކާ ބެހިގެން ޖަލަށްލި މީހަކު މިނިވަން ކޮށްފައި ވަނިކޮށް، އޭނާ އަނެއްކާ ވެސް ޖަލަށްލާން ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

05 ފެބުރުއަރީ

February 05, 2020 9
ގޯސް ހެދީ މަޖިލީހުން، ސުޕްރީމް ކޯޓުން ބުނާނީ ކީކޭ؟!

ސިއްރު ހެކިންގެ މައްސަލަ އެއް ދުވަސްވަރެއްގައި ގައުމީ މައްސަލައަކަށް ވާ މިންވަރަށް މީހުންގެ ކަންބޮޑުވުންތަކާއި ފާޑުކިޔުންތައް ކުރިމަތިވި އެވެ. އެއްވެސް ހަމައެއް ނެތި، ސިޔާސީ މީހުންނާ ދެކޮޅަށް ސިއްރު ހެކިން ބޭނުންކޮށްގެން ބޮޑެތި އެތައް ދައުވާއެއް ސާބިތުކޮށް، ޖަލު ހުކުމްތައް އޭރު އިއްވަމުން ދިޔަ އެވެ. އެކަމާ ކަންބޮޑުވުންތައް...

27 ޖެނުއަރީ

January 27, 2020 27
ފޯނު މައްސަލާގެ ހުކުމުން އަބްދުﷲ ސައީދު ސަލާމަތްވެއްޖެ

ފުލުހުންގެ ތަހުގީގަށް ފޯނު ނުދެއްވި ކަމަށް ބުނެ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އިއްވި ދޮޅު އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، ހައި ކޯޓުން މިއަދު އެމަނިކުފާނު މިނިވަންކޮށްފި އެވެ.

23 ޖެނުއަރީ

January 23, 2020 28
ނުބައި ދޮރެއް ހުޅުވީތަ؟ ނުވަތަ ބަންދުކުރީތަ؟

މީހުން ހަވާލުކުރާ ގޮތް ނޭނގޭ ތަކެއްޗާ ހަވާލުވުމުގެ ނުރައްކާތެރިކަން ގުޅެނީ ފުޅާވެފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާ އެވެ. މަސްތުވާތަކެތި ވިޔަފާރި ކުރުމާއި ވަކި މިންވަރަކަށް ވުރެ ގިނައިން ގެންގުޅުމުގެ ކުށްތަކަށް ދޭ ބޮޑެތި އަދަބުތަކުން ސަލާމަތްވުމަށް ޑީލަރުން އެހެން އުކުޅެއް ގެންގުޅެ އެވެ: ރާއްޖެއަށް މަސްތުވާތަކެތި...

20 ޖެނުއަރީ

January 20, 2020 53
ޑްރަގްސް އަށް ޒިންމާވާންޖެހޭ ގޮތް އަލުން މާނަކޮށްފި

މަސްތުވާތަކެތި ގެންގުޅުމުގެ ކުށް ސާބިތުކުރުމުގައި ސުޕްރީމް ކޯޓުން ކުރިން ގާނޫނު މާނަކޮށްފައިވާ ގޮތާ ދުރުވާންޖެހޭ ކަމަށް އެ ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.

19 ޖެނުއަރީ

January 19, 2020 70
ޗިކާގެ މައްޗަށް ކުށް ސާބިތެއް ނުވޭ: ސުޕްރީމް ކޯޓް

މަސްތުވާތަކެތި ގެންގުޅުނު ކަމަށް ބުނެ އިބްރާހިމް ނާފިޒް (ޗިކާ) ގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކޮޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ.

08 އޯގަސްޓް

August 08, 2019 7
އަދީބު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

06 އޯގަސްޓް

August 06, 2019 8
ޝަރީއަތް ނިމެންދެން އަދީބު ބަންދުކުރަން އަލުން އެދެފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލާގެ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން ދައުލަތުން އަނެއްކާވެސް ސުޕްރީމް ކޯޓުގައި މިއަދު އެދިއްޖެ އެވެ.

05 އޯގަސްޓް

August 05, 2019 12
އަދީބު މިނިވަންވި ފަހުން ބަންދު އަމުރަކަށް ނޭދޭ: ކޯޓް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދީފައި ނުވަނީ ކުރިން އޭނާ ހުކުމެއްގައި ހުންނެވުމުން ކަމަށާއި އެކަމަކު އޭނާ މިނިވަންވި ފަހުން އެފަދަ...

August 05, 2019 6
އަދީބާ ދެކޮޅަށް އިސްތިއުނާފްކުރި މައްސަލަ މާދަމާ ފަށަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކުރި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ސުޕްރީމް ކޯޓުން...

04 އޯގަސްޓް

August 04, 2019 40
އަދީބު މާލެ ގެނެސް ފުލުސް އޮފީހަށް ހާޒިރުކޮށްފި

ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގެއްގައި ރާއްޖެ އިން ފިއްލެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހައްޔަރުކޮށްގެން ރާއްޖެ ގެނެސް ދާދި ދެންމެ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

17 ޖޫން

June 17, 2019 44
ޑީޑީ ސަސްޕެންޑް ކުރި އިރު އަނބިކަނބަލުން ވަޒީފާގައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) އަށް ތުހުމަތުކުރާ ރިޝްވަތުގެ މައްސަލައެއްގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ސަސްޕެންޑުކޮށް، ފުލުހުން ވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު އެ ފައިސާ ޖަމާވި ކަމަށް ބުނާ އެމަނިކުފާނުގެ އަނބިކަނބަލުން ޣާނިޔާ އަބްދުލްޣަފޫރު އަދިވެސް ހުންނެވީ ސިޔާސީ މަގާމެއްގަ އެވެ.

09 ޖޫން

June 09, 2019 14
އަދީބާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ޚިޔާނާތުގެ ކުށުގައި އިއްވި ޖަލު ހުކުމް ބާތިލްކޮށް، އަލުން ބަލަން ހައި ކޯޓުން އެންގި މައްސަލަ އިސްތިއުނާފް ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

03 ޖޫން

June 03, 2019 6
ކުށުގެ ގާނޫނުތައް ގާނޫނުލްއުގޫބާތުގެ ތެރެއަށް ފެއްތުން

ޕީނަލް ކޯޑު، ނުވަތަ ޤާނޫނުލްޢުޤޫބާތަކީ، ކުށާއި އަދަބު ބަޔާންކުރާ ގާނޫނެވެ. ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުން އަންނަ ޕީނަލް ކޯޑު، ނުވަތަ ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަކީ، މިހާތަނަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެންމެ ބޮޑު ގާނޫނެވެ. މި ގާނޫނު ޑްރާފްޓު ކުރުމުގެ މަސައްކަތުން ފެށިގެން،...

02 ޖޫން

June 02, 2019 49
އަދީބުގެ 12 އަށްވުރެ ގިނަ މައްސަލަ ޕީޖީއަށް ފޮނުވަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާ ދެކޮޅަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވި 12 އަށް ވުރެ ގިނަ މައްސަލަ އަނބުރާ ފޮނުވާލަން އެ ކޯޓުން ނިންމައިފި އެވެ.

13 މެއި

May 13, 2019 34
ޔާމީންގެ މައްސަލައެއްގައި ޕީޖީން ސުޕްރީމް ކޯޓަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި މައްސަލައެއް އިސްތިއުނާފު ކޮށްފި އެވެ.

21 ޖެނުއަރީ

January 21, 2019 10
ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލަ އަލުން ބަލަނީ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު މައްސަލަ އަލުން ބަލަން ފުލުހުން ނިންމައިފި އެވެ.

13 ޖެނުއަރީ

January 13, 2019 6
ކުޑަކުދިންގެ އަދުލުގެ ގަވާއިދެއް އެކުލަވާލައިފި

ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލައި، ތަހުގީގުކޮށް ޝަރީއަތް ހިންގުމާ ބެހޭ ގަވާއިދެއް ސުޕްރީމް ކޯޓުން މިއަދު އެކުލަވާލައި، އަންނަ އާދިއްތަ ދުވަހުން ފެށިގެން އަމަލުކުރަން ނިންމައިފި އެވެ.

09 ޖެނުއަރީ

January 09, 2019 18
ރަޖަމްގެ ހުކުމް ބާތިލް ކުރިޔަސް، އެ މައްސަލަ ބެލޭނެ

އަންހެނަކު ރަޖަމްކުރަން ޅ. ނައިފަރު ކޯޓުން ކުރި ހުކުމް ބާތިލް ކުރިޔަސް އެ މައްސަލަ އަލުން ބަލަން ހުރަހެއް ނެތް ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.

05 ޑިސެމްބަރ

December 05, 2018 11
އަލީ ހަމީދު ފޯނު ނުދިން މައްސަލައިގެ ހުކުމް ބާތިލް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ ފޯނު، ތަހުގީގަށް ނުދެއްވި މައްސަލައިގައި އޭނާގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.