24 ޖޫން

June 24, 2016 56
ހުމާމް މަރަން ޖެހޭނީ އެހެން ގާތިލުން ހޯދާފައި: އާއިލާ

މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ސުވާލަކީ މި އެވެ؛ ހުސެއިން ހުމާމަށް މަރުގެ އަދަބު ދީފިއްޔާ ޑރ. އަފްރާޝީމް އަލީގެ ގާތިލަށް ނުވަތަ ގާތިލުންްނަށް މަރުގެ އަދަބު ދެވުނީ ހެއްޔެވެ؟

June 24, 2016 39
ހުމާމް މަރަން ސުޕްރީމް ކޯޓުން ތާއީދުކޮށްފި

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ ހުސެން ހުމާމް މެރުމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ކޮށްފައިވާ ހުކުމަށް...

June 24, 2016 10
ނުފޫޒު ފޯރުވާ ނަމަ ފިޔަވަޅު އަޅާނަން: ސުޕްރީމް ކޯޓު

ޝަރީއަތަށް ނުފޫޒު ފޯރުވޭ ގޮތަށް ނުވަތަ އެފަދަ ނިޔަތެއްގައި ޝަރީއަތާ ގުޅޭ ކަންކަމުގައި ބަޔާންދީ މީޑިއާގައި ޝާއިއުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސުޕްރީމް ކޯޓުން މިރޭ ދީފި...

23 ޖޫން

June 23, 2016 4
ހުމާމްގެ ޝަރީއަތެއް ސުޕްރީމް ކޯޓުގައި މިރޭ ބާއްވަނީ

ޑރ. އަފްރާޝީމް އަލީ މަރައިލި މައްސަލައިގައި މެރުމަށް ހުކުމްކޮށްފައިވާ، ހުސައިން ހުމާމް ޝަރީއަތެއް ސުޕްރީމް ކޯޓުގައި މިރޭ ބާއްވަން ތާވަލްކޮށްފި އެވެ.

June 23, 2016 25
ކޮލަމް އަސްދަނޑި: ނާޒިމް "ފްރޭމް"ކޮށްފި!

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރުތަކުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ހާމަކުރަން ފުލުހުން އިއްޔެ ރޭ...

22 ޖޫން

June 22, 2016 8
ހުމާމްގެ އިސްތިއުނާފް އަޑުއެހުން ނިމިއްޖެ، ދެން އޮތީ ހުކުމް

ޑރ. އަފްރާޝީމް އަލީ މަރައިލި މައްސަލައިގައި ހުސައިން ހުމާމް މެރުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފްގެ އެންމެ ފަހު މަރުހަލާގެ ޝަރީއަތުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

21 ޖޫން

June 21, 2016 35
ފިސްތޯލަ ބޭއްވި މީހާގެ ވާހަކައަކީ ދޮގެއް: ދައުލަތް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރީގައި ފިސްތޯލަ ބޭއްވި ކަމަށް ބުނާ މީހާ ހޯދިފައިވާ ކަމަށް ބުނެ ނާޒިމްގެ ފަރާތުން ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެކަން ސާބިތުކުރަން ހެކިން ގެންނަން ނާޒިމްގެ ފަރާތުން އެދުނަސް އެ މީހުން ހާޒިރުކުރަން ނުޖެހޭ ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.

20 ޖޫން

June 20, 2016 37
މަރުގެ އަދަބު ތަންފީޒުކުރުމުގެ ފަހު ބާރު ވާރިސުންނަށް

ރާއްޖޭގައި މަރަން މަރުހިފާނެ ކަމާއި އެކަން ތަންފީޒުކުރަން ޖެހިލުންވެވަޑައިނުގަންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވަރަށް ގިނަ ފަހަރު ވިދާޅުވެފަ އެވެ. ތަކުރާރުކޮށް އެގޮތަށް ރައީސް ވިދާޅުވަމުން ގެންދަވާތީ ބައެއް މީހުންނަށް ހީވާނީ މަރުގެ އަދަބު ތަންޒީފުކުރުމުގެ އެންމެ ފަހު ބަސް ބުނާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ހެންނެވެ....

19 ޖޫން

June 19, 2016 41
އާ ހެކިތަކެއް، ނާޒިމްގެ ޝަރީއަތް ޝައުގުވެރި ދިމާއަކަށް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވި ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މިިހާރު ފަށާފައިވާއިރު، ފެންނަނީ ވަރަށް ޝައުގުވެރި އަދި ހައިރާންވާ ކަހަލަ ވާހަކަތަކެކެވެ. ކްރިމިނަލް ކޯޓުގަ އާއި ހައި ކޯޓުގައި އޮތް ޝަރީއަތްތަކުގައި ނުއިވޭ ކިތަންމެ ގިނަ...

16 ޖޫން

June 16, 2016 29
އަދީބު، ނާޒިމް ފްރޭމްކޮށްފާނެ: އުމަރު

ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ފްރޭމް ކޮށްފާނެ ފަދަ ބޭފުޅެއް ކަމަށް ގަބޫލު ކުރެއްވޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

15 ޖޫން

June 15, 2016 20
ނާޒިމްގެ ކޮޓަރީގައި ފިސްތޯލަ ބޭއްވީ އާސިފް ކިޔާ މީހެއް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރީގައި ފިސްތޯލަ ބޭއްވީ އާސިފް ނަމަކަށް ކިޔާ ފުލުހެއް ކަމަށާއި އެކަމަށް ހެކިބަސް ދޭނެ ހެކިން އެބަތިބި ކަމަށް ނާޒިމްގެ ވަކީލް ސުޕްރީމް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

14 ޖޫން

June 14, 2016 33
އަލީ ހަމީދު އުމުރު ހަގުކުރި މައްސަލަ އޭސީސީން ނުބެލި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އުމުރު ހަގު ކުރައްވައި އައިޑީ ކާޑު ބަދަލުކުރެއްވި ކަމަށް ބުނާ މައްސަލަ ނުބަލައި، އެ މައްސަލަ ފުލުހަށް ހުށަހެޅުމަށް އޭސީސީން އަންގާފައިވާ ކަން...

June 14, 2016 15
ނަޖީބް މަރާލީ މުއްރަތު ކަމާ މެދު ޝައްކު: ވަކީލް

ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ އަހުމަދު މުއްރަތަކީ ނަޖީބްގެ ހަގީގީ ގާތިލް ކަމާ މެދު ޝައްކުތަކެއް އެބަހުރި ކަމަށް އޭނާގެ ވަކީލް...

13 ޖޫން

June 13, 2016 7
ހުމާމް އެއްބަސްވީ ބިރު ދެއްކުމުން، އޭގެ ހެއްކެއް ނެތް

ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލާގައި މަރަން ހުކުމްކޮށްފައިވާ ހުސައިން ހުމާމް އެކަމަށް ކޯޓުގައި އެއްބަސްވީ މަޖުބޫރު ކޮށްގެން ކަމަށާއި އެކަމަކު އެކަން ސާބިތު ކޮށްދެވޭނެ ހެއްކެއް ނެތް ކަމަށް ހުމާމްގެ ވަކީލު ސުޕްރީމް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

12 ޖޫން

June 12, 2016 4
ނާޒިމްގެ އިސްތިއުނާފް ބުދަ ދުވަހު ފަށަނީ

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިސްތިއުނާފް ޝަރީއަތް އަންނަ ބުދަ ދުވަހު ފަށަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

09 ޖޫން

June 09, 2016 8
ނަބީލަށް މަރުގެ ހުކުމް އިއްވީ ގޯސް ހެއްކަށް ބިނާކޮށް

ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް މުހައްމަދު ނަބީލު މަރަން ދަށު ކޯޓާއި ހައި ކޯޓުން ހުކުމްކޮށްފައިވަނީ ގާނޫނާ ޚިލާފް ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް އޭނާގެ ވަކީލު އަލީ ޝާހު ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

08 ޖޫން

June 08, 2016 3
ހައްޔަރުކުރީ ވަޒީފާ ގެއްލުވާލަން: ތިނަދޫ ގާޒީ

މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ މަހުގެ ފަހުކޮޅު ހައްޔަރުކުރި ގދ. ތިނަދޫ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ހައްޔަރު ކުރުމަކީ ފުލުހުން ރާވައިގެން ކުރި ކަމެއް ކަމަށާއި މަސްތުވާއެއްޗެއް އެތެރެކުރި ކަމަށް ބުނެ ކުރިން ވެސް އޭނާ ހައްޔަރުކުރި ކަމަށް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

07 ޖޫން

June 07, 2016 9
ތިނަދޫ ގާޒީގެ މައްސަލަަަ ސުޕްރީމް ކޯޓުގެ ފުލް ބެންޗަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ގދ. ތިނަދޫ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ދޫކޮށްލަން ހައި ކޯޓުން އަމުރުކުރި މައްސަލައިގެ އިސްތިއުނާފް މައްސަލަ ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލަން ނިންމައި، އެ މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ހަމަޖައްސައިފި އެވެ.

31 މެއި

May 31, 2016 5
ތިނަދޫ ގާޒީ ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ދޫކޮށްލަން ހައި ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

30 މެއި

May 30, 2016 3
ސުޕްރީމް ކޯޓުން ހުށަހެޅި ގޮތަށް ގާޒީން ބަދަލުކުރަނީ

ސުޕީިރިއާ ކޯޓުގެ ހަތް ފަނޑިޔާރަކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އެހެން ކޯޓުތަކަށް ބަދަލުކޮށްފި އެވެ.

May 30, 2016 9
ދަށު ކޯޓުތަކުގެ ހަތް ފަނޑިޔާރަކު އެހެން ކޯޓުތަކަށް

ސުޕީރިއާ ކޯޓުތަކުގެ ހަތް ފަނޑިޔާރަކު އެހެން ކޯޓުތަކަށް ބަދަލުކޮށްދިނުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސުޕްރީމް ކޯޓުން އެދިފައި ވާތީ ޖޭއެސްސީ އިން މިއަދު އެކަމާ...

29 މެއި

May 29, 2016 14
ނާޒިމް ހޯދީ އާ ހެއްކެއް ނަމަ މައްސަލަ އަލުން ބަލަނީ

މިނިސްޓަރު އުމަރު ގަބޫލުކުރައްވާ ގޮތުގައި ނާޒިމަކީ "ހީރޯއެއް". އޭނާގެ ފަރާތުން ހޯދީ އާ ހެއްކެއް ނަމަ މައްސަލަ އަލުން ތަހްގީގްކޮށް، ދައުލަތުގެ ބޮލުގައި އަޅުވާފައިވާ ބަދުނާމުން ސަލާމަތްވާންޖެހޭ ކަމަށް މިނިސްޓަރު ދެކެވަޑައިގަންނަވާ.

23 މެއި

May 23, 2016
ފަނޑިޔާރު ޝުޖާއު ހައި ކޯޓުގެ ދެކުނު ގޮތްޕަށް

ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު އެ ކޯޓުގެ ދެކުނު ގޮތްޕަށް ބަދަލުކޮށްފި އެވެ.

May 23, 2016
ނާޒިމްގެ މައްސަލަ އަނެއްކާވެސް ސުޕްރީމް ކޯޓަށް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ނާޒިމްގެ ފަރާތުން އަނެއްކާ ވެސް ސުޕްރީމް ކޯޓަށް ހުށަހަޅަައިފި އެވެ.

19 މެއި

May 19, 2016
ނާޒިމްގެ ކޮޓަރިއަށް ފިސްތޯލަ ލި މީހާ ހޯދިއްޖެ: ވަކީލް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރީގައި ފިސްތޯލަ ބޭއްވީ ކާކުކަން ހޯދިފައިވާ ކަމަށާއި ނާޒިމްގެ އިސްތިއުނާފް ޝަރީއަތުގައި ސުޕްރީމް ކޯޓަށް އެ މީހާ ހާޒިރުކުރަން އެދޭނެ ކަމަށް ނާޒިމްގެ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.

15 މެއި

May 15, 2016
މީޑިއާގެ މިނިވަން ކަމަށް ޖުޑިޝަރީން އިހްތިރާމް ކުރަންޖެހޭ: އުއްތަމަ ފަނޑިޔާރު

ޝަރުއީ ދާއިރާ އިން މީޑިއާ އަށް އިހްތިރާމް ކުރަންޖެހޭ ކަމަށާއި މީޑިއާގެ މިނިވަންކަން ދަމަހައްޓަން ޝަރުއީ ދާއިރާ އިން މަސައްކަތް ކުރަންޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.