08 އޮކްޓޯބަރ

October 08, 2020 1
އަލިބެ މާފަށް އެދެން ޓީޓީ އެސޯސިއޭޝަނުން އަންގައިފި

ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ)ގެ މައްސަލައެއް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ބެލުމަށް ފަހު އޭނާ އަށް ނަސޭހަތްތެރިވެ މާފަށް އެދެން އަންގައިފި އެވެ.

08 ސެޕްޓެމްބަރ

September 08, 2020 5
ޓީޓީގެ އިންތިހާބު އަލީ ރަޝީދު ކާމިޔާބުކުރައްވައިފި

ވާދަވެރިކަމަށް ފެނުނު ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ އިންތިހާބުގައި ބޮޑު ތަފާތަކުން ތޯހާ ސަލީމް ބަލިކޮށް މިހާރުގެ ރައީސް އަލީ ރަޝީދު (އައްޔަ) ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި އެވެ.

07 ސެޕްޓެމްބަރ

September 07, 2020 6
ޓީޓީގެ އިންތިހާބު ފަސްކުރުމުގެ އަމުރެއް ނުދިން

މާދަމާ ބާއްވަން ތާވަލު ކޮށްފައިވާ ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ އިންތިހާބު ފަސްކޮށްދިނުމުގެ އަމުރަކަށް ކުރީގެ ކުޅުންތެރިޔާ އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) އެދުނަސް ސިވިލް ކޯޓުން އެ އަމުރެއް ނުދިނެވެ.

02 ސެޕްޓެމްބަރ

September 02, 2020 24
ޓީޓީގެ ލީޑާޝިޕަށް އައްޔަ/ޝިއުރީގެ ޕެއާ ކުރިމަތިލައިފި

ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ކުރިއަށް އޮތް ދައުރުގެ ރައީސަކަށް، މިހާރުގެ ރައީސް އަލީ ރަޝީދު (އައްޔަ) އަދި ނައިބަކަށް ކުރީގެ ޓީޓީ ޗެމްޕިއަން އިބްރާހިމް ޝިއުރީގެ ޕެއާ ވާދަކުރަން ނިންމައިފި އެވެ.

12 މެއި

May 12, 2019
އަނިޔާވެ ރަފާ ކުޅުމާ ދުރަށް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޯމަތީގައި އޮއްވާ، ގައުމީ ޓޭބަލް ޓެނިސް ޓީމުގެ މުހިއްމު ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމްގެ ފަޔަށް ހާނިއްކަވެ، ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

21 މާޗް

March 21, 2019 7
ޓީޓީ ޓީމު ތައްޔާރުކުރުމަށް އިންޑިއާ އެކެޑެމީއެއްގެ އެހީ

މި އަހަރުގެ ޖުލައި މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ގައުމީ ޓޭބަލް ޓެނިސް ޓީމު ތައްޔާރުކުރުމަށްޓަކައި އިންޑިއާގެ އެންމެ ވަރުގަދަ އެއް ޓީޓީ އެކަޑަމީ ކަމަށްވާ ޕިނޭކަލް އެކަޑަމީއާ އެކު ޓީޓީ އެސޯސިއޭޝަނުން އެއްބަސްވުމެއް ހަދައިފި އެވެ.

19 މާޗް

March 19, 2019
ޓީޓީ ހޯލަށް ބަދަލުތައް ގެނެސް، އައިއޯއައިޖީގެ ތަމްރީންތައް ފަށައިފި

ޗައިނާގެ ކުންފުންޏެއްގެ އިޖްތިމާއީ ޒިންމާގެ ދަށުން، ގައުމީ ޓޭބަލް ޓެނިސް ހޯލަށް ޖާގަ އާއި ވަސީލަތްތަކުން ބަދަލު ގެނެސް އަލުން އިއްޔެ ހުޅުވައި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ތަމްރީންތައް ފަށައިފި އެވެ.

24 އެޕްރީލް

April 24, 2017 5
ޝަވީދާއި މަރުޒޫގަށް އޮޓޯމެޓިކުން މަގާމް ކަށަވަރުވެއްޖެ

ވާދަކުރާނެ އިތުރު ކެންޑިޑޭޓެއް ނެތުމުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްގެ މަގާމަށް ދެ ވަނަ ދައުރަކަށް، އެފްއޭއެމްގެ ފަރާތުން ކުރިމަތިލެއްވި މުހައްމަދު ޝަވީދު އަދި ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ތިން ވަނަ ދައުރަކަށް، ސާފިން އެސޯސިއޭޝަނުގެ ފަރާތުން ކުރިމަތިލެއްވި އަހުމަދު މަރުޒޫގު (މަރޭ) އިންތިހާބުވެވަޑައިގެންފި އެވެ.

23 ޖޫން

June 23, 2016 2
ޓީޓީގެ ރައީސަކަށް އައްޔަ ކުރިމަތިލައްވައިފި

ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް އެ އެސޯސިއޭޝަނުގެ ނައިބް ރައީސް އަދި ކުރީގެ ކުޅުންތެރިޔާ އަލީ ރަޝީދު (އައްޔަ) ކުރިމަތިލައްވައިފި އެވެ.