05 ޑިސެމްބަރ

December 05, 2019 5
އިންކަމް ޓެކްސް ދައްކަން އޯކޭ، އެކަމަކު ސުވާލުތަކެއް!

އެކަކު ބުންޏެވެ؛ "އިންކަމް ޓެކްސް ދައްކަން ތައްޔާރެވެ! އެކަމަކު މިކަންކަން ވާނެ ހެއްޔެވެ؟"

27 ނޮވެމްބަރ

November 27, 2019 24
އިންކަމް ޓެކްސްގެ އަދަދު ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި

އިންކަމް ޓެކްސް ނަގާ އާމްދަނީގެ އެންމެ ދަށް ސީލިންގެ ގޮތުގައި 60،000ރ. ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލިހުގެ މުޅި ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

19 ނޮވެމްބަރ

November 19, 2019 4
އިންކަމް ޓެކްސްގެ ބިލް ކޮމިޓީ އަށް

އާމްދަނީން ޓެކްސް ނެގުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމަށް ފަހު، އެ ބިލް އިތުރަށް ދިރާސާ ކުރުމަށް ކަމާ ގުޅޭ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

28 އޮކްޓޯބަރ

October 28, 2019 24
ޓެކްސް ނަގަންޖެހޭނީ ވިޔަފާރިތަކަށް ދަތިނުވާ ގޮތަށް

ސަރުކާރުން ޓެކްސްތައް ނަގަން ޖެހޭނީ ވިޔަފާރިތަކަށް ދަތިނުވާ ގޮތަށާއި ވިޔަފާރިތައް ކުރިއަރާނެ ނިޒާމެއް ސަރުކާރުން ގާއިމުކޮށްދޭ ގޮތަށް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.

15 އޮކްޓޯބަރ

October 15, 2019 60
"އާމްދަނީ ލިބޭ އެންމެންގެ އަތުން ޓެކްސް ނަގަންޖެހޭނެ"

އާމްދަނީ ލިބޭ އެންމެންގެ އަތުން ތަފާތު ކުރުމެއް ނެތި އިންކަމް ޓެކްސް ނަގަން ޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

13 އޮކްޓޯބަރ

October 13, 2019 8
ދެން އޮތީ އިންކަމް ޓެކްސް! އެކަމަކު އެސުވާލެއް ނާހަން

އިންކަމް ޓެކްސް ތައާރުފް ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. މިއީ ނޭނގި ހުއްޓާ، ހުޅަނގުގެ ގަދައިގައި އިރު ދަށުން ނެގި ވިލާގަނޑެއް ނޫނެވެ. މިއީ ބަލަން ތިއްބާ، ހެދެމުން ދިޔަ ވިލާތަކެކެވެ. ވިލާގަނޑު ހިފަހައްޓައިފައި ހުރީ ދިޔަވަރު ހިކި ވަގުތު ކަމުންނެވެ. ދިޔަވަރު ފޫދޭން ޖެހުމުން، ވިއްސާރައަށް މިހާރު މިވަނީ ތައްޔާރު ވެފަ އެވެ. ކެރީގެ...

03 އޮކްޓޯބަރ

October 03, 2019 16
މީރާގެ ދައުރު ކުޑަކުރަން އެކްޝަން ޕްލޭންގައި ހިމަނައިފި

ދައުލަތުުގެ ޓެކްސް އިދާރާ މީރާގެ ދައުރު، ޓެކްސްއާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި މިހާރަށް ވުރެ ކުޑަކޮށް ފިނޭންސް މިނިސްޓްރީ އަށް އެ ބާރުތައް ދިނުމަށް މި ސަރުކާރުގެ ފަސް އަހަރު ދުވަހުގެ އެކްޝަން ޕްލޭން ގައި ހިމަނައިފި އެވެ.

03 އޯގަސްޓް

August 03, 2019 71
އެނބުރި އައިސް މިތިބީ އިންކަމް ޓެކްސް ނަގަން: ނަޝީދު

ރާއްޖޭގެ ވެރިކަމަށް އެމްޑީޕީން އެނބުރި އައިސް މިތިބީ އަމިއްލަ ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

18 މާޗް

March 18, 2019 16
ޓެކްސް ފިޔަވައި އެހެން ކަންކަން ހުށަހެޅޭ ގޮތް ހަދައިފި

ޓެކްސްއެއް ނެގުމަށް ނުވަތަ ޓެކްސްއެއް އުނިކުރުން ފިޔަވައި ދައުލަތުގެ މާލިއްޔަތަށް ބަދަލު އަންނަ އެހެން ކަންކަން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް މަޖިލިހަށް ހުށަހެޅޭ ގޮތަށް މަޖިލިހުގެ ގަވައިދަށް މިއަދު ބަދަލު ގެނެސްފި އެވެ.

20 އޯގަސްޓް

August 20, 2018 101
އިންކަމް ޓެކްސް ނަގާނަން: އިބޫ

މުއްސަދިންނާއި ފަގީރުންގެ ފަރަގު ކުޑަކުރުމަށްޓަކައި އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި އިންކަމް ޓެކްސް ނަގަން ފަށާނެ ކަމަށް އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

19 އޯގަސްޓް

August 19, 2018 24
އިންކަމް ޓެކްސް ނަގައިދޭނެ މީހަކު އެބަ ހުރިބާ؟

ބޮޑެތި އާމްދަނީ ލިބޭ މީހުންނާއި މުއްސަނދިންގެ އަތުން އިންކަމް ޓެކްސް ނަގަން އާއްމުން ކިތަންމެހާ ވެސް ބޭނުމެވެ. އެކަމަކު ރާއްޖޭގައި އެކަން ކޮށްފާނެ ހެއްޔެވެ؟ މާޒީގެ ތަޖުރިބާ އަށާއި މި ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ބެލިޔަސް އެނގެނީ އިންކަމް ޓެކްސްއާ މެދު އުއްމީދެއް ނެތް ކަމެވެ.

17 އޯގަސްޓް

August 17, 2018 82
އިންކަމް ޓެކްސް ދައްކަން ތައްޔާރު: އާދަމް މަނިކު

ޕާސަނަލް އިންކަމް ޓެކްސް ދެއްކުމަކީ ރާއްޖެ އެހެން ހަރުފަތަކަށް ގެންދެވެން އޮތް ހަމައެކަނި މަގު ކަމަށާއި އެ ޓެކްސް ދައްކަވަން ތައްޔާރަށް ހުންނެވި ކަމަށް ސީޕްރިއާ ހޮޓެލްސްގެ އެއް ހިއްސާދާރު އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ނައިބު މައިޒާން އާދަމް މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

10 އެޕްރީލް

April 10, 2017 4
ސައުދީގައި އާމްދަނީ ޓެކްސް، ކުންފުނީގެ ޓެކްސް ނުނަގާނެ

ރިޔާޒް (އެޕްރީލް 10) - ސައުދީ އަރަބިއާގެ އިގްތިސާދަށް އިސްލާހީ ބަދަލުތައް ގެންނަން ފަށާފައިވާ ޕްރޮގްރާމުގެ ދަށުން އާމްދަނީގެ ޓެކްސް އާއި ސައުދީ ކުންފުނިތަކުގެ ފައިދާ އިން ޓެކްސް ނަގަން ނިންމާފައި ނުވާ ކަމަށް އެ ގައުމުގެ ފިނޭންސް މިނިސްޓަރު މުހައްމަދު އަލް ޖަދާން ވިދާޅުވެއްޖެ އެވެ.

15 ނޮވެމްބަރ

November 15, 2016 36
އިންކަމް ޓެކްސް ނަގަން ޕީޕީއެމްގެ މެމްބަރުން ތާއީދު

ދިވެހިންގެ މެދުގައި އޮތް މުއްސަނދިންނާއި ފަގީރުންގެ ތަފާތު ކުޑަ ކުރުމަށް އިންކަމް ޓެކްސް ނަގަން ތާއީދު ކުރައްވާ ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ބައެއް މެމްބަރުން އިއްޔެ ވިދާޅުވެއްޖެ އެވެ.

14 ނޮވެމްބަރ

November 14, 2016 43
އިންކަމް ޓެކްސް ނަގަން ގަވަރުނަރު އަޒީމާ ގޮވާލައްވައިފި

ދިވެހިންގެ މެދުގައި އޮތް އާމްދަނީގެ ފަރަގު ކުޑަކުރެވޭނީ އިންކަމް ޓެކްސް ނަގައިގެން ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޒީމާ އާދަމް ރޭ ވިދާޅުވެއްޖެ އެވެ.

10 ނޮވެމްބަރ

November 10, 2016 14
ޓެކްސް ނިޒާމަށް ބަދަލު ގެންނާނީ ލޮޅުން ނާރާ ގޮތަށް

ރާއްޖޭގައި އޮތީ ކުރިއަރާ ޓެކްސްގެ ނިޒާމެއް ކަމަށާއި އެ ނިޒާމަށް ބަދަލުތަކެއް ގެންނާނީ ވިޔަފާރިތަކަށް ލޮޅުން ނާރާނެ ގޮތަކަށް ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.