02 ޖެނުއަރީ

January 02, 2018 2
ސައުދީ އާއި ޔޫއޭއީން ޓެކްސް ނަގަން ފަށައިފި

އަރަބި ދުނިޔޭގެ އެންމެ ތަނަވަސް ދެ ގައުމުގެ ގޮތުގައި ފާހަގަ ކުރެވޭ ސައޫދީ އަރަބިއްޔާ އާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން، މުދަލާއި ހިދުމަތުގެ އަގުން އަލަށް ޓެކްސް ނަގަން ފަށައިފި އެވެ.

28 ޑިސެމްބަރ

December 28, 2017 19
މުސާރަ ޖަމާ ނުކުރާ ނަމަ ކުރާ ޖޫރިމަނާ ފަސްކޮށްފި

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާނުކުރާ ފަރާތްތައް ޖޫރިމަނާ ކުރަން ފެށުން އަނެއްކާވެސް އިތުރު ހަ މަހަށް ފަސްކޮށްފި އެވެ.

December 28, 2017 24
ދައުލަތުގެ ހަރަދަށް ވުރެ އާމްދަނީ ކުޑަކޮށް އިތުރުވެއްޖެ

މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް މިއަހަރުގެ ތެރޭގައި ކުރި ޚަރަދާއި ލިބުނު އާމްދަނީ އަށް ބަލާއިރު ދައުލަތުގެ ހަރަދަށްވުރެ އާމްދަނީ ކުޑަ ތަންކޮޅެއް އިތުރުވެއްޖެ އެވެ.

27 ޑިސެމްބަރ

December 27, 2017 6
ބޭރުގެ ވިޔަފާރިތައް ރަޖިސްޓަރީ ކުރިތޯ ބަލަން އެދެފި

ރާއްޖޭގައި ވިޔަފާރިކުރާ ބޭރުގެ ފަރާތްތަކާ މަސައްކަތް ހަވާލު ކުރާއިރު އެއީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއް ކަން ކަށަވަރު ކުރުމަށް އެ އިދާރާއިން މިއަދު އިލްތިމާސްކޮށްފި އެވެ.

22 ޑިސެމްބަރ

December 22, 2017 4
ޓެކްސްގެ ގޮތުގައި 2.8 މިލިއަން ދައްކަން ހުކުމްކޮށްފި

ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 2.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކަން ހަތަރު ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

11 ޑިސެމްބަރ

December 11, 2017 4
ދައުލަތަށް މިދިޔަ މަހު 910 މިލިއަން ރުފިޔާ ލިބިއްޖެ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް 910 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

06 ޑިސެމްބަރ

December 06, 2017 6
ޓެކްސްގެ ނުދައްކާ ހަތް ފަރާތެއްގެ މައްސަލަ ކޯޓަށް

ދައުލަތަށް ޓެކްސް ނުދައްކާ ހަތް ފަރާތެއްގެ މައްސަލަ މޯލްޑިވްސް އިންލެންޑް ރެވެެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

04 ޑިސެމްބަރ

December 04, 2017 1
ޓެކްސް ނުދެއްކުމުން ލައިސަންސް އާކޮށްނުދީ ހިފެހެއްޓޭނެ

ދައުލަތަށް ދައްކަންޖެހޭ ޓެކްސް ނުދައްކާ އޮތް ކުންފުންޏަކުން ދުއްވާ ސަފާރީއެއްގެ އޮޕަރޭޓިން ލައިސަންސް އާކޮށް ނުދޭން ޓޫރިޒަމް މިނިސްޓްރީން ނިންމި ނިންމުން ރަނގަޅު ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

21 ނޮވެމްބަރ

November 21, 2017 18
ޓެކްސްއާ ގުޅޭ ގާނޫނުތައް ފާހެއް ނުވާނެ: ޝަރީފް

ސަރުކާރުން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، ފާސްކުރަން ތައްޔާރުވާ ޓެކްސްއާ ގުޅޭ ގާނޫނުތައް ފާސްނުވާނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އިއްޔެ ޗެލެންޖު ކުރައްވައިފި އެވެ.

20 ނޮވެމްބަރ

November 20, 2017 15
ބީޕީޓީ ނަގާ މިންގަނޑަށް އުޅެނީ ބަދަލުގެންނަން: އަމީތު

ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް، ބީޕީޓީ ނަގާ ވިޔަފާރިތައް އިތުރު ކުރުމަށް އެ މިންގަނޑަށް ބަދަލު ގެންނަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

13 ނޮވެމްބަރ

November 13, 2017 1
މިދިޔަ މަހު ދައުލަތަށް 983 މިލިއަން ރުފިޔާ ލިބުނު

މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 983 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

09 ނޮވެމްބަރ

November 09, 2017 1
ޕެރަޑައިސް ޕޭޕާސް: ލީކުކޮށްލި ލިސްޓުގައި ހިމެނެނީ ކޮން ބައެއް؟

ލަންޑަން (ނޮވެމްބަރު 9) - ގައުމުން ބޭރުގައި ވިޔަފާރި ހިންގާ ވިޔަފާރިވެރިންނާއި ސިޔާސީ މީހުން އަދި ސެލެބްރިޓީންގެ ނަންތައް ހިމެނޭ ގޮތަށް މިފަހަރު ވަނީ 13.4 މިލިއަން ސިއްރު އިލެކްޓްރޯނިކް ޑޮކިއުމެންްޓް ލީކުކޮށްލައިފަ އެވެ. ޕަބްލިކް ޑޮމެއިންނަށް މި މަހު 5 ވަނަ ދުވަހު ދޫކޮށްލި މައުލޫމާތު ޖަރުމަނުގެ ނޫހަކަށް ފޯރުކޮށްދިނީ އެޕަލްބީ ކިޔާ...

26 އޮކްޓޯބަރ

October 26, 2017 12
ޓެކްސްއާ ގުޅޭ ކަމެއްގައި 43 މެމްބަރުން ތިބެންޖެހޭނެ

ޓެކްސްއާ ގުޅޭ ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސް ކުރަން ބޭނުންނަމަ، 43 މެމްބަރުން މަޖިލީހުގައި ތިއްބަވަން ޖެހޭނެ ކަމަށް މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

18 އޮކްޓޯބަރ

October 18, 2017 2
ހުއްދަނެތް ޓެކްސް އެޖެންޓުންނާ މެދު ސަމާލުވޭ!

ހުއްދަނެތި ޓެކްސް އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކާ މެދު ސަމާލުވުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިލްތިމާސްކޮށްފި އެވެ.

17 އޮކްޓޯބަރ

October 17, 2017 9
އޮންލައިންކޮށް ޓެކްސް ދައްކާ އުސޫލަށް ބަދަލު ގެނެސްފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އޮންލައިންކޮށް ފައިސާ ދައްކަން ލާޒިމްވާ ފަރާތްތަކުގެ ޖޫރިމަނާ ލުއިކޮށް ނުދޭ ގޮތަށް މީރާ އިން ހަމަޖައްސައިފި އެވެ.

12 އޮކްޓޯބަރ

October 12, 2017 3
މީރާ މެދުވެރިކޮށް، މިދިޔަ މަހު ލިބުނު އާމްދަނީ ދަށަށް

މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ ލިބުނު އާމްދަނީ ދަށްވެއްޖެ އެވެ.

09 އޮކްޓޯބަރ

October 09, 2017 5
ޓެކްސް ނުދައްކައިގެން 12 ފަރާތެއްގެ މައްސަލަ ކޯޓަށް

ދައުލަތަށް ޓެކްސް ނުދައްކާ 12 ފަރާތެއްގެ މައްސަލަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

02 އޮކްޓޯބަރ

October 02, 2017 46
އާމްދަނީ ހޯދަން ހިމެނި ގިނަ ކަންކަން ބިލާހަކަށް!

ފާއިތުވި ދެ އަހަރު ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އާއި އެ ނޫން ކަންތައްތަކުން ދައުލަތަށް އެތައް ބިލިއަން ރުފިޔާއެއް ލިބޭނެ ކަމަށް ހިމަނާފައި އޮވެ އެވެ. ނަމަވެސް އެ ދެ އަހަރު ވެސް ނިމިދިޔައީ އެއިން ކަމެއް ހާސިލްނުވެ ހުސް އަތާ އެވެ.

01 އޮކްޓޯބަރ

October 01, 2017 3
ދުންފަތާއި އެނާޖީ ޑްރިންކުގެ ޓެކްސް ޔޫއޭއީން ބޮޑުކޮށްފި

ދުބާއީ (އޮކްޓޯބަރު 1) - ދުންފަތާއި އެނާޖީ ޑްރިންކުގެ ޓެކްސް ދެގުނަ ބޮޑު ކުރަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ނިންމައިފި އެވެ.

26 ސެޕްޓެމްބަރ

September 26, 2017 1
އިންފްލޭޝަން 4.2 ޕަސެންޓް މައްޗަށް ހިނގައްޖެ

މިދިޔަ އަހަރުގެ ފަހު ކުއާޓަރުން ފެށިގެން މިއަހަރުގެ ދެވަނަ ކުއާޓަރާ ހަމަޔަށް ރާއްޖޭގެ އިންފްލޭޝަން މަތިވެފައިވާ ކަމަށާއި، ދެވަނަ ކުއާޓަރުގައި އިންފްލޭޝަން 4.2 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

19 ސެޕްޓެމްބަރ

September 19, 2017 15
ހުކުމާ އެއްގޮތަށް ޓެކްސް ނުދެއްކި ބަޔަކު ގޭ ބަންދަށް

ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ހުކުމާ އެއްގޮތަށް ނުދެއްކި ދެ މީހަކު އެއް މަހަށް ގޭ ބަންދުކުރަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.