21 ޖޫން

June 21, 2019 5
އީގަލްސް އަތުން ޓީސީ ފަހު ވަގުތު ސަލާމަތްވެއްޖެ

އިތުރު ވަގުތުގައި ނޭޕާލްގެ ފޯވާޑް ބިމާލް ގާތީ މަގަރް ޖެހި ގޯލުން ކްލަބް އީގަލްސް ކައިރިން ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބް ބަލިނުވެ ސަލާމަތްވެއްޖެ އެވެ. މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

20 ފެބުރުއަރީ

February 20, 2019 1
އީގަލްސް އިން ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ 1-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް އީގަލްސް އިން ހަތަރު ވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

16 ފެބުރުއަރީ

February 16, 2019
ޔޫތު ޗެމްޕިއަންޝިޕް: ސެމީ އަށް ޓީމުތައް ތައްޔާރުވެފައި

ޒުވާން ކުޅުންތެރިން އުފެއްދުމުގެ މަގުސަދުގައި އެފްއޭއެމުން ކުރިއަށްގެންދާ 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލް މެޗުތަކަށް މިއަދު އޮންނައިރު، މުބާރާތުގައި މިހާތަނަށް ވެސް ވަނީ ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިންތަކެއް ވަނީ ފެނިގެން ގޮސްފަ އެވެ. މުބާރާތުގެ ފަހު ތިން މެޗު ކުރިއަށް އޮތްއިރު، މި ތިން މެޗު ވެސް...

25 ޑިސެމްބަރ

December 25, 2018 14
އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ ޖޫން މަހު؟

އަންނަ އަހަރުން ފެށިގެން ފުޓްބޯޅަ ސީޒަން ޖޫން މަހު ފަށަން އެފްއޭއެމުން ހުށަހެޅި ހުށަހެޅުމަށް ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކުން ތާއީދުކޮށްފި އެވެ.

01 ޑިސެމްބަރ

December 01, 2018 12
ޗެމްޕިއަން ޓީސީން ލީގުގެ އައްޑަނަ އުފުލާލައިފި

ފޯރިގަދަ ކުޅުމެއް ފެނުނު މެޗުން ފަހު މިނިޓްގައި އިޝާން އިބްރާހިމް (ސައްޓު) ވައްދާލި ގޯލުން ކްލަބް އީގަލްސްއާ 4-4 އިން އެއްވަރުކޮށް ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުން ފުރަތަމަ ފަހަރަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އައްޑަނަ މިރޭ އުފުލާލައިފި އެވެ.

10 ޖުލައި

July 10, 2018 12
ދަގަނޑޭގެ ގޯލުން މޮޅުވެ ޓީސީ އަލުން އެއް ވަނަ އަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މެޗު ނިމެން ނުވަ މިނިޓަށް ވެފައި ވަނިކޮށް އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ގޯލުން 1-0 އިން ކްލަބް އީގަލްސް ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް އަލުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

06 މެއި

May 06, 2018 1
ޓީސީ އާއި އީގަލްސް އަށް ޕޮއިންޓެއް

އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުން މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

08 އެޕްރީލް

April 08, 2018 2
އީގަލްސް އަތުން ޓީސީން މުހިއްމު ތިން ޕޮއިންޓް ހޯދައިފި

އެސްޓީއޯ މާލޭ ލީގުގައި މިރޭ ކުޅުނު މެޗުން ކްލަބް އީގަލްސް އަތުން 3-2 އިން މޮޅުވެ ޓީސީ ސްޕޯޓްސް ކްލަބުން މުހިއްމު ތިން ޕޮއިންޓް ހޯދައިފި އެވެ.

07 އެޕްރީލް

April 07, 2018 1
"އީގަލްސްއާ މެދު ޓީސީ ހުރިހާ ވަގުތަކު ސަމާލުވާނެ"

އެސްޓީއޯ މާލޭ ލީގުގައި މިރޭ ކްލަބް އީގަލްސްއާ ދެކޮޅަށް ނުކުންނައިރު މި މެޗުގެ ހުރިހާ ވަގުތަކު އެ ޓީމާ މެދު ޓީސީ ސްޕޯޓްސް ކްލަބުން ސަމާލުވާނެ ކަމަށް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

23 ފެބުރުއަރީ

February 23, 2018 8
ކޯޗުންނަށް ޗެލެންޖް ބޮޑު ސީޒަނެއް

ފުޓްބޯޅަ ފޯމެޓަށް މިދިޔަ އަހަރު ގެނައި ބަދަލާ އެކު އެސްޓީއޯ މާލޭ ލީގު ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބެނީ ގަދަ ހަތަރަކަށް ވުމުންނެވެ. މި ފަހަރު ޕްރިމިއާ ލީގުގެ ޖާގަ މާލޭ ލީގުގެ ގަދަ ހަޔަކަށް ލިބޭ ގޮތަށް ބަދަލުކޮށްފައިވީ ނަމަވެސް ވަކި ފޯރި ކުޑަވާނެ ކަމަށް ނުބެލެވެ އެވެ. އެންމެ ބޮޑު ގޮންޖެހުމެއް...

26 ޖުލައި

July 26, 2017 4
ޓީސީ އަށް ޒާދާއި ބަމްޕުޗް އަދި މިސްރު ކުޅުންތެރިއެއް

ދިވެހި ޕްރިމިއާ ލީގަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ޓީސީ ސްޕޯޓްސް ކްލަބުން އީގަލްސްގެ ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު ޒާދާއި ނިއު ރޭޑިއަންޓުގެ ޒުވާން ފޯވާޑް އަހުމަދު ސުހެއިލް (ބަމްޕުޗް) އަދި މިސްރުގެ މިޑްފީލްޑަރެއް ގެނެސްފި އެވެ.

19 ޖުލައި

July 19, 2017 7
ގްރީން އަށް ދެ ވަނަ، އީގަލްސް ކަޓައި ޓީސީ ލީގަށް

އެސްޓީއޯ މާލޭ ލީގުގައި ކުޅުނު ފަހު މެޗުގައި ހަވީރު ކްލަބް އީގަލްސް އަތުން 1-0 އިން މޮޅުވެގްރީންސްޓްރީޓްސް އިން ލީގުގެ ދެ ވަނަ މަގާމް ކަށަވަރުކުރިއިރު އީގަލްސް ގަދަ ހަތަރަކުން ކަޓައި ގަދަ ހަތަރެއްގެ ފަހު ޖާގަ ޓީސީ ސްޕޯޓްސް ކްލަބަށް ލިބިއްޖެ އެވެ.

10 ޖުލައި

July 10, 2017 5
އީގަލްސްއާ އެއްވަރުވެ ޓީސީ އުނދަގޫ ހާލަތަކަށް

އެސްޓީއޯ މާލޭ ލީގުގައި ރޭ ލަނޑެއް ނުޖެހި 0-0 އިން އީގަލްސްއާ އެއްވަރުވެ ގަދަ ހަތަރަކަށް އަރަން ޓީސީ ސްޕޯޓްސް ކްލަބަށް އަމިއްލަ ބާރު ގެއްލިއްޖެ އެވެ.

02 ޖުލައި

July 02, 2017 2
ގަދަ ހަތަރެއްގެ ވާދަވެރިކަން އިންތިހާގައި

އެއް ވަނަ ޑިވިޝަނުގެ ފޯމެޓަށް މި ފަހަރު އެފްއޭއެމުން ގެނައި ބަދަލާ އެކު ރާއްޖޭގެ އެންމެ މަތީ ފަންތީގެ ލީގު ކަމަށްވާ ޕްރިމިއާ ލީގުން ފުރުސަތު ލިބޭނީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ މެދުގައި ކުޅޭ މާލޭ ލީގުގެ ގަދަ ހަތަރު ޓީމަކަށެވެ. ދެ ބުރަކަށް ކުޅޭ މާލޭ ލީގުގެ ފަހު ހަތަރު މެޗަށް ޓީމުތަކުން ތައްޔާރުވަމުން އަންނައިރު، އަދި އެއްވެސް...

21 ޖޫން

June 21, 2017 1
ބޮޑު މެދުކެނޑުމުގެ ފައިދާ ނެގޭކަށް ނެތް

ގައުމީ ފުޓްބޯޅަ ޓީމަށް ވަގުތުދޭން އެސްޓީއޯ މާލޭ ލީގުގެ ކުޅުން މެދުކަނޑާލުމަށް ފަހު މާދަމާރޭ މެޗުތައް ފަށާއިރު މި ލިބުނު ބޮޑު ބްރޭކްގެ ބޭނުން އެންމެ ފުރިހަމަ އަށް މި ދަނޑިވަޅުގައި ނެގެންނެތް ކަމަށް ފުރަތަމަ ޑިވިޝަންގެ ބައެއް ކޯޗުން ބުނެފި އެވެ.

28 އެޕްރީލް

April 28, 2017
އީގަލްސް އަތުން ޓީސީ އަށް މުހިއްމު މޮޅެއް

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ވާދަވެރި ކްލަބް އީގަލްސް އަތުން ޓީސީ ސްޕޯޓްސް ކްލަބް 1-0 އިން މުހިއްމު މޮޅެއް ހޯދައިފި އެވެ.

27 އެޕްރީލް

April 27, 2017
ޓީސީއާ ދެކޮޅަށް ކުޅޭއިރު އީގަލްސް ތަފާތު ވާނެ: ނިޒާމް

ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭއިރު ކްލަބް އީގަލްސް ތަފާތު ވާނެ ކަމަށާއި އެހެންކަމުން އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަވީރު އެ ޓީމާ ދެކޮޅަށް އޮތީ ފަސޭހަ މެޗެއް ނޫން ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

17 މާޗް

March 17, 2017 7
އާ ހަ ކުޅުންތެރިޔަކާ އެކު ސްކޮޑް އިއުލާންކޮށްފި

އޭޝިއަން ކަޕް ކޮލިފައިންގައި މި މަހުގެ 28 ވަނަ ދުވަހު ފަލަސްތީނާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗަށް، މުޅިން އާ ހަ ކުޅުންތެރިޔަކާ އެކު ޕްރިލިމިނަރީ ސްކޮޑް އިއުލާންކޮށްފި އެވެ.

21 ފެބުރުއަރީ

February 21, 2017 9
ފައިސާ ލިބުން ލަސްވާތީ ކްލަބްތަކަށް އުނދަގޫތަކެއް

އެފްއޭއެމާއި ރާއްޖޭގެ ބައެއް ކުންފުނިތައް ގުޅިގެން ކްލަބްތަކަށް ދޭން ނިންމާފައިވާ ފައިސާ ލިބުން ލަސްވާތީ ކްލަބްތަކަށް މާލީ ގޮތުން ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.