02 ޖުލައި

July 02, 2017 2
ގަދަ ހަތަރެއްގެ ވާދަވެރިކަން އިންތިހާގައި

އެއް ވަނަ ޑިވިޝަނުގެ ފޯމެޓަށް މި ފަހަރު އެފްއޭއެމުން ގެނައި ބަދަލާ އެކު ރާއްޖޭގެ އެންމެ މަތީ ފަންތީގެ ލީގު ކަމަށްވާ ޕްރިމިއާ ލީގުން ފުރުސަތު ލިބޭނީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ މެދުގައި ކުޅޭ މާލޭ ލީގުގެ ގަދަ ހަތަރު ޓީމަކަށެވެ. ދެ ބުރަކަށް ކުޅޭ މާލޭ ލީގުގެ ފަހު ހަތަރު މެޗަށް ޓީމުތަކުން ތައްޔާރުވަމުން އަންނައިރު، އަދި އެއްވެސް...

21 ޖޫން

June 21, 2017 1
ބޮޑު މެދުކެނޑުމުގެ ފައިދާ ނެގޭކަށް ނެތް

ގައުމީ ފުޓްބޯޅަ ޓީމަށް ވަގުތުދޭން އެސްޓީއޯ މާލޭ ލީގުގެ ކުޅުން މެދުކަނޑާލުމަށް ފަހު މާދަމާރޭ މެޗުތައް ފަށާއިރު މި ލިބުނު ބޮޑު ބްރޭކްގެ ބޭނުން އެންމެ ފުރިހަމަ އަށް މި ދަނޑިވަޅުގައި ނެގެންނެތް ކަމަށް ފުރަތަމަ ޑިވިޝަންގެ ބައެއް ކޯޗުން ބުނެފި އެވެ.

12 މެއި

May 12, 2017 9
ފުރަތަމަ ބުރުން މާޒިޔާ އަށް ސައްތައިން ސައްތަ ރެކޯޑެއް

ކެޕްޓަން އަސަދުﷲ އަބްދުﷲގެ ދެ ލަނޑާ އެކު ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް ސައްތައިން ސައްތަ ރެކޯޑަކާ އެކު މާޒިޔާ އިން އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރު މިރޭ ނިންމާލައިފި އެވެ.

May 12, 2017 3
މާޒިޔާ ހުއްޓުވަން ޓީސީ ކެތްމަދުވެފައި

އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި މިރޭ މާޒިޔާއާ ދެކޮޅަށް ނުކުންނައިރު ޓީސީ ސްޕޯޓްސް ކްލަބަށް ލިބިފައިވާ އެންމެ ބޮޑު ހިތްވަރަކީ މާޒިޔާގެ މޮޅުވުމުގެ ސިލްސިލާ...

21 ފެބުރުއަރީ

February 21, 2017 9
ފައިސާ ލިބުން ލަސްވާތީ ކްލަބްތަކަށް އުނދަގޫތަކެއް

އެފްއޭއެމާއި ރާއްޖޭގެ ބައެއް ކުންފުނިތައް ގުޅިގެން ކްލަބްތަކަށް ދޭން ނިންމާފައިވާ ފައިސާ ލިބުން ލަސްވާތީ ކްލަބްތަކަށް މާލީ ގޮތުން ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

25 ނޮވެމްބަރ

November 25, 2016 8
މާޒިޔާ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ޓީސީ ހޯދައިފި

އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އަތުން 2-0 އިން މޮޅުވެ ޕްރެޒިޑެންޓްސް ކަޕް ފައިނަލުގެ ފަހު ޖާގަ ޓީސީ ސްޕޯޓްސް ކްލަބުން މިރޭ ހޯދައިފި އެވެ.

November 25, 2016 1
ނޮކްއައުޓް މެޗެއްގައި ފޭވަރިޓެއް ނޯންނާނެ: އަސަދުﷲ

ޓީސީ ސްޕޯޓްސް ކްލަބަކީ މި ސީޒަނުގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި ނޮކައުޓް މެޗަކަށް ނުކުންނައިރު ފޭވަރިޓެއް ނޯންނާނެ ކަމަށް މިރޭ ޕްރެޒިޑެންޓްސް ކަޕްގެ ދެ ވަނަ ސެމީ ފައިނަލުގައި...

10 ނޮވެމްބަރ

November 10, 2016 2
ނިއު، އީގަލްސް އަދި ޓީސީ އެއް ގްރޫޕަކަށް

އަންނަ އަންގާރަ ދުވަހު ފަށާ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި 2013 ވަނަ އަހަރުގެ ޗެމްޕިއަން ނިއު ރޭޑިއަންޓާއި ކްލަބް އީގަލްސް އަދި ޓީސީ ސްޕޯޓްސް ކްލަބް އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.

19 އޮކްޓޯބަރ

October 19, 2016 1
މާޒިޔާ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ޓީސީ އަށް

ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު ތިން ވަނަ ސެމީ ފައިނަލުގައި ފަހަތުން އަރައި 3-1 އިން މާޒިޔާ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ޓީސީ ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

16 އޮކްޓޯބަރ

October 16, 2016 1
ޓީސީން ފަހަތުން އަރައި ޗެމްޕިއަން މާޒިޔާ ބަލިކޮށްފި

ޝަމްވީލް ގާސިމް (ބޮންޑާ) ފަހު ވަގުތު ވައްދާލި ހިތްގައިމު ލަނޑާ އެކު ޗެމްޕިއަން މާޒިޔާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނައިގައި ޓީސީ ސްޕޯޓްސް ކްލަބުން މަގާމް ވަރުގަދަކޮށްފި އެވެ.

05 އޮކްޓޯބަރ

October 05, 2016
މާޒިޔާ ބަލިކޮށް ޔޫތު މުބާރާތުގެ އެއް ވަނަ އަށް ޓީސީ

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން މާޒިޔާ އަތުން 2-0 އިން މޮޅުވެ ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ އެއް ވަނަ އަށް އަލުން ޖެހިލައިިފި އެވެ.

18 ސެޕްޓެމްބަރ

September 18, 2016
ޔޫތު ޗެމްޕިއަންޝިޕުގެ އެއް ވަނައިގައި ޓީސީ

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ކުޅުން މެދުކެނޑުމަކަށް ފަހު މިއަދު ފަށާއިރު އެއް ވަނައިގައި މި ވަގުތު އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ.

16 ސެޕްޓެމްބަރ

September 16, 2016 1
އީގަލްސް މޮޅުވެ، މާޒިޔާއާ ގާތަށް ޖެހިލައިފި

ޓީސީ ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ ދެމެދު އޮތް ފަރަގު ކްލަބް އީގަލްސް އިން މިރޭ ހަ ޕޮއިންޓަށް ކުޑަކޮށްފި އެވެ.

25 އޯގަސްޓް

August 25, 2016
ފަހު ބުރުގެ ކުރިން: މިއީ ތިން ޓީމުގެ ރޭހެއްތަ؟

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރުގެ ކުޅުން މިއަދު ފަށާއިރު ލީގުގެ ވާދަވެރިކަން މި ފަހަރު ވަނީ މިދިޔަ އަހަރަށް ވުރެ ބޮޑުވެފަ އެވެ. ލީގު ޗެމްޕިއަންކަމަށް ތިން ޓީމެއް އަންނަނީ ވާދަކުރަމުންނެވެ. އެއީ އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް އީގަލްސް އަދި ތިން ވަނަ ޓީސީ ސްޕޯޓްސް ކްލަބެވެ.

16 ޖުލައި

July 16, 2016 2
ޓީސީ ބަލިކޮށް މާޒިޔާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް

މުހައްމަދު އުމެއިރުގެ ދެ ލަނޑާ އެކު، ވާދަވެރި ޓީސީ ސްޕޯޓްސް 2-1 އިން ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުން މިރޭ ނަގައިފި އެވެ.

29 ޖޫން

June 29, 2016 6
ވަރުގަދަ މާޒިޔާ ބަލިކޮށް ޓީސީ ދެ ވަނަ އަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވަރުގަދަ މާޒިޔާ ސްޕޯޓްސް އަތުން 3-2 އިން މޮޅުވެ ޓީސީ ސްޕޯޓްސް ކްލަބްގެ ލީގު ދެ ވަނަ އަށް ޖެހިލައިފި އެވެ.