06 ފެބުރުއަރީ

February 06, 2019 1
ޓީސީގެ ކޯޗަކަށް އާތީ ހަމަޖައްސައިފި

މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗަކަށް މި ވަގުތު ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗެއްގެ މަގާމުގައި ހުރި މުހައްމަދު އާތިފް (އާތީ) ހަމަޖައްސައިފި އެވެ.

04 ފެބުރުއަރީ

February 04, 2019 2
ފޯކައިދޫ އަތުން ފަހަތުން އަރައި ޓީސީ މޮޅުވެއްޖެ

އެފްއޭއެމް 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ފަހަތުން އަރައި ށ. ފޯކައިދޫ އަތުން 3-2 އިން މޮޅުވެ، ޓީސީ ސްޕޯޓްސް ކްލަބް މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

30 ޖެނުއަރީ

January 30, 2019 2
ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް ޓީސީ އަށް

ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަދި މިދިޔަ ދެ އަހަރު ނިއު ރޭޑިއަންޓަށް ކުޅުނު ތަޖުރިބާކާރު ކުޅުންތެރިއާ އަކުރަމް އަބްދުލް ގަނީ (އަކޫ) އެންމެ ފަހުގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.

28 ޖެނުއަރީ

January 28, 2019 3
މާޒިޔާ ދޫކޮށް އީސަ ޓީސީ އަށް ސޮއިކޮށްފި

މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކުޅުނު މިޑްފީލްޑަރު އިސްމާއިލް އީސަ (މެސީ) އެންމެ ފަހުގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.

15 ޖެނުއަރީ

January 15, 2019 8
ލީގު ހޯދައިދިނުމަށް ފަހު ނިޒާމްބެ ޓީސީން ވަކިވެއްޖެ

ޓީސީ ސްޕޯޓްސް ކްލަބުގެ ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތަކަށް ކުރިއެރުމެއް ނުލިބުމުން، އެ ކްލަބުގައި އަންނަ ސީޒަނުގައި މަޑުނުކުރާ ގޮތަށް، މިދިޔަ އަހަރުގެ އެއް ވަނަ ކޯޗު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ނިންމައިފި އެވެ.

25 ޑިސެމްބަރ

December 25, 2018 14
އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ ޖޫން މަހު؟

އަންނަ އަހަރުން ފެށިގެން ފުޓްބޯޅަ ސީޒަން ޖޫން މަހު ފަށަން އެފްއޭއެމުން ހުށަހެޅި ހުށަހެޅުމަށް ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކުން ތާއީދުކޮށްފި އެވެ.

04 ޑިސެމްބަރ

December 04, 2018 6
ޓީސީ ޗެމްޕިއަނުންގެ ސަފަށް، ތަފާތަކީ އެކުވެރި ރޫހު!

ޓީސީ ސްޕޯޓްސް ކްލަބޭ ބުނުމުން ގިނަ ބަޔެއްގެ ހަނދާނަށް ކުރިން އަންނާނީ ބައިބަލާ އެވެ. އެކަމަކު މިދިޔަ ހަތަރު އަހަރުތެރޭ އަލަށް އައިސް ފުޓްބޯޅައިގައި ފޯރިގަދަ އެންމެ ގަދަކޮށްލި އެއް ބަޔަކީ ޓީސީ އެވެ. ރާއްޖޭގެ މުބާރާތްތަކުގައި ޓީމުތަކަށް ދެއްކި ވާދަވެރި ރޫހާއި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އަށް ހޯދައިދިން ރީތި ނަން އެއީ...

03 ޑިސެމްބަރ

December 03, 2018 13
މިހާރު އެވޯޑްސް: ދަގަނޑޭ "ރަންބޫޓު" ކަށަވަރުކޮށްފި

ފުޓްބޯޅަ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އަށް "މިހާރު އެވޯޑްސް" ގައި ދޭ ރަންބޫޓް ޓީީސީ ސްޕޯޓްސް ކްލަބްގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ކަށަވަރުކޮށްފި އެވެ.

02 ޑިސެމްބަރ

December 02, 2018 1
ކިރަން: ރާއްޖެ އާއި އިންޑިއާގެ ޗެމްޕިއަން

ޓީސީ ސްޕޯޓްސް ކްލަބާ އެކު ދިރާގު ދިވެހި ޕްރިމިއާ ކާމިޔާބުކުރުމާ އެކު އެ ޓީމުގެ ނޭޕާލް ގޯލްކީޕަރު ކިރަން ޝެމްޝޮން އަށް މިވަނީ ހާއްސަ ޝަރަފެއް ލިބިފަ އެވެ. މިނެރްވާ ޕަންޖާބާ އެކު އިންޑިއާގެ އައި-ލީގު ވެސް މި އަހަރު ކާމިޔާބުކުރި ކިރަން މިވަނީ އެއް އަހަރު ތެރޭ، ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ދެ ލީގު ކާމިޔާބުކޮށްފަ އެވެ.

01 ޑިސެމްބަރ

December 01, 2018 12
ޓީސީ އިތުރަށް ފުރިހަމަކޮށްދިނީ ދަގަނޑޭ: ނިޒާމްބެ

ކާމިޔާބު ހޯދަން ޓީސީ ސްޕޯޓްސް ކްލަބުން ކުރަމުން އައި މަސައްކަތުގައި ޓީމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ އަލީ އަޝްފާގު (ދަގަނޑޭ) ކަމަށް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި...

December 01, 2018 12
ޗެމްޕިއަން ޓީސީން ލީގުގެ އައްޑަނަ އުފުލާލައިފި

ފޯރިގަދަ ކުޅުމެއް ފެނުނު މެޗުން ފަހު މިނިޓްގައި އިޝާން އިބްރާހިމް (ސައްޓު) ވައްދާލި ގޯލުން ކްލަބް އީގަލްސްއާ 4-4 އިން އެއްވަރުކޮށް ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުން ފުރަތަމަ ފަހަރަށް...

30 ނޮވެމްބަރ

November 30, 2018 6
މާޒިޔާ-ނިއު އެއްވަރުވެ، ލީގު ޗެމްޕިއަންކަން ޓީސީ އަށް

މިއަދު ހަވީރު ނިއު ރޭޑިއަންޓާ 4-4 އިން މާޒިޔާ އެއްވަރުވުމާ އެކު، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޓީސީ ސްޕޯޓްސް ކްލަބަށް ލިބި، އެ ޓީމުން ފުރަތަމަ ފަހަރަށް ފުރަތަމަ...

November 30, 2018
ޓީސީ ނުކުންނާނީ ފުރިހަމަ އިތުބާރާ އެކު: ނިޒާމްބެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު ހާލަތު އޮންނަ ގޮތުން ޕްރެޝަރު އޮތަސް ޓީސީ ސްޕޯޓްސް ކްލަބް ނުކުންނާނީ ފުރިހަމަ އިތުބާރާ އެކު...

29 ނޮވެމްބަރ

November 29, 2018 18
ދަގަނޑޭ އާއި ދިވެހި ލީގު: ޓީސީ އިންތިޒާރުގައި!

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) 2001 ވަނަ އަހަރު ކެރިއަރު ފަށައި އޭނާ ރާއްޖޭގައި ކުޅުނު އަހަރުތަކުގައި މިހާތަނަށް ބޭއްވި ދިވެހި ލީގުގެ 15 މުބާރާތުގެ ތެރެއިން 12 މުބާރާތް ކާމިޔާބުކުރި އޭނާ ކުޅޭ ޓީމެވެ. ދަގަނޑޭގެ ޖުމްލަ ހުނަރުވެރިކަމުގެ އިތުރުން މުހިއްމު މެޗުތަކުގައި ނަތީޖާ ނެރެދިނުމުގައި...

25 ނޮވެމްބަރ

November 25, 2018 2
މާޒިޔާ އިން ޓީސީ ބުރަކި ޖައްސުވައިފި

ޓީސީ ސްޕޯޓްސް ކްލަބުން ދެ ލަނޑު ޖަހައި، ދިރާގު ދިވެހި ޕްރިމިއާ ލީގު ފުރަތަމަ ފަހަރަށް ކާމިޔާބުކުރުމާ ދާދި ގާތުގައި އޮއްވާ މާޒިޔާ އިން ފަހަތުން އަރައި ހަތަރު ގޯލް ޖަހައި 4-2 އިން އެ...

November 25, 2018 4
ލީގު ކަށަވަރުކުރަން ޓީސީން މިއަދު މާޒިޔާއާ ދެކޮޅަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުން ލީގު ޗެމްޕިއަން ކަށަވަރުކޮށް ފުރަތަމަ ޑިވިޝަނުގައި ފުރަތަމަ ތަށި ހޯދަން ޓީސީ ސްޕޯޓްސް ކްލަބަށް...

23 ނޮވެމްބަރ

November 23, 2018 2
އޭއެފްސީ އަށް ނުދެވުމުން ގެއްލުން ދިވެހި ފުޓްބޯޅައަށް

އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ފުރުސަތު ރާއްޖޭގެ ކްލަބްތަކަށް ގެއްލުމުން އޭގެ ގެއްލުން ވަނީ ހަމައެކަނި ވަކި ކްލަބަކަށް ނޫން ކަމަށާއި މުޅި ދިވެހި ފުޓްބޯޅަ އަށް ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

22 ނޮވެމްބަރ

November 22, 2018 2
ދަގަނޑޭގެ ހަތަރު ގޯލާ އެކު ޓީސީ ލީގާ ގާތަށް

އަލީ އަޝްފާގު (ދަގަނޑޭ) ގެ ހަތަރު ގޯލާ އެކު ފ. ނިލަންދޫ އަތުން މިއަދު ހަވީރު 7-0 އިން މޮޅުވެ، ދިރާގު ދިވެހި ޕްރިމިއާ ލީގު ފުރަތަމަ ފަހަރަށް ކާމިޔާބުކުރުމާ ފިޔަވަޅަކާ ގާތަށް ޓީސީ ސްޕޯޓްސް ކްލަބުން ޖެހިލައިފި އެވެ.

14 ނޮވެމްބަރ

November 14, 2018 3
މަހިބަދޫ ދަނޑު ހުޅުވާ މެޗުގައި ދަގަނޑޭ އާއި އިމްރާންގެ ކުރިމަތިލުމެއް

މަހިބަދޫ ސްޕޯޓްސް ކްލަބުން އިސް ނަގައިގެން އެ ރަށުގައި އެޅި ޓާފް ޕިޗް ހުޅުވުމުގެ ގޮތުން އެ ރަށުން ހޮވާލެވޭ ޓީމަކާއި ޓީސީ ސްޕޯޓްސް ކްލަބުގެ މެދުގައި ހުކުރު ދުވަހު އެކުވެރިކަމުގެ މެޗެއް ކުޅޭ ގޮތަށް ހަމަޖައްސައިފި އެވެ.

13 ނޮވެމްބަރ

November 13, 2018
"މުބާރާތް ނެތުމުން ގެއްލުންވާނީ ކުޅުންތެރިންނަށް"

ފުޓްބޯޅަ ސީޒަނުގެ ފަހު ދެ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕާއި އެފްއޭއެމް ކަޕް ނުބާއްވަން އެފްއޭއެމުން ނިންމި ނިންމުމުގެ ސަބަބުން ކްލަބްތަކަށް ވުރެ ގެއްލުވާނީ ކުޅުންތެރިންނަށް ކަމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

12 ނޮވެމްބަރ

November 12, 2018 7
ޓީސީގައި ވެސް ދަގަނޑޭ ތަފާތު ދައްކަނީ

ސީޒަނުގެ ފޭވަރިޓުގެ ގޮތުގައި އޮތް ނިއު ރޭޑިއަންޓުގެ ކެޕްޓަންގެ ގޮތުގައި ނުކުމެ އެ ޓީމަށް އަލީ އަޝްފާގް (ދަގަނޑޭ) މި އަހަރުގެ އެސްޓީއޯ މާލޭ ލީގު ކާމިޔާބުކޮށްދިނުމާ އެކު ބެލެވުނީ، މި ސީޒަން ވެސް ވެގެންދާނީ ނޫ ޖާޒީގައި ދަގަނޑޭ ހޯދާ ކާމިޔާބީތަކަށް ބޮޅުތަކެއް އިތުރުވާނެ އަހަރެއް ކަމަށެވެ. އެކަމަކު އޭއެފްސީ ކަޕުގައި ވެސް މޮޅު ކުޅުމެއް...

08 ނޮވެމްބަރ

November 08, 2018 10
ދަަގަނޑޭގެ ގޯލުން މޮޅުވެ ޓީސީ އަށް ބޮޑު ލީޑެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އަލީ އަޝްފާގު (ދަގަނޑޭ)ގެ ގޯލުން 1-0 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަަގައިފި އެވެ.

31 އޮކްޓޯބަރ

October 31, 2018 13
ގައުމީ ޓީމު ނެގުން އިންސާފުވެރިވާން ޖެހޭ: ނިޒާމްބެ

ބައިނަލްއަގްވާމީ މެޗުތަކަށް ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު ނަގާއިރު މިހާރަށް ވުރެން ބޮޑަށް އިންސާފުވެރިވާން ޖެހޭ ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)...

October 31, 2018 2
ފޯކައިދޫ އަތުން މޮޅުވެ ޓީސީން އަލުން ލީޑުފުޅާކޮށްފި

މުހައްމަދު ސާމިރުގެ ހެޓްރިކާ އެކު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ށ. ފޯކައިދޫ އަތުން 5-1 އިން ހޯދި ބޮޑު މޮޅާ އެކު ޓީސީ ސްޕޯޓްސް ކްލަބުން ލީގުގެ އެއް ވަނައިގައި އަލުން...