14 އޮކްޓޯބަރ

October 14, 2017 3
ފުރަތަމަ މެޗަށް ފަހު ޓީސީ އެއް ވަނަ އަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ފޯރިގަދަ ކުޅުމަކަށް ފަހު ތިނަދޫ 3-2 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން އެއް ވަނަ އަށް އަރައިފި އެވެ.

23 ސެޕްޓެމްބަރ

September 23, 2017 2
ގްރީން އަތުން މޮޅުވެ ޓީސީ އަށް ތިން ވަނަ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުން މިރޭ ކްލަބް ގްރީންސްޓްރީޓްސް އަތުން 3-1 އިން މޮޅުވެ ފުރަތަމަ ބުރުގެ ތިން ވަނަ މަގާމް ޓީސީ ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.

September 23, 2017 2
ރަނގަޅު މަގާމެއް ހޯދަން ޓީސީ-ގްރީން މުހިއްމު މެޗަކަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޓީސީ އާއި ގްރީންސްޓްރީޓްސް ބައްދަލުކުރާއިރު މިއީ ފުރަތަމަ ބުރު ނިންމާލާއިރު ރަނގަޅު މަގާމެއްގައި އޮތުމަށް ދެ ޓީމަށް ވެސް ވަރަށް މުހިއްމު...

16 ސެޕްޓެމްބަރ

September 16, 2017 3
މާޒިޔާ ބަލިކޮށް ޓީސީ ދެ ވަނަ އަށް

އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާގެ މައްޗަށް 1-0 އިން ކުރިހޯދައި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް ޓީސީ ސްޕޯޓްސް ކްލަބް މިއަދު ޖެހިލައިފި އެވެ.

September 16, 2017 1
މެޗުގެ ކުރިން ޓީސީ އާއި މާޒިޔާ އަށް އުނދަގޫ ހާލަތެއް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާއިރު ދެ ޓީމަށް ވެސް ކުރިމަތިވެފައިވަނީ އުނދަގޫ ހާލަތެއް ކަމަށް އެ ދެ ކްލަބުން ބުނެފި އެވެ.

11 ސެޕްޓެމްބަރ

September 11, 2017
މާޅޮސް ބަލިކޮށް ޓީސީ ތިން ވަނަ އަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު، އެކަކު މަދުކޮށް ކުޅުނު އއ. މާޅޮސް އަތުން 3-2 އިން މޮޅުވެ ތާވަލުގެ ތިން ވަނަ އަށް ޓީސީ ސްޕޯޓްސް ކްލަބް އަރައިފި އެވެ.

22 އޯގަސްޓް

August 22, 2017 1
މިލަންދޫ ކުޅުންތެރިންނާއި ކޯޗު ނާސިރަށް ތައުރީފް ހައްގު

ށ. މިލަންދޫ ޓީމުގެ ކޯޗު މުހައްމަދު ނާސިރުގެ ރޭވުންތެރިކަމާއި އެ ޓީމުގެ ކުޅުންތެރިންގެ ކުޅުމަށް ތައުރީފް ހައްގު ކަމަށާއި އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމާ ދެކޮޅަށް މާދަމާ ހަވީރު ކުޅޭއިރު ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

19 އޯގަސްޓް

August 19, 2017
ތިނަދޫ އަތުން ޓީސީ އަށް އުނދަގޫ މޮޅެއް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ގދ. ތިނަދޫ އަތުން ޓީސީ ސްޕޯޓްސް ކްލަބް 1-0 އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

August 19, 2017 4
ތިނަދޫ ހުރިހާ ގޮތަކުން ވެސް ތަފާތު: ނިޒާމްބެ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ދ. ކުޑަހުވަދޫ އަތުން 6-1 އިން މޮޅުވި ނަމަވެސް މިއަދު ހަވީރު ގދ. ތިނަދޫއާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަނުކުރާނެ ކަމަށާއި ތިނަދޫ...

13 އޯގަސްޓް

August 13, 2017 4
ނާފިއުގެ ހެޓްރިކާ އެކު ޓީސީ އަށް ބޮޑު މޮޅެއް

ދެ ވަނަ ހާފްގައި އަލީ ނާފިއު (ކަޅޭ) ހެދި ހެޓްރިކާ އެކު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ 6-1 އިން ދ. ކުޑަހުވަދޫ އަތުން ޓީސީ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.

12 އޯގަސްޓް

August 12, 2017 1
"މިނިވަން ޗެމްޕިއަންޝިޕުގެ ޓީމުތަކާ ކުޅޭއިރު ސަމާލުވޭ"

އުރީދޫ ދިވެހި ޕްރިމިއާ ލީގަށް އަތޮޅުތަކުން އައި ޓީމުތަކާ ދެކޮޅަށް ކުޅޭއިރު ސަމާލުވާންޖެހޭ ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

26 ޖުލައި

July 26, 2017 4
ޓީސީ އަށް ޒާދާއި ބަމްޕުޗް އަދި މިސްރު ކުޅުންތެރިއެއް

ދިވެހި ޕްރިމިއާ ލީގަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ޓީސީ ސްޕޯޓްސް ކްލަބުން އީގަލްސްގެ ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު ޒާދާއި ނިއު ރޭޑިއަންޓުގެ ޒުވާން ފޯވާޑް އަހުމަދު ސުހެއިލް (ބަމްޕުޗް) އަދި މިސްރުގެ މިޑްފީލްޑަރެއް ގެނެސްފި އެވެ.

19 ޖުލައި

July 19, 2017 7
ގްރީން އަށް ދެ ވަނަ، އީގަލްސް ކަޓައި ޓީސީ ލީގަށް

އެސްޓީއޯ މާލޭ ލީގުގައި ކުޅުނު ފަހު މެޗުގައި ހަވީރު ކްލަބް އީގަލްސް އަތުން 1-0 އިން މޮޅުވެގްރީންސްޓްރީޓްސް އިން ލީގުގެ ދެ ވަނަ މަގާމް ކަށަވަރުކުރިއިރު އީގަލްސް ގަދަ ހަތަރަކުން ކަޓައި ގަދަ ހަތަރެއްގެ ފަހު ޖާގަ ޓީސީ ސްޕޯޓްސް ކްލަބަށް ލިބިއްޖެ އެވެ.

18 ޖުލައި

July 18, 2017
ވިކްޓަރީ ކަޓައި ގްރީން ސްޓްރީޓްސް ޕްރިމިއާ ލީގަށް

އެސްޓީއޯ މާލޭ ލީގުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބް އަތުން 4-1 އިން ބަލިވެ ވިކްޓަރީ ގަދަ ހަތަރަކުން ކެޓިއިރު. މި ނަތީޖާއާ އެކު ކްލަބް ގްރީން ސްޓްރީޓްސް އިން ގަދަ ހަތަރެއް ކަށަވަރުކޮށް...

July 18, 2017 2
އަހަންނަކަށް ވެސް ވަކި ޕްރެޝަރެއް ނެތް: ނިޒާމްބެ

ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ހޯދާފައިވާ ކާމިޔާބީތައް ކުރިއަށް އޮތް 15 އަހަރު މަސައްކަތްކޮށްގެން ނޫނީ ނުހޯދޭނެ ކަމަށާއި އެކަމަކު ޕްރިމިއާ ލީގަށް ވަނުމަށް ކުރާ މަސައްކަތުގައި އޭނާ އަށް...

14 ޖުލައި

July 14, 2017 2
ތަފާތު ބޮޑު މޮޅަކާ އެކު ޓީސީ އަށް އުއްމީދެއް

ޔުނައިޓެޑް ވިކްޓަރީ 6-0 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކަށް އަރައި ޕްރިމިއާ ލީގުން ޖާގަ ހޯދުމުގެ މަސައްކަތުގައި މުހިއްމު ފިޔަވަޅެއް އަޅައިފި އެވެ.

10 ޖުލައި

July 10, 2017 5
އީގަލްސްއާ އެއްވަރުވެ ޓީސީ އުނދަގޫ ހާލަތަކަށް

އެސްޓީއޯ މާލޭ ލީގުގައި ރޭ ލަނޑެއް ނުޖެހި 0-0 އިން އީގަލްސްއާ އެއްވަރުވެ ގަދަ ހަތަރަކަށް އަރަން ޓީސީ ސްޕޯޓްސް ކްލަބަށް އަމިއްލަ ބާރު ގެއްލިއްޖެ އެވެ.

09 ޖުލައި

July 09, 2017 1
އެންމެ ވާދަވެރި ކުރިމަތިލުން، ޓީސީ އަށް ފައިނަލެއް

ފާއިތުވި ދެ ސީޒަނަށް ބަލާއިރު ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ކުޅޭ މެޗުތަކަކީ އެންމެ ވާދަވެރި އެއް ކުރިމަތިލުމެވެ. އެސްޓީއޯ މާލޭ ލީގުގައި މިރޭ އީގަލްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ހުރިހާ ގޮތަކުން ބެލިޔަސް މިއީ ޓީސީ އަށް ފައިނަލެއް ކަމަށެވެ.

04 ޖުލައި

July 04, 2017 2
މާޒިޔާ ޕްރިމިއާ ލީގުން ޖާގަ ހޯދައިފި

އެސްޓީއޯ މާލޭ ލީގުގައި މިރޭ އެކަކު މަދުކޮށް ކުޅެ ޓީސީ ސްޕޯޓްސް ކްލަބާ 0-0 އިން އެއްވަރުކޮށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

03 ޖުލައި

July 03, 2017 6
"މިއީ ބަލަން ފަސޭހަ ކުޅެން އުނދަގޫ މެޗެއް"

އެސްޓީއޯ މާލޭ ލީގުގައި މިރޭ ޓީސީއާ ދެކޮޅަށް މާޒިޔާ ކުޅޭ މެޗަކީ ބަލަން ފަސޭހަވި ނަމަވެސް ކުޅެން ވަރަށް އުނދަގޫވާނެ މެޗެއް ކަަމަށް މާޒިޔާގެ މެސެޑޯނިއާ ކޯޗު މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

02 ޖުލައި

July 02, 2017 2
ގަދަ ހަތަރެއްގެ ވާދަވެރިކަން އިންތިހާގައި

އެއް ވަނަ ޑިވިޝަނުގެ ފޯމެޓަށް މި ފަހަރު އެފްއޭއެމުން ގެނައި ބަދަލާ އެކު ރާއްޖޭގެ އެންމެ މަތީ ފަންތީގެ ލީގު ކަމަށްވާ ޕްރިމިއާ ލީގުން ފުރުސަތު ލިބޭނީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ މެދުގައި ކުޅޭ މާލޭ ލީގުގެ ގަދަ ހަތަރު ޓީމަކަށެވެ. ދެ ބުރަކަށް ކުޅޭ މާލޭ ލީގުގެ ފަހު ހަތަރު މެޗަށް ޓީމުތަކުން ތައްޔާރުވަމުން އަންނައިރު، އަދި އެއްވެސް...

24 ޖޫން

June 24, 2017 6
ނިއު އިން ފަހު ވަގުތު ޓީސީ ބަލިކޮށްފި

ފޯރިގަދަ ކުރިމަތިލުމެއްގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބް ފަހު ވަގުތު 4-3 އިން ބަލިކޮށް ނިއު ރޭޑިއަންޓުން އެސްޓީއޯ މާލޭ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށް ގަދަ ހަތަރެއް ކަށަވަރުކުރުމާ ގާތަށް ޖެހިލައިފި އެވެ.

23 ޖޫން

June 23, 2017 5
ޓީސީ ފޯމުގައި، ޕްރެޝަރު އޮތީ ނިއު އަށް: ނިޒާމްބެ

އެސްޓީއޯ މާލޭ ލީގުގައި މިރޭގެ މެޗަށް ނުކުންނައިރު ޓީސީ ސްޕޯޓްސް ކްލަބް އޮތީ ރަނގަޅު ފޯމެއްގައި ކަމަށާއި އެހެން ނަމަވެސް އެ ޓީމާ ދެކޮޅަށް ނުކުންނަ ނިއު ރޭޑިއަންޓް އޮތީ ޕްރެޝަރުގައި...

June 23, 2017 5
މާޔޫސްކަމުން އަރައިގަންނަން ބޭނުންވަނީ މޮޅެއް: ޓަވަރޭޒް

އެސްޓީއޯ މާލޭ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ގްރީން ސްޓްރީޓްސް އަތުން ބަލިވުމުން ނިއު ރޭޑިއަންޓް އޮތީ ވަރަށް ބޮޑަށް މާޔޫސްވެފައިކަމަށާއި އެކަމުން އަރައިގަންނަން ބޭނުންވަނީ...

21 ޖޫން

June 21, 2017 1
ބޮޑު މެދުކެނޑުމުގެ ފައިދާ ނެގޭކަށް ނެތް

ގައުމީ ފުޓްބޯޅަ ޓީމަށް ވަގުތުދޭން އެސްޓީއޯ މާލޭ ލީގުގެ ކުޅުން މެދުކަނޑާލުމަށް ފަހު މާދަމާރޭ މެޗުތައް ފަށާއިރު މި ލިބުނު ބޮޑު ބްރޭކްގެ ބޭނުން އެންމެ ފުރިހަމަ އަށް މި ދަނޑިވަޅުގައި ނެގެންނެތް ކަމަށް ފުރަތަމަ ޑިވިޝަންގެ ބައެއް ކޯޗުން ބުނެފި އެވެ.