12 ސެޕްޓެމްބަރ

September 12, 2019 27
"ހެޔޮ ބަދަލެއް ގެންނަން މޮޅު ޓީޗަރުން އުފައްދަންޖެހޭ"

ތައުލީމީ ނިޒާމަށް ހެޔޮ ބަދަލެއް ގެންނަން ކުރަންވީ ކަމަކީ މޮޅެތި ޓީޗަރުން ތިބޭ ތަނަކަށް ހެދުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.

20 އޯގަސްޓް

August 20, 2019 12
އެޑިޔުކޭޝަންގެ ނިންމުމަކީ ހިތްހަމަޖެހުމެއް: އެސޯސިއޭޝަން

ބަންދު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރޭ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖެއްސުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ޓީޗާސް އެސޯސިއޭޝަނުން މިއަދު ބުނެފި އެވެ.

19 އޯގަސްޓް

August 19, 2019 56
ބަންދު ދުވަސްތަކުގައި ޓީޗަރުން ނުނެރެން އަންގައިފި

ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އަންގައިފި އެވެ.

08 އޯގަސްޓް

August 08, 2019 29
ޓީޗަރުންގެ މުސާރަ ބޮޑުކުރާ އޮނިގަނޑު އޮތީ ނިމިފައި

ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރަން އެކުލަވައިލަން ފެށި އާ އޮނިގަނޑުގެ މަސައްކަތް މިހާރު އޮތީ ނިމިފައި ކަމަށާއި އެ އޮނިގަނޑު ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް އެެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

25 ޖުލައި

July 25, 2019 36
"އުސޫލު ބަދަލުކުރީ ކިޔަވައިދިނުން ހަރުދަނާކުރަން"

ލީޑިން ޓީޗަރުންނާ ގުޅޭގޮތުން ނިންމި ނިންމުމަކީ ސްކޫލުތަކުގައި ކިޔަވައިދިނުމުގެ މިންގަނޑުތައް އިތުރަށް ހަރުދަނާކުރަން ގެންނަ ހެޔޮ ބަދަލެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.

15 ޖުލައި

July 15, 2019 189
ދިވެހި ޓީޗަރުން ހުސްވުމުގެ ބިރު! ހައްލަކީ ކޮބާ؟

މީގެ 15 ވަރަކަށް އަހަރު ކުރިއަށް ބަލާ ނަމަ އެންމެ ގަދަރުވެރި، މީހުންގެ އިހުތިރާމް އެންމެ ބޮޑަށް ލިބުނު އެއް ބަޔަކީ ޓީޗަރުންނެވެ. މުސާރައިގެ ގޮތުން ވެސް ޓީޗަރުންގެ ހިތްހަމަޖެހުން އޭރުގެ ނިސްބަތުން ބޮޑެވެ. ނަމަވެސް މިހާރު އެ މަންޒަރު ބަދަލު ވެއްޖެ އެވެ. އެއް ބަޔަކު ދެކޭ ގޮތުގައި ޓީޗަރުން މިހާރު ވަނީ "މަގުމަތިވެފަ" އެވެ.

04 ޖުލައި

July 04, 2019 64
މުސާރަ ބޮޑުކޮށް، އިނާޔަތް ދޭން ޕްރިންސިޕަލުން އެދެފި

ޕްރިންސިޕަލުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެނެސް އިތުރު އިނާޔަތްތައް ހަމަޖައްސައިދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމަށް މިއަދު ހުށަހަޅައިފި އެވެ.

20 ފެބުރުއަރީ

February 20, 2019 75
ޝެއިހުލް އަޒްހަރު ހުންނެވީ ކޯފާވެވަޑައިގެންފައި

އަޒްހަރު ޔުނިވާސިޓީގެ ޝެއިހުލް އަޒްހަރު، އަހުމަދު މުހައްމަދު އައްތޮއްޔިބް ހުންނެވީ މީގެ ކުރީގެ ސަރުކާރުން އެ ޔުނިވާސިޓީގެ ޓީޗަރުންނާމެދު ކަންތައް ކުރިގޮތުން ވަރަށް ބޮޑަށް ކޯފާވެފައި ކަމަށް މިސްރަށް ދިޔަ ވަފުދުން މިއަދު ބުނެފި އެވެ.

18 ފެބުރުއަރީ

February 18, 2019 2
އަރަބިއްޔާގެ ޓީޗަރުންގެ މައްސަލަ ހައްލުކުރަން މިސްރަށް

އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ ޓީޗަރުންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ މިނިސްޓަރުންގެ ފެންވަރުގެ ވަފުދެއް މިސްރަށް އިއްޔެ ވަޑައިގެންފި އެވެ.

13 ފެބުރުއަރީ

February 13, 2019 31
މޫނުބުރުގާ އަޅާތީ ވަކިކުރި ޓީޗަރުންނަށް ވަޒީފާ ދީފި

މޫނު ބުރުގާ އަޅާ މައްސަލައިގައި ވަޒީފާ އިން ވަކިކުރި ޓީޗަރުންނަށް އަލުން ވަޒީފާ ދީފި އެވެ.

13 ޖެނުއަރީ

January 13, 2019 18
އާ ކަންތައްތަކާ އެކު ތައުލީމީ އާ އަހަރު ފަށައިފި

ދޮޅު މަހަށް ވުރެ ދިގު ބޮޑު ޗުއްޓީއަށް ފަހު، 73،000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު މިއަދު ތައުލީމީ އާ އަހަރުގެ ކިޔެވުން މުޅި ރާއްޖޭގައި މި ވަނީ ފަށައިފަ އެވެ. ސަރުކާރުން ދަރިވަރުންނަށް ހިލޭ ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ވެސް މިއަދު ބައެއް ސްކޫލްތަކުގައި އިފްތިތާހުކޮށްފި އެވެ. ތާރީހީ އެ ހޭދައާ އެކު، އާ ސަރުކާރުގެ ފުރަތަމަ...

10 ޖެނުއަރީ

January 10, 2019 14
ޓީޗަރުންނާއި ވަސީލަތްތައް ވެސް ހަމަ: މިނިސްޓަރު

އަންނަ އާދިއްތަ ދުވަހު ކިޔެވުން ފެށެން ވާއިރަށް ސްކޫލުތަކަށް ޓީޗަރުންނާއި ވަސީލަތްތައް ހަމަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.