12 ފެބުރުއަރީ

February 12, 2020 84
ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު ތާށިވެފައި!

ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރުމުގެ އާ އޮނިގަނޑުގެ މަސައްކަތް ނިންމައި، ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައިވީ ނަމަވެސް، ކޮރޯނާވައިރަހާ ގުޅިގެން ދައުލަތުގެ ޚަރަދު...

February 12, 2020 27
ދަރިވަރުންނާ ބެހުނު ތުހުމަތަށް 3 ޓީޗަރަކު ސަސްޕެންޑް!

ދަރިވަރުންނަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތަށް އެއް ސްކޫލެއްގެ ތިން ޓީޗަރަކު ސަސްޕެންޑްކޮށްފި އެވެ.

31 ޑިސެމްބަރ

December 31, 2019 50
ޓީޗަރުން ހޯދުމުގެ ކަންކަން އިންޑިއާގެ ކުންފުންޏަކަށް

ރާއްޖޭގެ ސްކޫލްތަކަށް އަންނަ އަހަރަށް ބޭނުންވާ ބިދޭސީ ޓީޗަރުން ހޯދުމާ ގުޅޭ ކަންކަން ދިވެހި ސަރުކާރުން އިންޑިއާގެ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

26 ޑިސެމްބަރ

December 26, 2019 3
ހަށިގަނޑުގެ އެތެރޭގެ ގުނަަވަންތައް ކިޔައިދޭން ސޫޓެއް

ދަރިވަރުންނަށް ފިލާވަޅުތައް ނަގައިދޭ އިރު، ވީހާ ވެސް ގަޔާވާ އަދި ސިކުނޑި އަށް ނަގައި ގަންނަން ފަސޭހަ ގޮތްގޮތަށް ބައެއް ޓީޗަރުން ކުލާސްތައް ނަގައި ދިނުމަކީ ދަރިވަރުންގެ ޝައުގުވެރިކަން އިތުރުކޮށްދޭ ކަމެކެވެ. ހާއްސަކޮށް ވީހާ ވެސް މަޖާ އަދި ދަރިވަރުންނާ ވީހާ ވެސް ރަށްޓެހިކޮށް މިކަން ކުރާ ނަމަ ނަތީޖާ ރަނގަޅު ކަމަށް ދައްކަ އެވެ.

10 ޑިސެމްބަރ

December 10, 2019
ސްކޫލް ގައިޑް: ޓީޗަރުންގެ ފަރާތުން ބެލެނިވެރިންނަށް

އާއްމު ގޮތެއްގައި އިވެނީ ބެލެނިވެރިން ދަރިވަރުންނަށް ދޭ ނަސޭހަތެވެ. ނޫނީ ޓީޗަރުން ދަރިވަރުންނަށް ދޭ ފިލާވަޅުތަކުގެ ވާހަކަ އެވެ. އެކަމަކު ސްކޫލުގެ ތެރޭގައި ގިނަ ވަގުތުތަކެއް ހޭދަކުރުމަށް ފަހު، ދަރިވަރުން ގެއަށް ދިޔުމުން ދެން ބެލެނިވެރިން އަދާކުރަން ޖެހޭ ދައުރާ ގުޅޭ ގޮތުން ޓީޗަރުން ދައްކަން ޖެހޭ ވާހަކަތަކެއް ވެސް ހުރެ އެވެ....

08 ޑިސެމްބަރ

December 08, 2019 39
ރަޖިސްޓަރީ ކޮށްގެން ނޫނީ ކިޔަވައި ނުދެވޭ ބިލެއް

ސްކޫލްތަކުގައި ކިޔަވައި ދެވޭނީ ޓީޗަރެއްގެ ގޮތުގައި ރަޖިސްޓަރީވެ، ކިޔަވައި ދިނުމުގެ ލައިސަންސް ހޯދާފައިވާ މީހުންނަށް އެކަނި ކަމަށް ބަދަލުކުރަން މަޖިލީހަށް އިއްޔެ ފޮނުވައިފި އެވެ.

30 ނޮވެމްބަރ

November 30, 2019
އިންޑިއާގައި ޓީޗަރަކު ނެށުމުން ބޮޑު މައްސަލައަކަށް

އިންޑިއާގެ ރާޖަސްތާނުގެ ޖަލޯރްގައި ކުރިއަށް ގެންދިޔަ ޓީޗަރުންގެ ޓްރޭނިން ވޯކްޝޮޕެއްގެ ތެރޭގައި އަންހެން ޓީޗަރަކު ނެށި މައްސަލައަކާ ގުޅިގެން ވަޒީފާ އިން ސަސްޕެންޑްކޮށްފި އެވެ.

25 ނޮވެމްބަރ

November 25, 2019 26
ސީއެޗްއެސްއީގެ ޓީޗަރެއްގެ މައްސަލަ ބަލަނީ

ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައި މަސައްކަތްކުރާ އިސްލާމީ މުދައްރިސެއްގެ މައްސަލަ ސީރިއަސް ގޮތެއްގައި ބަލަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.

06 ނޮވެމްބަރ

November 06, 2019 12
ޓީޗަރުންގެ މުސާރައަށް ހެޔޮ ގޮތްތަކެއް ވާނެ: މިނިސްޓަރު

ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި މުސާރަ އަށް ހެޔޮ ގޮތްތަކެއް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

06 އޮކްޓޯބަރ

October 06, 2019 7
ޓީޗަރުންނަށް ބެލެނިވެރިންގެ ޝުކުރު މާމެލާމެލިން

ޖަމާލުއްދީން ސްކޫލުގެ ގޭޓު ކުރިމައްޗަށް އެރުމުން ފެނުނީ ބޮޑު މާ ބަގީޗާއެކެވެ. ފިޔާތޮއްޓާއި އޮރެންޖާއި ނޫ ކުލައިގެ އެކި ވަރުގެ މާތަކުން މުޅި ސްކޫލް އޮތީ ޒީނަތްތެރިކޮށްފަ އެވެ. ގޭޓުން ވަދެގެންދާ އިރު، ޓީޗަރުންނަށް މަރުހަބާ ކިޔަން ދެ ފަރާތުގައި ބަހައްޓާފައި ހުރީ ތަފާތު މެސެޖްތައް ލިއެފައިވާ ބޯޑުތަކެވެ. އެ ބޯޑުތަކުގައި ބެލެނިވެރިން...

05 އޮކްޓޯބަރ

October 05, 2019 10
ޒަމާނީ ޒުވާން ޓީޗަރުން އުފައްދަންޖެހޭ: ރައީސް

ތަރައްގީއާ ފައިހަމަވާ ގޮތަށް މުޖުތަމައުއެއް ހަރުދަނާވެ ކުރިއަރައި ތަރައްގީވާނީ ޒަމާނީ ތައުލީމަށް ލޯހުޅުވިފައިވާ ޒުވާން ޓީޗަރުންތަކެއް އުފައްދައިގެން ކަމަށް ކަމަށް ރައީސް...

October 05, 2019 3
ޓީޗަރުންގެ ދުވަހު، ސޯބިރާގެ ހިދުމަތުގެ ވާހަކަ

ތައުލީމީ ދާއިރާއަށް އޮންނަނީ ހާއްސަ ލޯތްބަކާއި ކުލުނެކެވެ. ކިތައްމެ ބުރަކޮށް މަސައްކަތުގައި އުޅެން ޖެހުނަސް އެކަމުގައި އުމުރުގެ ބޮޑު ބައި ހޭދަކުރެވުނީ ލިބޭ ހިތްހަމަޖެހުމަކުންނެވެ....

12 ސެޕްޓެމްބަރ

September 12, 2019 27
"ހެޔޮ ބަދަލެއް ގެންނަން މޮޅު ޓީޗަރުން އުފައްދަންޖެހޭ"

ތައުލީމީ ނިޒާމަށް ހެޔޮ ބަދަލެއް ގެންނަން ކުރަންވީ ކަމަކީ މޮޅެތި ޓީޗަރުން ތިބޭ ތަނަކަށް ހެދުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.

09 ސެޕްޓެމްބަރ

September 09, 2019 11
ޓީޗާސް ކޮންފަރެންސް: ބަދަލުތަކެއް ފެންނާނެ

ކިޔަވައިދިނުމުގައި ދިމާވާ މައްސަލަތަކާއި ގޮންޖެހުންތައް ދެނެގަނެވޭނެ އެންމެ ފަސޭހަ މަގަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ ޓީޗަރުންގެ ކޮންފަރެންސް އެވެ. ވަރަށް ފުޅާ ދާއިރާއެއްގައި، ތައުލީމަށް ހާއްސަކޮށްގެން އޭގެ ފަސް ވަނަ ކޮންފަރެންސް މިދިޔަ ހަފުތާގައި ނިންމާލީ އާ ކަންތައްތައް އެނގި، ދަސްވެގެންނެވެ. އެއީ ކިޔަވައިދިނުމަށް...

03 ސެޕްޓެމްބަރ

September 03, 2019
ބެންގަލޫރުގެ ސްކޫލަކަށް ރޮބޮޓް ޓީޗަރެއް

އިންޑިއާގެ ކުރިއަރާފައިވާ ބައެއް ސިޓީތަކުގެ ރެސްޓޯރަންޓްތަކުގައި މިހާރު ވެއިޓަރުންގެ ގޮތުގައި ހިދުމަތްދޭން ވެސް ރޮބޮޓުން އުޅެ އެވެ. މި ފަހަރު އަނެއްކާ ވެސް ރޮބޮޓެއް މި ވަނީ އެ ގައުމުގެ އެހެން ދިމާއެއްގެ ހިދުމަތަށް ނުކުމެފަ އެވެ. އެއީ ޓީޗަރެއްގެ ގޮތުގައި ކުލާސްރޫމްތަކަށެވެ.

20 އޯގަސްޓް

August 20, 2019 12
އެޑިޔުކޭޝަންގެ ނިންމުމަކީ ހިތްހަމަޖެހުމެއް: އެސޯސިއޭޝަން

ބަންދު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރޭ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖެއްސުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ޓީޗާސް އެސޯސިއޭޝަނުން މިއަދު ބުނެފި އެވެ.

19 އޯގަސްޓް

August 19, 2019 56
ބަންދު ދުވަސްތަކުގައި ޓީޗަރުން ނުނެރެން އަންގައިފި

ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އަންގައިފި އެވެ.

08 އޯގަސްޓް

August 08, 2019 29
ޓީޗަރުންގެ މުސާރަ ބޮޑުކުރާ އޮނިގަނޑު އޮތީ ނިމިފައި

ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރަން އެކުލަވައިލަން ފެށި އާ އޮނިގަނޑުގެ މަސައްކަތް މިހާރު އޮތީ ނިމިފައި ކަމަށާއި އެ އޮނިގަނޑު ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް...

August 08, 2019 18
"ބްލޮކް މޯޑުން ޓީޗަރުން ރަނގަޅަށް ތަމްރީނެއްނުވޭ"

ބްލޮކް މޯޑަށް ހިންގާ ކޯސްތަކުން ޓީޗަރުން ރަނގަޅަށް ތަމްރީނު ނުވާ ކަމަށާއި ރަނގަޅު ޓީޗަރުން ތަމްރީނު ކުރުމަށް "ފޭސް ޓު ފޭސް" ތަމްރީނު މަދުވެގެން ތިން އަހަރު ވަންދެން ދޭންޖެހޭ ކަމަށް...

25 ޖުލައި

July 25, 2019 36
"އުސޫލު ބަދަލުކުރީ ކިޔަވައިދިނުން ހަރުދަނާކުރަން"

ލީޑިން ޓީޗަރުންނާ ގުޅޭގޮތުން ނިންމި ނިންމުމަކީ ސްކޫލުތަކުގައި ކިޔަވައިދިނުމުގެ މިންގަނޑުތައް އިތުރަށް ހަރުދަނާކުރަން ގެންނަ ހެޔޮ ބަދަލެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ...

July 25, 2019 99
ލީޑިން ޓީޗަރުންގެ މަގާމު ސީއެސްސީން އުވާލައިފި

ސްކޫލްތަކުގެ ލީޑިން ޓީޗަރުންގެ މަގާމު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އުވައިލުމާ ގުޅިގެން އެ މަގާމުތަކުގައި ތިބި ޓީޗަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

15 ޖުލައި

July 15, 2019 189
ދިވެހި ޓީޗަރުން ހުސްވުމުގެ ބިރު! ހައްލަކީ ކޮބާ؟

މީގެ 15 ވަރަކަށް އަހަރު ކުރިއަށް ބަލާ ނަމަ އެންމެ ގަދަރުވެރި، މީހުންގެ އިހުތިރާމް އެންމެ ބޮޑަށް ލިބުނު އެއް ބަޔަކީ ޓީޗަރުންނެވެ. މުސާރައިގެ ގޮތުން ވެސް ޓީޗަރުންގެ ހިތްހަމަޖެހުން އޭރުގެ ނިސްބަތުން ބޮޑެވެ. ނަމަވެސް މިހާރު އެ މަންޒަރު ބަދަލު ވެއްޖެ އެވެ. އެއް ބަޔަކު ދެކޭ ގޮތުގައި ޓީޗަރުން މިހާރު ވަނީ "މަގުމަތިވެފަ" އެވެ.

14 ޖުލައި

July 14, 2019 113
އެތައް އަހަރަކަށް ފަހު ޕްރައިމަރީއަށް ބިދޭސީ ޓީޗަރުން!

ސްކޫލުތަކުގެ ޕްރައިމަރީ ގްރޭޑުތަކަށް ދިވެހި ޓީޗަރުން ނުލިބޭތީ ބޭރުން ޓީޗަރުން ގެންނަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

11 ޖުލައި

July 11, 2019 8
ޓީޗަރުންގެ ހާޒިރީ އަށް ސެލްފީ ނަގަން ހަމަޖައްސައިފި

ޓީޗަރުން ހާޒިރީ އަށް މަކަރު ހަދާތީ އިންޑިއާގެ ސްޓޭޓެއްގައި ހިންގާ ސަރުކާރުގެ ހުރިހާ ޕްރައިމަރީ ސްކޫލްތަކެއްގައި ޓީޗަރުންގެ ހާޒިރީ އަށް ސެލްފީ ނަގަން ޖެހޭ ގޮތަށް ނިންމައި، އެ އުސޫލަށް އަމަލު ކުރަން ފަށައިފި އެވެ.