ޝޯމީ ކަލްކިއުލޭޓާ: ދޫކޮށްލެވެން ނެތް އެޕްލިކޭޝަނެއް

ޝޯމީ "މީ ކަލްކިއުލޭޓާ"އާ ބެހޭ ގޮތުން ކިޔައިދޭން ހަދައިގެން ވާނެ ވަކި މޮޅެއް އޮތް ކަމަކަށް ނުފެނެ އެވެ. ފޯނަށް އަވަހަށް އަޅާށެވެ. ގޫގުލް ޕްލޭ ސްޓޯރުން ލިބެ އެވެ. މުޅިން ހިލެ އެވެ.


ސްމާޓްފޯން އުފައްދާ ކުންފުނިތަކުން، އެ މީހުންގެ ފޯނުތަކަށް ޚާއްސަ އެޕްލިކޭޝަންތައްް، ގޫގުލް ޕްލޭ ސްޓޯރަށް ލުމަކީ މިހާރަކަށް އައިސް ކުންފުނިތަކުން ކުރާ ވަރަށް ރަނގަޅު ކަމެކެވެ. އެންޑްރޮއިޑް ފޯނުތަކުގައި ބޭނުންކުރެވޭ ގޮތަށް އެޕްލިކޭޝަންތައް ދޫކޮށްލުން، މާކެޓިން އިސްތިހާރަކަށް ވެސް ފުދެ އެވެ.

ޝޯމީ ކަލްކިއުލޭޓާ މި ފަހަރު ޚާއްސަކޮށްފައި ވަނީ އިންޓަނޭޝަނަލް ކަސްޓަމަރުންނަށެވެ. އިނގިރޭސި ކިޔަން އެނގޭ ނަމަ ކޮންމެ މީހަކަށް ވެސް ބޭނުންކުރެވޭ ގޮތަށެވެ. މީ ކަލްކިއުލޭޓަރާ ބެހޭ ގޮތުން ބުނަން އޮތްހައި ވެސް އެއްޗަކީ، މިއީ ބޭނުންކުރަން ވަރަށް ފަސޭހަ އެޕްލިކޭޝަނެއް ކަމަށެވެ.

ގޫގުލް ޕްލޭ ސްޓޯރުގައި ހުރި ކަލްކިއުލޭޓާ އެޕްލިކޭޝަންތަކަށް ބަލާއިރު، ފަސޭހަތައް ކޮޅުންނުލާހައި ގިނަ ބޭނުންތައް ހިމަނާފައި ހުރި އެޕްލިކޭޝަންތައް ވެސް އެބަ ހުއްޓެވެ. އޭގެ ތެރެއިން ވެސް ޝޯމީ ކަލްކިއުލޭޓާ ފާހަގަކުރެވެނީ ފޯނަށް ލުއި އެޕްލިކޭޝަނެއް ގޮތުގަ އެވެ.

މީ ކަލްކިއުލޭޓަރުގައި ހުރި ފަސޭހަތައް، ހަތަރު ފާހަގަ ދޫކޮށް ވަނީ އުހަށް އަރާފަ އެވެ. މާ ބޮޑު ކަމަކަށް ނުހަދައި ބޭނުންހިފޭ ގޮތަށް ހުރި ފަސޭހަތަކުގެ ސަބަބުން، މިއީ ކޮންމެހެން ވެސް ފޯނަށް އަޅަން ޖެހޭ އެޕްލިކޭޝަނަކަށް ވެއްޖެ އެވެ. އަޖުމަބަލާލަން ބުނަމެވެ.