ޝޯމީ އިންޑިއާގައި 25 މިލިއަން ފޯނު ވިއްކައިފި

އިންޑިއާގައި ފޯނު އުފެއްދުމަށްޓަކައި ފެކްޓަރީތައް ބިނާކުރުމުގެ ކުރިން ވެސް، އިންޑިއާ އަކީ މުހިންމު މާކެޓަކަށް ވާނެ ކަމަށް، ޝޯމީ ބުންޏެވެ. ޗައިނާ މާކެޓަށް ފަރިތަ ޝޯމީ ބުނި ގޮތުގައި، 25 މިލިއަނަށް ވުރެ ގިނަ ސްމާޓްފޯން އިންޑިއާގައި ވިކިއްޖެ އެވެ. ދުނިޔޭގެ ސްމާޓްފޯން މާކެޓްގައި ޝޯމީ މިހާރު ވެފައި ވަނީ ނުފޫޒު ގަދަ ކުންފުންޏަކަށެވެ.


ޝޯމީ ގަބޫލުކުރާ ގޮތުގައި އިންޑިއާގައި އެ ކުންފުންޏަށް އަދިވެސް ކުރިއެރެން އެބަ އޮތެވެ. ސްމާޓްފޯން މާކެޓް ވާދަވެރި ނަމަވެސް، ޝޯމީ އަށް އޮތް އިތުބާރަކީ ބޭނުންއިރަކު ފޯނުގެ އަގުތަކާ ކުޅެލުމަށް ފުރުސަތު އޮތުމެވެ.

އިންޑިއާގައި ޝޯމީ ފޯނެއް އެންމެ ފުރަތަމަ ތައާރުފުކުރީ، ޖުލައި 2014 ވަނަ އަހަރު އެވެ. ފާއިތުވި މުއްދަތަށް ބަލާއިރު ޝޯމީ އެ ވަނީ އެވްރެޖްކޮށް ދުވާލަކު 22،000 ފޯނު ވިއްކާފަ އެވެ.

ސްމާޓްފޯން މާކެޓްގައި ޗައިނާ ކުންފުނިތައް ދަނީ ބާރުގަދަކުރަމުންނެވެ. ބާރުގަދަ އެހައި ރީތި ފޯނުތައް މާކެޓަށް ނެރެ، ވާދަވެރިންނަށް ތައްކަތުވާ ވަރަށް ވުރެ ހެޔޮ އަގުގައި ވިއްކުން ވެފައި ވަނީ، ޗައިނާ ކޮޅަށް މާކެޓް ބުރަވި ސަބަބަކަށެވެ.

އިންޑިއާއިން ޝޯމީ އަށް ލިބުނު ކާމިޔާބީ ދެމެހެއްޓުމަށް ރޭވުންތަކެއް ކުރި އަށް ރާވައި، ދެކުނު އިރުމަތީ އޭޝިޔާގައި ޝަރަފުވެރި ކުންފުންޏަކަށް ވުމަށް ޝޯމީ ވަނީ ހިތްވަރުނަގާފާ އެވެ. އެ ގޮތުގައި ގޫގުލްއާ ގުޅިގެން އެންޑްރޮއިޑް މާކެޓަށް އާ މޮޑެލްގެ ފޯނުތައް ތައާރުފުކުރަން ވެސް ވަނީ ނިންމާފަ އެވެ.