ގޫގުލް ޑްރައިވް ހުއްޓާލަނީ

ގޫގުލް ޑްރައިވް ހުއްޓާލަން ގޫގުލް އިން ނިންމައިފި އެވެ. ގޫގުލް ޑްރައިވްގެ ގޮތުގައި އެ ޚިދުމަތް، މި އަހަރު ޑިސެމްބަރު 11 އަށް ފަހު ނުލިބޭނެ އެވެ. ނަމަވެސް ރަސްމީކޮށް ގޫގުލް ޑްރައިވް ހުއްޓާލަން ނިންމާފައި ވަނީ އަންނަ އަހަަރު މާޗް 12 ވަނަ ދުވަހު އެވެ.


ގޫގުލް ޑްރައިވް ހުއްޓާލުމުން މިހާރު އެ ޚިދުމަތް ބޭނުންކުރާ މީހުންނަށް، އަދި ޚާއްސަކޮށް ޑްރައިވްގައި ހުރި "ސާމާނު"ތަކަށް ވާނެ ގޮތެއް އެނގެން ބޭނުންވާނެ އެވެ. ހަގީގަތުގައި ގޫގުލުން އެ އުޅެނީ ޑްރައިވް "ރީބްރޭންޑް"ކުރާށެވެ. މުޅިން އާ ގޮތަކަށް ބަދަލުކޮށްލަނީ އެވެ. ޒަމާނަށް ކަމުދާ ގޮތަކަށެވެ.

ޑްރައިވް ބޭނުންކުރާ މީހުންނަށް އޮކްޓޯބަރުން ފެށިގެން މެސެޖްތަކެއް ލިބެމުން ދާނެ އެވެ. ބޭނުމަކީ ޑްރައިވް ދޫކޮށް އާ ޚިދުމަތްކަށް ހިޖުރަކުރުމެވެ. ގޫގުލް އިން ދެން އާންމުކޮށް ތައާރުފުކުރާނީ "ބެކަޕް އެންޑް ސިންކް" އަދި "ޑްރައިވް ފައިލް ސްޓްރީމް" ސިސްޓަމް އެވެ.

ގޫގުލް އިން ތައާރުފުކުރާ އާ ޚިދުމަތްކަށް ބޭނުންކުރާ މީހުން ރުޖޫއަވާއިރު، ކުރިން ބޭނުންކުރި ފައިލްތައް ހުރި ގޮތަށް ހުންނާނެ އެވެ. ގޫގުލްގެ ވިސްނުމަކީ އެއީ އެވެ. ނަމަވެސް "އިންޓާފޭސް ލޭއައުޓް"އަށް ބަދަލުތަކެއް އައިސްފައި ވާތީ ފެންނާނެ އެވެ.

ޑްރައިވް ދެ ފަޅިކޮށް "ޖީ ސޫޓް"އާ އެކުލަވައި އާންމުކުރުމުން ގޫގުލް އަށް ވިޔަފާރި ފުރުސަތުތަކެއް ވެސް އާންމުވާނެ އެވެ. މި ޚިދުމަތްތަކާ ގުޅޭ ގޮތުން އަދި ގިނަ މައުލޫމަތެއް ގޫގުލް އިން ނުދެ އެވެ. އެދިފައި ވަނީ ވަގުތު ޖެހެންދެން މަޑުކުރުމަށެވެ. އެ އަށް ވުރެ ކުރިން އެއްޗެއް އެނގެން އެދޭ ނަމަ ގޫގުލް ސަޕޯޓް ސަފުހާތައް ހާވާލާށެވެ.