ވައި ސާފުކޮށްދޭ ކުޑަދޮރެއް

ޖައްވު ނުސާފުވުމަކީ މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައެވެ. ތަރައްގީވެފައިވާ ގައުމުތަކުގައި މި މައްސަލަ ވަކިން ބޮޑެވެ. ސާފު ވައި ހޯދަން ކުޑަދޮރު ހުޅުވައިފި ނަމަ ގޭތެރެ އިތުރަށް ތަޣައްޔަރުވުން ނޫން ކަމެއް ނުވެ އެވެ. އެހެންވެ މި މައްސަލައަށް މިއީ ހައްލެކެވެ.


އުތުރު އޭޝިޔާގައި ޖައްވު ނުސާފުވެގެން ޖެހުނު ބަލިބަލީގައި 2014 ވަނަ އަހަރު 1.6 މިލިއަން މީހުން މަރުވިއެވެ. އެހެންވެ މި ސީރިއަސް މައްސަލައަށް އަމާޒުކޮށްގެން އޭޝިޔާގެ ބާޒާރަށް ނެރެން ތައްޔަރުވަމުން އަންނަނީ "ސަން ޝަވާ" އެވެ. މިއީ ފެނުން ވައި ސާފުކޮށްދޭ ނިޒާމެކެވެ.

މި އުފައްދާފައިވަނީ ކުޑަދޮރަށް ފައްތާލެވޭ ގޮތަށެވެ. އުތުރު އޭޝިއާގެ ގިނަ ގައުމުތަކުގައި ހުންނަނީ ދަމާ ކުޑަދޮރެވެ. މީގެ ސަން ޝަވާ ޕިޔުރިފަޔަރު ކުޑަދޮރުގައި ހަރުކުރުމުން ވައިގެ ތެރޭން އަންނަ ކުދިކުދި މާއްދާތައް ގޭތެރެއަށް ވަންނަކަން ސަން ޝަވާގައި އެލުވާފައިވާ ރަނގަބީލުން އަންގައިދެއެވެ. މި ރަނގަބީލު ބޭނުންކުރަނީ ސަން ޝަވާ ޖައްސާ ސުވިޗެއް ގޮތަށެވެ. ރަނގަބީލަށް ދަމާލީމާ އޮހޮރިގެންދާ ފެންތަކެއް ކުޑަދޮރުން ފައިބައިގަނެއެވެ. އެއާއެކު ބޭކާރު މާއްދާތައް ދޮވެލައި ޖައްވުތެރެ ސާފުކޮށްލައެވެ.

މިފެނަކީ ދައުރުވާ ގޮތަށް ހުންނަ ފެނެކެވެ. ފެން ރައްކާކޮށްފައިވާ ކުޑަ ޓޭންކު ހުންނަނީ ކުޑަދޮރަށް ފައްތާފައިވާ ސަން ޝަވާގައެވެ. ބޭނުން އިރަކު މި ޓޭންކުން ފެން ބަދަލުކޮށްލެވެއެވެ.