އިންސާނުން މާސް އަށް ވުރެ ކުރިން ހަނދަށް

އިންސާނުން މާސް އަށް ފޮނުވަން ކުންފުނިތަކުން ތެޅިގަތެއް ކަމަކު، އެއީ ވަގުތުން ވަގުތަށް ކުރެވޭނެ ކަމެއް ނޫންކަން ކިތަންމެ ބަޔަކަށް އެނގެ އެވެ. ނަމަވެސް، އެކަމުގައި ކުރަން ހުރި އުނދަގޫ މަސައްކަތްތަކާ ބެހޭ ގޮތުން، އާންމުންނަށް ގަބޫލުކުރެވޭ ފެންވަރުގެ ވާހަކަތަކެއް މީގެ ކުރިން ނާސާ ވެސް ނުދައްކަ އެވެ.


ނާސާއިން މިހާރު ބުނާ ގޮތުގައި، 2030 ލައިގަތުމުގެ ކުރިން މާސް އަށް އިންސާނަކު ނުފޮނުވޭނެ އެވެ. އެހާ ހިސާބަށް ދިއުމުގެ ކުރިން، ފުރަތަމަ ދާން ޖެހެނީ ހަނދަށް ކަމަށް ވެސް ވަނީ ސަރީހަ ބަހުން ބުނެފަ އެވެ. އެހެންކަމުން، ބެލެވޭ ގޮތުގައި ނާސާއިން ދެން ކުރާނެ މަސައްކަތަކީ އެއީ އެވެ.

މާސް އަށް އިންސާނުން ކުރާ ދަތުރުގައި، އޮޓަމެޓިކް މެޝިންތައް ނުވަތަ ރޮބޮޓްތައް ބޭނުންކުރަން ޖެހޭނެ އެވެ. ނާސާގެ ވާހަކަތައް ހުރި ގޮތުން މިކަން ކަށަވަރުވެ އެވެ. ނާސާ ބުނާ ގޮތުގައި، މިހާރުން މިހާރަށް އޮތީ ހަނދަށް ގޮސް ފަރިތަކުރުމެވެ.

ދުނިޔެއިން ފުރައިގެން ހަނދަށް ދިއުމަށް ތިން ދުވަސް ނެގި ނަމަވެސް، މާސް އަށް ކުރަން ޖެހެނީ 9 މަސް ދުވަހުގެ ދަތުރެކެވެ. އެހެންކަމުން، ނާސާ ގަބޫލުކުރާ ގޮތުގައި ހަނދަށް ގޮސް އައިސްވުން މިހާރު އެއީ ބޮޑު ކަމެއް ނޫނެވެ.

ނާސާއިން ރާވާފައި ވަނީ ކުރި އަށް އޮތް 10 އަހަރު ތެރޭގައި އިންސާނުން ހަނދަށް ފޮނުވުމަށެވެ. ހަދާ ބެހޭ ގޮތުން އެހާ ބައިވަރު މައުލޫމާތު އެއްކޮށްފައިވާ ކަމަށް ނާސާ ބުނާއިރު އަދި މީގެ ކުރިން އެ މީހުން ހަނދަށް ދިޔަ ކަމަށް ބުނާއިރު، އަލުން ހަނދަށް ދިއުމަށް ނަގާ މުއްދަތު ދިހަ އަހަރާ އަޅާކިޔުމަކީ ދެކޮޅު ޖައްސަން ދަތި ވާހަކައެކެވެ. އެހެން ނަމަވެސް، މާސް އަށް ދެވެން އޮތީ ހަނދަށް ގޮސްގެން ކަމަށް ވާ ނަމަ، ފުރަތަމަ ދާން ޖެހޭނީ ހަނދަށެވެ.