އައިފޯނުތަކަށް އެޕަލްގެ މޯޑެމްތައް 2021 އަށް ފަހު

އެޕަލް އަށް މިއީ ނުތަނަވަސް ދުވަސްވަރެކެވެ. އައިފޯނުތަކުގެ މުސްތަގުބަލު އޮތީ އުނދަގޫ ހީކުރުންތަކެއްގަ އެވެ. ވަށައިގެން ވަނީ ދެމިއޮތުމަށް އޮތް ފިކުރުތަކެވެ. އެމެރިކާ އިސްވެ އޮވެ ޗައިނާ އަށް ދަތިކުރަން ކުރާ އުނދަގޫތަކުގައި، އެޕަލް އަށް އުފުލަން ޖެހޭ ތަކުލީފު ކުޑައެއް ނޫނެވެ. ކުއަލްކޮމް އާ އެކު ވެސް ގުޅުން އޮތީ ހާވެފަ އެވެ.


އައިފޯނުތަކަށް ބޭނުންވާ މޯޑެމްތައް އުފެއްދުމަށް ކުއަލްކޮމް އަށް ކުރިން އިތުބާރުކުރި ނަމަވެސް، އެ އިތުބާރު މިހާރު ވަނީ ގެއްލިފަ އެވެ. އިންޓެލް ލައްވައި މޯޑެމްތައް އުފައްދަން ކުރާ މަސައްކަތްތަކުގައި ވެސް، ކުއަލްކޮމް އަށް ހުރި ކިތަންމެ ގާބިލުކަމެއް، އިންޓެލްއަކަށް ނެތެވެ. އެހެންކަމުން، އެޕަލް އަށް އެންމެ ކަމުދާ ފެންވަރުގައި މޯޑެމް އުފެއްދޭހާ ފެންވަރު އިންޓެލް އަށް އަދި ލިބިފައެއް ނެތެވެ.

އެޕަލް އަމިއްލަ އަށް މޯޑެމްތައް އުފަންދަން ބެލި ނަމަވެސް، ތިން އަހަރު ދުވަހުގެ ދިރާސާ އެކަމަށް ބޭނުންވާނެ ކަމަށް ދަނީ ބުނަމުންނެވެ. މާނަ އަކީ، އެހެން ބަޔަކު ލައްވައި، 5ޖީ މޯޑެއްތައް އެޕަލް އިން ނުއުފައްދައިފި ނަމަ، އައިފޯނު ކޮމިއުނިޓީ އަށް 5ޖީ ލިބޭ ވަރު ވާނީ ވާދަވެރިންނަށް ވުރެ ދެތިން އަހަރު ފަހުން ކަމެވެ.

އައިފޯނަށް ބޭނުންވާ ވަޔަލެސް މޯޑެމްތަކާއި އެހެނިހެން ބައިތައް އުފެއްދުމަށްޓައި، މަސައްކަތްކުރާނެ މުވައްޒަވުން ހޯދަން އެޕަލް ދަނީ މަސައްކަތްކުރަމުންނެވެ. މީގެ މާނަ ފުރިހަމަ ގޮތުގައި ނޭނގުނު ނަމަވެސް، މުވައްޒަފުން ހޯދައިގެން މަސައްކަތްތަކެއްކޮށް، އައިފޯނުތަކާ ހަމަ އަށް 2021 ލައިގަތުމުގެ ކުރިން މޯޑެމްތައް ގެނައުމަކީ ކުރެވޭނެ ކަމެއް ކަމަކަށް ނުފެނެ އެވެ.