ސެމްސަންގުން ޕްލާސްޓިކް ޕެކިން ދޫކޮށްލަނީ

ސެމްސަންގް ފޯނުތައް ބަންދުކުރަން ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުތައް ދޫކޮށްލައި، ތިމާވެއްޓާ އެކުވެރި ބާވަތްތައް ބޭނުންކުރަން ނިންމައިފި އެވެ. ސެމްސަންގުން ބުނި ގޮތުގައި، މި އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން މި ބަދަލު ގެންނާނެ އެވެ.


ޕްލާސްޓިކް ޕެކިންގެ އިތުރުން ސެމްސަންގް ޑިވައިސްތަކުން އޮފުއެރުވުމަށް ޕްލާޓިކް ފަށަލަތައް ބޭނުންކުރުން ހުއްޓާލާނެ ކަމަށް ވަނީ ބުނެފަ އެވެ. އެ ގޮތުގައި، ސެމްސަންގް ޗާޖަރުތައް އަދި އެފަދަ "އެކްސެސޮރީޒް"ތައް ވަށައި އަޅުވާފައި ހުން ޕްލާސްޓިކް ދުލި ނައްތާލަން ވަނީ ނިންމާފަ އެވެ.

ސެމްސަންގް ގެލަކްސީ ފޯނުތައް މާކެޓަށް ނެރޭއިރު އޮންނަ ފޮއްޓަކީ ވެސް ހުރިހާ މާނައެއްގައި ތިމާވެއްޓަށް އޯގާތެރި މާއްދާތަކުން އުފައްދާ އެއްޗަކަށް ހަދާނެ ކަމަށް ވަނީ ބުނެފަ އެވެ. ޕްލާސްޓިކްގެ ބަދަލުގައި ބޭނުންކުރާ މާއްދާތަކަކީ، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ އޭޖެންސީތަކުން ހުއްދަކުރާ މާއްދާތަކަށް ބަދަލުކުރާނެ ކަމަށް ވެސް ބުންޏެވެ.

ސެމްސަންގަކީ ސްމާޓްފޯން މާކެޓްގައި ނަގާކިޔާ ކުންފުންޏަކަށް ވެފައި، ތިމާވެއްޓަށް ލޯބިކުރުމަކީ އެ މީހުންގެ ކިބައިން ފެންނަ ސިފައަކަށް ނުވާތީ ވަނީ ފާޑުކިޔުން އިތުރުވެފަ އެވެ. އެހެންކަމުން، މި ބަދަލަކީ ފިއްތުންތަކުން ސަލާމަތްވުމަށް ކުރި ކަމެއް ކަމަށް ބެލެވެ އެވެ.

ތިމާވެށި ހިމާޔަތްކުރުމުގައި ސެމްސަންގް ބައިވެރިވުމުން ބޮޑު ތަފާތެއް ފެންނާނެ ކަމަށް އޭޖެންސީތަކުން ބުނެ އެވެ. ސެމްސަންގަކީ އިލެކްޓްރޯނިކްސް އާލާތްތައް ވަރަށް ފުޅާދާއިރާއެއްގައި އުފައްދައި ވިޔަފާރިކުރާ ކުންފުންޏަކަށް ވާތީ، އެ މީހުން ގެންނަ ކުޑަ ބަދަލަކުން ވަރަށް ބޮޑު ތަފާތެއް ފެންނާނެ ކަމަށް ވެސް ބެލެ އެވެ. ސެމްސަންގުން ބުނި ގޮތުގައި އެ ކުންފުނިން އެއްބާރުލައި އެހީތެރިވާނެ އެވެ.