އެޕަލް އަމިއްލަ މޯޑެމްތައް ޑިޒައިންކުރަން ފަށައިފި

އެޕަލް ޑިވައިސްތަކުގައި ބޭނުންކުރާ "އޭ ސީރީޒް ޗިޕްސެޓް" ޑިޒައިންކުރަނީ އަމިއްލައަށެވެ. އެޕަލް އަށް މި ޗިޕްތައް އުފައްދައިދެނީ ސެމްސަންގް އަދި "ޓައިވާން ސެމީކޮންޑަކްޓާ މެނުފެކްޗަރިން ކޮމްޕެނީ" އިންނެވެ.


ސްމާޓްފޯން މާކެޓްގައި އެޕަލް އަކީ ބާރުގަދަ ކުންފުންޏެކެވެ. އެ ކުންފުނީގެ ޑިވައިސްތައް، ޚާއްސަކޮށް އައިފޯނަކީ ނުފޫޒުގަދަ އާލާތެކެވެ. މި ވަރުގެ އާލާތެއްގެ ބިންގަލުގެ ގޮތުގައި ބޭނުންކުރެވޭ ޗިޕްތައް އުފައްދާ ބަޔަކަށް، މޯޑެމްއެއް ޑިޒައިން ނުކުރެވެންވީ ސަބަބެއް އޮންނާނެ ކަމަކަށް ނުބެލެވެ އެވެ.

އެޕަލް އަށް މީގެ ކުރިން މޯޑެމް ސަޕްލައިކޮށްދިނީ ކުއަލްކޮމް އިން އެވެ. ނަމަވެސް، ކުއަލްކޮމްއިން މޯޑެމްތައް ވިއްކާ އަގު ބޮޑުކޮށް އަދި އިތުރު ޗާޖުތައް ނަގާ ކަށް ބުނެ އެޕަލް އިން ވަނީ ކުއަލްކޮމްގެ މޯޑެމްތައް ބޭނުންކުރުން ހުއްޓާލާފަ އެވެ. އެޕަލް އަށް މިހާރު މޯޑެމް އުފައްދައިދެނީ އިންޓެލް ކުންފުނިންނެވެ. އެޕަލް އިން ބުނި ގޮތުގައި އަމިއްލަ އަށް މޯޑެމް އުފެއްދުނުމުން އެޕަލް އަށް ހުރި ފައިދާ ގިނަ އެވެ.

މޯޑެމްތައް އުފައްދަން ހިނގާ ޚަރަދަށް ބަލައި، އައިފޯނުތަކުގެ އަގު ހެޔޮކުރެވުމަކީ ވެސް އޮތް ފައިދާ އެވެ. އާ ފޯނެއް ނެރޭ ވަގުތު ކުޑަތަންވަމުން އަންނައިރު ވެސް، މޯޑެމްތައް ނުލިބިދާނެ ކަމަށް އޮތް ބިރުން ވެސް ސަލާމްތްވެވުނީ އެވެ.

އެޕަލް އިން މޯޑެމްތައް ޑިޒައިންކުރަން ފެށި ނަމަވެސް، ކުރި އަށް އޮތް ދެތިން އަހަރު ތެރޭގައި އަމިއްލަ މޯޑެމްއެއް އުފައްދައި އާންމުކޮށް ބޭނުންކުރެވޭ ފެންވަރަށް ގެނެވޭނެ ކަމަކަށް މަޝްރަހުގައި ނުބުނެވެ. އަދި މުޅި ދުނިޔެ 5ޖީ އަށް ބަދަލުވާ މި ދަނޑިވަޅުގައި، 5ޖީ ނެޓްވޯކް ގަބޫކުރާ ފެންވަރަށް އައިފޯނުތައް އުފެއްދޭނެ ކަމަކަށް ވެސް ނުބުނެވެ. އެވެ. ވާދަވެރިންނާ އެކު 5ޖީ ނެޓްވޯކަށް ވަންނަން އެބަލް އެދޭ ނަމަ އޮތް ގޮތަކީ، ކޮންމެވެސް އެހެން ދިމާއަކުން 5ޖީ މޯޑެމްތައް ގަތުމެވެ. އެއީ އިންޓެލް ކުންފުނި ނަމަ ވެސް އެވެ.