ޓްރޫކޯލާ ވާވޭއާ ގުޅިގެން ދުނިޔެ ކާލަން މަސައްކަތްކުރަނީ

ޓްރޫކޯލާ ލަސްތަކެއް ނުވެ ވާވޭއާ ގުޅޭނެ އެވެ. އެ ވާހަކަތަކުގައި ރަސްމީ ސިފަ ޖެހި ވަރަށް ބާރަށް ކުރިއަށް ދާކަން ޚަބަރުތަކުން އެނގެ އެވެ. ބޭނުމަކީ ޓްރޫކޯލާ ނުގެންގުޅޭ ގައުމުތަކުގައި، ވާވޭ ފޯނުތައް މެދުވެރިކޮށް ފެތުރިގަތުމެވެ.


ޓްރޫކޯލާ އަކީ މޮބައިލް އެޕްލިކޭޝަނެކެވެ. އެންޑްރޮއިޑް އަދި އައިއޯއެސްގައި ވެސް ބޭނުންކުރެވެ އެވެ. ޓްރޫކޯލާއިން "ކޯލާއައިޑީ" ބުނެ ދެވެ. އެ ނަމްބަރެއް ފޯނުގައި ނެތަސް، ގުޅަނީ ކާކުކަން ބުނެދެ އެވެ.

ގުޅާ މީހުންގެ ނަމާއި ނަމްބަރުތައް ޓްރޫކޯލާ ނަގަނީ އެ އެޕްލިކޭޝަން "އިންސްޓޯލް"ކުރާ ފޯނުތަކުންނެވެ. އެންޑްރޮއިޑް ފޯނުތަކަށް ކޮންމެ އެޕްލިކޭޝަނެއް އެޅި ނަމަވެސް، ފޯނުގެ ކޮންމެވެސް ހިސާބަކަށް އެ އެޕްލިކޭޝަނެއް ބާރުހިންގަ އެވެ. އެޕްލިކޭޝަން އަޅަން ފެށުމާ އެކު އެކަން ބުނެދެ އެވެ. ފޯނުގެ ކޮންޓެކްޓްތައް ބަލަން ހުއްދަ ދޭން ޖެހެ އެވެ. ފޯނު ގެންގުޅޭ ތަނަކާއި ފޯނު ބޭނުންކުރާ މީހާއާ ގާތް މީހުންނާ އޮންނަ އެކުވެރިކަމަށް ދާންދެން މޮބައިލް އެޕްލިކޭޝަންތަކުން ދަމައިގަނެ އެވެ.

އައިފޯނުގައި ޓްރޫކޯލާ ބޭނުންކުރުމަކީ ރިހުމެކެވެ. އެންޑްރޮއިޑްގައި މަސައްކަތްކުރާހާ މޮޅަށް އައިފޯނުގައި ޓްރޫކޯލާ މަސައްކަތެއް ނުކުރެ އެވެ. ސަބަބަކީ އައިފޯނުގެ ކޮންޓެކްޓްތައް ބަލައި ކިޔުމަކީ އައިފޯނަށް އަޅާ އެޕްލިކޭޝަންތަކަށް ކުރެވޭ ކަމަކަށް ނުވުމެވެ. އެޕަލުން އެ ހުއްދައެއް ނުދެ އެވެ.

ޗައިނާގެ ވާވޭއާ ގުޅިގެން ޓްރޫކޯލާ ކުރާ މަސައްކަތުގައި، ވާވޭ ފޯނުތައް މާކެޓަށް ނެރޭއިރުވެސް ޓްރޫކޯލާ ހިމެނޭނެ އެވެ. ޓްރޫކޯލާ ނަމުގައި ނޫން ނަމަވެސް، ގުޅާ މީހުންގެ ނަމާއި ނަމްބަރުތައް ވާވޭ ފޯނުތަކުން ބުނެދޭނެ އެވެ. އެއީ ޓްރޫކޯލާ ހޯދާފައި ހުރި މައުލޫމާތު ބޭނުންކޮށްގެންނެވެ.

ޓްރޫކޯލާ ބޭނުންކޮށްގެން މަހަކު 500 މިލިއަން ކޯލް ކުރެވެ އެވެ. މަދަކަ ބައިވަރެއް ނޫނެވެ. ޓްރޫކޯލާ ދުނިޔެ ކަމުން ދާ ތަން ބަލަން އޮތުމަކީ އެޕަލް އަދި ގޫގުލް އަށް ވެސް ބޮޑު ވޭނެކެވެ. އެޕަލުން ވިސްނާފައި ވަނީ އައިއޯއެސް 10ގައި ކޯލާ އައިޑީ ހިމަނާށެވެ. ގޫގުލުން އެންޑްރޮއިޑް 7 ގައި އެ ފީޗާ ހިމަނާނެކަން ކަރުދާސްތަކުން އެނގެ އެވެ.

ވާވޭއާ ގުޅިގެން ޓްރޫކޯލާ ކުރާ މަސައްކަތުގައި އަދި ޒަމާންތަކެއް ވަންދެން، އެޕަލް އާއި ގޫގުލް އަށް ވުރެ ކުރީގައި ޓްރޫކޯލާ އުޅޭނެ އެވެ. ވާވޭއިން ދެއިރު ދަޅަ އަށް ފޯނުތައް ނެރެމުން ދާއިރު އެއިން ފޯނެއްގައި އަތްލައިފި މީހަކަށް ޓްރޫކޯލާ ބޭނުންކުރެވޭނެ އެވެ.