ޕްލޭސްޓޭޝަން 4 "ސްލިމް" އަށް 5ގިގަހާޓްޒް ވައިފައި

ޕްލޭސްޓޭޝަން މަރުކާގެ ގޭމް ކޮންސޯލްތަކުގައި ބާރުގަދަ ހާޑްވެއާ އަބަދުވެސް ހިމަނަ އެވެ. ސޮނީން ޕީއެސް ކޮންސޯލްތައް އުފައްދަނީ އެކަށީގެންވާ ވަރަށް ބުރެ ބާރުގަދަ ހާޑްވެއާގައި ކަމަށް އަބަދުވެސް ބުނެވެ އެވެ. ޕްލޭސްޓޭޝަން އާއިލާގައި ދެން އޮތް، ޕީއެސް4 "ސްލިމް" ގައި 5ގިގަހާޓްޒް ވައިފައި ހިމަނާނެ ކަމަށް ބުނާ އަޑުތައް ގަދަވެފައި ވާއިރު، އެއީ ވެެސް ޕީއެސް އާއިލާ ބާރުގަދަކުރަން ސޮނީން މަސައްކަތްކުރާ ކަމުގެ ހެއްކެކެވެ.


އިންޓަނެޓަށް ލީކްވެފައި ހުރި ފޯޓޯތަކުން ފެންނަނީ "ޕީއެސް4 ސްލިމް"ގެ މެނުއަލް ކަމަށް ބުނެވެ އެވެ. އޭގައި ބުނެފައިވާ ގޮތުން "ޕީއެސް4 ސްލިމް" ޑުއަލް-ބޭންޑް ސަޕޯޓްކުރާނެ އެވެ. މާނަ އަކީ އެއީ 2.4ގިގަހާޓްޒް އާއި 5ގިގަހާޓްޒް އެވެ.

"ޕީއެސް4 ސްލިމް"ގައި ޑްއަލް-ބޭންޑް ހިމަނަނީ ވައިފައި ސްޕީޑް ހަލުވިކުރުމަށެވެ. އެހެން ނަމަވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ދެތިން ކަމެއް އެބަ އޮތެވެ. ބޯ ފާރުތަކުގެ ސަބަބުން 2.4ގިގަހާޓްޒް އަށް ވުރެ 5ގިގަހާޓްޒް ވައިފައި ނެޓްވޯކް ކަނޑައިގެން ދާނެ ކަމާއި އަދި އެ ރޭންޖްގެ އެހެން ވަސީލަތްތަކުގެ ސަބަބުން ފަސޭހައިން ބުރޫއަރާނެ ކަމެވެ. އެހެން ނަމަވެސް އެކަހަލަ ހާލަތްތަކުގައި 2.4 އަށް "ޕީއެސް4 ސްލިމް" ބަދަލުކޮށްލެވުމަކީ އެހެން ޑިވައިސްތަކުގެ މައްޗަށް ކާމިޔާބެކެވެ.

ގޭމް ކޮންސޯލް މާކެޓްގައި ވާދަވެރިންގެ މައްޗަށް ސޮނީ ކާމިޔާބު ހޯދާފައި ވަނީ މޮޅަށް ކުޅެގެންނެވެ. ބާރުގަދަ ހާޑްވެއާ އާއި ލޮލަށް ރީތި ޑިޒައިންގެ ސަބަބުން އެހެން ކޮންސޯލްތަކަށް ވުރެ ޕީއެސް އާއިލާ ގިންތިކުރެވެނީ ޝާހީ ކޮންސޯލެއް ގޮތުގަ އެވެ. ޕީއެސް އަށް ލޯބިޖެހިފައި ތިބި 40 މިލިއަނަށް ވުރެ ގިނަ މީހުންގެ ހިތުގައި ޕީއެސް ނޫން އެހެން ގޭމް ކޮންސޯލެއްގެ ނަމެއް ކަނޑާނެގިފައި ނެތެވެ.