ތިޔަ ގެންގުޅެނީ ސްމާޓްފޯނެއް، ސްމާޓް ނުވާންވީ ކީއްވެ؟

ސްމާޓްފޯނެއް ގެންގުޅެނީ ކީއްކުރަން ހެއްޔެވެ؟ ކޯލެއް ކޮށްލަން ނުވަތަ މެސެޖެއް ފޮނުވަން ހެއްޔެވެ؟ އެހެން ނަމަ ތިޔަހާ ބޮޑު އަގު ދީފައި ސްމާޓްފޯނެއް ހޯދުން ވާނީ ބޭކާރު ޚަރަދަކަށެވެ.


ސްމާޓްފޯނަކުން ލިބެން ހުރި ފަސޭހަތަކުގެ ބޭނުންނުހިފާ ނަމަ ދެން ކުރެވެން އޮންނާނެ ކަމަކީ ތިމަންނާ ގެންގުޅެނީ އެވެނި މިވެނި ފޯނެކޭ ބުނުމެވެ. އެ ވަރު ވެސް ނުވާ ނަމަ އަވަހަށް ފޯނު ވިއްކާލާށެވެ.

ސްމާޓްފޯނެއް ގެންގުޅޭ ކޮންމެ މީހަކު ހުރިހައި ބޭނުމެއް ނުހިފަ އެވެ. ހިފޭތޯ ވެސް ނުބަލަ އެވެ. އެކި މީހުންގެ މިޒާޖު ތަފާވެފައިވާ ބީދައިން ބޭނުންތައް ވެސް ހުންނަނީ ބެހިފަ އެވެ. އެ މީހަކު ހިފަނީ އެ މީހަކު ހިފަން ބޭނުން ފަސޭހައެއްގަ އެވެ.

ސްމާޓްފޯން ގެންގުޅޭ މީހުންގެ ތެރެއިން ވެސް އެންމެ ފައްކާ ބަޔަކީ ކަންކަން އަހާ އޮޅުފިލުވާ މީހުންނެވެ. އެ މީހުންގެ ސަބަބުން ވަރަށް ގިނަ އެއްޗެހި ދަސްވެ އެވެ. އެ މީހަކަށް އެ އެއްޗެއް ދަސްކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ސަބަބުންނެވެ.

އެއް ދުވަހަކު ދިމާވި ކަމެކެވެ. އިލެކްޓްރޯނިކްސް އާއި ފޮތް ފަންސުރު ވިއްކާ މަޝްހޫރު ފިހާރައެއްގައި ހުއްޓައި، މީހަކު ވާހަކަދައްކާ އަޑު އިވުނެވެ. އުމުރުން ދުވަސްވީ މީހެކެވެ. އޭނާ ހުރީ ކައުންޓަރު ކައިރީގައި ސޭޓާ ވާހަކަދައްކާށެވެ. އޭނާ އެދުނީ އޭނާ ގެންގުޅުނު ފޯނަށް ޤުރުއާން އެޅޭނެ ގޮތެކެވެ. ސޭޓް ބުނި ގޮތުގައި އޭނާ އަށް އެކަން ކޮށްދެވޭކަށް ނެތެވެ.

އެ ދެއްކި ވާހަކައިން އެކައްޗެއް ވެސް އިވުނު ކަމަކަށް ނުހެދެމެވެ. ނިކުތީ ބޭރަށެވެ. ބޭރުގައި މަޑުކޮށްލައިގެން ހުރީ އެ މީހާ ނިކުމޭތޯ އެވެ. ނިކުތެވެ. ހުރީ ވަރަށް ދެރަވެފަ އެވެ. މޫނު މޯޅިވެފަ އެވެ.

އެއް ދުވަހަކު ދިމާވި ކަމެކެވެ. އިލެކްޓްރޯނިކްސް އާއި ފޮތް ފަންސުރު ވިއްކާ މަޝްހޫރު ފިހާރައެއްގައި ހުއްޓައި، މީހަކު ވާހަކަދައްކާ އަޑު އިވުނެވެ. އުމުރުން ދުވަސްވީ މީހެކެވެ. އޭނާ ހުރީ ކައުންޓަރު ކައިރީގައި ސޭޓާ ވާހަކަދައްކާށެވެ. އޭނާ އެދުނީ އޭނާ ގެންގުޅުނު ފޯނަށް ޤުރުއާން އެޅޭނެ ގޮތެކެވެ. ސޭޓް ބުނި ގޮތުގައި އޭނާ އަށް އެކަން ކޮށްދެވޭކަށް ނެތެވެ.

އެއީ ސްމާޓްފޯނާ ބެހޭ ގޮތުން މާ ގިނަ އެެއްޗެއް އެނގޭ މީހެއް ނޫނެވެ. އެކަމަކު އެއިން ކުރެވޭ ކަންތައްތަކާ ބެހޭ ގޮތުން މީހުން ވާހަކަދައްކާތީ އޭނާ އަޑުއަހަ އެވެ. ރަށުގައި ގަދަރުވެރި މީހެކެވެ. ރޭޑިއޯ އާއި ވޯކީޓޯކީ އަދި ފޯނު ފަދަ އާލާތްތައް ގެންގުޅޭ ހިތްވާ މީހެކެވެ.

އޭނާ ބޭނުންވީ ގެލަކްސީ ފޯނަކަށް (މާކެޓްގައި އެ ވަގުތު ހުރި އެންމެ މޮޅު ފޯނު) ޤުރުއާން އަޅާށެވެ. ރޯދަމަސް ވެސް ކައިރި ވަނީ އެވެ. މި ރޯދަމަހެއް ނޫނެވެ. ދެތިން އަހަރު ކުރި އެވެ.

ބޭންކް އޮފް މޯލްޑިވްސް ކައިރީގައި ހުރި ކެފޭއެއްގައި ތިބެގެން އޭނާ ބޭނުންވިހައި އެޕްލިކޭޝަނެއް އަޅައިދިނީމެވެ. އޭނާ ޑާޓާ ޕެކޭޖެއް ނުގެންގުޅެ އެވެ. ޑާޓާ ޕެކޭޖަކީ ކޮން އެއްޗެއް ހެއްޔެވެ؟ އެއީ އިންޓަނެޓެވެ. އެ ވަރު އޭނާ އަށް އެނގެ އެވެ. އަހަންނަށް ޖެހުނީ އަހަރެންގެ ފޯނު ވައިފައި ހޮޓްސްޕޮޓަކަށް ބަދަލުކޮށްލާށެވެ.

އެ ހިސާބުން އަދި ނިމުނީއެއް ނޫނެވެ. ޕްލޭސްޓޯރަށް ވަދެ ގުރުއާނާއި ޒިކުރު ފަދަ އެޕްލިކޭޝަންތައް އަޅާނެ ގޮތް ވެސް ކިޔައިދޭން ޖެހުނެވެ. އުނދަގުލެއް ނޫނެވެ. އެ އަށް ވުރެ ސްމާޓް މީހެކެވެ.

އަހަރެމެން ދެ މީހުންނަކީ މިހާރު ގާތް ރައްޓެހިންނެވެ. އޭނާ އުޅެނީ ރަށުގަ އެވެ. އަހަރެން މާލޭގަ އެވެ. ރިލޯޑްކުރަނީ ރަށުން ފޮނުވާ ހަދިޔާ ފޮށިތަކުންނެވެ.