ސެމްސަންގް ގެލަކްސީ އޭ ސީރީޒްގެ ފޯނުތަކަށް އާ ނަންތަކެއް

ސެމްސަންގް ގެލަކްސީ އޭ ސީރީޒްގެ ފޯނުތަކަށް ކިޔާނެ ވަކި ނަމެއް ހަމަނުޖެހިގެން އުޅޭ ކަހަލަ އެވެ. ގެލަކްސީ މަރުކާގެ ބާރުގަދަ ފޯނުތަކަށް އާ މޮޑެލްތަކެއް މި އަހަރު ތައާރުފުކުރިއިރު، މެދު ފަންތީގެ ފޯނުތަކަށް ނަންކިޔުމުގައި ގެންގުޅުނު އާދަކާދަ ވަނީ ދޫކޮށްލާފަ އެވެ. މިކަން އަދި ވެސް އޮތީ ކުރި އަށެވެ. އިންޓަނެޓް ޚަބަރުތައް ބުނާ ގޮތުގައި، ގެލަކްސީ އޭ ސީރީޒްގެ ފޯނުތަކަށް އަންނަ އަހަރު މުޚާތަބުކުރުމަށް އާ އަދަދުތަކެއް ސެމްސަންގުން ކަނޑައަޅާނެ އެވެ.


ގެލަކްސީ އޭ މަރުކާގައި މި ވަގުތު އަތުޖެހެން ހުރީ "ގެލަކްސީ އޭ10"، އޭ20، އޭ30، އޭ40، އޭ50، އޭ60، އޭ70 އަދި އޭ80 އެވެ. ގެލަކްސީ "އޭ10އީ" އަކީ ވެސް މި އަހަރު ނެރުނު ފޯނެކެވެ. މި ފޯނަށް "އޭ90" އަށް ނިސްބަތްކޮށް ނަން ނުދިން ސަބަބެއް ނޭނގެ އެވެ.

ސެމްސަންގް ގެލަކްސީ އޭ މަރުކާގެ ފޯނުތަކަށް ކިޔުމަށް، ސެމްސަންގުން މިހާރު އިޚުތިޔާރުކޮށްފައި ވަނީ "ގެލަކްސީ އޭ11"، އޭ21، އޭ31، އޭ41، އޭ51، އޭ61، އޭ71، އޭ81 އަދި އޭ91 ކަމަށް ބުނެވެ އެވެ. ފައްކާ ނަންތަކެއް ދޯ އެވެ.

ސެމްސަންގް އަކީ ވާދަވެރިން ނަކަލުކުރާ ކުންފުންޏެއް ކަމަށް ބުނާތީ އިވެ އެވެ. ސްމާޓްފޯން ސިނާއަތުގައި ފޯނުތަކަށް ނަންކިޔުމަށް ކޮންމެ ކުންފުންޏަކުން ވެސް އަދަދުތަކެއް އީޚުތިޔާރުކުރެ އެވެ. އެލްޖީ އަދި ނޮކިޔާ އަކީ ވެސް މި ބީދައިން ފޯނުތަކަށް ނަންދޭ ބައެކެވެ. ސެމްސަންގެ އަމަލާ މެދު ބޮޑަށް ބެލެވެނީ ނޮކިޔާ ފޯނުތަކަށް ނަން ދީފައި ހުރި ގޮތް ކަމުދަނީ ކަމަށެވެ.

ގެލެކްސީ އޭ ސީރީޒްގެ ފޯނުތަކަށް ނަން ދޭ ތަރުތީބު ކޮންމެ އަހަރަކު ބަދަލުކުރާ ނަމަ، ކުރި އަށް އޮތް ތަނުގައި "ގެލަކްސީ އޭ100" އަދި އޭ200 މި އުސޫލު ސެމްސަންގުން އިޚުތިޔާރުކުރުމަކީ ވެސް ވެދާނެ ކަމެކެވެ. އެކަމަކު މިއީ ބުނެވެނީ މިއީ ހީނުވާ ކަމެއް ކަމަށެވެ.