އެޕަލް އިން ވެސް މިހާރު ވަނޯ ޓިކްޓޮކް އެކައުންޓެއް ހަދާފައި.
މަޝްހޫރު ވީޑިއޯ ޝެއަރިން އެޕް ޓިކްޓޮކްގެ ނުފޫޒު ނެތް ދިމާލެއް މިހާރު ނެތޭ ބުނެވިދާނެ އެވެ. އެންމެ އާދައިގެ މީހާ އިން ފެށިގެން ގޮސް، ދުނިޔޭގެ ނުފޫޒު ގަދަ ޝަހުސިއްޔަތުން ވެސް މީގެ ތެރޭގައި އެބަތިއްބެވެ. ހަމަމިއާ އެކު މަޝްހޫރު ބޮޑެތި އެތައް ވިޔަފާރިއެއް ވެސް އެ މީހުންގެ ޕްރޮމޯޝަނަލް ޓޫލެއްގެ ގޮތުގައި މިހާރު ޓިކްޓޮކް ބޭނުންކުރެ އެވެ.
މީގެ ތެރެއަށް ނާންނާނީ ކޮން ބައެއް ހެއްޔެވެ؟ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ޓެކް ކުންފުނީގެ ތެރޭގައި ހިމެނޭ އެމެރިކާގެ އެޕަލް ވެސް މިހާރު މިއޮތީ ޗައިނާގެ ބައިޓްޑާންސުން އޮޕަރޭޓްކުރާ ޓިކްޓޮކްގެ ތެރެއަށް ވަދެފަ އެވެ.
އެޕަލްގެ ވެރިފައިޑް އެކައުންޓްގެ ވާހަކަ ވަރަށް ގިނަ ބަޔަކު ޓްވިޓާގައި ވެސް ހިއްސާކޮށްފައިވެ އެވެ.
Apple is now on TikTok
— Matt Navarra | 🚨 #StayAtHome (@MattNavarra) April 23, 2020
looking forward to thumping beats and hip teens holding Apple products in beautifully crafted TikToks
h/t @Sphinx pic.twitter.com/UMW3raf9og
ސުވާލަކީ ޓިކްޓޮކްގެ ބޭނުން އެޕަލް އިން ކިހާ ވަރަކަށް ހިފާނެތޯ އެވެ؟ އެކައުންޓްގެ ފޮލޯވަރުން އިތުރުވަމުން ދިޔަ ނަމަވެސް އޭގައި އަދި ޕޯސްޓެއް ނެތެވެ. އެޕަލް އިން މީގެ ކުރިން ވެސް ހުޅުވާފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ އެކައުންޓްތަކަކީ ވެސް މާ ބޮޑު ދިރުމެއް ހުންނަ އެއްޗިއްސެއް ނޫނެވެ. އެގޮތުން ޓްވިޓާ ފާހަގަކޮށްލެވޭނެ އެވެ. އެ އެކައުންޓް 2011 ގައި ހުޅުވި ފަހުން އިންނަނީ ފަޅަށެވެ.
އެޕަލް އިން އިންސްޓަގްރާމް އެކައުންޓެއް ވެސް ގެންގުޅެ އެވެ. މި ވަގުތު 23.2 ފޮލޯވަރުން ތިބި އެ އެކައުންޓަކީ ކޮންމެވެސް ވަރެއްގެ ދިރުމެއް ހުރެ އެވެ.
ޔަގީނުން ވެސް ގިނަ ބަޔަކު މިހާރު ދެން އެންމެ ބޮޑަށް ބަލަން ބޭނުންވާނީ އެޕަލް އިން ޓިކްޓިކް ބޭނުންކުރާނެ ގޮތެކެވެ. އެ އެޕަކީ އޭގެ ޒާތުގައި މީސްމީހުންގެ ސަމާލުކަން މާ ބޮޑަށް ވެސް ހޯދާ ގޮތްގޮތަށް ކަންކަން ހިނގާ ޕްލެޓްފޯމެކެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ނެކްސްޓް
25 April 2020
ކުރާނެކަމެއް ނެތިގެން އުޅޭމީހުން ގިނަވީމަ ވާގޮތް