އައިފޯނުން ފޯން ކޯލް ރިކޯޑްކުރެވޭ ގޮތް ހަދަނީ

ފޯން ކޯލް ރިކޯޑްކުރުމަކީ މީހުން ވަރަށް ކުރާ ހިތްވާ ކަމެކެވެ. އަދި އަމުދުން އަނެއް ކޮޅުގައި ހުންނަ މީހަކަށް އެކަން ނާންގާވޭތޯ ވެސް ބަލަ އެވެ. މިއީ ޒަމާނީ ޓެކްނޮލޮޖީން ލިބިދީފައި ހުރި ފަސޭހައެއް ނަމަވެސް، ބޭނުންކުރެވެނީ އެންމެ ސުލްހަވެރި ގޮތުގައެއް ނޫނެވެ.


އައިފޯނުން ފޯނު ކޯލް ރިކޯޑްކުރެވޭ ގޮތް ހަދަނީ އެވެ. މިއީ އައިފޯނުގެ ތަބީއަތުގައި، އައިއޯއެސްގައި އަދި ނެތް ފީޗާއެކެވެ. ނަމަވެސް، މަސްރަހުގައި ވާހަކަތައް ހުރި ގޮތަށް ބަލާއިރު، އައިއޯއެސް 14 ގައި މި ފީޗާ ހިމަނާނެ އެވެ.

ސްމާޓްފޯން މާކެޓްގައި، ފޯނުތައް އުފައްދާ ކުންފުނިތައް ގިނަވެ، ކޯލް ރިކޯޑްކުރުން ވަނީ ބޮޑުގުޅަ އަށް ވެފަ އެެވެ. އައިފޯނުން ފޯން ކޯލެއް ރިކޯޑްކުރަން އެދޭ ނަމަ އެކަން ކުރެވިދާނެ ކިތަންމެ ގޮތެއް އިންޓަނެޓްގައި އެ ވަނީ އެވެ. ނަމަވެސް، އައިއޯއެސްގެ ފީޗާއެއް ގޮތުގައި އެޕަލުން ކޯލް ރިކޯޑިން ގާއިމުކޮށްފި ނަމަ އެއީ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ އެވެ.

އައިފޯނުގައި ކޯލް ރިކޯޑިން ފީޗާ ހިމެނި ނަމަވެސް، މުޅި ދުނިޔެ އަށް ހުރިހާ ގައުމަށް އެ ފީޗާ ލިބޭނެ ކަމަށް އަދި ނުފެނެ އެވެ. އެއީ ގައުމުތަކުގައި ހުރި ގަވާއިދުތަކަށް ބަލައި، ކޯލް ރިކޯޑްކުރުން މަނާ ނަމަ، އެ ސަރަހައްދަކަށް އެ ފީޗާ ނުދިނުމަކީ އެޕަލުން ކޮށްފާނެ ކަމެކެވެ. އެޕަލް ގޮވައިގެން ކޯޓަށް ދިއުމަށް މަގުފަހިވާ ކަމެއް އެޕަލް އިން ކުރާކަށް ބޭނުމެއް ނުވާނެ އެވެ.

އައިއޯއެސް އިން ކޯލް ރިކޯޑްކުރާއިރު، އެކަން ކުރާކަން ދެ ފަރާތަށް ވެސް އަންގައިދޭނެ ކަމަށް ވެ އެވެ. އެހެންކަމުން އައިއޯއެސްގައި ހިމަނާ ކޯލް ރިކޯޑިން އަކީ ސިއްރު ފީޗާއަކަށް ނުވާނެ އެވެ. މި ފީޗާ އާންމުކުރާނެ ކަމަށް ވަނީ މި އަހަރު އޮންނަ ވޯލްޑް ވައިޑް ޑިވެލޮޕާސް ކޮންފަރެންސްގައި، ޖޫން 22 ގަ އެވެ.