އިންޑިއާގައި ޓިކްޓޮކް މަނާކުރި މައްސަލާގައި ބައިޓްޑާންސުން މަޝްވަރާކުރަނީ

ޓިކްޓޮކްގެ ބޮޑު މާކެޓެއް އޮތް އިންޑިއާގައި އެ އެޕް މަނާކުރުމާ ގުޅިގެން މި މައްސަލަ އަށް ހައްލެއް ލިބޭތޯ އިންޑިއާގެ ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް، ޓިކްޓޮކް ހިންގާ ކުންފުނި ބައިޓްޑާންސުން ބުނެފި އެވެ.


އެ ކުންފުނިން މިހެން ބުނެފައި ވަނީ މިދިޔަ ހޯމަ ދުވަހު، ޓިކްޓޮކް ހިމެނޭ ގޮތަށް ޗައިނާގެ 59 އެޕެއް އިންޑިއާ އިން މަނާކުރުމާ ގުޅިގެން އެކަމާ ދެކޮޅަށް ބައިޓްޑާންސުން އިންޑިއާ އަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅަން އުޅޭ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.

ނަމަވެސް އެކަން ދޮގުކޮށް ބައިޓްޑާންސުން ބުނީ އެކަހަލަ އެއްވެސް ކަމެއް ކުރަން ނޫޅޭ ކަމަށާއި ބޭނުން ވަނީ މި މައްސަލަ އަށް ވާހަކަ ދައްކައިގެން ހައްލެއް ހޯދޭނެ ގޮތެއްވޭތޯ ކަމަށެވެ. ޗައިނާގެ ގިނ އަދަދެއްގެ އެޕްތަކެއް އިންޑިއާގައޮ މަނާކުރީ ދެ ގައުމުގެ މެދުގައި އުފެދިފައިވާ ސިޔާސީ ކޯޅުންތަކާ އެކު، ޗައިނާގެ އެޕްތަކުން އިންޑިއާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އެވެ.

ޑިޒްނީ ކުންފުނި ދޫކޮށްލައި މިދިޔަ މަހުގެ އެކަކުން ފެށިގެން ޓިކްޓޮކްގެ ސީއީއޯގެ މަގާމާއި ބައިޓްޑާންސްގެ ސީއޯއޯގެ މަގާމާ ހަވާލުވެޑައިގަތް ކެވިން މޭޔާ ވިދާޅުވީ އިންޑިއާ އިން ޓިކްޓޮކް މަނާކުރުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. އޭނާ ވިދާޅުވީ އިންޑިއާ އަކީ ޓިކްޓޮކްހެ ވަރަށް ބޮޑު މާކެޓަކަށްވެފައި، އެ ގައުމުގައި ޓިކްޓޮކް ބޭނުންކުރުމަކީ އެތައް ބަޔަކަށް ލިބުނު ގެއްލުމެކެވެ.

"އެހެންވެ އަހަރެމެން ބޭނުންވޭ ޓިކްޓޮކް މަނާކުރުމުގެ ފަހަތުގައި ހުރި އަސްލު ސަބަބުތައް ހޯދައި، މަޝްވަރާކޮށްގެން މި މައްސަލަ އަށް ހައްލެއް ހޯދަން،" ކެވިން ވިދާޅުވި އެވެ. "އަހަރެމެން މިހާރު ވެސް މި އަންނަނީ އިންޑިއާގެ އޮފިޝަލުންނާ އެކު މި މައްސަލާގައި މަޝްވަރާތައް ކުރަމުން."

ތަފާސްހިސާބުތައް ދައްކާ ގޮތުން ޓިކްޓޮކް ބޭނުންކުރަމުން ދިޔަ މީހުންގެ އަދަދު އިންޑިއާގައި 200 މިލިއަނަށް އަރަ އެވެ. އަދި އެއީ ޓިކްޓޮކް ބޭނުންކުރާ މީހުންގެ 30 ޕަސެންޓެވެ.

"އަހަރެމެން ބޭނުންވޭ ޓިކްޓޮކް މަނާކުރުމުގެ ފަހަތުގައި ހުރި އަސްލު ސަބަބުތައް ހޯދައި، މަޝްވަރާކޮށްގެން މި މައްސަލަ އަށް ހައްލެއް ހޯދަން،" ކެވިން ވިދާޅުވި އެވެ. "އަހަރެމެން މިހާރު ވެސް މި އަންނަނީ އިންޑިއާގެ އޮފިޝަލުންނާ އެކު މި މައްސަލާގައި މަޝްވަރާތައް ކުރަމުން."

އާމްދަނީ ހޯދަން އެ ޕްލެޓްފޯމަށް ބަރޯސާވާ މީހުން ވެސް އިންޑިއާގައި ވަރަށް ގިނަ އެވެ. މީގެ އިތުރުން އިންޑިއާގެ ފިލްމީ ތަރިންގެ މެދުގައި ވެސް ޓިކްޓޮކަކީ ވަރަށް މަގުބޫލު އެއްޗެކެވެ. އެ އެޕް މަނާކުރުމުން ބައެއް މީހުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ޓިކްޓޮކް އިންޑިއާގައި މަނާކުރުމާ ގުޅިގެން އެ ޕްލެޓްފޯމްގެ އިންޑިއާގެ ހެޑް ނިކިލް ގާންދީ ވެސް ވިދާޅުވީ މިއީ އެތައް ބަޔަކަށް މާލީ ގޮތުން ވެސް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އެގޮތުން ޓިކްޓޮކްގެ އިންޑިއާ މުވައްޒަފުން މިހާރު ތިބީ ހަދާނެ ގޮތެއް ނޭނގިފައި ކަމަށް ބުންޏެވެ.

ޗައިނާ އާއި އިންޑިއާއާ ދެމެދު ހޫނުވެފައިވާ މައްސަލަގަނޑާ ގުޅުވައިގެން އިންޑިއާގައި މީގެ ދެ މަހެއްހާ ދުވަސްކުރިން ވަނީ ޗައިނާގެ އުފެއްދުންތައް ބޮއިޓްކުރަން ކެމްޕޭނެއް ވެސް ފަށައިފަ އެވެ.

ދެ ގައުމުގެ މެދުގައި މިހާރު މައްސަލަތައް ހޫނުވެގެން އުޅެނީ ދެ ގައުމުގެ ބޯޑަރު ހިއްސާކުރާ ލަޑާކް ސަރަހައްދުގައި ޗައިނާ އިން އަސްކަރީ މަރުކަޒުތަކެއް ގާއިމުކުރާ އިރު، ގަވްލާން ސަރަހައްދުން އިންޑިއާގެ ބިމުގެ ތެރެއަށް ޗައިނާ އިން ވަދެފައިވާ ކަމަށް އިންޑިއާ އިން ކުރާ ތުހުމަތުތަކާ އެކީގަ އެވެ. މިކަމާ ގުޅިގެން ދެ ގައުމުގެ ސިފައިންގެ މެދުގައި ކުރިމަތިލުންތަކެއް ހިނގައި، ދެ ގައުމުގެ ސިފައިންގެ އޮފިސަރުންތަކެއް ވެސް މަރުވެފައިވެ އެވެ.