ސެމްސަންގްގެ އާ އުފެއްދުންތައް އަންނަ މަހު ދައްކައިލާނެ.
09 ޖުލައި 2020
ސެމްސަންގް ގެލެކްސީ ނޯޓް 20 އޮންނާނެ ގޮތް މިހާރު ވާނީ ތަސައްވުރުކޮށްލެވިފަ އެވެ. އޭގެ ފޮޓޯތަކެއް މިދިޔަ ހަފުތާގެ ތެރޭގައި ލީކްވެ، މީޑިއާތަކުގައި ވަރަށް ބޮޑަށް ދައުރުވެފައިވެ އެވެ.
އުފާވެރި ޚަބަރަކީ ގެލެކްސީ ނޯޓް 20 އަށް ހާއްސަކޮށްގެން ބާއްވަން ނިންމާފައިވާ އިވެންޓް އަންނަ މަހުގެ 5 އަށް މިހާރު ތާވަލުކޮށްފައި އޮތުމެވެ. ސެމްސަންގުގެ ވެބްސައިޓުން އެ އިވެންޓް ލައިވް ވެސް ކުރާނެ އެވެ.
Power – a new form for a new norm. Unpacked on August 5, 2020. #SamsungEvent pic.twitter.com/DtwxXXurNP
— Samsung Mobile (@SamsungMobile) July 7, 2020
އިވެންޓްގައި ދައްކައިލާނެ އުފެއްދުންތަކުގެ ތެރޭގައި ގެލެކްސީ ނޯޓް 20 އާއި ސެމްސަންގުގެ ފަތްޖެހޭ ފޯނު ގެލެކްސީ ފޯލްޑްގެ އާ ވާޝަނެއް ހިމެނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ގެލެކްސީ ނޯޓް 20ގެ ދެ ވާޝަނެއް ނެރޭނެ އެވެ. އެއީ ދެ ސައިޒަކުން ނެރޭ ނޯޓް 20 އާއި ނޯޓް 20 އަލްޓްރާ އެވެ.
އަލަށް ނެރޭ ފަތްޖެހޭ ފޯނަކީ ގެލެކްސީ ޒީ ފޯލްޑް 2 ކަމަށްވެ އެވެ.
މި އުފެއްދުންތަކާ ބެހޭ ގޮތުން ސެމްސަންގުން މިހާތަނަށް ވާހަކަ ދައްކާފައި ނުވާތީ އޮތީ އޮގަސްޓް 5 އަށް އިންތިޒާރުކުރުމެވެ. އަލަށް ނެރޭ އުފެއްދުންތަކުގައި ހުރި ފެންވަރަކާއި ފަންވަރެއް އެނގޭނީ އެ ދުވަހު އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް