06 ސެޕްޓެމްބަރ

September 06, 2016 15
އެޕަލްގެ އުފެއްދުންތައް މޮޅުކަމުން ވީ ކޮން ފައިދާއެއް؟

ދުނިޔޭގައި އެންމެ މުއްސަނދި ޓެކްނޮލޮޖީ ކުންފުންޏަކީ އެޕަލް އެވެ. އެންމެ މޮޅު ކޮމްޕިއުޓަރު އުފައްދަނީ އެޕަލް އިންނެވެ. އައިފޯނު ކުރިމަތީގައި ދެން ހުރި ހުރިހާ ފޯނަކަށް ޖެހެނީ ފިރުކޭށެވެ.

05 ސެޕްޓެމްބަރ

September 05, 2016 5
ލެޕްޓޮޕް ކެމެރާމަތީގައި ކީއްކުރާ ޓޭޕްކޮޅެއް؟

އެކި މީހުން އިންޓަނެޓް ބޭނުންކުރަނީ އެކި ބޭނުމުގަ އެވެ. އޭގެ ތެރޭގައި ވައްކަޅިން ބަލައި ފާރަވެރިވާން ޖެހޭ ދެ ބައިގަނޑެއް ހިމެނެ އެވެ. އެއީ ފައިސާ ހޯދަން އިންޓަނެޓް ހާވާ މީހުންނާއި ޝަހުވަތްތެރި ބޭނުންތަކަށް އިންޓަނެޓަށް ވަންނަ މީހުންނެވެ. ހަގީގަތުގައި ބޭއަދަބީ ހުރިހާ ހަރަކާތެއް ނިމެނީ ފައިސާއާ ހިސާބުންނެވެ.

04 ސެޕްޓެމްބަރ

September 04, 2016
އައިފޯން ހެކް ކުރީ ކޮންބައެއް؟

އައިފޯނަށް ފޮނުވާލާ ޓެކްސްޓް މެސެޖަކުން ފޯނު ހެކްކުރާ ބައެއްގެ ވާހަކަ މީގެ ދުވަސްކޮޅެއް ކުރިން ވަނީ މީޑިއާގައި ތިލަވެފަ އެވެ. ސަލާމަތީ ގޮތުން ވަރުގަދަ ކަމަށް އެޕްލަ މަޝްހޫރެވެ....

September 04, 2016 13
ފޭސްބުކަށް ބޮޑު ގެއްލުމެއް، ސެމްސަންގަށް ބޮޑު ލަދެއް

ނިމިގެން މި ދިޔައީ ޓެކްނޮލޮޖީގެ ދުނިޔޭގައި ލަދުވެތި ދެ ކަމެއް މެދުވެރިވި ހަފުތާއެކެވެ. އެތައް ސަތޭކަ މިލިއަން ޑޮލަރެއް އަނދައި އަޅިއަށްވެ ދެ ކުންފުންޏަކަށް ލަދުވެތިކަން އަދި އަނެއް...

03 ސެޕްޓެމްބަރ

September 03, 2016 1
"އެކްސްޕީރިއާ ޒީ" ފޯނުތައް ސޮނީން ހުއްޓާލަނީ

ސޮނީ "އެކްސްޕީރިއާ ޒީ" ބްރޭންޑް ފޯނެއް ދެން ނުއުފައްދާނެ ކަމަށް ސޮނީން ބުނެފި އެވެ. އެ މަރުކާ އަށް މި ހިސާބުން ނިމުން އައީ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

02 ސެޕްޓެމްބަރ

September 02, 2016 8
ނޯޓް 7ގެ ބެޓެރި ގޮވަނީ، ވިއްކުން ހުއްޓާލައިފި

ސެމްސަންގުން އެންމެ ފަހުން ނެރުނު ގެލެކްސީ ނޯޓް 7ގެ ބައެއް ފޯނުތައް ޗާޖަށް ޖެހުމުން ބެޓެރި ގޮވުމުގެ މައްސަލަ ކުރިމަތި ވާތީ، އޭގެ ފޯނު ސަޕްލައިކުރުން ސެމްސަންގުން ވަގުތީ ގޮތުން...

September 02, 2016 2
މައިކްރޮސޮފްޓުން "ސްވިފްޓްކީ" ގަތީ ކީއްކުރަން؟

މައިކްރޮސޮފްޓުން "ސްވިފްޓްކީ" ގަތީ 250 މިލިއަން ޑޮލަރަށެވެ. އެކަން އިއުލާންކުރީ މި އަހަރު ކުރީކޮޅުު އެވެ. މައިކްރޮސޮފްޓުން ސްވިފްޓްކީ ގަތުމަކީ ސްވިފްޓްކީ އަށް ލޯބިކުރާ މީހެއްގެ...

01 ސެޕްޓެމްބަރ

September 01, 2016 1
ޓެކްނޮލޮޖީއަށް ހޭލުންތެރިކުރުވަން ޓްރެއިންތަކެއް ބާއްވަނީ

ޓެކްނޮލޮޖީ އަށް ހޭލުންތެރިކުރުވަން ސައިރިކްސް ކޮލެޖުން ތަމްރީން ވޯކްޝޮޕްތަކެއް ބާއްވަން ނިންމައި އޭގައި ބައިވެރިވާން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.

September 01, 2016
ޕްލޭސްޓޭޝަން 4 "ސްލިމް" އަށް 5ގިގަހާޓްޒް ވައިފައި

ޕްލޭސްޓޭޝަން މަރުކާގެ ގޭމް ކޮންސޯލްތަކުގައި ބާރުގަދަ ހާޑްވެއާ އަބަދުވެސް ހިމަނަ އެވެ. ސޮނީން ޕީއެސް ކޮންސޯލްތައް އުފައްދަނީ އެކަށީގެންވާ ވަރަށް ބުރެ ބާރުގަދަ ހާޑްވެއާގައި ކަމަށް...

30 އޯގަސްޓް

August 30, 2016 1
ފުންނާބު އުސް ކުންފުނިތަކުން ޖައްވަށް

ޖައްވުގައި ބާރުގަދަކުރަން ގައުމުތަކުން ކުރާ މަސައްކަތުގައި އެމެރިކާ އާއި ރަޝިއާ ވަކި ބަޔަކަށް ދުލެއް ނުކުރެ އެވެ. ޗައިނާ، ޖަޕާން އަދި އަވައްޓެރި އިންޑިއާ ވެސް ފަންނީ ގޮތުން ގާބިލެވެ. އެހެން ނަމަވެސް ހަނދަން އުޅަނދެއް ފޮނުވުމުގައި ކާމިޔާބު ހޯދާފައި ވަނީ އެމެރިކާ އާއި ރަޝިއާ އަދި ޗައިނާ އެވެ.

29 އޯގަސްޓް

August 29, 2016 6
ޓެކްސްޓް މެސެޖަކުން އައިފޯނު ފޫވައްޓާލަނީ

މިއީ މޮޅު ފޯނެކޭ، ހެކް ކޮށްގެން މައުލޫމާތެއް ނުހޯދޭނޭ ބުނަން ހިތަށް ވެސް އަރުވާނެ ކަމެއް ނެތެވެ. އެންޑްރޮއިޑުން ހިންގާ ފޯނުތަކުގައި ބާގަނޑުތައް ގިނަ ކަމަށް މަޝްހޫރެވެ. ވާދަވެރި އައިފޯނަކީ ރައްކާތެރި އެއްޗެއް ކަމަށް ވެސް ބުނެ އެވެ. އެކަމަކު މިހާރު ބުނަން ޖެހެނީ ސަލާމަތްވާން ވަންނާނެ އެއްވެސް ތަނެއް ނެތް ކަމަށެވެ.

28 އޯގަސްޓް

August 28, 2016
ވަޓްސްއެޕް ބޭނުންކުރާ މީހުންގެ މައުލޫމާތު ފޭސްބުކަށް ދެނީ

ވަޓްސްއެޕް އަމިއްލަކުރަން ފޭސްބުކުން ކުރި މަސައްކަތް ކާމިޔާބުކުރީ ފެބްރުއަރީ 19، 2014 ގަ އެވެ. އެ އަށް ފަހު، ފޭސްބުކާ އެއް ހިމާޔަތެއްގައި ވަޓްސްއެޕް ހިންގި ނަމަވެސް މެނޭޖްކުރަމުން އައީ ވަކިވަކިންނެވެ.

27 އޯގަސްޓް

August 27, 2016 4
ޓްރޫކޯލާ ދުނިޔެ ކާލަން ބޭނުންވެފައި

ޓްރޫކޯލާ ލަސްތަކެއް ނުވެ ވާވޭއާ ގުޅޭނެ އެވެ. އެ ވާހަކަތަކުގައި ރަސްމީ ސިފަ ޖެހި ވަރަށް ބާރަށް ކުރިއަށް ދާކަން ޚަބަރުތަކުން އެނގެ އެވެ. ބޭނުމަކީ ޓްރޫކޯލާ ނުގެންގުޅޭ ގައުމުތަކުގައި، ވާވޭ ފޯނުތައް މެދުވެރިކޮށް ފެތުރިގަތުމެވެ.

25 އޯގަސްޓް

August 25, 2016 7
މި ދުނިޔެއާ އެއްގޮތް އެހެން ދުނިޔެއެއް ފެނިއްޖެ

ވޮޝިންޓަން (އޮގަސްޓް 25) - އަހަރެމެން ދިރިއުޅޭ މި ދުނިޔެއާ އެއްގޮތް އެހެން ދުނިޔެއެއް ސައެންސްވެރިން ހޯދައިފި އެވެ.

August 25, 2016 2
އިސްތައްޓަކަށް ވުރެ ހިމަ ކަރަންޓް ނަރެއް

އިންސާނުންގެ އިސްތައްޓަކަށް ވުރެ އެތައް ހާސް ގުނަ ހިމަ ކަރަންޓް ނަރެއް އުފައްދާނެ ނިޒާމެއް މައިކްރޮބަޔޮލޮޖިސްޓުން ހޯދައިފި އެވެ. މިއީ ސައިންސަށް އިންގިލާބެއް ކަމަށް ބުނެވެ އެވެ. މި...

August 25, 2016 2
ސެންޓުގެ ވަހުން ތަހުގީގަށް ހެކި ހޯދިދާނެ

ކުށުގެ ވެށިން ލިބޭ، އެތަނުގައި އުޅެފައިވާ މީހުން ޖަހާފައި ހުންނަ ސެންޓުގެ ވަހުން ތަހުގީގަށް އެހީތެރިކަން ހޯދައި ކުށްވެރިން ދެނެގަންނަން ބޭނުންކުރެވިދާނެ ކަމަށް ދިރާސާއެއްގައި...

23 އޯގަސްޓް

August 23, 2016 1
ފޯނު ނިއްވާފައި އޮންނައިރު ބެޓެރީ ބާރުދަނީ ކީއްވެތަ؟

ފޯނު ނިއްވާފައި އޮންނައިރު އެ އޮންނަނީ ބެޓެރީ އަށް ބޭނުންނުޖެހޭ ހާލަތަކު ނޫނެވެ. މިސާލެއް ބުނެދޭނަމެވެ. ނިދަން އޮށޯންނަމުން ބައެއް މީހުން ފޯނު ނިއްވާލަ އެވެ. އެއީ ހުޅުވާފައި ބޭއްވުމުން ބެޓެރީ ހުލިވެދާނެތީއެއް ނޫނެވެ. ފޯނު ރިންގުވާ އަޑަށް ހޭލެވި، އަރާމު ނިދި ޚަރާބުވެދާނެތީ އެވެ.

22 އޯގަސްޓް

August 22, 2016 21
ބިލަބޮންގާއި އުގެއިލް، ދަރިވަރުން އެހެން ދިމާލަކަށް

ދަރިވަރުން ޓެކްނޮލޮޖީގެ ތެރެއަށް ވައްދަން ބިލަބޮންގް ސްކޫލުން ވަނީ ހާއްސަ ޕްރޮގްރާމެއް ފަަށައިފަ އެވެ. ސައިންސް، ޓެކްނޮލޮޖީ، އިންޖީނިއަރިން، އާޓްސް އަދި ހިސާބު އިލްމުގެ މައްޗަށް...

August 22, 2016 14
ފޯނަށް ކަވަރެއް ލެއްވުމުގެ ބޭނުމަކީ ކޮބާ؟

ފޯނަށް ކަވަރެއް ލައްވައިގެން އުޅޭ މީހުން ހީކުރަނީ ކަވަރުގެ ސަބަބުން ފޯނު ރައްކާތެރިކުރެވޭ ކަމަށެވެ. ޒަމާން ފެށުނީއްސުރެ އައިފޯނެއް ގެންގުޅޭ މީހަކު ބުނި ގޮތުގައި، ކަވަރުގެ ސަބަބުން...

20 އޯގަސްޓް

August 20, 2016 3
ސްމާޓް ގަޑިއެއް ނުހޯދާ ތިޔަ ހުންނަނީ ކީއްވެ؟

އައިފޯނަށް ބޭނުންނުޖެހި "އެޕަލް ވޮޗް 2" މަސައްކަތްކުރާނެ ކަމަށް ހީކޮށްގެން ތިބި ބަޔަކަށް ހިތާމަވެރި ޚަބަރެކެވެ. ދޭދޭ ވާހަކަތަކުން އެނގޭ ގޮތުގައި، އެޕަލް ވޮޗް 2 ޑިޒައިންކޮށްފައި ވަނީ އައިފޯން މެދުވެރިނުކޮށް ފޯނުކުރެވޭ ގޮތަކަށް ނޫނެވެ.

19 އޯގަސްޓް

August 19, 2016 1
ހެޑްފޯން ޖެކެއް ނެތް ސްމާޓްފޯނެއް ގަންނާނަންތަ؟

ސުވާލު ރަނގަޅަށް ކިޔާލާށެވެ. ދެ ގޮތަކަށް މާނަކުރެވިދާނެ އެވެ. ހެޑްފޯން ޖެކް އިންނަނީ ހެޑްފޯން ވާނގަޑުގަ އެވެ. ފޯނަކު ނޫނެވެ. ފޯނުގައި އިންނަނީ ހެޑްފޯން ޖެކް ޖަހާ ތަނެވެ. ނުވަތަ ހެޑްފޯނު ޕޯޓެވެ. އެހެންކަމުން މިއީ ކަމުނުދާ ސުވާލެއް ކަމަށް ވެސް ނިންމިދާނެ އެވެ.

18 އޯގަސްޓް

August 18, 2016 1
ސްޕޭސް ސްޓޭޝަނުން ވަޒީފާ މަދުކުރަނީ

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ތިބޭ އެސްޓްރޮނޯޓުންގެ އަދަދު މަދުކުރަން ވިސްނާ ކަމަށް ނާސާއިން ބުނެފި އެވެ. ނާސާއިން ބުނި ގޮތުގައި މަދުކުރަނީ، ސްޕޭސް ސްޓޭޝަންގައި، ރަޝިޔާ އިން ބަލަހައްޓާ ފަޅިންނެވެ. ރަޝިޔާގެ ތިން ކޮސްމޮނޯޓުން ޖައްވީ ސްޓޭޝަންގައި އަބަދުވެސް ތިބެ އެވެ.

17 އޯގަސްޓް

August 17, 2016
ފޯނު ބެޓެރީގައި އެންޓަނާ ޗިޕެއް؛ ޖާސޫސްކުރަނީތަ؟

ތިޔަ ދައްކަނީ "އެންއެފްސީ" އެންޓަނާގެ ވާކަ އެވެ. "އެންއެފްސީ" އަކީ "ނިއާ ފީލްޑް ކޮމިއުނިކޭޝަން" އެވެ. ފޯނެއްގައި އެންއެފްސީ ޓެކްނޮލޮޖީ ހިމެނޭ ނަމަ، ފޯނުގެ ކޮންމެވެސް ތަނެއްގައި އެންއެފްސީ އެންޓަނާއެއް ހަރުކުރަން ޖެހެ އެވެ.

16 އޯގަސްޓް

August 16, 2016 3
ކޮމްޕިއުޓަރު ހުރީ ހެކަރުން އަތްނުފޯރާ ފަށުގައިތަ؟

ކޮމްޕިއުޓަރުގައި ހުރި މައުލޫމާތުތައް ރައްކާތެރި ކަމަށް ބުނާ ބުނުމަށް އިތުބާރުކުރަމެވެ. އެކަމަކު އޮތީ ކޮން ޔަގީންކަމެއް ހެއްޔެވެ؟ ހާޑްޑިސްކް ގައި ހުރި ފައިލްތައް ވަގަށް ނެގޭނެ އެއްވެސް ގޮތެއް ނޯންނާނޭ ބުނަން ކެރޭނެ ހެއްޔެވެ؟ ކޮމްޕިއުޓަރު ރައްކާތެރި ކުރެވިފައި ހުރި މިންވަރު ހަރުދަނާ ކަމަށް ބަލައި ފަޚުރުވެރިނުވާށެވެ.

15 އޯގަސްޓް

August 15, 2016 2
ސްޕޭސްއެކްސް ރެޕްޓާ އިންޖީނުގައި މާސް އަށް

މާސްގައި އިންސާނީ ދަރިފަސްކޮޅު އާބާދުކުރަން ޖެހޭ ކަމަށް އެބަ ބުނެ އެވެ. ސައިންވެރިން ގަބޫލުކުރާ ގޮތުގައި ދުނިޔެ ފަނާވާނެ އެވެ. ޖައްވުގެ ތެރެއިން، މާ ދުރުން އަންނަ ގިނަހިލައެއް، ދުނިޔެ އަށް މުޑިއަރައި، އިންސާނީ ދަރިފަސްކޮޅު ފަނާވާނެ އެވެ. އިންސާނުން އާބާދުވުމަށް ތަނެއް ހޯދަންޖެހެނީ އެހެންވެ އެވެ.

14 އޯގަސްޓް

August 14, 2016
ފިއުޝާ: ގޫގުލްގެ މުޅިން އާ އޮޕަރޭޓިން ސިސްޓަމެއް

ގޫގުލް އިން އެންޑްރޮއިޑާއި ކްރޯމް އޯއެސް އެއްކޮށްލަން އުޅޭ ކަމަށް ބުނެ ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ. އެކަމާ ގުޅޭ ގޮތުން ގޫގުލުން އެއްޗެއް ނުބުނި ނަމަވެސް، އެކަހަލަ ކުލަވަރުތަކެއް އަންނަނީ ފެންނަމުންނެވެ.