12 މެއި

May 12, 2020 15
ބޮޑެތި ތަހުގީގުތަކުގެ މައުލޫމާތު ދޭން ޕީޖީ އަންގަވައިފި

ޓެރަރިޒަމާއި ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތަހުގީގުތަކުގެ ހޯދުންތައް ގަވާއިދުން ޕްރޮސެކިއުޓާ ޖެނެރަލާ ހިއްސާ ކުރަމުން ގެންދަން ފުލުހުންނަށް މިއަދު އަންގައިފި އެވެ.

05 މާޗް

March 05, 2020 3
މަޑުއްވަރީ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންނަށް ދައުވާ

ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިިންގި އޮޕަރޭޝަންގެ ތެރެއިން ރ. މަޑުއްވަރީން ހައްޔަރުކުރި މީހުންގެ ތެރެއިން ހަ މީހަކަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

05 ޑިސެމްބަރ

December 05, 2019 1
އަމީންގެ މައްޗަށް ޓެރަރިޒަމްގެ ދެ ދައުވާއެއް

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީން މައްޗަށް ޓެރަރިޒަމްގެ ދެ ދައުވާއެއް އުފުލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.

03 ޑިސެމްބަރ

December 03, 2019 2
އަމީންގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިވެ، ހަނގުރާމައަށް މީހުން ފޮނުވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީންގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

02 ޖޫން

June 02, 2019 49
އަދީބުގެ 12 އަށްވުރެ ގިނަ މައްސަލަ ޕީޖީއަށް ފޮނުވަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާ ދެކޮޅަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވި 12 އަށް ވުރެ ގިނަ މައްސަލަ އަނބުރާ ފޮނުވާލަން އެ ކޯޓުން ނިންމައިފި އެވެ.

28 އެޕްރީލް

April 28, 2019 49
ފިސްތޯލަ ގެންގުޅެގެން އަދީބަށް ކުރި ހުކުމް ގޯސް: ޕީޖީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އޭނާ 10 އަހަރަށް ޖަލަށްލާން ކުރި ހުކުމް ގޯސް ކަމަށާއި އޭނާ ފިސްތޯލައެއް ގެންގުޅުނުކަން ސާބިތުވާ މިންވަރުގެ ހެއްކެއް ނެތް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު އެއްބަސްވެއްޖެ އެވެ.

12 އެޕްރީލް

April 12, 2019 14
ޖާނުން ފިދާވާން އުޅުނު ދެ މީހުން އަނެއްކާ ޖަލަށް

ޖާނުން ފިދާވެގެން ރާއްޖޭގައި ހަމަލައެއް ދޭން ރޭވިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ދެ މީހުން ކްރިމިނަލް ކޯޓުން މިދިޔަ ނޮވެމްބަރު މަހު މިނިވަން ކޮށްފައިވަނިކޮށް އެ ދެ މީހުން އަލުން ޖަލަށް ލުމަށް ހައި ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

28 ޖެނުއަރީ

January 28, 2019 4
އަބްދުﷲ ސައީދާއި 2 މެމްބަރަކަށް ކުރި ދައުވާ ނަގައިފި

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ރައްޔިތުންގެ މަޖިލިހުގެ ދެ މެމްބަރަކަށް ކުރި ޓެރަރިޒަމްގެ ދައުވާ ދައުލަތުން އަނބުރާ ގެންގޮސްފި އެވެ.

27 ޖެނުއަރީ

January 27, 2019 2
ރިޔާޒުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ގެންގޮސްފި

ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ކުރިއަށް ނުގެންދަން ނިންމައި އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން އަނބުރާ ގެންގޮސްފި އެވެ.

03 ޖެނުއަރީ

January 03, 2019 40
"ފިނިފެންމާ" ވީޑިއޯ ތަހުގީގުކުރުމާ މެދު ލަފާ ހޯދަނީ

ރައީސްގެ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މަންޒަރު ފެންނަ ވީޑިއޯއާ މެދު ސުވާލު އުފައްދާތީ އޭގެ މައްސަލަ ތަހުގީގުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އާ މަޝްވަރާ ކުރައްވާނެ ކަމަށް އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

22 ނޮވެމްބަރ

November 22, 2018 6
ކުރީގެ ޕީޖީ މުހުތާޒު މިނިވަން ކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލައިގައި 17 އަހަރަށް ޖަލަށްލި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން މިއަދު ހައިކޯޓުން މިނިވަން ކޮށްފި އެވެ.

29 އޮކްޓޯބަރ

October 29, 2018 7
ދީދީއާ ދެކޮޅަށް ކުރި ދައުވާ ބޭރުކޮށްލައިފި

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ އާ ދެކޮޅަށް ދައުލަތުން 2015 ވަނަ އަހަރު ކުރި ދައުވާގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

24 މާޗް

March 24, 2018 21
ޓެރަރިޒަމްގެ ދައުވާކުރި ބޭފުޅުންގެ އަޒުމެއް ނުގުޑާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދެ ފަނޑިޔާރަކާއި ސިޔާސީ ބޭފުޅުންތަކަކާ ދެކޮޅަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލި ނަމަވެސް، އެ ބޭފުޅުންގެ އަޒުމެއް ނުގުޑާނެ ކަމަށާއި އެއީ އަސާސެއް ނެތް ދައުވާތަކެއް ކަން ސާބިތުވާނެ ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.

21 މާޗް

March 21, 2018 43
"ޓެރަރިސްޓުންނަށް" ހަދާތީ ޕީޖީ ދެކެ ހިތްހަމަނުޖެހިއްޖެ

ދައުލަތުގެ އިސް މަގާމްތައް ފުރުއްވި ބޭފުޅުން ހިމެނޭ ގޮތަށް، ސިޔާސީ އެތައް ބަޔަކަށް ޓެރަރިޒަމްގެ ދައުވާ އުފުލައި އެންމެން "ޓެރަރިސްޓުންނަށް" ހަދަމުންދާ ކަމަށް ބުނެ، އިދިކޮޅު...

March 21, 2018 13
ޓެރަރިޒަމްގެ ތުހުމަތު ފަހުރަކަށް ވެއްޖެ: އިބްރާހިމްދީދީ

އެންމެ ބޮޑެތި އަދަބު ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި ހިމެނޭ ޓެރަރިޒަމްގެ ތުހުމަތު ރާއްޖޭގައި ފަޚުރަކަށް މިހާރު ވެފައިވާ ކަމަށް، ކުރިން ސިފައިންގެ ހިދުމަތުގައި ގިނަ...

14 ނޮވެމްބަރ

November 14, 2017 3
ޖާނުންފިދާވެ ހަމަލާދޭން އުޅުނު ދެ ދިވެހިންނަށް ދައުވާ

ޖާނުންފިދާވެގެން ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ދެ ދިވެހިންގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.

09 އޮކްޓޯބަރ

October 09, 2017 60
ޕީޖީ ބިޝާމްގެ ކާރުގައި ރޯކޮށްލައި އަންދާލައިފި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތުގެ ބިޝާމްގެ ރަސްމީ ކާރުގައި ރޯކޮށްލައި ރޭ އަންދާލައފި އެވެ.

17 ސެޕްޓެމްބަރ

September 17, 2017 33
ރިލްވާން މައްސަލާގައި ތިން މީހަކަށް ޓެރަރިޒަމް ދައުވާ

މީގެ ތިން އަހަރު ކުރިން މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހްމަދު ރިލްވާން ހުޅުމާލެ އިން ވަގަށް ނެގި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފި އެވެ.

01 އޯގަސްޓް

August 01, 2017 51
މެމްބަރު ސައުދަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު އަވަހާރަކޮށްލަން އުޅުނު މައްސަލާގައި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

10 ޖެނުއަރީ

January 10, 2017 70
ނަޝީދުގެ މައްޗަށް އިތުރު ދައުވާއެއް ކުރަން ފޮނުވައިފި

އެމްޑީޕީގެ ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.