24 ޑިސެމްބަރ

December 24, 2019 14
ހަރުކަށިފިކުރު މީހުންގެ މައުލޫމާތު ހިއްސާކުރަން އެދިއްޖެ

ހަރުކަށި ފިކުރު ފަތުރާ މީހުންގެ މައުލޫމާތު ސަލާމަތީ ހިދުމަތްތަކަށް ފޯރުކޮށްދިނުމަށް ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން މިރޭ އެދިއްޖެ އެވެ.

23 ޑިސެމްބަރ

December 23, 2019 9
އިރާގުގައި އައިއެސް އަނެއްކާ ވެސް ވަރުގަދަ ވަނީ

އެއްއިރެއްގައި އިރާގުގެ ތިން ބައިކުޅަ ދެބައި ކޮންޓްރޯލް ކުރުމަށް ފަހު ބަލިވެފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން އަލުން އިންތިޒާމްވެ، ވަރުގަދަ ވާން ފަށައިފި އެވެ.

December 23, 2019 4
ސީރިއާގައި ތިބި ދިވެހިން ގެންނަން ކަންކަން އެބަ ބަލާ

ސީރިިއާގައި ތިބި ބައެއް ދިވެހިން ރާއްޖެ ގެންނަން ނިންމުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

22 ޑިސެމްބަރ

December 22, 2019 91
ހަރުކަށި ފިކުރު ދެނެގަންނާނެ ގޮތް ކަނޑައަޅައިފި

ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތާއި އެ މީހުންގެ ސިފަތައް ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން މިއަދު ކަނޑައަޅައި އާންމު ކޮށްފި އެވެ.

December 22, 2019 45
ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރެއް ނުދެން: އިޔާޒް

ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދީފައި ނުވާނެ ކަމަށް ވިދާޅުވެ، ބައެއް އިލްމުވެރިން ހިމެނޭ މަކްތަބާ ސަލަފިއްޔާ އަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް މިއަދު ރައްދު...

December 22, 2019 13
މައްސަލައަކީ ވެކްސިނެއް ނޫން، ހައްގުން މަހްރޫމްކުރުން!

ހައްދުފަހަނަ އަޅާފައިވާ ފިކުރާ ދެކޮޅަށް ރ. މަޑުއްވަރީގައި ހިންގާ އޮޕަރޭޝަންގައި ކުޑަ ކުއްޖަކު މައިންބަފައިންގެ އަތުން ނެގީ ވެކްސިން ދޭން އިންކާރު ކުރާތީ އެކަނި ނޫން ކަމަށާއި އެ...

21 ޑިސެމްބަރ

December 21, 2019 97
ހަރުކަށި ފިކުރާ އަބަދުވެސް ދެކޮޅު: މަކްތަބާ ސަލަފިއްޔާ

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމާ އަބަދުވެސް ދެކޮޅަށް ވާހަކަ ދައްކަމުންދާ ކަމަށާއި އެކަމަށް ތާއީދުކޮށް ވާހަކަ ދައްކާފައި ނުވާނެ ބައެއް އިލްމުވެރިން ހިމެނޭ މަކްތަބާ ސަލަފިއްޔާއިން މިއަދު ބުނެފި އެވެ.

19 ޑިސެމްބަރ

December 19, 2019 2
މަޑުއްވަރިން ހައްޔަރުކުރި މީހުންގެ ބަންދަށް 10 ދުވަސް

އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ފިކުރު ފަތުރައި އަނިޔާވެރިކަން އިސްކުރަމުންދާ މައްސަލައިގައި ފުލުހުންނާއި ސިފައިން ރ. މަޑުއްވަރީގައި ހިންގަމުން އަންނަ އޮޕަރޭޝަންގައި ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

December 19, 2019 19
ހަރުކަށިކަމާ ދެކޮޅަށް އިލްމުވެރިން ތެދުވާން ގޮވާލައިފި

އިސްލާމްދީނުގެ ނަމުގައި ޓެރަރިޒަމާއި ޖިނާއީ އަމަލުތަކަށް ހިތްވަރު ދިނުމާއި ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ދީނީ އިލްމުވެރިން ތެދުވުމަށް އިސްލާމިކް މިނިސްޓްރީން މިއަދު ގޮވާލައިފި...

December 19, 2019 32
6 ގެއެއް ފާސްކޮށް 3 މީހަކު ހައްޔަރުކޮށްފިން: ޕޮލިސް

އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ފިކުރު ފަތުރައި އަނިޔާވެރިކަން އިސްކުރަމުންދާ މައްސަލައިގައި ފުލުހުންނާއި ސިފައިން ރ. މަޑުއްވަރީގައި މިހާރު ހިންގަމުން އަންނަ...

18 ޑިސެމްބަރ

December 18, 2019 35
ހަރުކަށި ފިކުރުގެ "ބޮޑެއް" އަނެއްކާވެސް ހައްޔަރުކޮށްފި

އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ފިކުރު ފަތުރައި އަނިޔާވެރިކަން އިސްކުރަމުންދާތީ ރ. މަޑުއްވަރީގައި ހިންގާ އޮޕަރޭޝަންގައި ފުލުހުން އަނެއްކާވެސް މީހަކު ހައްޔަރުކޮށްފި އެވެ.

17 ޑިސެމްބަރ

December 17, 2019 22
ހަރުކަށި ފިކުރަށް ފުރުސަތެއް ނުދޭނަން: ޝަމާލް

ހަރުކަށި ފިކުރު ގެންގުޅޭ އެއްވެސް މީހަކަށް ރާއްޖޭގެ ދިފާއީ ބާރުގައި މަސައްކަތްކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އިއްޔެ...

December 17, 2019 31
ސީރިއާގައި ތިބި ދިވެހިން ހަތް މަސް ތެރޭ ގެންނަނީ

މީހުން މެރުމާއި ބޮން ގޮއްވުން ފަދަ އަނިޔާވެރި އަމަލުތައް ހިންގާ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ބައިއަތު ހިފައި ސީރިއާ އަށް ހަނގުރާމައަށް ދިޔަ ދިވެހިންގެ ތެރެއިން ހާލުގައި...

16 ޑިސެމްބަރ

December 16, 2019 88
މީހުން މަރަން ފަސްނުޖެހޭ 1400 ދިވެހިން އެބަތިބި!

އިސްލާމްދީނުގެ ނަމުގައި އަނިޔާވެރި އަމަލުތައް ހިންގާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ފިކުރަށް ތަބާވެ، އެ ފިކުރުގެ ދިފާއުގައި ޖެހިގެން ހުންނަ މީހާ މަރާލަން ފަސްނުޖެހޭ މިންވަރަށް...

December 16, 2019 104
ރާއްޖޭގައި ބޮން ހަދައި ވައިގެ މަގުން ގޮއްވާލަން އުޅުނު

އަނިޔާވެރި އަމަލުތަކުގައި ހައްދުފަހަނާޅަފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ލީޑަޝިޕުން ވާގިވެރިވެ، ސީރިއާގައި ހުރި ދިވެއްސަކު އިސްވެ 2017 ގައި ރާއްޖޭގައި ވައިގެ މަގުން ބޮން...

15 ޑިސެމްބަރ

December 15, 2019 1
ހާފިޒްގެ މައްޗަށް ޓެރަރިޒަމަށް މާލީ އެހީވުމުގެ ދައުވާ

ޕާކިސްތާނުގައި ދީން އައްޑަނައަކަށް ހަދައިގެން ފައިސާ ހޯދައި، އެ ފައިސާ ޓެރަރިޒަމަށް ބޭނުންކުރިކަމުގެ ދައުވާ، އަމިއްލަ ޖަމާއަތެއް ކަމަށްވާ ޖަމާއަތުއް ދައުވާގެ ބާނީ ހާފިޒް...

December 15, 2019 6
ޝަރީއަތް ނިމެންދެން އަމީން ބަންދުކުރަން އަމުރުކޮށްފި

ޓެރަރިޒަމްގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ މުހައްމަދު އަމީން، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

13 ޑިސެމްބަރ

December 13, 2019 24
ސީރިޔާގައި ދިން އިންޓަވިއުއާ އެކު އިމްރާންގެ އިންޒާރެއް

ހަނގުރާމައިގައި ބައިވެރިވުމަށް ސީރިޔާގައި ހުރި ދިވެއްސަކު، އައިއެސްގެ ޕްރޮޕެގަންޑާ ފަތުރާ މީޑިއާއަކަށް ދިން އިންޓަވިއުއަކާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިންޒާރެއް ދެއްވައިފި އެވެ.

05 ޑިސެމްބަރ

December 05, 2019 1
އަމީންގެ މައްޗަށް ޓެރަރިޒަމްގެ ދެ ދައުވާއެއް

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީން މައްޗަށް ޓެރަރިޒަމްގެ ދެ ދައުވާއެއް އުފުލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.

03 ޑިސެމްބަރ

December 03, 2019 16
އަފްޣާނިސްތާނުގައި ދިވެއްސަކަށް ބޮޑު ޖަލު ހުކުމެއް

އަފްޣާނިސްތާނުގައި ދިވެއްސެއްގެ މައްޗަށް 21 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށް ދިވެހި ފުލުހުން މިއަދު ބުނެފި އެވެ.

December 03, 2019 2
އަމީންގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިވެ، ހަނގުރާމައަށް މީހުން ފޮނުވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީންގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ...

01 ޑިސެމްބަރ

December 01, 2019 46
ޔާމީން ވިދާޅުވި "މިނިކާ ބާޒަކީ" ގާސިމް؟!

"އަޅުގަނޑު މިތާ ނެތުމަކުން، އަޅުގަނޑުމެންގެ ޕާޓީގެ މައްޗަށް މިނިކާ ބާޒުތަކެއް ސާވާރުވިޔަ ނުދެއްވައްޗޭ،"

December 01, 2019 5
ދެ މީހަކު މަރާލި ޓެރަރިސްޓް ދޫކޮށްލި ގޮތް ބަލަނީ

މިދިއަ ހުކުރުދުވަަހު ލަންޑަން ބްރިޖްގައި ވަޅި ހަރައި ދެ މީހަކު މަރާލި، ކުރީގެ ޓެރަރިސްޓް، ޖަލުން ދޫކޮށްލި ގޮތް މުރާޖާކުރަން، ޖަސްޓިސް މިނިސްޓްރީން ފަށައިފި އެވެ.

26 ނޮވެމްބަރ

November 26, 2019 25
މާއުނގޫދުއަށް ދިޔަ ދޯނި ހޯދިއްޖެ: އިމްރާން

ށ. މާއުނގޫދޫގައި އައިއެސްގެ ލޯގޯ ކުރެހި މީހުން ތިބި ދޯނި ދެނެގަނެވިފައި ކަމަށާއި އެމީހުން މިހާރު ތިބީ ކަނޑުމަތީގައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

25 ނޮވެމްބަރ

November 25, 2019 23
ހަރުކަށި ފިކުރުގެ މީހުންގެ އަތް ބަންނަންޖެހޭ: ހުސެއިން

ހަރުކަށި ފިކުރުގެ މީހުން ތިބީ "ލެޔަށް ފެން ބޮވައިގެންފައި" ކަމަށާއި ގާނޫނުއަސާސީގެ ދަށުން އުފައްދާފައި ހުރި މިނިވަން މުއައްސަސާތަކުން އެ ފިކުރުގެ މީހުންގެ އަތް ބަންނަންޖެހޭނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) މިއަދު ވިދާޅުވެއްޖެ އެވެ.

24 ނޮވެމްބަރ

November 24, 2019 44
މާއުނގޫދޫގެ ފާރުތަކުގައި އައިސިސްގެ ދިދަ ކުރަހައިފި

ށ. މާއުނގޫދު އަށް ބަޔަކު އަރައި، އެ ރަށުގެ އެކި ތަންތަނުގައި އައިސިސްގެ ދިދަ ކުރެހި މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.

23 ނޮވެމްބަރ

November 23, 2019 140
ބައިއަތު ނުހިފުމުން މަރު، ރޭވީ އާދައިގެ ކަމެއް ނޫން!

ލަނޑާ ނަގަން ނުކުތް ދޯނި ތެރޭގައި ތިބެ އިސްމާއިލް ހައްމާދަށް އިއްވީ، މައުލޫމާތު ލިބޭ ގޮތުގައި، މަރުގެ ހުކުމެވެ! އެ ހުކުމާ އެކު ތޫނު އެއްޗަކުން ބޮލާއި ގައިގެ އެކި ތަންތަނަށް ހަމަލާދީ ޒަހަމްކޮށްލީ އެވެ. ދެ އަތުގެ ވެސް ބޮޑުވާ އިނގިއްޔާއި ޝަހާދަތް އިނގިއްޔާ ދެމެދު ފުން ޒަހަމްތަކެއް ހުއްޓެވެ. އޭނާ އަށް މަރުން ސަލާމަތްވެވުނީ މޫދަށް ...

20 ނޮވެމްބަރ

November 20, 2019 71
ސަލަފްގެ މައްސަލާގައި މަހުލޫފް މަޖިލީހަށް ހާޒިރުކުރަނީ

ކުރެވޭ ތުހުމަތުތަކާ ގުޅިގެން ޖަމިއްޔަތުއް ސަލަފާ ދޭތެރޭ ފިޔަވަޅެއް އަޅާފައިވޭތޯ ބެލުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ ސުވާލު ކުރުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

November 20, 2019 78
ސަލަފް އުފެއްދީ ނަޝީދުގެ ވެރިކަމަކު ނޫން

ސަލަފް ޖަމިއްޔާ އުފެއްދުމަށް ހުއްދަދެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވިޔަސް އެއީ ހަގީގަތެއް ނޫންކަން ހާމަވެއްޖެ އެވެ.

November 20, 2019 198
ސަލަފް ޖަމިއްޔާ އަށް ޓެރަރިޒަމްގެ ތުހުމަތު

ޖަމިއްޔަތުއް ސަލަފަށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ޓެރަރިޒަމްގެ ތުހުމަތު ކުރާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

19 ނޮވެމްބަރ

November 19, 2019 44
އައިސިސްގެ ދިވެހި ހަނގުރާމަވެރިންތަކެއް އަމާން ދީފި

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިންނާ ދެކޮޅަށް އަފްޣާނިސްތާނުގެ ނަންގަރްހާރުގައި ވަރުގަދަ އޮޕަރޭޝަންތަކެއް ފެށުމާ އެކު އައިސިސްގެ އެތައް ސަތޭކަ ބަޔަކު އަމާން ދީފައިވާ ކަމަށާއި އޭގެ ތެރޭގައި ދިވެހިން ވެސް ހިމެނޭ ކަމަށް އަފްޣާނިސްތާނުގެ ބައެއް ނޫސްތަކުން މިއަދު ބުނެފި އެވެ.

17 ނޮވެމްބަރ

November 17, 2019 15
"ޓެރަރިސްޓް" އަމީންގެ ބަންދަށް އިތުރު ހަތް ދުވަސް

ރާއްޖޭގައި ފުޅާ ދާއިރާއެއެއްގައި ހަރުކަށި ފިކުރު ފަތުރަމުންދާ އަދި ރާއްޖެ އިން ބޭރުގައި ހިންގާ ހަނގުރާމަވެރި ޖަމާއަތަތްކަށް ދިވެހިން ފޮނުވާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން އިތުރު ހަތް ދުވަސް ދީފި އެވެ.