01 ނޮވެމްބަރ

November 01, 2019 19
ތުރުކީގެ ބްލެކްލިސްޓްގައި 134 ދިވެހިން ހިމެނޭ

ސީރިއާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން 134 ދިވެއްސަކު ތުރުކީ ސަރުކާރުން ބްލެކް ލިސްޓް ކޮށްފައިވާ އަލްޖަޒީރާ އިން ބުނެފި އެވެ.

November 01, 2019 35
ސީރަތު: މި އިލްމުވެރިން ވިދާޅުވަނީ ކީކޭ؟

ރާއްޖޭގައި ދީނީ އަރައިރުން ނެތެކޭ ބުނެވޭކަށް ނެތެވެ؛ ދެކޮޅަށް ވިސްނާއިރު ވެސް މި މައްސަލަ އެބައޮތެވެ. އޭގެ ހުޅުގަނޑު އޮތީ ފަޅައިގެން ދާން ތައްޔާރުވެފަ އެވެ. ނުރައްކާ އޮތީ އިންތިހާ...

31 އޮކްޓޯބަރ

October 31, 2019 23
ހަނގުރާމަވެރި ތަނެއްގެ ގޮތުގައި ސީރިއާ ކަނޑައަޅައިފި

ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓަށް އިތުރު ދެ ޖަމާއަތެއް އިތުރުކޮށް، މުޅި ސީރިއާ އަކީ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކަނޑައަޅުއްވައިފި އެވެ.

25 އޮކްޓޯބަރ

October 25, 2019 14
އަމީންގެ ބަންދަށް 15 ދުވަސް

ރާއްޖޭގައި ފުޅާ ދާއިރާއެއެއްގައި ހަރުކަށި ފިކުރު ފަތުރަމުންދާ އަދި ރާއްޖެ އިން ބޭރުގައި ހިންގާ ހަނގުރާމަވެރި ޖަމާއަތަތްކަށް ދިވެހިން ފޮނުވާ ކަމުގެ ތުހުމަތުގައި އިއްޔެ ރޭ ހައްޔަރުކުރި "ޓެރަރިސްޓް" މުހައްމަދު އަމީން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން 15 ދުވަސް ދީފި އެވެ.

24 އޮކްޓޯބަރ

October 24, 2019 62
ހައްޔަރުކުރީ "ޓެރަރިސްޓެއް" ކަމަށް ބުނާ އަމީން

ރާއްޖޭގައި ފުޅާ ދާއިރާއެއެއްގައި ހަރުކަށި ފިކުރު ފަތުރަމުންދާ އަދި ރާއްޖެ އިން ބޭރުގައި ހިންގާ ހަނގުރާމަވެރި ޖަމާއަތަތްކަށް ދިވެހިން ފޮނުވާ ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރީ "ޓެރަރިސްޓެއް" ކަމަށް އެމެރިކާ އިން ތުހުމަތު ކުރާ މުހައްމަދު އަމީން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

23 އޮކްޓޯބަރ

October 23, 2019 53
ހަނގުރާމައަށް ދިވެހިން ފޮނުވާ މީހަކު ހައްޔަރުކޮށްފި

ރާއްޖޭގައި ފުޅާ ދާއިރާއެއެއްގައި ހަރުކަށި ފިކުރު ފަތުރަމުންދާ އަދި ރާއްޖެ އިން ބޭރުގައި ހިންގާ ހަނގުރާމަވެރި ޖަމާއަތަތްކަށް ދިވެހިން ފޮނުވާ ކަމަށް ތުހުމަތު ކުރެވޭ އިސް މީހަކު މިރޭ...

October 23, 2019 13
އަދީބު ބޭނުން ވަނީ ޚިޔާނާތުގެ ޝަރީއަތް ލައިވްކުރަން

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އެންމެ ފަހުން އުފުލި ދައުވާތަކުގެ ޝަރީއަތް އާއްމުކޮށް ހުޅުވާލައިގެން، ލައިވްކޮށް ދެއްކޭ...

22 އޮކްޓޯބަރ

October 22, 2019 17
މަރުގެ އިންޒާރުދޭތީ ހައްޔަރުކުރި މީހާގެ ބަންދު ޖަހައިފި

ކަރުބުރިކޮށް، މީހުން މެރުމަށާއި ހަމަނުޖެހުން ހިންގަން ސޯޝަލް މީޑީއާގައި ގޮވަމުން ދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ދެ ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

October 22, 2019 18
ޓެރަރިޒަމްގެ ގާނޫނުގެ ބޭނުން ނުހިފާތީ ނަޝީދުގެ ނުރުހުން

ރާއްޖޭގެ ރައްޔިތުންގެ "ލޭ ހުއްދަ" ކުރަން ގޮވަމުންދާ އިރު، ޓެރަރިޒަމްގެ ގާނޫނުގެ ބޭނުން ނުހިފާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު...

21 އޮކްޓޯބަރ

October 21, 2019 2
މަނީ ލޯންޑަރިންގެ ބްލެކްލިސްޓުން ލަންކާގެ ނަން ނަގައިފި

ކޮލަމްބޯ (އޮކްޓޯބަރު 21) - މަނީ ލޯންޑަރިންނާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ބްލެކްލިސްޓުން ސްރީ ލަންކާ ސަލާމަތްވެފައިވާ ކަމަށް އެ ގައުމުގެ މާލީ ވަޒީރު މަންގަލަ ސަމަރަވީރާ ވިދާޅުވެއްޖެ އެވެ.

16 އޮކްޓޯބަރ

October 16, 2019
އެލްޓީޓީއީގެ މީހަކު ހަތިޔާރާއެކު ހައްޔަރުކޮށްފި

ސްރީ ލަންކާގައި ތަމަޅައިންނަށް ވަކި ދައުލަތެއް އުފައްދަން ސަރުކާރާ ދެކޮޅަށް ދިގު ހަނގުރާމައެއް ކޮށް ނާކާމިޔާބީއާ ކުރިމަތިވެފައިވާ ލިބަރޭޝަން ޓައިގާސް އޮފް ޓެމިލް އީލާމް (އެލްޓީޓީއީ) ގެ އިސް މީހަކު ފިލައިގެން އުޅޭ ގެއެއް ފާސްކޮށް، ގިނަ އަދަދެއްގެ ހަތިޔާރާއެކު އޭނާ ހައްޔަރުކޮށްފި އެވެ.

14 އޮކްޓޯބަރ

October 14, 2019 2
އެލްޓީޓީއީ އަލުން ފަށަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ސްރީ ލަންކާގައި ތަމަޅައިންނަށް ވަކި ދައުލަތެއް އުފައްދަން އެތައް އަހަރެއް ވަންދެން ހަނގުރާމަކުރި ލިބަރޭޝަން ޓެމިލް ޓައިގާސް އޮފް ޓެމިލް އީލާމް (އެލްޓީޓީއީ) ގެ ހަރަކާތްތައް އަލުން ފަށަން އެއްކޮށްފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާއާ އެކު މެލޭޝިއާ އިން 12 މީހަކު ހައްޔަރުކޮށްފި އެވެ.

13 އޮކްޓޯބަރ

October 13, 2019 16
ޔަމަން މީހާ ހަޅުތާލު ހުއްޓާލައި ކާން ފަށައިފި

މީގެ ދެ މަހެއްހާ ދުވަސް ކުރިން ޖަލުގައި ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލާ ގުޅިގެން ހާލު ދެރަވެ، އައިޖީއެމްއެޗުގައި އެޑްމިޓްކުރި ޔަމަންގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާ ގޮތް ދޫކޮށް، މިދިޔަ ހަފުތާގައި ކާން ފަށައިފި އެވެ.

11 އޮކްޓޯބަރ

October 11, 2019 1
ޓެރަރިޒަމްގެ ގާނޫނުގެ އިސްލާހު ތަސްދީގު ކުރައްވައިފި

ޓެރަރިޒަމްގެ ކުށްތައް ހުއްޓުވަން ޚާއްސަ ބާރުތަކެއް ފުލުހުންނަށް ލިބޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ތަސްދީގު ކުރައްވައިފި އެވެ.

03 އޮކްޓޯބަރ

October 03, 2019 10
ގާނޫނުން އިލްމުވެރިންނަށް ބިރެއް ނެތް: އިމްރާން

ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީފައިވާ ޓެރަރިޒަމްގެ ގާނޫނު ބޭނުން ގޮތަކަށް މާނަކޮށް، އިލްމުވެރިންނާ ދޭތެރޭގައި ނުހައްގުން ފިޔަވަޅު ނާޅާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ދެއްވައިފި އެވެ.

02 އޮކްޓޯބަރ

October 02, 2019 21
އަލިފާނުގެ ހާދިސާ މުއިއްޒު ޓެރަރިޒަމާ ގުޅުވީ ހެއްކެއް ނެތި!

ތިލަފުށިގޭގެ ކެމިކަލް ގުދަނުގައި މި މަހުގެ 20 ގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ އަކީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ސިފަކުރެއްވީ އެއްވެސް ހެއްކެއް ނުވަތަ ސައްހަ މައުލޫމާތެއްގެ މައްޗަށް ނޫން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

28 ސެޕްޓެމްބަރ

September 28, 2019 7
ހަނގުރާމައަށް ދިއުމަށް ހިތްވަރު ދިނުން ކުށަކަށް ހަދަނީ

ހަނގުރާމަ އަށް މީހަކު ފޮނުވަން މަސައްކަތް ކުރުމާއި އެކަމަށް ހިތްވަރު ދިނުމަކީ ކުށެއްގެ ގޮތުގައި ހަދައި އެފަދަ މީހުންނަށް ބޮޑެތި އަދަބުތަކެއް ދިނުމަށް، ޓެރަރިޒަމް މަނާކުރުމުގެ ބިލް...

September 28, 2019 5
24 ގަޑިއިރަށް ބަންދު ކުރެވޭ ގޮތަށް ބިލް ބަދަލުކޮށްފި

ޓެރަރިޒަމްގެ ކުށްތަކުގައި ހައްޔަރު ކުރާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް 24 ގަޑިއިރު ބެހެއްޓޭ ގޮތަށް ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން ޓެރަރިޒަމް މަނާކުރުމުގެ ބިލް...

24 ސެޕްޓެމްބަރ

September 24, 2019 3
ޓެރަރިޒަމްގެ ބިލް ކޮމިޓީން ދިރާސާކުރަނީ ސިއްރުކޮށްގެން

ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ސިއްރުކޮށްގެން ދިރާސާކުރަން ފަށައިފި އެވެ.

September 24, 2019 47
މުއިއްޒަށް އަދިވެސް އެއީ "ޓެރަރިސްޓް ހަމަލާއެއް"

ހ. ތިލަފުށިގޭގައި ހަދާފައި ހުރި ކެމިކަލް ގުދަނުގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު އުތުރު ދާއިރާގެ...

September 24, 2019 31
ބިރު ތަޖުރިބާ ކުރެވިއްޖެ، ހަރުކަށި ފިކުރު ހުއްޓުވައިދީ

ނޫސްވެރިޔާ އަހްމަދު ރިލްވާން މަރާލި މައްސަލަ އިން ރާއްޖޭގައި ވެސް ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރު ވިދާޅުވެ ދެއްވައި، ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް، ޓެރަރިޒަމާއި...

23 ސެޕްޓެމްބަރ

September 23, 2019 25
"ރޯވުމާ ގުޅޭ ގޮތުން މުއިއްޒުގެ ތުހުމަތު ބަލަން ޖެހޭ"

މާލޭގެ ކެމިކަލް ގުދަނެއްގައި ރޯވެ މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް...

September 23, 2019 32
ހުޅުޖެހިތޯ ބަލަން ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން

ހ. ތިލަފުށީގޭގައި ހުރި ގުދަނެއްގައި އަލިފާނުގެ ބޮޑު ހާދިސާ ހިނގީ ގަސްދުގައި ބަޔަކު ރޯކޮށްލައިގެންތޯ ބަލަން ތަހުގީގުކުރާ ޓީމު މިހާރު ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން...

22 ސެޕްޓެމްބަރ

September 22, 2019 11
48 ގަޑިއިރު ބަންދުގައި ބަހައްޓަން ކަމަކު ނުދިޔަ

ޓެރަރިޒަމްގެ ކުށްތަކުގެ ހައްޔަރު ކުރާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް 48 ގަޑިއިރު ބަންދުގައި ބެހެއްޓޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނު ބަދަލު ކުރުމަކީ ގާނޫނުއަސާސީއާ...

September 22, 2019 28
ރިފްއަތު ރާއްޖޭގައި ނެތުމުން ޝިޔާމް ފާޑު ކިޔައިފި

ގާނޫނުތަކާއި ގަވައިދުތައް އިސްލާހު ކުރުމުގެ މަސައްކަތް ކުރާ އިރު، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ރާއްޖޭގައި ވަޑައިގެން ނޫޅުއްވާތީ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި...

20 ސެޕްޓެމްބަރ

September 20, 2019 8
ހަރުކަށި މީހުންނަށް ފިޔަވަޅު ނޭޅެނީ ދަތިތަކެއް ހުރުމުން

އިސްލާމް ދީނަށް ފުރައްސާރަކޮށް، ދީނުގެ ނަމުގައި ހައްދު ފަހަނައަޅާފައިވާ މީހުންނަށް ފިޔަވަޅު އެޅުމުގައި ހުރި މައިގަނޑު މައްސަލަ އަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު ތަންފީޒުކުރުމުގައި ހުރި ދަތިތައް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ ވިދާޅުވެއްޖެ އެވެ.

19 ސެޕްޓެމްބަރ

September 19, 2019 21
ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް އާންމުކޮށްފި

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ރާއްޖެއިން ކަނޑައަޅާ 17 ޖަމާއަތެއް ސަރުކާރުން މިއަދު އިއުލާންކޮށްފި އެވެ.

September 19, 2019 24
ޝަރީފާއި އަފީފްގެ ނަޒަރުން، ޓެރަރިޒަމްގެ ބިލް

ޓެރަރިޒަމް ގާނޫނަށް އިސްލާހު ގެންނަ ކޮންމެ ފަހަރަކު، ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ހިތުގައި ބިރުވެރިކަން އުފެދެ އެވެ. އެ ގާނޫނުގެ ވަކި ބައިތަކެއް މާނަކޮށްގެން، ސިޔާސީ މީހުން...